ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިިދިޔަ މަހު ކުރެއްވި ޒިޔާރަތެއްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާއާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް
07 އެޕްރީލް 2020 - 11:43
ނުރައްކާތެރި ބަލިމަޑުކަމެއްގެ ދުވަސްވަރަކާ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ދިމާވެފައި ވާއިރު މިއީ ޑޮކްޓަރުންނާއި ނަރުހުން އަދިި ސިއްހީ އެހެން ޕްރޮފެޝަނަލުންގެ ހިތްވަރުގަދަކަން ފުރިހަމައަށް ފެންނަ ދުވަސްވަރެއްގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ދުނިޔެ ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"[މިއަހަރުގެ] ދުނިޔޭގެ ސިއްހަތު ދުވަސް އިއްތިފާގުން މި ދިމާވި މި ޖީލުގެ އެންމެ ނުރައްކާތެރި ސިއްހީ ކްރައިސިސްގެ ވަގުތަކާ. އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ނަރުހުން އަދި ހެލްތުކެއާ ޕްރޮފެޝަނަލުންގެ ހިތްވަރު ފުރިހަމައަށް ދައްކައިލަމުންދާ ވަގުތަކާ،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މުޅި ދުނިޔޭގައި މިހާރު ވަނީ މިލިޔަނަކަށް ވުރެ މަތިވެފަ އެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 73،000 އަށް ވުރެ މަތިވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިިދިޔަ މަހު ކުރެއްވި ޒިޔާރަތެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިޔާއާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް
ރައީސް އެންމެ ފަހުން ބޭއްވެވި ޕްރެސް ބްރީފިންގައި ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
This #WorldHealthDay coincides with the most severe global health crisis of our generation, at a time when the bravery and dedication of our doctors, nurses and healthcare professionals are on full display. I thank them and pray that the world is soon made safe from COVID-19.
— Ibrahim Mohamed Solih (@ibusolih) April 7, 2020
ރައީސްގެ ޓްވީޓް
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ކޮރޯނާވައިރަހަށް ޕޮޒިޓިވް ބައެއް ރާއްޖޭން ފެނުނު ފަހުން ރައީސް ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިން ގައި އެ މަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިިދިޔަ މަހު ކުރެއްވި ޒިޔާރަތެއްގައި ސިއްހީ ދާއިރާގެ ބައެއް އޮފިޝަލުންނާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް
"އިރާދަކުރެއްވިއްޔާ ރަނގަޅު އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 19 އެވެ. އޭގެ ތެރެއިން ރާއްޖޭގައި ތިބީ 15 މީހެކެވެ. އަނެއް ދެމީހުން ވަނީ އިޓަލީއަށް ފުރައިގެން ގޮސްފަ އެވެ. ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ހަތަރު ދިވެއްސަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމެއް
07 April 2020
ފޮޓޯތަކުން ފެންނަނީ މިކަން ހިންގަންތިބި މީހުންގެ ބަހާ އަމަލު ދިމާނުވާކަން. ހުރިހާ ކަމެއް ހިންގަންތިބި ހުރިހާ ބޮޑުން މިހެން އެއްތަނަކަށް އެއްވެތިބީމަ މިއިން އެކަކުގަޔަށް ބަލި އެރިޔަސް ދެން ޖެހޭނީ މިހުރިހާ މީހުން ކަރަންޓީނުކޮށް އެހެން ބަޔަކު މި ސިޗުއޭޝަން މެނޭޖުކުރަން ހަވާލު ކުރަންތަ؟ ހާއްސަކޮށް ޑޮކްޓަރުން މިއީ އެއްމެ އަވަހަށް ބަލި އެރުމުގެ ޗާންސް ބޮޑު މީހުން. ރައްޔިތުން ސީރިއަސްކޮށް ތިކަން ނަގާނީ ތިތާތިބި ބަޔަކުވެސް އަމަލުން އެކަން ދައްކައިގެން.
ޝޮކްތެރަޕީ
07 April 2020
މަނިކުފަނު ސިއްހީ ހިދުމަތަ ކޮއްްދިނީ ކޮންކަމެއްތަ.؟
ކޮވިޑް
07 April 2020
ފާހަގަ ޔޭ އަގައިން ބުނެލެވުނީމަ ނިމުނީ...އެމީހުންނަށް ކޮށް ދިން ކަމެއް...
މިހާފީ
07 April 2020
ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ބޭނުންވަނީ ރަނގަޅު ކާނާއާއި، ކަސްރަތުކުރުމާއި، ނަފްސާނީ އަސަރުތަކުން ދުރުވެހުރުން ފަދަ ކަންކަމެވެ. އަސާސީ އެއްކަމަކީ އިސްލާމް ދީނުގައިވާ ކަންކަން ރަނގަަޅަށް ކުރުމެވެ. ބަލިތަކުން ދުރުވުމާއި، އަދި ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމެވެ. މިއީ ތަރުތީބެވެ. ޕްރޮމޯޓުކޮށް އަޑު އުފުލަންވީ މިކަންކަން ޕްރޮމޯޓު ކުރުމަށެވެ. ކާނެ އެއްޗެއް ކައިގެން ބަލިތަކަަށް މަރުހަބާ ކިޔުން އޮންނަ ފޮތެއް އަދި ނުފެނެއެވެ.
މަދު
07 April 2020
ބަލި ޖެހިފައި ހުރި މީހަކު މާލެ ތެރޭގައި އުޅެފަ ދިއައިރު ކޮން ފިޔަވަޅުތަކެއްތޯ ސިއްހީ ޚިދުމަތްތެރިން އަޅާފަ އޮތީ. އެމީހަކު އެތައް ބަޔަކާ މަސްހުނިވެފަ ދިޔައިރުވެސް ދިވެއްސެއްގެ ގައިން އެބަލި ނުފެނުނީމަ ހަަމަ ކަލާނގެ ރަހުމަތް ތަނަސްވަސްވެގެން ވޭ ނޫންތޯ މި ކުޑަކުޑަ މުޖުތަމަޢާ މެދު. އޭގެ ފަހުން ނޫންތޯ ފިޔަވަޅުތަކެއް އަޅައި ބަލަންފެށީ. ސިއްޙީ ޚިދުމަތްތެރިންގެ މަސައްކަތުގައި ބަރަކާްތް ލައްވައި ކާމިޔާބު ދެއްވާނދޭ. ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ.
ކޮމްފީ
07 April 2020
ބައްލަވާ މަނިކުފާނު. އަޅާ ކޮންމެ ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކުމީ މޮޔަކަމެއް ހެން ހީވަނީ. އެންމެ ރަނގަޅު ފިޔަވަޅު ނޭޅުމާއި، އަޅަން ނުވާ ފިޔަވަޅުތައް އެޅުމަކީ ވެސް ގޯސް ކަންކަން.
މަދު
07 April 2020
އެއީ މަނިކުފާނުމެން ސިފަ ކުރި އަނިޔާވެރި ވެރިންގެ ދުވަސް ވަރު ނުވަތަ ޚުދުމުޚްތާރު ވެރިކަންތައް މި ގައުމުގަ އޮތް ދުވަސްވަރު ދައުލަތުގެ ޚަރަދުގައި އަދި ދައުލަތަށް ލިބުނު ފުރުޞަތުތަކުގައި ތަޢުލީމް ޙާޞިލްކޮށްގެން ތިިބި އޭރު ތަރައްޤީކޮށްފަ ހުރި ބިނާތަކުގެ މަސައްކަތްކުރައްވަމުން ދިއަ ޚިދުމަތްތެރިން ތަކެއް. ޤައުމަށް ދިމާވި ކޮންމެ ބަލި މަޑުކަމެއްގައި އޭރުވެސް އެމީހުން ޚިދުމަތުގަ ތިބީ. އޭރު ތިބޭފުޅުން ގޮވަމުން ދިއައީ އެހެން ވާހަކަތަކެއް.
ާއުނިމާ
07 April 2020
ޓްރަންޕްހެން ދުވާލަކު އެއްފަހަރު، ނުވަތަ ހަފްތާޔަކު އެއްފަހަރު ނޫސްކޮންފަރެންސ ދީބަލަ
ޢަދުރޭހިންނަވަރު
07 April 2020
ކޮންތާކު ފިލާއޮވެފަ ތިޔަނިކުރީ ކޮބާ މިނިމަމްވޭޖު މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރޭ
މައިމޫނާ
07 April 2020
ހަމައެކަނި ކޮވިޑް-19 ނޫން، ހިމަބިހި ކްރައިސިސްވިޔަސް އަދި އެހެން ގޮތް ގޮތުން ސިއްހީ ދާއިރާއިން ހާސިލުކުރަމުންދާ ކުރިއެރުންތަކަށް ބަލާލިކަމުގައިވިޔަސް މި ފެންނަނީ އިންގިލާބީ ބަދަލަކާ ދިމާއަށްކަން މިސްރާބު ހިފާފައި ހުރިތަން. ރައީސް އިބޫގެ ނަސީބަކީ މިވަގުތު ހެލްތު ސެކްޓަރު ކޮނޑުގައި އަޅައިގެން ހުރި ސިއްހަތު ވަޒީރު އަމީން. އޭނާގެ ދުރުވިސްނުމާ ހިންގުންތެރިކަމަށް ސާބަސްދެން. އަމީންއާއި އޭނާގެ ޓީމަށް ﷲ އިތުރު ކުރިއެރުން މިންވަރު ކުރައްވާށި.
ޖަލީމް
07 April 2020
ފިނޭންސް މިނިސްޓަރ ވިދާޅުވި މިދިޔަ މަހުގެ އިތުރުގަޑީ ފައިސާ ދެވޭނީ ދެން އަންނަ މަހުއޭ...ރައީސް އެވާހަކަ އަޑުއެއްސެވިންތޯ...ސަރުކާރު އޮފީސްތައް ބަންދު ސްކޫލްތައް ބަންދު..އިތުރު ގަޑީ ފައިސާ ލިބޭނީ ހަމައެކަނި ޓާސްކްފޯސްގައި ބުރަކޮށް މަސައްކަތް ކުރާމީހުނަށް..ކީއްވެތޯ މިހެން ކަންކަން ވާންވީ.
ފަސީލާ
07 April 2020
ދެން އިތުރު ގަޑީފައިސާ އެންހެންވީމާ ގޭގަ ނިދާފަ ތިބި މީހުންނައްވެސް ލިބޭނޭހެން ގޯނި ގޯންޏައް އަޅައިގެން ބަހަންވީތޯ..؟
މިހާފީ
07 April 2020
ޓޫރިޒަމް މިިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ މުވައްޒަފުނަށް ލިބުނުތޯ ވެސް ބަލައިދީބަލަ- ކޮވިޑް19 އަކީ ޖަރީމާތައް ހިންގުމަށް އޮތް ސަބަބެއް ނޫން.