މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ ކޮމެޓީގެ ބައްދަލުވުމެއްގައި: ކަައުންސިލް އިންތިޚާބު ފަސް ކުރުމުގެ ބިލު އަވަހަށް ފާސްކޮށްދޭން އެ ކޮމެޓީން ވަނީ އެދިފައި -- ފޮޓޯ/މަޖިލިސް
20 އެޕްރީލް 2020 - 15:37
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުން ސަސްޕެންޝަންގައި ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިިލް އިންތިޚާބު ފަސް ކުރުމުގެ ބިލް އަވަހަށް ފާސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެދެފި އެވެ.
މިމަހު ބާއްވަން ކުރިން ހަމަޖެއްސި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. އަދި އެ އިންތިޚާބު ފަސް ކުރަން ސަރުކާރުން ވަނީ ކައުންސިލް އިންތިޚާބުގެ ޚާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ސަސްޕެންޝަނަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ފޮނުއްވި ސިޓީގައިވަނީ އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އެނގެން ނެތުމުން މުއްދަތެއް ނެތް ގޮތަށް ސިވިލް ސާވަންޓުންތަކެއް ސަސްޕެންޝަންގައި ތިބެން ޖެހިފައިވާ ކަމަށެވެ. އެހެންވެ، މިދުވަސްވަރު މުސާރަ އާއި އިނާޔަތްތައް ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ އިތުރަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރޯދަ މަހުގެ އިނާޔަތްތައް ވެސް އެ މީހުންނަށް ނުލިބޭތީ އެކަމާ މެދު ކޮމެޓީން ކަންބޮޑުވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، އިންތިޚާބު ފަސްވުމުގެ ސަބަބުން ދިމާވެފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކައުންސިލް އިންތިޚާބުގެ ޚާއްސަ ބިލް ވީހާ ވެސް އަވަހަކަށް މަޖިލީހުން ފާސްކޮށްދޭން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
@ElectionsMv ge mi kanboduvumakee minivan muassasa committee ge hurihaa membarunge ves varah bodu kanboduvumakah vaathee committee in vanee mikama mashavara koh majleehuge raees ah sitee eh fonuvaafa. https://t.co/pN0xoKISLc pic.twitter.com/EsYvvBGH4Q
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 19, 2020
ރޮޒައިނާގެ ޓްވީޓް
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެގޮތަށް އެދުނުއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން ވަނީ ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން އެދިފަ އެވެ.
ގާނޫނު އޮންނަ ގޮތުން އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސް މުވަައްޒަފުންގެ ކެންޑިޑެސީ ބަލައިގަތުމާ އެކު އިންތިޚާބު ނިމެންދެން އެ މީހުން ތިބެން ޖެހޭނީ ސަސްޕެންޝަންގަ އެވެ. އެކަމަކު އިންތިޚާބު ފަސްކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލް ފާސްވެއްޖެ ނަމަ، އިންތިޚާބު އަލުން އިއުލާން ކުރެވެންދެން އެ މީހުންގެ ސަސްޕެންޝަން ނިމުމަކަށް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
21 April 2020
އަދިވެސް އިންތިހާބުގެ ވާހަކަތަ...
އޮނަރަބްލް އަފީފު ދީދީ
21 April 2020
ރައީސް ނަޝީދު ވިދާޅުވިފަދައިން "ނިޒާމް ފުރޮޅާލަން" މިއަށްވުރެން މުނާސަބު ވަގުތެއްނުލިބޭނެ. # ފަސާދައިގެ އަދި ޒާތީވިސްނުންދޫކޮށް ރާއްޖެ އިޤްތިސޯދީ އިދާރީ 3 ސަރަހައްދަށް ބަހާލަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން ދާލަށް(މާލެވެސް ހިމަނައި)ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅުއްވާ. # ތިން ސަރަހައްދުން ކޮންމެ ޕްރޮވިންސްއެއްގެ ރައްޔަތުންގެ އިންތިޙާބުކުރާ ޤަވަރުނަރާއި ޑެޕިއުޓީއަށް ސަރަހައްދުގެ ބާރު ހަވާލުކުރައްވާ.
ޙަމީދުބޭ
20 April 2020
ޢިންތިހާބަގެން މިތިބީ މޮޔަވެފަ ތިކަމޭ ނުވެގެން ރައްޔިތުން މިއޮއް ހޭރި ނަގަނީ ބޯހަލާކު
ޗަކޮއި
20 April 2020
ސިޔާސީ މީހުން އިންތިހާބަކައިގެން މޮޔަވަނީ. މިހާރު ނުފެނޭ ދާއިރާ މެންބަރުންނެއްވެސް ނުކުމެ ގޭގެޔަށް އެއްޗެހި ޑެލިވަރީގަ އުޅޭތަނެއް. ކައުންސިލަށް ކުރިމަތިލީ މީހުން ޑިސްއިންފެކްޓް ކުރަން އުޅޭތަނެއް. ވަރަށް ރަނގަޅު ފުރުސަތެއްމީ ގައުމާ ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތްކުރާ މީހުން ދެނެގަންނަން.
އަސްލު
20 April 2020
މި ބިރުވެރި ދަތި ދަނޑިވަޅުގައިވެސް, މިބަޔަކަށް މުހިއްމު ވެގެން އުޅެނީ, ނެޖޯރެޓީ ހޯދަން ބޭނުންވާ އިންތިހާބު, މީ ދެން ބޮޑުވަރު,
މުހައްމަދު.
20 April 2020
ބޭކާރު ބަޔެއް، ތި ބިލަކާއި އެޅިގެން ނުނެއްޓެވިގެން އުޅުނަސް، އިންތިހާބު އޮތީ މުއްދަތެއްނެތް ގޮތަށް ފަސްކުރެވިފައި، ހުރިހާ ބާރެއް ތިމާގެ އަތުގައި އޮތްކަމަށް ހެދިގެން އުޅުނު ރޫހާނީ ލީޑަރަށް ސަލާމް.
ގާއިދު
20 April 2020
ފާސްކުރުން އަވަސް ކުރިޔަސް ލަސްކުރިޔަސް، އިންތިހާބު އޮންނާނީ ފާސްވެފައި. މަޖިލީހުން ކުރަންވީ ކަމަކީ ކޮންމެ ރަށަކަށް އެންމެ ކައުސިލަރެއް، ކޮންމެ އަތޮޅަކަށް 2 މެންބަރުން ތިބޭގޮތަށް ހަދާ ކުރީގެ މެންބަރުންގެ ޕެންޝަން/އިނާޔަތްތައް ކަނޑާލުން
ރަދީފުގެދަރި ކުމާރު
20 April 2020
މީ އިންތިޚާބުގެ ވާހަކަދައްކާ ގަޑިއެއްނޫން.
ރާވެރިބެ
20 April 2020
ގައުމުގެ ބޮޑުންނޭވެ ... ހިމޭނުން ގޭގައި ތިއްބަވާށެވެ ... މިވަގުތު އަހަރެން އެދެނީ އެގޮތެވެ ...
ޜަސްގެފާނު
20 April 2020
އިސް މާޢީލްް ހަބީބު މެން ކޯޓުތައް ހުއްޓާ ނަޝީދު ބުނެގެން މޮޅުގޮތް ހޯދަން އަދި މަޖިލިސް ރައީސް ބޭނުން ހޮތަކަށް މި ފުށްގަނޑު މޮޑެއްވެގެން ވަޒީފާގެ ބިރަށް މަޖިލިހަށް ތިކަން ހުށަހަޅާފަ ދެން ކޮން ވާހަކައެއް ދައްކާކަށް