11 މެއި 2020 - 14:28
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެންގޭޖްމަންޓް އިއުލާންކުރި ހޮލީވުޑްގެ ބަތަލާ އެމާ ސްޓޯން ކައިވެނިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމާ އާއި ލޯބިވެރިޔާ ޑޭވް މެކޭރީ މި އަހަރުގެ ކުރީކޮޅު ކައިވެނިކުރަން ރޭވި ނަމަވެސް ކައިވެނި ފަސްކުރީ ކޮރޯނާވައިރަހާ ހެދި އެވެ. ނަމަވެސް ހޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެ ދެ މީހުން މިހާރު ވަނީ ސިއްރު ހަފުލާއެއްގައި ކައިވެނިކޮށްފަ އެވެ.
my baby is a married woman now💍💖 pic.twitter.com/qYWA0nO3zN
— emma stone a nova dançarina do faustão (@amyardams) May 5, 2020
އެމާ ކައިވެނިކުރި ވާހަކަ ތިލަވީ ރީޒް ވިދަސްޕޫންގެ ޔޫޓިއުބް ޗެނެލް "ހެލޯ ސައިންޝައިން" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވި އިރު އެންގޭޖްމަންޓް އަނގޮޓީގެ ބަދަލުގައި ވެޑިން ބޭންޑް އަޅައިގެން އިންތަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމު "ލާ ލާ ލޭންޑް" ކުޅެގެން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ އެމާ، 31، އާއި މަޝްހޫރު ޓީވީ ޝޯ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގެ ޑައިރެކްޓަރު ޑޭވް، 34، އެންގޭޖްވިކަން އިއުލާންކުރީ ޑިސެމްބަރު މަހުގެ 5 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy