ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޔުކްރެއިނުގައި ތިބި 32 ދިވެއްސަކު ރާއްޖެ އަންނަނީ

04 މެއި 2020 - 17:34

15 comments
05 މެއި 00:56

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެ (މޭ 4) ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓީވްވީ 20 މީހުން. އެންމެ ފަހުން ޕޮޒިޓިވްވި ކަމަށް ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުގައި ވަނީ ހަ މީހުން. އެއީ. ބަންގްލަދޭޝްގެ ހަތަރު މީހަކާއި ދެ ދިވެހިން. މިއާ އެކު، އިއްޔެއާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 551 މީހުން.

05 މެއި 00:06

އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ އެކަކު ކަމަށް އެޗްޕީއޭ އިން ބުނޭ. މިއަދުގެ ހިސާބުތައް ދައްކާ ގޮތުން މޭ 4 ގައި އެ ބައްޔަށް ޕޮޒިޓިވްވީ 14 މީހުން. އެއީ ހަތަރު ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މީހުން. ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ މިހާރުގެ ޖުމްލަ އަކީ 545.

04 މެއި 23:02

މަބްރޫކް: ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ދަތުރުކުރާ މީހުންނަކީ މާލޭގައި ވަރަށް ގިނަ ދުވަހު ތާށިވެފައި ތިބި މީހުން. އެ މީހުންގެ އަމިއްލަ ރަށްރަށަށް ދިއުންް އެއީ ވަކި އިންތިޒާމުތަކެއްގެ ތެރޭގައި ނޫނީ ނުކުރެވޭނެ ކަމެއް. އެ މީހުން ކަރަންޓީނު ކުރަން ޖެހޭނެ. އަދި އަލާމާތެއް ފެނިއްޖިއްޔާ ޓެސްޓް ކުރެވެން ވެސް ޖެހޭނެ. އަދި ޓެސްޓްކުރުމަށް ފަހު އައިސޮލޭޓް ވެސް ކުރެވެން ޖެހޭނެ. ގަބޫލުކުރަން ޖެހޭނެ މިފަދަ ބޮޑު ކަމެއްގައި ހަމަ އެކަނި ސަރުކާރުން ފޯރުކޮށްދޭ ކަންކަން އެކަންޏެއް ނޫން ބަލަން ޖެހޭނީ. އަމިއްލަ ޒިންމާ ވެސް މީގައި އޮންނަން ޖެހޭނެ. މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެން ނޫނީ މިވަރުގެ ކަމަކުން އަރައެއް ނުގަނެވޭނެ.

04 މެއި 23:00

މަބްރޫކް: ކަރަންޓީނަކީ ކުރަން ޖެހޭނެ ކަމެއް. ޑޮކްޓަރުން ވެސް އެ ފާހަގަ ކުރައްވާ ކަމަކީ އެއީ. ކަރަންޓީނު ކުރުމަކީ ރާއްޖޭގައި އެކަންޏެއް ނޫން، ހުރިހާ ގައުމެއްގައި ވެސް ކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން ފުރަތަމަ ވެސް ބުނަމުން އައި ވާހަކައަކީ ސަރުކާރަކުން އެކަނި ކުރާ މަސައްކަތަކުން އެކަނި އެކަމެއް ނުވާނެއޭ. ޑަބްލިޔުއެޗްއޯ އިން ވެސް ބުނީ އެހެން. އެހެންވީމަ ގޭގޭގައި ކަރަންޓީން ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް. އަދި އެކަން އެ ގޮތަށް ދޭތޯ ވެސް ފުލުހުންނާއި ކައުންސިލްތަކުން ވެސް ބަލަންޖެހޭ ރަށްރަށުގައި.

04 މެއި 22:55

ޑރ. އަފްޒަލް: އިންޑިޕެންޑެންޓް 39 ކޭސް ވަނީ ފެނިފައި. އޭގެ މާނައަކީ އެއީ ކޮމިއުނިޓީގައި ނޭނގި ދިމާތަކުން ފެތުރޭކަމުގެ ނިޝާނެއް. އެކަމަކު އެއީ ކޮންޓްރޯލް ސިޓުއޭޝަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ.

04 މެއި 22:51

މަބްރޫކް: މާލޭގައި ތިބެފައި ރަށްރަށަށް ދިއުމުގެ ކުރިން މަޝްވަރާ ކުރެވޭ ކައުންސިލްތަކާ. ކިހިނެއްތޯ މިކަން ކުރެވޭނީ. އައްޑު އަށް ދިޔަ 28 މީހުންގެ ތެރެއިން 5 މީހަކު ތިބީ ކަރަންޓީން ފެސިލިޓީގައި. އަނެއް 23 މީހުންް ތިބީ ގޭގައި އައިސޮލޭޝަންގައި. އެ ފަސް މީހުންނަށް ގޭގައި ތިބެވެން ނެތީމަ ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔައީ.

04 މެއި 22:47

މަބްރޫކް: މިހާތަނަށް އައިއިރު އަޅުގަނޑުމެންނަކަށް އައިސްފައެއް ނުވޭ އެއްވެސް ފެސިލިޓީއަކުން ބިދޭސީން ފިލައިގެން ދިޔަކަމެއް. ނުކުމެގެން ދިޔަ ކަމެއް ވެސް. އަޅުގަނޑު ވެސް ދުށިން ވީޑިއޯއަކުން. އެކަމަކު އެއީ ތަނެއްގައި ބަލަހައްޓަމުން ދިޔަ މީހެއް.

04 މެއި 22:46

މަބްރޫކް: އެމްބިއުލާންސްގެ އެއް ދަތުރާ އަނެއް ދަތުރާ ދޭތެރޭގައި ލަސްތަކެއް އުޅޭތީ އެ މައްސަލަ އެބައޮތް. ބަލިތަކުގައި ހޮސްޕިޓަލަށް ދާ މީހުންނަށް ކާރެއްގައި މިހާރު ދެވޭކަށް ނެތް. ދެން އޮތް މައްސަލައަކީ އެމްބިއުލާންސް އިތުރު ކުރާނީ ކިހިނެއްތޯ. ދެން އޮތް ގޮތަކީ އެހެން ހޮސްޕިޓަލްތަކުގެ އެމްބިއުލާންސް ބޭނުން ކުރުން. އެ އިންތިޒާމުގެ ކަންކަން އެބަ ހިނގާ މިހާރު.

04 މެއި 22:39

މަބްރޫކް: މުދާ އުފުލާ ބޯޓުތަކަށް އެކި ކަހަލަ ހާލަތް އެބަހުރި ދިމާވެފައި. ބައެއް ބޯޓުތަކަކީ މުދާ ހިފައިގެން އަންނަ ބޯޓުތައް. އެ ބޯޓުތައް މުދާ ބާލާފައި މުދާ ހިފައިގެން ދާ ބޯޓުތައް. ބައެއް ބޯޓުތަކަކީ ހަތް ދުވަސް މާލޭގައި ހޭދަކުރާ ބޯޓުތައް. އެ ބޯޓުތަކަށް ބޭނުންވާ ކަންކަން ވެސް އެބަ ފޯރުކޮށްދެން. ގިނަ ދުވަސްތަކުގައި މާލޭގައި އޮންނަ ބޯޓުފަހަރުގައި ހަދާ ގޮތަކީ އެ މީހުން އެނބުރި ދިޔައީމަ ހަމަ ކަރަންޓީނުގައި ބައިތިއްބަނީ.

04 މެއި 22:24

ޑރ. އަފްޒަލް: ޑީއެޗް 11 ގައި އޮތް ހަ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި. އަދި ދެ މީހަކަށް ވަނީ އޮކްސިޖަން ދޭން ފަށައިފައި. އެހެން މީހުންގެ ހާލު ރަނގަޅު.

04 މެއި 22:23

ޑރ. އަފްޒަލް: މިއަދު ވެސް ބާޒާރު ކްލަސްޓާގެ ހަ މީހަކާއި އިންޑިޕެންޑެންްޓް އެކަކު ފެނިފައިވޭ. މީގެ އިތުރުން ދެން ވެސް ހުރީ ހަމަ އެހެން ކްލަސްޓާތަކާ ގުޅުން ހުރި މީހުން.

04 މެއި 22:22

ޑރ. އަފްޒަލް: ހައި ރިސްކް ކޮންޓެކްޓްތައް ކުރިއަށް ތާނގައި ނަގަން ހަމަޖެހިފައިވާތީ އާއި ޓެސްޓްތައް ހެދެމުން ދާތީ ކޮންމެ ދުވަހަކު ޕޮޒިޓިވްް އަދަދުތައް ދާނީ ދަށަށޭ އަދި ނުދެންނެވޭނެ. އިތުރުވުމުގެ ފުރުސަތު ވެސް އެބަ އޮތްް.

04 މެއި 22:18

މަބްރޫކް: ޔުކްރެއިންގައި ތިބި 32 ދިވެއްސަކަށް ރާއްޖެ އާދެވޭ ގޮތް ވެއްޖެ. މިއަދު ތައިލެންޑްގެ ބޯޓެއް ރާއްޖެ އައި. އެއިން ވަނީ 131 މިއަދު ފުރައިފައި.

04 މެއި 22:18

އެންއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް

04 މެއި 21:21

މިއަދުގެ މެންދުރާ ހަމައަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 186. ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 277. ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 52 މީހުން. ދެން އުޅެނީ އިޓަލީގެ 11، ނޭޕާލްގެ ފަހެއް، ސްރީ ލަންކާގެ ތިނެއް، ޕާކިސްތާނުގެ ތިން މީހުން. "އެހެނިހެން" ކެޓަގަރީގައި ވެސް ހަތަރު މީހަކު ތިބި ކަމަށް ހިސާބުތަކުން ދައްކާ،

04 މެއި 20:55

މިއަދުގެ މެންދުރު 12:30 އާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 10 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެފި. އެއީ ބަންގްލަދޭޝްގެ ނުވަ މީހަކާއި ދިވެއްސެއް. އެހެންވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 541.

04 މެއި 17:49

ރައީސް: އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ވަރަށް ދީލަތި ބޭފުޅުންކޮޅެއްގެ ފަރާތުން ވެސް، މިކަމުގައި ވަރަށް އަގުހުރި އެހީތަކެއް އަންނަނީ ލިބެމުން. އެ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

04 މެއި 17:48

ރައީސް: އެ ހދުމަތްތައް ދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން. މިކަމުގައި ރަޙްމަތްތެރި ގައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފި. އަދި މިހާރު ވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން.

04 މެއި 17:47

ރައީސް: މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައި ވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް. މުޅި ރާއްޖެ ފުރަބަންދުގެ ހާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. ދޭންޖެހޭ ހިދުމަތްތައް ވެސް އެބަހުރި.

04 މެއި 17:45

ރައީސް: މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށް ވެސް، ހާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި. ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަންޖެހުނީ ވެސް އެ ސަބަބަށްޓަކައި. މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެން ވެސް ގަބޫލުކުރާނެ.

04 މެއި 17:44

ރައީސް: މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ.

04 މެއި 17:42

ރައީސް: ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް. އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.

04 މެއި 17:40

ރައީސް: މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަހައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް. އަޅުގަނޑުމެން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ، މި ހާލަތުން އަރައިގަނެ، އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ އާންމު ހާލަތަށް ދެވޭތޯ.

04 މެއި 17:39

ރައީސް: ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން. މިހާރު އަޅުގަނޑުމެން މިތިބަ ހާލަތަކީ، މާ ގިނަ ދުވަހަށް ތިބެވޭނެ ހާލަތެއް ނޫން ކަން، އެންމެންވެސް ގަބޫލުކުރާނެ. އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް، ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތް.

04 މެއި 17:37

ރައީސް: ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބީދޭސީން އެ މީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން. ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ގައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ.

04 މެއި 17:36

ރައީސް: އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ. މިކަމަށް ހައްލެއް ހޯދުމަށް ވެސް މިއަންނަނީ މަސައްކަތް ކުރަމުން.

04 މެއި 17:36

ރައީސް: ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން.

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އަދަދު ކިތަންމެ މަދަސް އެ ބޭފުޅުންނަކީ ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

މާލެ ލޮކް ޑައުން ކުރި ފަހުން ދެ ވަނަ ފަހަރަށް ރައްޔިތުންނާ މުހާތަބު ކުރައްވައި މިހާރު ދެއްވަމުން ގެންދަވާ ހިތޯބުގައި ރައީސް ވިދާޅުވީ މިކަމުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

"ރާއްޖޭގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު، ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

15 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Ali Gasim

04 May 2020

ޞިބިދޭސީން ފޮނުވާލަނީއޭ ކިޔައިގެން ކޮންމެވެސް ފޮންޏެއް ކަނޑާލަނީ ކުރިންވެސް ކަޓުނެގިމީހުން މިހާރުވެސް ތިބީފުލުހުންވެސް ތިބެނީ ބަނގުލަދޭސް ކުދިންދެކެ ބިރުން އެމީހުންގެ މައްސަލައެއްތަ ނުބަލާނެ ރާއްޖޭގެ އެއްވެސް ގާނޫނެއް ނުހިނގާބައެއްތީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

ބަރުބާދު

04 May 2020

"ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް." ހިލޭތޯ ދެއްވަނީ، ސަރުކާރުގެ މުސާރަވެރިންނައް އޯކޭ. އެކަމަކު އަމިއްލަ މަސައްކަތުން އުލޭމީހުން ކޮންފައިސާއަކުންތޯ ގަންނާނީ؟.

The name is already taken The name is available. Register?

ެަސައީދު ހަސަން

04 May 2020

ބަންގްލާދޭޝް މީހުންގެ މެންޓާލިޓީ ދިވެހިންނަކަށް ނޭނގޭ ކަންނޭނގެ. އެމީހުން މިތަނަށް އަންނާނީ ފާއިސާ ހޯދުމަށް ވުރެން ބޮޑަށް "އިއްޒަތް" ހޯދަން. މިސްކިތަށް ދާއިރުވެސް އޮންނާނެ 2 ފޯނު. ފަގީރު ބަޔަކު ކިބުރުވެރިކަން ދެއްކުމަކީ ﷲ އެންމެ ނުރުހޭ ކަންތައް. މި މީހުންނާ ހެދީ ދިވެހިންގެ ކިބުރުވެރިކަންވެސް މަތިވެއްޖެ. ދިވެހިންނަކީ ކުރީގަ ނޯކިރީން ގެންގުޅުނު ބައެއް ނޫން

The name is already taken The name is available. Register?

މިވަރެއްނެތް

04 May 2020

ހުރިހާ ބިދޭސިންނާ ސަރުކާރުން ހަވާލުވެ ކާންބޯންދިނުމަކީ ހަމަޖެހޭ ކަމެއްނޫން. އެމީހުން ގެނައިބަޔަކު އެޒިންމާނަގާ. ބިދޭސިންނަށް ޑިޕޮސިޓްފައިސާ ބަހައްޓަންޖެހޭ. އެފައިސާއަށް ޓިކެޓްގަނެފަ އައިލެންޑްއެވިއޭޝަން ފްލައިޓުން އެމީހުންގެ ގައުމަށް ނުފޮނަނީކީއްވެތޯ؟ އެޑިޕޮސިޓްފައިސާ ސަރުކާރުން ބޭނުންކުރީމަނޫންތޯ؟ ގައުމުގައި ކޮރަޕްޝަންއޮތްހާ ހިނދަކު މިކަމަށް ޙައްލެއްނުލިބޭނެ. މަނިކުފާނުގެ ޒިރޯޓޮލަރެންސް އޮތްނަނީ ނަމެއްގަ. މިހާރުވެސް ކަޓުނުނެގިގެން ތެޅިބާލަނީ.

The name is already taken The name is available. Register?

ހަސީނާގެފޮތް

04 May 2020

ކިހިނެތް ތިޔަކަން ވާނީ؟ ރައީސް އިބޫގެ ކެބްނެޓް އަކީ ކުޅޭ ކުޅޭ ކުދީންތަކެއް އުޅޭ ބައެއް! ވަރަށް މަދު ވަޒީރަކު ފިޔަވާ ދެންތިބީ ހުސް އެކްޓިވިސްޓުން އަދި ފިލްމިސްޓާރުން. ހަރުދަނާ ވިސްނުމެއް ނެތް. ދެން ރައީސް އޮފީހުގަ ޑރ. މުސްތަފާ ލުތުފީ ނޫނީ ނެތް ހަރުދަނާ މީހަކު! ދެންތިބީ ހުސް އަޗާތަޅާ ނަޝީދުގެ ޕާޓީ އެކްޓިވިސްޓުން. ފުރަތަމަ ގޭތެރެ އިސްލާހް ކުރޭ! ޕޮލިސް ކޮމިޝަނަރއަކީ ޑްރާމާ ކުއީނެއް! އެކަމަކު ޅިޔަނެއްވީމަ ނެތް ބަދަލުކުރެވެން! ވަރަށް ވެދުން

The name is already taken The name is available. Register?

ބަދަންހުވަ

04 May 2020

1500 އެއީ މެޖިކް ނަންބަރެއްތަ ތިހެނެއް ނޫން ބުނަންވީ އަޑުއަހަން ބޭނުމީ ވަކި ތާރީހެއް ދީފަ އެތާރީހުގެ ކުރިން މިތާ ގަވާއިފާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ފޮނުވާލާނެކަމަށް

The name is already taken The name is available. Register?

ޙަސަންބެ3

04 May 2020

އަދިވެސް ޒިންމާއެއް ނެތި ބައިއަޅަން ދީފަހުރި ސިޔާސީ ވަޒީފާތައް މަދުކުރާކަށް ނުވޭތޯ؟

The name is already taken The name is available. Register?

ޔާގޫތޫބާގޫތު

04 May 2020

އޯކޭ. އެކަމަކު މިކަން ހައްލު ވިހާ އަހަކަށް ފޭލްވެފާ ތިބި ހުރިހާ ކައުންސިލަރުން ބޭރު ކުރަން ޖެހޭނެ. ނުކޮށްފިނަމަ މަގު މައްޗަށް ވެސް ނިކުންނާނަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 May 2020

ތިކަން ކުރާންއޮތީ "ފައްޔާޒު ފޮމިއުލާއަށް" ތޯ ސަރުކާރުން އަދިވެސް ގެންގުޅެން ވިސްނަވަނީ؟ # އެއްކޮޅުން ބޭރުކޮށްފައި އަނެއްކޮޅުން ބޭނުންވަރަކަށް އެތެރެވާން ފުރުސަތުދީގެން ފައްޔާޒު އެކުޅުއްވާ ކުޅިގަނޑު ކުޅޭހެން ތިކަން ދުވަހަކުވެސް ނުކުރެވޭނެ. . . . # ދެރަކަމަކީ އަހަރުމެން ގިނަދިވެހިންނަށާއި ސަރުކާރަށް ވެސް މިކަމުގެ ނުރައްކާތެރިކަން އިޙްސާސް ނުވުމާއި، އަދި ރާއްޖޭގައިތިބި މިފަދަ މީހުންގެ އަޙްލާޤު އަންދާޒާކޮށްލަންވެސް ނޭގޭކަން.

The name is already taken The name is available. Register?

ރިނބުދޫ އަލީ

04 May 2020

"އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ." ސުވާލަކީ އެމީހުންނާ މެދު މަނިކުފާނުގެ ސަރުކާރުން އަޅާނެ ފިޔަވަޅަކީ ކޮބާހޭ؟ އަދިވެސް ހަމަ އެ ފަސާދައާ ކޮރަޕްޝަންގެ އަމަލު ހިންގަން މަގާމުތަކުގައި ބައިތިއްބާނީހޭ؟ ނޫން ނަމަ ޖަލަށް ލައި، ދައުލަތުން ކުރި ޚަރަދު އެމީހުންގެ އަތުން އަތުލާނީތޯ؟ މިއިން ކަމެއްް ނުކުރާނަމަ ތިީ ހުސް ހޮޅި ވާހަކަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454