މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ނަޒީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
09 މެއި 2020 - 15:39
ކޮވިޑް-19 އަށް ޚާއްސަކުރި ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެ ބަލީގެ ފަސް މީހަކު މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި މީީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ އެންމެންނަކީ ވެސް އައިޖީއެމްއެޗަށް ގެންދިއުމުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން ކަމަށެވެ.
ނަޒީމް ވިދާޅުވި ގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަނީ އިތުރަށް ހާލު ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނެވެެ.
"އެ އުސޫލުން ފަސް ޕޭޝަންޓުން އެކޮޅަށް ޓްރާންސްފާ ކުރީ،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒީމް ވިދާޅުވީ، ކޮވިޑް-19 ގެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާ ނަމަ އެ ކަން ކުރާނީ އައިޖީއެމްއެޗުގައި އުފައްދާފައިވާ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. މުޅި އެކު 10 ބޭފުޅުން ހިމެނިވަޑައިގަންނަވާ އެ ކޮމިޓީގައި ތިއްބަވަނީ ކްރިޓިކަލް ކެއާގެ ފަރުވާ ދެއްވާ ބޭފުޅުންނާއި އެކި ބަލިތަކުގެ ކޮންސަލްޓަންޓުންނެވެ.
"އެ ބޭފުޅުން ދެއްވާ ޑިސިޝަނަށް ރިއާޔަތްކޮށް އަޅުގަނޑުމެން ޝިފްޓް ކުރަންޖެހޭ ހާލަތެއް ކަމަށް ވަނީ ނަމަ ޓީޓީއެޗްގެ ކްލިނިކަލް ފޯކަލް ޕޮއިންޓަކީ ޑރ. އަމްރު. ޑރ. އަމްރަށް އަޅުގަނޑުމެން އަންގަނީ ޕޭޝަންޓް އޮތީ ޓްރާންސްފާ ކުރަން ޖެހިފައޭ. އެހެންވީމާ އެ ޑެސިޝަން ނަގާފައި އެކޮޅަށް އަންގަނީ ޕޭޝަންޓް ބަލައިގަންނަން ތައްޔާރަށް ތިއްބަވާށޭ. އެ އުސޫލުން ވަރަށް ސްމޫތުކޮށް މި ފަސް ޕޭޝަންޓުން ކުރިއަށް ގެންދެވިފައި އޮތީ،" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓްރީ ޓޮޕްގައި ތިބޭ ކޮވިޑް-19 ގެ ބަލީގެ މީހުންގެ ފަރުވާގެ ކަންކަން އިސްވެ ކުރިއަށް ގެންދާނީ އައިޖީއެމްއެޗުން ކަމަށެވެ.
ޑރ. ނަޒީމް ވިދާޅުވީ، ކޮވިޑް-19 ގެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާ ނަމަ އެ ކަން ކުރާނީ އައިޖީއެމްއެޗުގައި އުފައްދާފައިވާ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. މުޅި އެކު 10 ބޭފުޅުން ހިމެނިވަޑައިގަންނަވާ އެ ކޮމިޓީގައި ތިއްބަވަނީ ކްރިޓިކަލް ކެއާގެ ފަރުވާ ދެއްވާ ބޭފުޅުންނާއި އެކި ބަލިތަކުގެ ކޮންސަލްޓަންޓުންނެވެ.
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ޚާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 ޖެނެރަލް ބެޑެވެ. އެ ބަލީގެ ހުރިހާ އެންމެންގެ ކަންކަން ޓްރީ ޓޮޕްގައި ބަލަހައްޓާނީ ނަޒީމް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުންނެވެ. ނަމަވެސް އަދަދު އިތުރުވާ ނަމަ ޓްރީ ޓޮޕްގައި މަސައްކަތް ކުރާނެ ޑޮކްޓަރުންގެ އަދަދު އައިޖީއެމްއެޗުން އިތުރުކުރާނެ އެވެ.
ޑރ. ނަޒީމް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އެންމެ ޕީކަށް އަރާއިރު، އައިޖީއެމްއެޗުގެ ގާތްގަނޑަކަށް 75 ޑޮކްޓަރުން ޓްރީ ޓޮޕްގައި މަސައްކަތް ކުރާނެ އެވެ.
"ނަރުހުންގެ ވެސް ވަރަށް ބޮޑު ކޮންޓިންޖެންޓެއް އެކޮޅަށް މޫވް ކުރާނެ. ގާތްގަނޑަކަށް 300 އެއްހާ ނަރުހުން މޫވް ކުރާނެ. އެ ހިސާބަށް ދާއިރު އައިޖީއެމްއެޗުގެ ފްލީޓުގެ ތެރެއިން ފުދޭވަރެއްގެ ބޮޑު ޕަސެންޓެއް އެކޮޅަށް މޫވް ކުރާނެ،" ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައިޖީއެމްއެޗުގެ އޮޕަރޭޝަންތައް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ޚާއްސަކޮށް، ސަރުކާރަށް ދޫކޮށްފައި ވަނީ ތިން މަސް ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ލޯލް
09 May 2020
ވެރިންނާއި މަހުޖަނުންގެ ދަރިން އެޑް މިޓްކުރާނެ ތަނެއް އެ ހަ މަޖެއްސީ ނިކަ މެތި ރައްޔިތު މީހާގެ ޓެކްސް ފައިސާއިން.
ބޮންބެސައީދު
09 May 2020
ފެންވަރުގެ މީހުންދޯ މިތިބެނީ ވެރިންނަށްލާފަ، ތިޔަ އަލީ ނަޒީމު ބުނި މީގެ 10 އަހަރުކުރިން އަޅުގަނޑުގެ މަންމަޔަށްދެން ދޭނެއިތުރު ފަރުވާއެއްނެތޭ ދެދުވަސްތެރޭގަ މަރުވާނެޔޭ، ވަރަށް ދެރަވި އެދުވަހު، އިރާދަކުރެއްވިއްޔާ އެކަމުން ރަގަޅުވެ ހެޔޮހާލުގަ ހުރީ..
އަސްލު
09 May 2020
ޔާ ﷲ މި ނުރައްކާތެރި ބަލިން މީސްތަކުން ރައްކާތެރި ކުރައްވާ ސަލާމަތް ކޮށްދެއްވާނދޭވެ! އަދި ބަލިޖެހިފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވާނދޭވެ! އާމީން.
ލުކާ
09 May 2020
ޓްރީޓޮޕް ބޭނުން ކުރުމަކީ އެންމެ ރަގަޅު ކަމެއް. އެކަމަކު މި ކަމުން ސަލާމަށް ވާއިރު ޓްރީޓޮޕް ސަރުކާރުގެ ބޮލުގައި އަޅުފާނެކަމަށް ބެލެވޭ. އެހެނީ އެތަނަކީ އަދި ގެއްލުމުގައި ހިންގާތަނަކަށްވާތީއެވެ.