ވީއައިއޭއަށް ބައިނަލްއަގުވާމީ ފްލައިޓެއް ޖައްސަނީ-- ފޮޓޯ: މިހާރު
12 އެޕްރީލް 2020 - 15:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް ދުވާލަކު 40 އިން ދެ ދަތުރަށް މަދުވެއްޖެ ކަމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުސާ ސޯލިހު ވިދާޅުވެއްޖެ އެވެ.
މޫސާ ސޯލިހު މިހެން ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 54 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުތައް މަދުވެފައިވާއިރު އެތެރޭގެ ދަތުރުތައް ވެސް 50 ދަތުރުން ފަސް ދަތުރަށް މަދުވެފައިވާ ކަމަށެވެ.
ވީއައޭއިން ކުރާ ދަތުރުތައް މަދުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުން ދަތުރުތައް މެދު ކަނޑާލުމާ ގުޅިގެންނެވެ. އަދި މިހާރު ދަތުރުތައް ކުރާ އެއާލައިންތަކުން ވެސް ވަނީ ދަތުރުތައް މަދު ކޮށްފަ އެވެ.
އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ސޯޝަލް ޑިސްޓެންސިން އަށް ބާރު އަޅައިފަ އެވެ. އެ ރަސްމިއްޔާތުގައި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު އެންމެން ތިއްބެވީ މާސްކު އަޅުއްވައިގެންނެވެ.
މޫސާ ސޯލިހު ވަނީ އެ ކުންފުނީގެ މުވައްޒަފުން މި ދަނޑިވަޅު ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި އެ ކުންފުނީގެ މުވައްޒަފުން ފްރޮންޓްލައިނުގައި ކުރާ މަސައްކަތަކީ ގައުމަށް ކުރާ ހިދުމަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
13 April 2020
މޫސާ ސޯލިހުއަށް ނޯޕޭ ލީވެއް ދިނުމަށް ރައީސް އިބޫއަށް އިލްތިމާސްކުރަން
ހަންޑި ހައްވާ
12 April 2020
ކުންފުނީގެ މުވައްޒަފުން ފްރޮންޓްލައިނުގައި ކުރާ މަސައްކަތަކީ ގައުމަށް ކުރާ ހިދުމަތެއް ކަމަށެވެ. ކުރިން ހީކުރީ މުސާރައަށް ކަމަށް މަސައްކަތްކުރަނީ!
ޝޮކްތެރަޕީ
12 April 2020
ޖީއެމްއާރު ހިންގިނަމަ މުއަޒަފުންނަ މުސާރަވެސް ނުލިބުނީސް. ބޮޑު ހަމަނުޖެހުންގަޑެއްގަ ދިވެހިން އުޅެން ޖެހެނީ.
ޢަބްދު
12 April 2020
ކޮންމެ ކަމެއްވެސް ސިޔާސީ މަސްހުނިގަނޑުގެ ތެރެއަށް ލުމަކީ ވަރަށް ނާތަހުޒީބު މީހުން ކުރާ ކަމެއް
ނަޖުމުއްދީން
12 April 2020
ދެއަކަށް ނޫން. ސުމަކަށް ތިރިކުރޭ.
ފިތިތި
12 April 2020
އޭރުން ކަލޭ ކާންބޯން އެއްޗެހި ގެންނަނީ ކިހިނެއް؟ ބޯހުންނަނީ ފުނާއަޅަން އެކަނިދޯ؟
ކިޑު
12 April 2020
ފިތިތި އަށް ނޭގުނަސް އެބުނީ 2 އިންޓަނޭޝަނަލް ފުލައިޓު ވާހަކަ! ކާގޯ ފުލައިޓު ތަށް މަދެއް ނުވޭ