މުނިފޫހިފިލުވުން / ސައިފް އަލީ ޚާން

ވައިއާރްއެފްގެ ފިލްމެއް ކުޅުމަކީ އާއިލާއާ އެކު މަސައްކަތްކުރުން ކަހަލަ ކަމެއް: ސައިފް އަލީ ޚާން

އަދިތިޔާ ޗޯޕްރާ އިސްކޮށް ހުރެގެން މިހާރު ހިންގާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް އަހަރުތަކެއް ފަހުން ކުޅެން ލިބުމަކީ އާއިލާއާ އެކީގައި މަސައްކަތްކުރެވުމުގެ އިހްސާސްވާ ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

ޖެނުއަރީ މަހު ރިލީޒްކުރި "ޖަވާނި ޖާނެމަން" އާއި "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ބަތަލު ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއްގައި ބުނީ ވައިއާރްއެފާ އެކު މަސައްކަތްނުކުރެވި އަހަރުތަކެއް ފާއިތުވި ދެ ފަރާތުގައި ޖެހުނު ކުނިތަކެއްގެ ސަބަބުން ކަމަށެވެ.

"އެކަމަކު މިހާރު ހުރިހާ ކަމެއް ހަމަ ވަރަށް ބަރާބަރު. ގުޅުން ވަރަށް ރަނގަޅު. އަހަރެން ގަބޫލުކުރާ ގޮތުގައި އެ ސްޓޫޑިއޯއާ ދޭތެރޭ މައްސަލަތަކެއް ޖެހުނީ އަހަރެން ގެންގުޅުނު އެޓިޑިއުޑްތަކެއްގެ ސަބަބުން." ވައިއާރްއެފްގެ "ހަމް ތުމް" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދި ސައިފް ބުންޏެވެ.

އޭނާ ބުނީ މި ވަގުތު ވައިއާރްއެފްގެ "ބަންޓީ އޯރް ބަބްލީ 2" ގެ މަސައްކަތްކުރަމުން އަންނަ އިރު، އެންމެ އުފާވި ކަމަކީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ފަރާތުން ލިބުނު ސުލްހައިގެ މެސެޖަކާ ހެދި ކަމަށެވެ.

"އެ މެސެޖްގައި އަދީ ބުނެފައި އިންނަނީ ވެލްކަމް ހޯމް އޭ. އެ މެސެޖްވެގެން ދިޔައީ އަހަންނަށް ވަރަށް ހާއްސަ އެއްޗަކަަށް. މާނަ އަކީ އަހަރެމެންގެ ތެރޭގައި މިހާރަކު ނެތޭ އެއްވެސް ހިޔާލު ތަފާތުވުމެއް، އަރާރުންތަކެއް." ސައިފް ބުންޏެވެ.

"ބަންޓީ އޯތް ބަބްލީ 2" ގައި ސައިފް މަސައްކަތްކުރަނީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީއާ އެކީގަ އެވެ. އެ ދެ ތަރިން އެކީގައި ކުރިން ކުޅުނު ވައިއާރްއެފްގެ ފިލްމުތަކުގެ ތެރޭގައި 2005 ގެ "ހަމް ތުމް" ގެ އިތުރުން 2007 ގެ "ތަރަ ރަމް ޕަމް" އަދި 2008 ގެ "ތޯޅާ މެޖިކް، ތޯޅާ ޕިޔާރު" ހިމެނެ އެވެ. ސައިފް ކުޅުނު ވައިއާރްއެފްގެ އިތުރު ފިލްމުތަކުގެ ތެރޭގައި 2005 ގެ "ސަލާމް ނަމަސްތޭ" އާއި 1993 ގެ "ޕަރަމްޕަރާ" އަދި 1994 ގެ "ޔޭ ދިއްލަގީ" ހިމެނެ އެވެ.

ސައިފް ބުނީ އަދިތިޔާ އަކީ ވަރަށް ޒިންމާދާރު ޕްރޮޑިއުސަރެއް ކަމަށާއި އޭނާއާ އެކު މަސައްކަތްކުރަން ވަރަށް ފަސޭހަ ކަމަށެވެ.

"އަހަންނަކީ ވެސް މިހާރު ފިލްމު ޕްރޮޑިއުސަރެއް. ފިލްމެއް ހަދަން ޕްރޮޑިއުސަރަކު އުފުލަން ޖެހޭ ޒިންމާތަކާއި ބޮލުގައި ރިއްސާ ރިއްސުން އަހަންނަށް އިހުސާސްކުރެވޭ. އެކަމަކު އަދީގެ ފިލްމެއްގައި މަސައްކަތްކުރާ ނަމަ އަހަންނަށް އަބަދު ވެސް އިހުސާސްކުރެވެނީ ތަރިއެއް ގޮތަށް. އެކްޓްކުރުން ފިޔަވައި، ވިސްނަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ." އޭނާ ބުންޏެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ވަރުން ވަރުން ވީ ޝަރުމާ ޑައިރެކްޓްކުރާ "ބަންޓީ އޯރް ބަބްލީ 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޖޫން 26 ގަ އެވެ. މި ފިލްމަކީ ރާނީ އާއި އަބީޝެކް ބައްޗަން 2005 ގައި ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ދަވަނަ އެވެ.

މުޅިން އާ ޑައިރެކްޓަރަކާ އެކު ފިލްމުގެ ދެވަނަ ބައި ގެނެސްދޭ އިރު، "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ސިދާންތު ޗަތުރަވެދީ އާއި އާ ބަތަލާ ޝަރްވާރީ ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454