09 އެޕްރީލް 2020 - 15:59
ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރޭ ހާލަތެއް އަތުވެދާނެތީ ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހެލްތު މިނިސްޓަރުން މިއަދު ބޭއްވި އިމަޖެންސީ ވާޗުއަލް މީޓިންގައި އަމީން ވިދާޅުވީ ރާއްޖޭގައި ވަސީލަތްތައް މަދުވުމުގެ އިތުރުން، ބަލިފެތުރުން ހުއްޓުވުމަށާއި ބަލިވާ މީހުންނަށް ފަރުވާ ކުރަން ބޭނުންވާ މެޑިކަލް ސަޕްލައި ހޯދުމުގައި ހުރި ދަތިތަކަކީ ވެސްް ރާއްޖެއަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
"އާއްމުންގެ ތެރޭގައި [ކޮވިޑް-19]ފެތުރޭ ހާލަތެއްގައި ކަންތައްތައް ހަމަޖައްސަން ބޭނުންވާ ޕާސަނަަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓާއި ވެެންޓިލޭޓަރު ވެސް އޭގެ ތެރޭގައި ހިމެނޭ. ފަރުވާދޭ ތަންތަން ވެސް،" އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހިއްޖެ ނަމަ ރާއްޖެ އަށް ހުރި ގޮންޖެހުންތައް ތަފްސީލް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާއްމުންގެ ތެރޭގައި ބަލި ފެތުރޭ ހާލަަތަކަށް ހިނގައްޖެ ނަމަ ރާއްޖެއިން އިތުރު ފިޔަވަޅުތައް އަޅާނެ އެވެ. އެގޮތުން ދަތުރުފަތުރު ކުރުން މަދުކުރުމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަކޮށް، މީހުން ހަރަކާތްތެރިވެ އުޅުން މަދުކުރަން ވެސް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އާއްމުންގެ ތެރޭގައި ބަލި ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކުގެ އިތުރުން، އެ ހާލަތަށް ނުގޮސްފި ނަަމަ އަޅާނެ ފިޔަވަޅުތަކުގެ ވާހަކަ ވެސް އަމީން ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބަލީގެ އާ ކޭސްއެއް ނުފެނި ކުރިއަށްދާ ނަމަ އަދި އާއްމުންގެ ތެރޭގައި ފެތުރޭ ހާލަތެއް ނާންނަ ނަމަ ބޯޑަރު މުޅިންހެން ބަންދުކޮށް، އެތެރޭގެ ފިޔަވަޅުތައް ލުއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Minister @ameenex is taking part in an Emergency Virtual Meeting of Steering Ministerial Committee on Health with other health ministers of @OIC_OCI . During this conference, the minister will be giving a statement regarding the #COVID19 pandemic situation in the #Maldives pic.twitter.com/hvr5hwxF1i
— Ministry of Health (@MoHmv) April 9, 2020
"ހާލަތަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވާ އިރު، އެހެން ގައުމުތަކުން އެޅި އިފެކްްޓިވް ފިޔަވަޅުތަކުގެ ފިލާވަޅު އަޅުގަނޑުމެން ހަމަ އެކަނި ދަސްކުރަނީއެއް ނޫން. އެކުވެރި ގައުމުތަކުގެ ޓެކްނިކަލް އަދި މާލީ އެހީތެރިކަން ލިބޭތޯ ވެސް އެބަ ބަލަން،" އަމީން ވިދާޅުވި އެވެ.
އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ތެރެއިން އެގައުމުތަކުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަ ރާއްޖެއަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށުމާއި އެކު ރާއްޖޭން ފިޔަވަޅުތަ އެޅި ގޮތް ބައްދަލުވުމުގައި އޯއައިސީގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންނަށް އަމީން ވިދާޅުވެދެއްވި އެވެ. އެގޮތުން ޖެނުއަރީމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެޅި ބައެއް ފިޔަވަޅުތަކަކީ ޓޫރިޒަމަށް ބަރޯސާކުރާ އިގުތިސާދެއް އޮންނަ، އަދި ހުރިހާ އެއްޗެއް އިމްޕޯޓްކުރަން ޖެހޭ ގައުމަކަށް ވަރަށް އުނދަގޫ ފިޔަވަޅުތައް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
10 April 2020
އަމީންގެ މިންނަތް މަސައްކަތަށް ހަމަ ސާބަސް. ވަރަށް ހިކުމަތް ތެރި މިނިސްޓަރެއް.
ގުޑުގުޑާ
10 April 2020
ތީއެއްވެސްކަމެއްނޫ މިރާއްޖޭގެކޮއްމެމީހެއްގައިގާ 5000 އިސްޓިކާއެއްޖަހާލާ ދައުލަތައް އާމުދަނީހޯދާގޮތައް ހޯދަބަލަ
ނިއުމާ މޫސާ
10 April 2020
ދެން އޮތް ކޮން ހާލަތެއް؟ އެއާޕޯޓް ބަންދުކޮށް 14 ދުވަސްވީމަ އެތެރޭގެ ހާލަތައް އޮތްހާވެސް ގޮންޖެހުމަކީ އިޤްތިސާދުގެ ގޮންޖެހުން، ސިއްހީ އެއްވެސް ގޮންޖެހުމެއް ނޮއޮންނާނެ، މިދިޔަ 30 ދުވަހުގައި ތިއައްތުރެން ރަނގަޅަށްވެސް ތިޔަކަންތަށް މެނޭޖުކުރެވުނީސް ބޭރުގެ ޤައުމުތަކުގައި ތިބި މީހުން ނުގެނެސް އެމީހުން ތިބި ތަނުގައި ބައިތިއްބައިގެން އެމްބަސީތައް މެދުވެރިކޮށްގެން އަޅާލީނަމަ
އޮނަރަބްލް އަފީފު ދީދީ
10 April 2020
ސަރުކާރުން ކުރާންޖެހޭކަންކަން ނުކޮށް ރައްޔަތުންގެ ބޮލަށް ކަންކަން ދޫކުރާންވެގެން ބައެއްކަންކަން ކުރާހެން އެބަހީވޭ. # އިޤްތިސޯދީ ނާޒުކު ހާލަތެއް މެދުވެރިވެ އާމްދަނީ ލިބުން ހުއްޓިފައިވާ މާލޭގައި ކުއްޔަށް އުޅޭ އެތައް އާއިލާއަކުން އެމީހުންގެ ދަރިން ގޮވައިގެން ރަށަށް ދިއުމަށްޓަކާ ކުރިއަށްއޮތް 3 މަސް ދުވަހަށް ސްކޫލް ބަންދުކޮށްދިނުމަށް އެދޭތާ އެތައް ދުވަހެއްވެއްޖެ. # އެކަމަކު ސަރުކާރުން ހަފުތާއަކުން ހަފުތާއަކުން ބަންދު އާކޮށްކޮށް އެބަތިބޭ!!
އެހެންތަ
09 April 2020
ކޮބާތަ ގައުމުތަކުން ދެމުންދާ އެހީތައް؟ ވެންޓިލޭޓަރާއި އޮކްސިޖަން ބޭސް ހެޒްމެޓު ގިޔަރުފަދަ ތަކެތި ގަންނަންވީ ނޫންތޯ؟
ސިމްޕަލް
09 April 2020
ކޮންމެ ދިމާއަކުން ބަލާލިއަސް ފެންނަނީ ހެލްތް ނޫނީ މިހާލަތަށް ކުރިއާލާ ތައްޔާރުވި ބަޔަކު ނެތްކަން. ފުރަތަމަ ކޭސް ފެނުމާއެކު ކަންކުރަން ރާވާފައިވާ ގޮތަަށް ހެލްތުން ބާރަށް ކުރިއަށް ހިގައިގަންނަން ފެށިއިރު ގިނަ މުއައްސަސާތައް ފަށައިގަތީ ފިރުކެން. 1 ހަފްތާ ފަހުން އެޑިޔުކޭޝަނުން ބަލަންފެށީ ދިގު މުއްދަތަކަށް ސްކޫލް ބަންދުވެއްޖެނަމަ ކިޔަވާދޭނެ ގޮތެއް ހޯދަން. ގޭގައި ތިބެގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭގޮތެއް އަދިވެސް ބައެއް މީހުން ހޯދަނީ.
ކަނާނު
09 April 2020
އެހާލަތަށް ހާއްސަ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަޝީދު ޖަލަށްލުމަކީ. މިހާރުވެސް މިކަމުގެ ބިރު ފިލައިގެން ނުދަނީސް އޭނަ ހަމަ ޑުރާމާ ކުޅުމުގަ އޭނަޔާ އޭނަގެ މެޖޯ ބޯއިޒްކޮޅު.
ދަތްނެތްކުއްޖާ
09 April 2020
ވަޒީރަކަށްވީމާ އައްސަރިބަހާ ސާބަސް ދޭކަށް ނުޖެހޭ! ހުރިހާ ތަކުލީފު ތަކެއް އުފުލީ ޑޮކަޓަރުން ނާއި ނަރުހުން. ނުވިތާކަށް މަސްވަރާ ވެސް ދެނީ ޑޮކްޓަރުންނާއި ކަމާއި ބެހޭ ތަޖުރިބާ ކާރުން. އިންސާފަށް ބަހުސްކުރޭ ކޮމެންޓް ކުރާ ފަރާތް ތަކުންވެސް. ވަޒީރުކަން ކުރެވޭނެ އެކަމަކަށް ޤާބިލު މީހުކު ނޫން މީހަކަށްވެސް. ސަބަބަކީ އޭނަގެ އަތްދަށުގައި މަސައްކަތް ކުރަން ވަޒީރު އައްޔަންކުރާނީ އޭނައަށްވުރެ ޤާބިލު ތަންދޮރު ދަންނަ މީހުން ކަމަށްވާތީ.
ހަޖުމޯލާ
09 April 2020
ތި ވާހަކަ މި ބުނަނީ. ގާބިލުނޫން މީހުން ވަޒީރުކަން ކުރާތީވެ ނޫންތަ އެޑިއުކޭޝަން މިނިސްޓަރަށް އަދިވެސް އެ އުޅެނީ ކިޔަވައިދޭނެ ގޮތެއް ނުހޯދިގެން. އޭނާ ފަހަތުގައިވެސް އެބަތިބި އެޑިއުކޭޝަން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެންތިބި ފަންނީ މީހުން. ހަމަ އެގޮތަށް ކޮމިއުނިކޭޝަން މިނިސްޓަރު ފަހަތުގައިވެސް އެބަތިބި އައިޓީ ދާއިރާގެ މާހިރުން. ކޮން ކަމެއްވީ؟ ހެލްތުން ހޯދަމުންދާ ކުރިއެރުންތަކަކީ ހަމަ މިނިސްޓަރު އަމީންގެ ހިންގުންތެރިކަމާއި ރޭވުންތެރިކަން. ހަޖަމް
މުހުތާރު
09 April 2020
ސިޔާސީ ހަތުވެރިން ދައްކާނެ ސިޔާސީ ވާހަކަ. އެޔަކަށް މި ދަނޑިވަޅުގައި ނުބަލަން. މިނިސްޓަރު އަމީން ތިޔަ ކޮށްދެއްވަމުންގެންދަވާ ގައުމީ މަސައްކަތަށް ސާބާސް ދެން. ފުރަތަމަ ކުއާޓަރުން ތިހާ މޮޅު ނަތީޖާ ހޯދުމުން ދެވަނަ ކުއާޓަރުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ. އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ.
ބަބުރުލް ސަލީމް
09 April 2020
ގޮނެއްނުޖަހާނެ ފޯރާފޮތިން ފޫގެޅީމާ. މިހާރު ހުރިހާ ގައުމުތައްވެސް ހުރީ ހަމަ އެއްހާލަތެއްގާ. އެމެރިކާއިންވެސް އެދަނީ އެނދުހުސްވަމުން.