ޚަބަރު / ފުލުހުން

ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރު ކޮށްފި

މީހަކު ބިޑިއަޅުވާފައި: ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދެ ދިވެހިން

ފުލުހުންނަށް މާލޭގައި ރޭ ދަންވަރު މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ނަމަވެސް އުމުރުން 30 އަހަރުގެ އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި މި ދެ މީހުން ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދެއްކީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

8 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 10%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަދުރުއްނިހާނު

27 April 2020

ފުލުހުންގެ އެންމެން ސިންގަމް ބަލަންވީ.....

The name is already taken The name is available. Register?

Hassan Shakir

27 April 2020

އަދިވެސް ބިރުދައްކަންވީ، ރައްޔިތުންނަށްޓަކައި، ފުރާނަ ނަގައި އަތް މައްޗަށްލައިގެން ޤުރުބާންވާ މީހުންނަށްތަ؟

The name is already taken The name is available. Register?

ދޮންމަނިކުބެ

26 April 2020

ފުލުހެއް، ސިފައިންގެ ބޭކަލެއް ކީއްކުރަން އެއްވެސް މީހަކަށް މަރުގެ އިންޒާރެއް މީހަކު ދިފިނަމަ، ސީރިއަސް ކަމާއެކު، ބެލެންޖެހޭނެ. ކުރިމިނަލް ކޯޓުން ތިދޫކޮށްލި މީހާ ދޫކޮއްލި ސަބަބު، ސާފުކޮށްދޭންޖެހޭނެ ކޯޓުން. ޤާނޫނުގެ އަތް ނުފޯރާ ހިސާބަކު މީހަކު ނުހުންނާނެ

The name is already taken The name is available. Register?

ޥާލުސޮ

26 April 2020

ކޮބާ ޕީޖީ އަމުރު އިސްތިއުނާފު ކުރުމެއްނެތްދޯ ނުވިތާކަށް ޓުވިޓްގަޑެވެސް ނުކޮށްލެވުނު

The name is already taken The name is available. Register?

ސާދާސީދާ

26 April 2020

ކީއްވެހޭ ޝަރީޢަތް ނިމެންދެން ބަންދުނުކުރަނީ؟ މަރަން ބުނީމައި މުޖުތަމަޢުއަށް ދޫކުރަން ރައްކާތެރިވާގޮތެއް އެނގެން ބޭނުން!

The name is already taken The name is available. Register?

ގަޓް ބްރޯ

26 April 2020

ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ކޯޓުން ދޫކޮށްލިޔަސް އަނެއްކާވެސް އެމީހާ ހައްޔަރުކުރުމަކީ ފުލުހުންނަށް ކުރެވޭނެކަމެއް. އަދި އެފަދަ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އޮތްތޯބަލަން ޖޭއެސްސީ އަށް ހުށަހެޅުމަކީ އެންމެހާ ފުލުހުންނާއި ގައުމާރައްޔިތުންގެ ސަލާމަތަށްޓަކާ ފުލުހުން ކުރަންޖެހޭނެ ކަމެއް. ފުލުހުންނާ ސިފައިންނަށް މަރުގެ އިންޒާރުދިނުމަކީ ގައުމީ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެއް.

The name is already taken The name is available. Register?

މޮޑްރިޗް

26 April 2020

ރީނދޫ ސަރުކާރު އައީމަ ވަކި ކޮންކަމެއް ރަނގަޅުވީ? ކޯޓުތައް ނޫނީ ޝަރުއީ ނިޒާމު ހިނގަނީ ހިނގާނެ ގޮތަކަށް ިކިތަންމެ ބޮޑުކުށެއް ކޮށްގެން ދިޔަޔަސް ދޫކުރާނެ މީހަކު ދޫކުރާނެ....

The name is already taken The name is available. Register?

އުދުރުތައްޙާނުގެއަލިމަނިކުފާނު

26 April 2020

ފުލުހުން ސައިޒުވުމުގެ ބަދަލުގާ ފުލުހުން އެބަޖެހޭ ކުއްވެރިން ސައިޒުކުރާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454