ޚަބަރު / ވެމްކޯ

ކުނިނެގުމުގެ މަސައްކަތް މާދަމާ ފަށާނަން، އެއްބާރުލުން ބޭނުން: ވެމްކޯ

ވެމްކޯގެ ޖެނެރަލް މެނޭޖާ އަހުމަދު ޝާފިއު(ވ) އަދި މެނޭޖާ އޮފް ކަލެކްޝަަން ސާވިސް މުހައްމަދު ޝާން މިރޭ ޕީއެސްއެމްގެ ލަައިވްގައި ވާހަކަ ދައްކަވަނީ.

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން، މެދުކަނޑާލާފައި ވިޔަސް، ކުނި ނެގުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ ކަމަށް ވެމްކޯއިން މިރޭ ބުނެފި އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް އަހުމަދު ޝާފިއު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް މާދަމާ މެންދުރެއް ހާއިރު އަލުން ފަށާ އިރު، ހިދުމަތް ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ކޮވިޑް-19ގެ ކޭސްއެއް މާލެއިން ފެނުމާ އެކު ކުނި ނެގުމުގެ ހިދުމަތް މިއަދު މެދުކަނޑައިލީ އެގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ އިންތިޒާމް ހަމަޖައްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މީގެ ކުރިން ކުނި ނަގަމުން ދިޔައީ އިމާރާތްތަކަށް ވަކިވަކިން ވަދެގެން ކަމަށް ވިޔަސް، މާދަމާއިން ފެށިގެން އަލުން ފަށާއިރު، ވެމްކޯއިން އަންގާ ގަޑިތަކެއްގައި ގެތަކުން ކުނި ބޭރުކުރަން ޖެހޭނީ މީހުން އަމިއްލަ އަށެވެ. އަދި އެގޮތުން ކުނި ނަގާނީ މާލެ ސަރަހައްދުތަކަކަށް ބަހާލައިގެން ކަމަށާއި ކުނި ނަގަން އެކި ސަރަހައްދުތަކަށް ދާ ގަޑިތައް ކުރިން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގައި ވެމްކޯ އަށް އެއްބާރުލުން ދޭން ރައްޔިތުންގެ ކިބަިއން އެދިވަޑައިގަންނަވާ ކަމަށާއި މަސައްކަތް ފަށައިގަންނަ އިރު ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

"ބައެއް ގޭގެއިން ނެރޭ ކުނި ލަސްވުން ވެސް އެކަަށީގެންވޭ. އެހެން ވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެކީ ނުނެގި ދޫކޮށްލެވިފައި ދާނެ. އެހެންވީމާ ވީހާ ވެސް ބޮޑަށް އަޅުގަނޑުމެން އިއުލާނުކުރާ ގަޑިތަކެއްގައި އަޅުގަނޑުމެންނަށް ކުނި ލިބޭނެ ގޮތް ހައްދަވައިދެއްވާ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން އެކި ސަރަހައްދުތަކުން ކުނި ނަގާ ގަޑިތަކުގެ ތަފްސީލު މާދަމާ ހާމަ ކުރާނެ ކަމަށާއި އޭގެ އިތުރުން، އެ މައުލޫމާތު ދޭން މާދަމާ ޕްރެސްބްރީފިން އެއް ބާއްވާނެ ކަމަށްް ވެސް ޝާފިއު ވިދާޅުވި އެވެ.

އާއްމުކޮށް ހުރިހާ ގެއަކުން ކުނި ނެރޭ ގޮތަށް ހަމަޖެއްސިޔަސް، ކޮވިޑްގެ ކޭހެއް ފެނިގެން، ނުވަތަ އަލާމާތެއް ހުރި މީހަކު ފެނިގެން ވަދެ ނުކުމެ އުޅުން މަނާކުރާ ގެތަކުން ކުނި ނަގާނީ ވެމްކޯގެ މުވައްޒަފުން ގޮސްގެން ކަމަށާއި އެ މަސައްކަތް ކުރާނީ ރައްކާތެރި ފިޔަވަޅުތަކާ އެކު އެކަމަށް ހާއްސަވެގެން ތިބޭ ވަކި މުވައްޒަފުން ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޕެޝަލް ޓާސްކްފޯސް ޓީމް މަސައްކަތްކުރާނެ. އެބޭފުޅުން [ބަންދުކޮށްފައިވާ ގެތަކުގެ މީހުން] އާއްމުކޮށް އެހެން ރައްޔިތުން ބޭރުގައި ކުނި ބަހައްޓަވާ ގޮތަށް ނުބަހައްޓަވައްޗޭ،" ޝާފިއު ވިދާޅުވި އެވެ.

ވެމްކޯގެ ސްޕެޝަލް ޓާކްސްފޯސް މަސައްކަތްކުރާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އެ ގެތަކުން ނަގާ ކުނި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިކަމާ އެކުގައި ކުރާނެ އެވެ.

ވެމްކޯގެ މެނޭޖާ ކަލެކްޝަންސް ސާވިސް މުހައްމަދު ޝާން ވިދާޅުވީ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ ހަރަކާތްތެރިވާނެ ގޮތްތައް ވެމްކޯއިން ދުރާލައި ރާވައި، މުވައްޒަފުންނަށް އެކަމާ ބެހޭ އިރުޝާދުތައް ދީ ތައްޔާރުކުރުވާފައިވާނެ ކަމަށެވެ. މި ހާލަތުގައި ގެތަކުން ނެރޭ ކުނި ބަންދުކުރުމުގައި އާއްމުން ފަރުވާތެރިވާން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"[އެދެނީ] އެހެން މީހަކަށް، އެ އުފުލުގައި ގެއްލުމެއް ނުވާނެ ގޮތަށް އެ ޕެކްކޮށް ދެއްވާށޭ. އަޅުގަނޑުމެން އެއްތާކުން އަނެއް ތާކަށް އުފުލާއިރު، އެއިން ދިޔަ ފައިބާނެތީ އެއަށް ވެސް ވިސްނަވައިދެއްވާށޭ. ކުނި އުކައިލުމުގައި ފަރުވާ ކުޑަ ނުކުރައްވާށޭ،" އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދު ބެ ، ބޯގަންވިލާ

16 April 2020

ބަދަވި ސާނު ފޮނިނުކަނޑާ އެއްވެސް ކަމެއް ނުވެ ކަލޯ އަކައް އެއޮތީ މުޅި މާފަންނު ކޮޅު ގަ ކުނި ފުނި ޖެހިފަ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

16 April 2020

ލޮކްޑައުން ކުރީމަ އެއްމެ ރަނގަޅައް ހިދްމަތް ދޭންޖެހޭނެ ބަޔަކީ ވެމްކޯ މީހުން. ވެމްކޯ މީހުން ލޮކްޑައުން ވީމަ ކުނިތައް ފުނިޖެހި މުޅި މާލެ ތެރެއަށް ގިނަވެ އެކަމުގެ ސަބަބުން އިތުރު ބަލިތައް ގިނަވާނެ.

The name is already taken The name is available. Register?

އާދަނުގެ ދަރި

16 April 2020

ވެމްކޯއިން މުޅިންހެދީ ދޮގު. ލޮކްޑައުންވާއިރަށް ޓްވީޓް ކުރީ ލޮކްޑައުންއާ ގުޅިގެން ޚިދުމަތް ކަނޑާލިވާހަކަ. އެއީ ބީއެމްއެލް، ދިރާގު އަދި އައިޖީއެމްއެޗް އަށްވުރެވެސް ކުރިން. މީހުން ގަނޑު ސޯޝަލް މީޑިއާގައި ކެކިގަތީމަ މިރޭ ޓީވީއަަށްއަރާ ދެއްކީ މުޅިން އެހެންވާހަކައެއް. އެކަމަކު ހަވީރު ޓީވީއަށް އެރި އެކަކަކަށް ގުޅީމާބުނީ ފުލުހުންގެ ފަރާތުން ފާސް ނުލިބޭތީއޭ މެދުކަނޑާލީ. ތިމާމެން ދުރާލާ ތައްޔާރުވިނަމަ ތިބޭނީ ހޯދަންޖެހޭ ހުއްދަތަކާ ފާސްތައް ހޯދައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454