ޓްރިވެންޑްރަމުން މިއަދު ގެންނަ 200 އަށް ވުރެ ގިނަ ދިވެހިންގެ ތެރެއިން ފުރަތަމަ 50 މީހުންގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އޮފިޝަލުން ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި.---ފޮޓޯ: މޯލްޑިވިއަން
11 އެޕްރީލް 2020 - 13:12
ކޮވިޑް-19 އިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިންޑިއާ 21 ދުވަހަށް ބަންދުކުރުމުން ރާއްޖެ ނާދެވި ޓްރިވެންޑްރަމްގައި ތާށިވި 200 އަށް ވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.
އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމަށް ބާއްވާ ރެސްކިއު ދެ ފްލައިޓެއްގައި 207 މީހަކު ރާއްޖެ ގެންނަން ނިންމާފައިވާއިރު، މިއަދުގެ މެންދުރާ ހަމައަށް 50 މީހަކު ވަނީ އައިސްފަ އެވެ.
އެ ގައުމުގައި ތިބި ދިވެހިންނަށް 150 ކެއާ ޕެކޭޖް ކާގޯގެ ގޮތުގައި އެކި އާއިލާތަކުން ފޮނުވި ތަކެތި ފޯރުކޮށްދިން ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި ދުވަސްވަރު ރާއްޖެ އަންނަ އެންމެން ވެސް 14 ދުވަހަށް ކަރަންޓީ ފެސިލިޓީތަކުގައި ބައިތިއްބާނެތީ ޓްރިވެންޑްރަމުން އަންނަ މީހުންނާ މެދު ވެސް އަމަލު ކުރާނީ އެ ގޮތަށެވެ.
އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި 183 ދިވެއްސަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ. އިންޑިއާގައި ތިބި 390 ދިވެއްސަކު ދެ ބުރެއްގެ މަތިން ރާއްޖެ ގެންނައިރު، އަދިވެސް އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން އެބައުޅެ އެވެ.
ޓްރިވެންޑްރަމްގައި ތިބި ދިވެހިންތަކެއް ރާއްޖެ އައުމަށްޓަކައި އެ ސިޓީގެ އެއާޕޯޓުގައި ޗެކިން ކުރަނީ.
އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ދިވެހިން ރާއްޖެ ނާދެވި އެބަތިއްބެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި ނޭޕާލާއި މެލޭޝިއާ އާއި ތައިލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ގައުމުތަކުން ހުއްދަ ލިބުނު ވަރަކުން ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް ބައެއް ގައުމުތަކުގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ.
ސްރީ ލަންކާ އިން 100 ދިވެހިން، މެލޭޝިއާ އިން 200 ދިވެއްސަކު މިހާތަނަށް ރާއްޖެ ގެނެސްފައިވާއިރު، ކުރިމަގުގައި ބާއްވަން ހަމަޖައްސާ މަތިންދާބޯޓުތަކުގެ ތާވަލް ވެސް ވީ އެންމެ އަވަހަކަށް އާންމު ކުރާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
ކޮޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ބަލިމަޑުކަމުގެ ހާލަތެއްގައި އޮތް އިރު ރާއްޖެ އިން ބޭރު އެކި ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ،ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މި ހާލަތުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވެސް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމީގެ ހި 2
11 April 2020
މެލޭގެ އުޅެވޭތަ ނިކަނެތިންނަށް?
Mihaaru
11 April 2020
އަހަރެންބުނީ ތިޔަ އެންމެން ތިގޮތައް ގެންނައިރު އެމީހުން މާލޭގެ ކުއްޔަށް ދީފައިވާ ތަންތަނުގައި އުޅޭ މީހުންނަށް ޖެހޭނެ ހާލިއެނގޭހޭ އެމީހުން ނުކުންނަން އެންގީމަ
ހާސަރު
11 April 2020
ބޭސްފަރުއަށް ނުވަތަ އެހެންވެސް ސަބަބަކާހެދި ކުރުމުއްދަތަކަށް ރާއްޖޭންބޭރަށް ގޮސް ނާދެވި ތިބި ފަރާތްތައް ފިޔަވާ އެހެންފަރާތްތައް މިވަގުތު ރާއްޖެނައިސް ތިބި ގައުމެއްގާތިބުން ރަގަޅީ. ފޮރިންމިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ތިބީމަ ހާލުވެސް ބަލާނެ. މިވަގުތު ތެޅިގަނެފަ މާލެ އައިސް ކިޔަވާކުދިން ޔުނިވަރސިޓީތައް ފެށިއްޖެނަމަ އަނެއްކާ ނުދެވިގެން އުޅެންޖެހިދާނެ. އެގައުމެއްގެ ހާލަތު މާގޯސްވެއްޖެ ނަމަ ސަރުކާރުން ގެންނަން ރަގަޅު.
މީމީގެ ހި
11 April 2020
ކޮންއިރަކުތޯ މެލޭގަ ތިބި ނިކަމެތިންގެ ކުދިންކޮޅު ގެއްނަނީ..
ޒަހީނާ
11 April 2020
ގެންނާނެ ކަމެއް ނެތް. އެބަޔަކު ތިބިތަނެއްގަ ބައިތިއްބާފަ މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވެދިނިއްޔާ ހަރަދުގެ ގޮތުންވެސް އަދި ވައިރަސް ފެތުރުނަނުދިނުމުގެ ގޮތުންވެސް މާރަނގަޅުވާނެ
ައަފުރާސިޔާބު
11 April 2020
ކުރިއަށް އޮތީ ރަމަޟާން މަސް. އެހެންކަމުން ރާއްޖެ ގެނެވެންތިބި އެންމެން ގެނެސް ކަރަންޓީނު ފެސިލިޓީގައި ބައިތިއްބައި ބަލި ނެތްކަމުގެ 100 ޕަސެންޓް ޔަގީން ކުރުމަށްފަހު ދޫކޮށްލަންވާނީ. ހަމައެއާއެކު 4:30 އިން ރޭގަނޑު 12:00 އަށް ކާފިއު ހިންގުންވެސް މުހިންމު. ސަބަބަކީ އަވަށްޓެރި ގައުމުތަކުގައި މިބަލި އުޅޭހާ ހިނދަކު ރާއްޖެއަށް އޮންނަ ނުރައްކާ ކުޑަ ނުވާނެތީ. ބަލީގެ ޖަރާސީމަކީ އެއްތަނުން އަނެއްތަނަށް ނަގުލުވުމުގައި ބޮޑަށް ވައިގެތެރެއަށްވުރެ ތަކެއްޗާ ގުޅޭތީ.
އަސްލު ހަގީގަތް
11 April 2020
މިކަމާ ޝުކުރުވެރިނުވާ މީހުން އުޅޭ. ނޫސްވެރިން ހީވަނީ މޮޔަވެގެން އުޅޭހެން މިމީހުން ސެލެކްޓް ކުރާއިރު އިންސާފުވެރިކޮށް ނުކުރާތީޔޭ ކިޔާފަ. ބަލަ ހާލުގަ އެންމެންވެސް އުޅެނީ. އެ ކެޓަގަރައިޒްކުރަން އުނދަގުލީ. ކޮންމެ މީހަކުވެސް އަންނަން ބޭނުންވޭ. އެމީހުންގެ އަމިއްލަ ޚަރަދުގައި ނަމަވެސް މިގޮތަށް ފްލައިޓްތައް ހަމަޖެއްސަން އުނދަގޫވާނެ. ޚާއްޞަކޮށް ބޯޑަރު ބަންދުކޮށްފައި އޮންނައިރު.
މޯޑް
11 April 2020
ރިސޯޓްތަކުގަ އުޅޭ ބިދޭސީން ގެނެސް މާލެއަށް އަޅާލައިފި ކޮންކަހަލަ ބައެއްތަ މީ ރިސޯޓް މަހުޖަނުން. ހުރިހާ ކަމެއް ސަރުކާރު ބޮލަށްޖަހާފަ. އަދި ލޯނުވެސް ސަރުކާރުން ހޯދާއެބަ. ލަދުގެ ކަންފުޅެއް ވެސް ނެތެއްނު. ކޮބާތަ ޓޫރިޒަމް މިނިސްޓަރ. މީނަ މި ނަމެއްގަ ހުންނަ މީހެއްތަ. ހުރިހާ ބިދޭސީން މާލެތެރޭ ސަލާން ޖަހާއިރުވެެސް
އަހުމަދުބޭ
11 April 2020
މިވަރުން ކަންކަން ކޮއްދޭއިރުވެސް ސުކުރު ނުކުރާތަން މިފެންނަނީ އެންމެންނަށްވެސް ހީވައިކަހަލަ ކުރެވެން އޮވެމެ ނުކުރާނީހެން، ގައުމުތަށް ބަންދު ކޮއްފައި އޮންނައިރު ބޭނުން ހައިއިރަކު ނުދެވޭނެކަންވެސް ގަބޫލު ކުރާކަށް ބޭނުމެއްނޫން
މިންނު
11 April 2020
ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތަށް ތަޢުރީފު. މިވަރުންވެސް ޝަކުވާ ހުސް ނުވާނެ.