26 އެޕްރީލް 2020 - 15:49
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ފަރުވާ ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އިއްޔެ ރަސްމީކޮށް ހިދުމަތް ފަށައިގަތުމާ އެކު، ދެ މީހަކަށް މިހާރު ވެސް ފަރުވާ ދީފައިވާ ކަމަށެވެ. މިއީ ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރަޕީގެ ފަރުވާ އައްޑޫގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް 25 އޭޕްރިލް ވީ ހޮނިހިރު ދުވަހު ފެށިފައެވެ. މިގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެބޭފުޅަކަށް ފަރުވާ ވަނީ ދެވިފައެވެ. @MoHmv @CancerSocietyMV @ibusolih @ameenex @AdduCityCouncil
— Addu Equatorial Hospital (@aeh_mv) April 26, 2020
އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިމަގުގައި އައްޑޫން ފަރުވާ ހޯދާ މީހުން އިތުރުވާނެ ކަމަށެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖެ އަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫގައި އިމާރާތްކުރި ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް މިދިޔަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ހިދުމަތްތައް ދެމުން އަންނަ އިރު، ހޮސްޕިޓަލުން އަންނަނީ ކުރިން އައްޑޫން ނުލިބޭ ގިނަ ސިއްހީ ފަރުވާތައް ތައާރަފު ކުރަމުންނެވެ.
އޭއީއެޗަކީ މާލެ ސަރަހައްދުން ބޭރުގައި ތަރައްގީ ކުރި ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވި އެއް މަޝްރޫއެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު، އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ގާތްގަނޑަކަށް ނިމި، އެ ތަނަށް ބޭނުންވާ ސާމާނުތަކަށް ވެސް ހުރީ އޯޑަރު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
28 April 2020
ކުރީގެ ރައިސް ވިދާޅުވާނެ ޖަލްސާތަކުގަ ރާއްޖޭގަ ސިއްހީ ނިޒާމް ރަަގަޅުކުރާނަމޭ ބޭރައް ދާން ނުޖެހޭނޭ ރާއްޖޭގަ ހުރެ ބޭސްފަރުވާ ދެވެންޖެހޭނޭ. މީ އެރައިސްގެ މިންނެއް ބަސައްކަތް ކަން ޔަގީން. ޝުކުރިއްޔާ ރައިސް ޔާމިން.
އަލީ ރަސްގެފާން
28 April 2020
މިތާކުނެށް މިސަރުކާރުން ކުރި އެއްކަމެއްވެސް. ސަރުކަރުން އުޅެނީ ކަންނުވެ ނަންވާން. މިކަމުގެ މޭސް ތިރިޔަކީ ރައިސް ޔާމިން.
އެމްޑީޕީމީހާ
28 April 2020
ރައިސް ޔާމީނަކީ ބަސްބަދު ތަރައްގީ ކުރުމުގަ ވިސްނުން ތޫނު ބޭފުޅެ.
ޝޮކްތެރަޕީ
28 April 2020
ރާއްޖެއަ ބަދަލުތަކެއް ގެނެސްދިން ރައިސް ޖަލައްލިޔަސް ރޔާމިންގެ ތާއީދު ދަނީ އިތުރުވަމުން.
ޓްރަމްޕެޓް
26 April 2020
ތި ޓްވީޓްގައި ކޮންމެހެން އިބޫ ސޯލިހް ޓެގް ކުރަން ޖެހޭ ބާ. ހުސް ޕަޕެޓުން.
އިދްރީސް
26 April 2020
ބޭކާރު ތަނެއް. ދައުލަތުގެ ބަޖެޓް އިން 500 އަށް ވުރެ ގިނަ މުވައްޒަފުން ލައިގެން މުޅިތަން އެއަރކޯން ކޮށްގެން ތިބޭ އިރު ކޮވިޑޭ ކިޔާފަ އެއްކަމެއް ނުކޮށް ތިބެނީ ގޮނޑިއަކަށް ލެނގިލައިގެން ފޭސްބުކުން ގޭމް ކުޅެން. ކޮވިޑް އޮތަސް ނެތަސް ހިތްހުއްޓިގެން ދާ މީހާ އަށް ވެސް ފަރުވާ ލިބެން ޖެހޭ. ތަންފުކެއް ބޮޑު ވަރު.
އައްޓު2
26 April 2020
ރައީސް ޔާމީން އަށް ޝުކުރިއްޔާ
ހާމަ333
26 April 2020
ކީމޯތެރަޕީ އިންޖެކްޝަން ޖެހުމަކުން ނުފުދޭ...ކޮބާ އެމްއާރއައިގެ ހިދުމަތް? ކެންސަރަށް ފަރުވާ ކުރެވޭ ތަނަކަށް މިތަން ވާން އެބަޖެހޭ...ރަނގަޅު ލެބޯޓަރީއެއް ޓެކްނީޝަނުންނާއެކު ހުންނަންޖެހޭ....މާލެއަށް ހުރިހާ ކަމެއް ތޮތްޖެއްސުމުގެ ނަތީޖާ ރަނގަޅު ނޫންކަން ބޮޑެތި ކާރިސާތަކުން ސަރުކާރަށް މިހާރު އިނގޭނެ...ދެކުނާއި އުތުރުގަ ޒަމާނީ ސިއްހީ ހިދުމަތްތައް ލިބޭ ހޮސްޕިޓަލް ހުންނަންޖެހޭ....ރާއްޖެއިން ބޭރަށް ދިވެހިން ގިނައިން ދަނީ އަދި ގިނަ އަދަދަކަށް ޑޮލަރު ދަނީ ބޭސްފަރުވާކުރުމަށް....ވިސްނަންޖެހޭ
އޮނަރަބްލް އަފީފު ދީދީ
26 April 2020
ރިމޯޓް އައިލެންޑްތަކެއްގެ މައްޗަށްއޮތް ޤައުމަކަށް ސީއެމްބިއުލާންސަށްވުރެން އެއަރ އެމްބިއުލާންސްގެ މުހިންމުކަން ހާސްގުނަ ބޮޑު. # ޖެޕާން، ޤަތަރު، ކޮރެއާ، ބްރެޒިލް، އޮސްޓްރޭލިއާ ފަދަ ޤައުމެއްގެ ކުންފުންޏަކަށް ކޮޅުމަޑުލުން އައްޑުއާއިދެމެދުގައިވާ ސަރަހައްދަށް 30 އަހަރަށް ސީޕްލޭން އޮޕަރޭޓްކުރުމުގެ ޙާއްސަލައިސެންސްއެއްދެއްވާ ގޭން އަދި ކާޑެއްދޫގައި ސީޕްލޭންބޭސް ހަދަންފުރުސަތުދީ 10 އަހަރުތެރޭ މުޅިރާއްޖެއަށް ސީއެމްބިއުލާންސް އޮޕަރޭޓްކުރަން ޝަރުތުކުރައްވާ.
ރަދީފުގެ މުންނަ
26 April 2020
ކޮވިޑުގެ ބަލިމަޑުލަމުން ސަލާމަތްވާއިރު ވަރަށް ގިނަކަންކަން މަޖްބޫރުން ނަމަވެސް ރަނގަޅުވާނެކަމަށް އުއްމީދުކުރަނީ