ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ސިޔާސީ ރައިވަރުގެ މައްސަލައިގައި ޕީއެސްއެމް މާފަށް އެދި ފިޔަވަޅު އަޅައިފި

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ، އަލީ ހާލިދު: ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރު ކިޔުއްވި މައްސަލާގައި ވަނީ ފިޔަވަޅު އަޅާފައި..--- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލާގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.

"ކުޑަ މަސައްކަތެއް" ޕްރޮގްރާމުގައި އިއްޔެ ބައިވެރިވި ކުދިން ލައްވައި ތަފާތު ރައިވަރުތައް ކިޔުއްވިއިރު އޭގެ ތެރޭގައި ހިމެނުނު ސިޔާސީ ރައިވަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުތިރާމް ކުޑަވާ ވަނަމާ އެކު ޖުމްލަ ގޮތެއްގައި ބުނަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަރިހުން މަކަރާއި ހީލަތް ދަސްކުރައްވައިގެން މަޖިލިސް މެމްބަރުން ގަނެގެން ކުރެއްވި ކަންތައްތަކުން ސަލާމަތްވެވެން ނެތް ކަމަށެވެ.

މި ރައިވަރުގެ މައްސަލަ ހޫނުވެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕީއެސްއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮންޓެންޓަކީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ކުންފުނީގެ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިތުރުން އާންމު އިޖްތިމާއީ މިންގަނޑާ ވެސް ހިލާފު ކޮންޓެންޓެއްކަން އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ވަނީ މާފަށް އެދިފަ އެވެ.

TVM in kudakudhin lavvaa siyaasee raivareh!

TVM in kudakudhin lavvaa siyaasee raivareh!

The most trusted news source in the Maldives

Mihaaru

ސިޔާސީ ރަވައިރު ކިޔުއްވި މައްސަލާގައި ފާޑު ކިޔުން

އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރޭތީ، ވީހާ ވެސް މަދު މުވައްޒަފުންތަކެއް ބޭނުންކޮށްގެން އެ ސްޓޭޝަންގެ މަސައްކަތް ކުރަމުންދާއިރު އެކަން ހިނގީ އުސޫލުތަކުގެ ބޭރުން ހިނގި ކަންތައްތަކެއް ސަބަބުން ކަމަށެވެ.

"މިކަން ހިނގައިދިޔައީ އަޅުގަނޑުމެންގެ އޮޕަރޭޝަން ކެޕޭސިޓީ ދަށްކުރެވިފައިވާ ވަގުތެއްގައިކަން ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާ ކުރަމެވެ.،" ބަޔާނުގައިވެ އެވެ.

ލޮކްޑައުންގެ މި ހާލަތުގައި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ އެކި ޕްރޮގްރާމުތަކުގެ ގިނަ މަސައްކަތްތައް ކުރަނީ ގޭގަ އެވެ. ޕްރޮގްރާމްތަކުގެ ރެކޯޑިން އާއި ޕްރެޒެންޓިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތައް ވެސް ކުރަނީ ގޭގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ޕީއެސްއެމް ހިންގުމާއި، މިހާރުގެ މެނޭޖްމަންޓުން ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށާއި، ވޭތުވެދިޔަ ކައިރި މާޒީގައި އެކި ސަބަބުތަކާހުރެ ހީނަރުވެފައިވާ ތަސައްވުރު ރަނގަޅު ކުރުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްޓޭކްހޯލްޑަރުންނާއި އާންމުން ވެސް އެ ބަދަލު ބަލައިގެންފައިވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އަނެއްކާ ވެސް މިވަނީ ތަސައްވުރަށް އިތުރު "ލޮޅުމެއް" އައިސްފައި ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ނަމޫނާ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ދެކޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ވުރެ ބޮޑުވެ، ގޮންޖެހުން އިތުރުވެވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކަން އެހެން އޮތްކަމުގައި ވިޔަސް، މިއަދުވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް ޕަބްލިކް ސާވިސް މީޑިއާއިން މަސައްކަތްކުރަމުން ގެންދާނީ ނަމޫނާ ދައުލަތުގެ މިޑިއާއެއް ގޮތުގައި އާންމުންގެ އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަށެވެ." ބަޔާނުގައި ވެ އެވެ.

ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ޕީއެސްއެމަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. އެކަން ބަލައިދިނުމަށް ބްރޮޑްކާސްޓިން ކޮމިޝަނަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފައިވެ އެވެ.

60 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 7%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރަކި

09 May 2020

ކުޑަ ކުއްޖަކު ލައްވާ ތިކަން ކުރި ފަރާތައް އަދަބު ދޭން ޖެހޭ ޒިންމާދާރު ބެލެނިވެރިޔެއް ގޮތުގަ ހުރެ ތިޒާތު ކަން ކަން ކުދިން ކައްވާ ކުރާ ފަރާތް ތަކައް އަދަބު ދީގެން ނޫނީ މިޒާތުގެ ސިޔާސީ ބުރާން.... ގެ ކިބައިން ބޮޑުވާ ޖީލުވެސް ސަލާމަތް ނުވާނެ.

The name is already taken The name is available. Register?

ފާއިޒު

04 May 2020

ބަލައިގެނަެވޭނެ މަޢާފެއް ނޫން. ކިތައްމެ މަދު މުއައްޒަފުން ތިބެގެން ކުރިޔަށް ގެންދިޔަޔަސް ސެންސަރު ކުރެވޭނެ ގޮތެއް ނެތި ޕްރޮގުރާމް ކުރިޔަށް ގެން ގޮއްސަ ކޮންމެ ކަމެއް ކޮވިޑަށް ބިންދާލަންވީ ދޯ

The name is already taken The name is available. Register?

މުޙައްމަދު ޝަމީމް

02 May 2020

ރައިވަރުގެ ތަންކޮޅެއްވެސް ލިޔެލިނަމަ 'ލިއުއްވާފައިވާ ހާސަރުތައް' ވަރަށް ފުރިހަމަވީހެވެ. އަދި ކުރުކޮއް ފޮނިކޮއް ލިޔުންތައް ބައްޓަން ކުރައްވާކަން ނުވޭތޯއެވެ. ފެށިތަނެއް ނިމުނުތަނެއް، ނިންމަންވީތަނެއް ނޭގޭ ގޮތަށް ލިއުއްވުމަކީ މިކަހަލަ ތަޢުލީމީ ޒަމާނަކާއި ނުކިއްސަރު ކަމެކެވެ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

02 May 2020

މިފދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި މިފަދަ ކަމެއް ހިނގީމާ މެނޭޖިންގ ޑައިރެކްޓަރ ޕީއެސްއެމްގެ ވެރިން މިކަމަށް ޒިންމާވާންޖެހޭނެ. ފިޔަވަޅު އަޅައިފީމޭ ބުނާނަމަ އެޅިފިޔަވަޅެއްވެސް ރައްޔިތުންނަށް އިނގެންޖެހޭ. އެހެނީ ރައްޔިތުންގެ ފައިސާއިން ހިންގާތަނެއްތީ. ޒިންމާ ނެގުނު ކަމަށްވާނީ އެންމެ އިސްވެރިން އިސްތިއުފާ ދިނުމުން.

The name is already taken The name is available. Register?

‫ޗަރުކޭސް

02 May 2020

ޢެޅިފިޔަވަޅެއް އިނގޭނީ ފިޔަވަޅެއް އެޅިނަމަތާ. ނާޅާ!! ޕްރޮޑިއުސަރު ކޮބާތޯ އަހާބަލަ.

The name is already taken The name is available. Register?

ފާއިޒު

04 May 2020

ފިޔަވަޅު އެޅިމޭ ބުނާއިރު މާފަށް އެދުން އެއީ އެޅި ފިޔަވަޅެއްކަމަށް ޤަބޫލެއް ނުކުރެވޭ. ކޮބާ އެއިން މައުމޫނާއި ޔާމިނަށް ލިބުނު މޮޅެއް. ޖުރުމަނާ ކޮށް އެމިހުންގެ އަބުރަށް ލާރިދޭންޖެހޭ

The name is already taken The name is available. Register?

ދަތުރު ވެރިޔާ

02 May 2020

މަޢާފުކޮއްފީމެވެ

The name is already taken The name is available. Register?

ކަނބިލި

02 May 2020

މިއަދުގެ ހަގީިގަތަކީ ސިޔާސީ ޚަތުރުންނަށް ކުޑަކުދިން ލައްވާވެސް ދި މާކުރަންވީ. ޖަވާބުދާރީ ކުރުވާނެ މަޖިލިސް އެއް ކޮ މިޓީއެއް ނޯންނާނެ. " މައާފަށް " އެދިލީ މާ ނި މުނީ. ހަގީގީ ޑި މޮކްރަސީ އެއް އޮންނަ ނަ މަ އަލީ ޚާލިދު އަ މިއްލައަށް އިސްތިއުފާ ދޭނެ. އެން މެންވެސް ތިބެނީ މަގާ މުގެެ ދަހިވެތި ކަ މުގައި ނަފުސު ވިއްކާލައިގެން.

The name is already taken The name is available. Register?

ސިމްޕަލް

02 May 2020

ތީހަމަ 80ގެ އަހަރުތަކުގައި ރައީސް ނާސިރަށް ލަވަހަދައިގެން ސްކޫލްކުދިން މަގުމަތީގައި ހިންގުވިކަހަލަކަމެއް. ވިސްނުން 30އަހަރުފަހަތަށް ތިފޮނުވާލީ. މިގައުމުގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިހުތިރާމް ކުރަން ޖެހޭނެ. އެ ރައީސަކުގެ ސިޔާސަތަށް ފާޑު ކިޔުމަކީ މުޅިން ތަފާތުކަމެއް.

The name is already taken The name is available. Register?

ރެނދަން

01 May 2020

ފެއިލްވެފަ ތިބި މީހުންނާ ތަންތަން ހިންގަން ހަވާލުކުރީމަ ވާނެ ތިޔަކަހަލަ ކަންކަން،

The name is already taken The name is available. Register?

ގިނިކަނދު

01 May 2020

ޕީއެސް އެމްގެ ޗެނަލްތައް ބެލުން އަދި އަޑުއެހުން ހުއްޓާލުމަށް ދިވެހިރައްޔިތުންނަށް ގޮވާލަން ޕީއެސް އެމަކީ ނުވަތަ ދައުލަތުގެ މީޑިއާ އަކީ އެމްޑީޕީގެ ޕްރޮޕެގެންޑާ މެޝިނަކަށްވެއްޖެ ރާއްޖެ ޓީވީއެކޭ ތަފާތެއްނެތް

The name is already taken The name is available. Register?

ދުން ތަރި

01 May 2020

ޕީއެސް އެމްގެ ހުރިހާ ވެރިންނާ މުވައްޒަފުން ވަކިކޮށް ސިޔާސީ ނޫން ގޮތަކަށް ވެރިންނާ މުވައްޒަފުން އައްޔަންކޮށް ދައުލަތުގެ މީޑިއާއެއްގެ ގޮތުގަ ހިންގުމަށް ގޮވާލަން ދައުލަތުގެ މީޑިޔާހިންގަންޖެހެނީ އެމްޑީޕީގެ ރާއްޖެ ޓީވީ ހިންގާ ގޮތަކަށްނޫން ރައްޔިތުންނަށް ޚަބަރާ މައުލޫމާތު ތެދުވެރިކަމާއެކު ގެނެސްދޭ ތަނެއްގެ ގޮތުގައި ޕީއެސް އެމް ހިންގަންވާނީ ރައްޔިތުންގެ ތަނެއްގެ ގޮތުގަ ޕީއެސް އެމަކީ ސިޔާސީ ލީޑަރުން ހިންގާ މީޑިއާއަކަށްވެގެންނުވާނެ

The name is already taken The name is available. Register?

‫ފޭކް ފޭކް

02 May 2020

‫ތިކަން ކުރަންކެރޭނެ މީހެއް މިރާއްޖޭގައި ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454