ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް. އޭނާ ވިދާޅުވީ މިނިސްޓަރަކު ގާނުނު އަސާސީއާ ޚިލާފުވިކަން ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށް
28 އެޕްރީލް 2020 - 21:08
އެއްވެސް ވަޒީރަކު ގާނޫނުއަސާސީ އާ ޚިލާފު ކަމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އޮތް ބާރެއް ނޫން ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.
އޭނާ އެހެން ވިދާޅުވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ކުރެއްވި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އޭގެ ޖަވާބު ދެއްވާފައި ނުވާތީ، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން މިރޭ ބަޔާން ނެރުއްވުމުންނެވެ.
އެ ބަޔާން ނެރުމަށް ފަހު، މަޖިލީހުގެ އިދާރާ އިން ބުނީ މިއަދުގެ އިރުއޮއްސި 6:31 ގައި އީމެއިލް މެދުވެރިކޮށް މިނިސްޓަރު އަމީންގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ އިދާރާ އިން ބުނާގޮތުގައި ލިޔުމުން އެ ސުވާލުތަކުގެ ޖަވާބު އަމީން ދެއްވީ އެ އިދާރާ އިން ބަޔާން ނެރުނު ފަހުންނެވެ. ބަޔާން ނެރުނީ އިރުއޮއްސި 6:12 ގަ އެވެ.
މަޖިލީހުގެ އިދާރާގެ ބަޔާނަށް ރައްދު ދެއްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރަކު ގާނޫނުއަސާސީއާ ހިލާފުވި ކަމަަށް ކަނޑަައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ.
ސިލްސިލާއެއްގެ ގޮތުގައި ކުރެއްވި ޓްވީޓްތަކުގައި އޭނާ ވިދާޅުވީ، މިނިސްޓަރު އަމީނަށް ފޮނުއްވި ސުވާލުތަކަށް މިއަދު ޖަވާބު ދެއްވާފައިވާ ކަމަށެވެ.
"ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތަށް [ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން]މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރަން،" ޝަރީފް ވިދާޅުވި އެވެ.
Evves minister aku Qanoon Asaasee aa khilaafu vi kamah kanda elhumuge baaru othee hama ekani Supreme Court ah. Ee Majlis ge idhaaraa libigen vaa baareh noon
— Ibrahim Shareef (@AdduShareef) April 28, 2020
Health Minister miadhu vanee jawaabu dhevvaafa . Baeh bey bey fulhun vidhaalhu vaa gothah magaamun dhuru kuran jehey sababeh oi kamah qaboolu nukuran @ibusolih @MohamedNasheed
— Ibrahim Shareef (@AdduShareef) April 28, 2020
އަމީނާ ސުވާލު ކުރައްވަން ހައިތަމް ހުށަހަޅުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ. ވެންޓިލޭޓަރު ގެނައުމުގެ ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން ހައިތަމް ހުށަހަޅުއްވާފައިވެ އެވެ.
އެ ސުވާލުތަކުގެ ބައެއް ޖަވާބުތައް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މީގެ ކުރިން ވަނީ ދީފަ އެވެ. އެގޮތުން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ކުންފުނިތަކާއި އެ ކަމަށް ބަޖެޓް ކޮށްފައިވާ ފައިސާގެ އަދަދު ވެސް ވަނީ ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
03 May 2020
ބަލަ, ޖަމީލާ އަދީބުގެ ދުވަސްދުއްވާލި އިރު ޝަރީފު ހުރީ ހަމަގައިމުވެސް ދުރުގަ ގުޑިއަރުވާކަށް ނޫން. ވޯޓުވެސް ދިން. ބަލަ އޭރުވެސް ސުޕުރީމް ކޯޓު އޮތޭ..
ކަލް
29 April 2020
އަންނި ހުރިހާ ބާރެއްގެ ވެރިޔަކީ އޭނަ ގަބޫލުކުރާގޮތުގަ، ކިހާ ދެރަކަމެއް މިއީ، މީނަގެ އަމަލާ ބަސްމަގާ މެދު އެމްޑީޕީ މެމްބަރުންވެސް ވިސްނަންވެއްޖެނު، މިގައުމަކީ ނަޝީދު އެކަނި ގައުމެއް ނޫން، މަގޭވެސް އެންމެންގެ ވެސް ގައުމު.
ޢަލިއަ
29 April 2020
ޝަރީފު ތިހުންނެވީ ރޯދައަށް ހުންނެވުމުގެ ސަބަބުން އޮޅިވަޑައިގެންފައި، މިހާރު ހުރިހައި ބާރެއް އޮތީ ކެނެރީގޭ ތެރޭގަ، ޤަބުލުކުރިއަސް ނުކުރިއަށް އެބޭޅާ ވިދާޅުވެއްޖެތަ! އެކަން ހިނގާނީ އެމަގުން.
ާއުނިމާ
29 April 2020
ނަޝީދުގެ ބަސްދެން މަޖިލިހުގައި ވިކޭކަމަށްވަންޏާ ކެރެންނާ ނިކަން އަމީނު ބޭރުކޮށްބަލަ، ބޭރެއްވެސް ނުކުރެވޭނެ، ފިޔަވަޅެއްވެސް ނޭޅޭނެ! ތިޔަ ނަޝީދަކީ މީހުންގެ ސަމާލުކަން ހޯދަން އުޅޭ ކުޑަކުއްޖެއްހެން އުޅޭ މީހެއް! މީނަ ބޭނުންވެގެން މިއުޅެނީ އަވަހަށް ވެރިކަމަށް އަންނަން! މީނަގެ ސަބަބަުން ބޯޑަރު ބަންދުކުރުންވެސް އަދި ލޮކްޑައުންވެސް ލަސްވީ، ކޮވިޑު19 ގެ ކަންތަކުގަވެސް މީނަގެ ރާގުހުރިގޮތް ރައްޔިތުންނަށް ރަނގަޅަށް އެގޭނެ!
އަންނު
29 April 2020
އަންނި އަކީ ހަލާކުން ހަލާކު
ނާޑުވާ
29 April 2020
ޤާނޫނު ހެދިބަޔަކަށް ޤާނޫނުގަ އޮތް އެއްޗެއް ނޭނގެ ދޯ? ބަލަ ޝަރީފޫ ކޮންބަހަކުންތަ ތިޔަ ޤާނޫނު އަސާސީއެއް ލިޔެގެން ތިޔަ އުޅެނީ
ާަަނަސްރު
29 April 2020
އަނެއްކާވެސް އެމްޑީޕީގެ މެމްބަރުން މަގުމުމަތީ ބައިތިއްބަން މަޖިލީހުގެ ތެރެއިން ނަޝީދު ގެންނަން މަސައްކަތް ކުރަމުންދާ ބަގާވާތް ކާމިޔާބުވިޔަ ނުދެއްވާށެވެ. އިބޫ ސޯލިހު ވިސްނާ ހުންނަވާ! ޕާޓީގެ އާންމު މެމްބަރުންނާއި ގިނަ އެކްޓިވިސްޓުންގެ ހައްގުގައެވެ.
ާއުނިމާ
29 April 2020
ރައިސުލްޖުމްހޫރިއްޔާގެ މައްޗައް އެހެންމީހަކު ބަސްބުމާކަމަށްވަންޏާ މިގައުމުގެ ކަންކަން ފާލުންނައްޓައިގެން ދާނީ! ކޮވިޑްކަންތަކުގަވެސް އޭގެ ކުރިންވެސް
ފޫހި
29 April 2020
ފުރަތަމަ ކަމަކަށް މި އީ އާއްމު ހާލަތެއްނޫން. މިހާރު މިއޮތީ ގައުމު ލޮކްޑައުންގަ. ދެން މިނިސްޓަރުން ބޮޑު ސިއްހީ ކާރިސާއެއްގައި އަވަދިނެތި އުޅުއްވަނީ. އެހެންވީމާ ތިޔަބުނާ 14 ދުވަސް ތެރޭ ތިޔަބުނާ މައުލޫމާތު ނުދެވިދާނެ. ނަޝީދުގެ މަކަރުވެރިކަމުން މުޅި ސަރުކާރަށް އަތްބާނަންވެގެން ލެއްވިހާކޮމެޓީއެއްހަދައިން ޖަވާބުދާރީ ކުރުވަންށޭކިޔައިގެން ޖެއްސުންކިރަނީ. ފޫޅުމައި ކޮމެޓީވެސް ހަދަންވީނު. މަޖިލިސްއުވާލާ.
ނާޑުވާ
29 April 2020
މާފު ކުރައްވާ ސުވާލު ކުރެއްވީ މެމްބަރު ހައިތަމް ނަޝީދެއް ނޫން. މީހަކު ދެކެ ރުޅިއަޔަކަސް ތިވަރުވާކަށް ނުވާނެ. ނަޝީދު ބުނީ އޭނައަށް ހީވާގޮތް.
ސަންޕަދަރި
29 April 2020
މަޖްލީހުގެ ގަވާއިދު ހިނގާނީ މަޖްލީހުގެ މެމްބަރުންގެ މައްޗަށާއި މަޖްލީހުގެ މުވައްޒަފުންނާ މަޖްލީހުގެ ހަތަރުފާރު އެތެރޭގަ. އާނމުކޮށް އެންމެހާ ދިވެހިންގެ މައްޗަށް މަޖްލިސް މެމްމަރުންނާ ވަޒީރުންނާ ރައީސުންނާ ދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެނާ އެންމެހާ ތަކެއްޗާ ތަންތަނަށް އޮންނާނެ ގާނޫނު އަސާސީއޭ ކިޔާ މިސަރުކާރުގެ ބޮޑުންނާ މެމްބަރުން ފައިން އެރި އެއްޗެއް އަދި އެ ގާނޫނު އަސާސީގެ ދަށުން ހެދިފަ ހުރި ގާނޫނުތަކެއް.
ލޮލީ ކޭބަލް ކާރު ___
29 April 2020
ބޭފުޅާ ޓުވިޓު ކުރުމުގެ ކުރިން ޕުރަޝަރު ޗެކު ކުރިންތަ؟