ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވަން ލިބުނު ތަކެތި.-- ފޮޓޯ: މޯލްޑިވިއަން
05 އެޕްރީލް 2020 - 16:47
ސްރީ ލަންކާގައި ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތެއް ނެތި ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާން ކޮށްފައި ވާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވަން 8.9 ޓަނުގެ ތަކެތި އެ އެއާލައިނާ ހަވާލު ކޮށްފައިވާ ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ މުދާ ހިފައިގެން ކޮލޮމްބޯ އަށް ކުރާ ފުރަތަމަ ދަތުރުގައި 12.8 ޓަނުގެ ކާގޯ ތައްޔާރަށް ހުރި އިރު، އޭގެ ތެރެއިން 8.9 ޓަނަކީ، އެ ގައުމުގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން ހުޅުވައިލި ފުރުސަތުގައި ލިބުނު ތަކެތި ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މޯލްޑިއަންގެ ކާގޯ ދަތުރުގައި، ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ފޮނުވޭ ގޮތަށެވެ. އެ ގައުމުގަިއ ދިރިއުޅޭ ދިވެހި ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ހިލޭ ގެންގޮސްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ފުރަތަމަ ދަތުރުގައި ތަކެތި ފޮނުވުމަށް ދިގު ކިއުއެއް އިއްޔެ ހެދި އެވެ.
A total of 12.8 tonnes cargo are ready for departure to Colombo. 8.9 tonnes of care packages to locals in SriLanka by their families together with other regular cargo. #HappsNow pic.twitter.com/onRzvqH6Iv
— Maldivian (@MaldivianAero) April 5, 2020
- ލަންކާ އިން ލިބެން ނެތް ބޭސް (ޕްރިސްކްރިޕްޝަން ސިޓީ އޮންނަން ޖެހޭ.) - މަސް ދަޅު ކޭސް
- ނޫޑްލްސް
- ރަނގަޅަށް ބަންދުކޮށްފައި ހުންނަ ރިހާކުރު ފުޅި
- މަސް ފެކެޓު، ފަތް ޕެކެޓު
ލަންކާގައި 15،000 އެއްހާ ދިވެހިން އުޅެ އެވެ. އެ ގައުމުގަިއ މިހާރު އިއުލާން ކޮށްފައިވާ ކާފިއުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދިވެހިންނަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ލަންކާ އަށް ފޮނުވާ ތަކެއްޗާ ދިވެހި އެމްބަސީން ހަވާލުވެ، އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދޭނީ އެ ތަނުންނެވެ. އެހީގެ ތަކެތި ފޮނުވާއިރު ލިބެންވާ ފަރާތުގެ ވެސް މައުލޫމާތު ތަފްސީލްކޮށް ލިޔުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަތްޖަހާ
06 April 2020
މިމީހުން އަޗާތަޅަން ވެސް ޓެކްސް ޕެޔާސް މިޚަރަދު ކުރަން ޖެހެނީ. ބަލަ ރިހާކުރު ނުކާން ވެގެން ނޫންތަ ލަންކާއަށް ގެ ކުއްޔަށްދީފަ މެއިޑެއް ލައިގެން ކުއީން ހެދިފަ އުޅެން އެތަނަށް ދިޔައީ
ކާސިންޖީ
06 April 2020
ކުއީން އޮފް ދަ ނައިޓް
ޑރފަލަޑޭ
06 April 2020
އެހެން ގައުމުތަކަށް ނެއްތަ އެއްޗެއް ފޮނުވޭކަށް؟ ވަޅޯމަސް ކޮޅަކާއި ރެހާކުރުކޮޅެއް މިކޮޅަށްވެސް ބޭނުން
ބިރު ނުގަންނަ
06 April 2020
ކޮބާތަ ޟަބްރޫކު ؟ ބައްލަވާ މި ފެނަކާގެ މުވައްޒަފުން މި ދުވަސް ވަރު ރާއްޖެ ތެރެއަށް މިކުރާ ބޭކާރު ދަތުރު ތަށް ހުއްޓުވާކަށް ނުވޭތޯއެވެ؟
ބޮޑުމީހާ
05 April 2020
8.9 ޓަނުގައި ހިމެނެނީ މަސްމިރުސް، މަމީ ނޫޑްލްސް، ސުޕާރި، ތެލުލިފަތް، މަސް ދަޅު
ހަސަނާބެއްޔާ
05 April 2020
ސޯ. ކޮބާ މައްސަލަ އަކީ؟ އަލަ ފޮނުވިޔަސް، ހަނޑުލު ގުޅަ ފޮނުވިޔަސް ، އައްޑޫ ބޮނޑިއާއި ހާލު ފޮޅި ފޮނު ވިޔަސް އެއީކީ ބެހޭ ކަމެއް ނޫން.
ދުބާއީ ފްލައިޓް 6 ޓަނު
05 April 2020
ބައެއް ދިވެހިން އުޅޭ ފާޑެއް ދޯ؟
ސީޒަން ޖެކްޝަން
05 April 2020
ގަނަތެޅިތެޅި ހާލަކުވާއިރު 15 ކިލޯ. މިކަން އެބަޖެހޭ ރަނގަޅުކުރާން. 30 ކިލޯނަމަ ހަމަ ބަރާބަރު އެވަރަށް ގަނަތެޅޭން.
އަބަދު5
05 April 2020
ހެޔޮނުވާނެ..ލިބޭ މިންވަރަށް ޝުކުރު ކުރޭ.. އަހަރެންގެ އާއިލާއަށް ފޮނުވަން ލިބުނު 15 ކިލޯއަކީ އަހަރެންނަށް ފެނުނު ގޮތުގައި 15 ޓަނު.. އަހަރެންގެ ހިތް ޝުކުރުން ފުރިއްޖެ..ވަރަށް ބޮޑު ހާސްކަމެއް ފިލައިފި.. މަހެއް ވަންދެން 01ކޭސް މަހުން ހިފެހެއްޓޭނެ..01ފުޅި ރިހާކުރުންވެސް ލައްކަ ދުވަހު ހިފެހެއްޓޭނެ..ދެންހުރި ތަކެތި ލަންކާއިން ކޮންމެސް ގޮތަކުން އެބަ ލިބޭ.. މިއަދުގެ ސަރުކާރަށް ފަށްފަށުން ޝުކުރިއްޔާ..