ޚަބަރު / ކޮވިޑް-19

އިތުރު 35 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މީހުން ޓެސްޓްކުރުމުގެ މަސައްކަތް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ކުރަނީ.

11 މެއި 2020 - 15:39

40 comments
12 މެއި 03:18

މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 492 އަކީ ބަންގްލަދޭޝްގެ މީހުން. ދިވެހިންގެ ތެރެއިން އެ ބަލި ޖެހުނީ 302 މީހަކަށް. ދެން އެންމެ ގިނައީ އިންޑިއާގެ މީހުން. އެ ގައުމުގެ 70 މީހަކަށް މިހާތަނަށް ވަނީ ރާއްޖެ އިން ކޮވިޑް-19 ޖެހިފައި. މި ބަލީގައި ރާއްޖެ އިން މިހާތަނަށް 31 މީހަކު ރަނގަޅުވެފައި ވާއިރު، ތިން މީހަކު ވަނީ މަރުވެފައި. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަރުވެފައި ވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް.

12 މެއި 03:11

މިރޭގެ 3:00 އާ ހަމަށް ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 897 އަށް އަރައިފި ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެންމެ ފަހުން އެ ބައްޔަށް ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 14 މީހަކާއި ދިވެހިންގެ 14 އަދި އިންޑިއާގެ ހަތް މީހެއް.

11 މެއި 22:48

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

11 މެއި 22:43

މަބްރޫކް: ސާމްޕަލް ނެގުމުގައި، ދިގު މުއްދަތަށް ބޭސް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެން. އަދި އޭގެ ތެރެއިން ވެސް އަލާމާތްތައް ހުރި މީހުންނަށް އިސްކަން ދެން. ކުރިން 72 ގަޑިއިރުގެ ޑިލޭއެއް ކުރިމަތިވި. އެ ބެކްލޮގް ފިލުވާލަން އެބަ މަސައްކަތް ކުރެވޭ. މާދަމާ ހިސާބުގައި އެބައި ވެސް ނިމޭނެ. ގިނަ އަދަދެއްގެ ސާމްޕަލް ނަގަން ޖެހުން އެއީ ދަތިކަމަކީ. އެހެންވެ ދެ ދުވަހުގެ ތެރޭގައި މިހާރު ސާމްޕަލް ނަގައި ނިމޭވަރު ވާނެ.

11 މެއި 22:34

މިރޭގެ އޮންލައިން މީޑިއާ ބްރީފިންގައި ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތާ ގުޅޭ ޗާޓެއް ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

11 މެއި 22:30

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.

11 މެއި 22:23

މަބްރޫކް: އެއްވެސް އިރެއްގައި ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ނޯންނާނެއެކޭ ދަންނަވައިފައެއް ނޯންނާނެ. ރައީސް ވެސް ވަނީ ވިދާޅުވެފައި ދަތިކަން އަންނާނެ ކަމަށް. ހެލްތު ކެއާ ހޯދުމުގައި ދަތިކަމެއް ވެސް އުޅޭނެ. އެހެން ހުރިހާ ގައުމެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހުރިހާ ކަމެއް ފުރިހަމަވެފައެއް ނުވާނެ. އަޅުގަނޑުމެން ބެލިން މިކަން ފެށުނު އިރު ރާއްޖެ އަށް ގެނެވެން ވެސް އޮތީ ކިހާ ކުދިންނެއްތޯ. އެ ކުދިންނަށް ޓްރޭނިން ދެމުން އެބަދޭ. ބައެއް ކުދިން މިހާރު މަސައްކަތަށް ވެސް އެބަ ނުކުމޭ. އޭގެ އިތުރުން މިހާރު އެބަ ބަލަން ރިޓަޔާ ކުރައްވާފައި ތިބި މީހުންގެ ތެރެއިން މިކަމަށް ނެރެވޭނީ ކޮން ބައެއްތޯ ވެސް.

11 މެއި 22:18

މަބްރޫކް: ފޭސްތަކަކަށް ބަހާލައިގެން ނިއު ނޯމަލް އަށް ދާ ގޮތަށް ހަމަޖެހެމުން ދަނީ. އޭގެ ތެރެއިން ކަންކަން ލިޔެ، ފުލް ޑްރާފްޓެއް ހެދުމުން އެކަން ހިއްސާ ކުރާނަން.

11 މެއި 22:17

ޑރ. އަފްޒަލް: ނިއު ނޯމަލްގައި މުއައްސަސާތަކާއި އާންމުން އަމަލު ކުރާނެ ގޮތްތަކެއް މިހާރު އަންނަނީ ތައްޔާރުވަމުން. އޭގެ މައުލޫމާތުތައް ފަހުން އާންމުކުރަން.

11 މެއި 22:10

ޑރ. އަފްޒަލް: ޑީއެޗް 11 ގައި މިހާރު ވެސް ތިބީ ތިން މީހުން. އޭގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. ޓްރީޓޮޕްގައި 11 މީހަކު ވަނީ އެޑްމިޓްކޮށްފައި. އޭގެތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. މިއަދު އެކަކު ވަނީ ބަލިން ރަނގަޅުވެފައި. އެއީ 95 ވަނަ ކޭސް.

11 މެއި 22:04

މަބްރޫކް: އަމާޒު ބޯޓު މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައި. (މި ބޯޓަކީ ށ. ނަރުދު އަށް ދިޔަ މަގުމަތީގައި ވަރަށް ގިނަ ރަށްރަށަށް ޖެއްސުމަށް ފަހު ދަތުރުކުރި ބޯޓެއް. މި ބޯޓުގެ ކެޕްޓަނާ އެކު އެހެން ބައެއް މީސްމީހުން ވެސް ވަނީ ޕޮޒިޓިވްވެފައި)

11 މެއި 22:03

މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. މިރޭ ވެސް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް

11 މެއި 16:36

އަލީ ވަހީދު: 100 އަށް ވުރެ ގިނަ ރިސޯޓުން މި ހާލަތުގައި ވެސް ވަނީ ލޭންޑް ރެންޓް ދައްކައިފައި. އެއީ އަލުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމެއް.

11 މެއި 16:34

އަލީ ވަހީދު: ރާއްޖެ އަށް މިހާރު ވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ. އަރަބި ގައުމަކުން ވެސް މިހާރު ވެސް 2000 މީހުން އެދިފައި އެބައޮތް. އެ މީހުން ކަރަންޓީނު ވެގެން ތިބެން ވެސް އޯކޭ. އަދި ހަ މަސް ދުވަހު ތިބެން ވެސް އޯކޭ. އެހެންވީމަ ރާއްޖެ އަށް މިހާރު ވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ. ބޯޑަރު މިހާރު ވެސް ހުޅުވާލަން ބޭނުންވޭ. ޗައިނާ އިން ވެސް ބުކިން ރިކުއެސްޓްތައް އެބަ އާދޭ. ޖުލައި އޮކްޓޫބަރާ ދޭތެރޭގައި އޮންނަ ސީޒަންގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ.

11 މެއި 16:23

މިއަދުގެ އޮންލައިން މީޑިއާ ބްރީފިންގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.

11 މެއި 16:22

އިމްރާން: ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވާ 22 ސާމްޕަލް ވެސް ނެގެޓިވް.

11 މެއި 16:20

މިނިސްޓަރު އަލީ ވަހީދު މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

11 މެއި 16:17

މިއަދުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އިމްރާނާއި މިނިސްޓަރު އަލީ ވަހީދު.

11 މެއި 16:16

އަލީ ވަހީދު: ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ރަށަށް ދާން އެދިފައި. އެ މީހުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން. ހުއްދަ ދީފައި ހުރި ރިސޯޓްތައް އެއީ. އެ މީހުން ފޮނުވައިދޭނަން އިރާދަކުރެއްވިއްޔާ.

11 މެއި 16:13

އަލީ ވަހީދު: ކަރަންޓީނަށާއި އެކި ބޭނުންތަކަށް މުޅި ރާއްޖޭގައި 500 އަށް ވުރެ ގިނަ ކޮޓަރި މިހާރު ވާނީ ހޯދާފައި. މީގެ އިތުރުން ހުޅުމާލެ އިން 500 ކޮޓަރި ވާނީ ހޯދައިފައި.

11 މެއި 16:11

އިމްރާން: ޖަލުތަކުގައި ކެޕޭސިޓީ އަށް ވުރެ ގިނައިން ތިބިކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް. އެކަމަކު އެކަމަށް ހައްލެއް ގެނައުމުގެ މަަސައްކަތްތަކުގެ ފެށުން އައި ވަގުތު ކޮވިޑްގެ މި ކަންކަން ފެށުނީ. ޖަލުތަކުގައި ބައިތިއްބަން ނުޖެހޭ މީހުން ޖަލުން ނެރުމަށް މި ސަރުކާރުން އިސްކަން ދޭ. ޕެރޯލްގެ ތެރެއިން ވެސް މީހުން ދޫކޮށްލަން. އަދި ޕެރޯލް އިން ފުރުސަތު ދިނުމަށް ޓަކައި ޕްރޮގްރާމްތައް ވެސް ހިންގަމުން ގެންދަނީ.

11 މެއި 16:07

އަލީ ވަހީދު: ލޮކްޑައުންގެ އަސަރު ޕޮޒިޓިވް ކޭސްތަކަށް ވަރަށް ބޮޑަށް ކޮށްފި. ވަރަށް ބޮޑަށް ވަނީ ދަށްކުރެވިފައި. އެއީ ރައްޔިތުންގެ ކެތްތެރިކަމުގެ ވަރަށް އެދެވޭ ނަތީޖާއެއް. އެހެންވެ ކުރިއަށް އޮތް ދެ ހަފުތާގައި ވެސް އެ ނަމޫނާ ދައްކައިގެން ގޭގައި ތިއްބަވައިފި ނަމަ މި އަންނަ ސާޖް ކުޑަކުރެވިދާނެ.

11 މެއި 16:05

އަލީ ވަހީދު: އިރާދަކުރެއްވިއްޔާ ބަލި މީހަކު ފަރުވާ ނުދެވި ދޫކޮށްލާ ހާލަތެއް ނާންނާނެ. މިބަލީގެ ނުރައްކާތެރި ހާލަތު އައިއިރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ލަފާކުރި ވަރަށް ވުރެ ދަށް ކުރެވިފައި. އެއީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން. ބަލީގެ ސާޖަށް އައިމަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕޮޒިޓިވްވީމަ ގޭގައި ތިބެން ޖެހެނީ. އެކަމަކު އަޅުގަނޑުމެންގެ އަތުގައި ހުރި ފެސިލިޓީ އަށް ބަލައިގެން އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ ކަމަށް ބެލެވެނީ.

11 މެއި 15:58

އިމްރާން: ވަރަށް އިންސާފުވެރިކޮށް އެ މީހުން ކަނޑައެޅުމުގެ ކަންކަން ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ.

11 މެއި 15:57

އިމްރާން އަބްދުﷲ: މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ދަތިތަކެއް އޮތީ ކުރިމަތިވެފައި. ކުރިން އަޅުގަނޑުމެން ނިންމައިގެން ތިބީ ކައުންސިލްތަކުން އިންތިޒާމް ކުރުމުން އެ މީހުންނަށް ފުރޭ ގޮތް ހަމަޖައްސައިދޭން. އެކަމަކު ބަަލި ފެތުރޭ ގޮތުން މިހާރު އެކަން މި އަންނަނީ ބަދަލުވަމުން. މިހާރު އަޅުގަނޑުމެން މި ބަލަނީ 1 އެޕްރީލްގެ ފަހުން އައި މީހަކަށް ވުން، އަދި ވަރަށް ހާއްސަ ބޭނުމަކަށް އައި މީހަކަށް. ހާއްސަކޮށް މެޑިކަލް ކަންކަމަށް އައި މީހުންނަށް. އަދި ކުރު ދަތުރަކަށް އައި މީހުންނަށް. މީގެ ހަތަރު ކަމަކަށް ބަލާފައި ފުރުސަތު ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ.

11 މެއި 15:45

އަލީ ވަހީދު: ޓޫރިޒަމް އަލުން ފަށައިގަންނާނީ ކިހިނެއްތޯ ބެލުމަށް މިހާރު އަޅުގަނޑުމެން ވާނީ ކަރުދާހެއް ތައްޔާރުކޮށް ރައީސް އޮފީހަށް ހުށަހަޅައިފައި ވާނެ. އެ ކަރުދާހާ މެދު ގޮތެއް ނިމުމަށް ފަހު ޓޫރިޒަމް އަލުން ފަށާނީ މި ސިނާއަތުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށް ފަހު. އަޅުގަނޑުމެން މި ބަލަނީ ކިހިނެއްތޯ ޓޫރިޒަމް ފެށޭނީ. އެންމެ ފުރަތަމަ ކޮން އެއާޕޯޓެއްތޯ ހުޅުވާނީ. ކޮންކޮން އެއާލައިންތަކަކަށްތޯ އެންމެ ފުރަތަމަ ހުއްދަ ދޭނީ. އެކަންކަން ނިމޭނެ. އެކަމަކު މިވަގުތު އެންމެ ބޮޑު ފޯކަސްއެއް އޮތީ މި ބަލިން ސަލާމަތް ވުމަށް.

11 މެއި 15:41

އަލީ ވަހީދު: މާލޭގައި ތިބި މީހުންގެ ތެރެއިން 5000 އެއްހާ މީހުން އެބަ ބޭނުންވޭ އެކި ތަންތަނަށް ފުރައިގެން ދާން. އެއީ އެކި ބޭނުންތަކުގައި މާލޭގައި ތިބި މީހުން. އެކަމަކު އަޅުގަނޑުމެންގެ އެދުމަކީ މި ދުވަސްވަރު އެއްވެސް ބޭފުޅަކު ދަތުރު ނުކުރެއްވުން.

ކުރިއަށް ދެ ތިން ދުވަހުގެ ތެރޭގައި ކުރިމަތިލަނީ، ކޮވިޑް 19ގެ ސާޖަށް ކަމަށާއި އެހެންވެ، އެކަމާ ބެހޭ ތައްޔާރުތައް އޮތީ ވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެކު މިހާރު ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްްތައް ގިނަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެންމެ މުހިންމު ކަމަކީ އަައިސޮލޭޝަން ފެސިލިޓީތައް ތައްޔާރަށް ހުރުން ކަމަށެވެ.

"އެކަންކަން މިހާރު އޮތީ ތައްޔާރީ ހާލަތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

40 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 13%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑޭ

12 May 2020

މިފަދަ ހުސޫވަތްތެރި ދަނޑިވަޅެއްގަ ވެސް ބައެއް ބޭފުޅުން ކޮމެންޓްތައް މިހުންނަނި ހާދަ ވިޔާނުދާ ކޮށްނޭލިޔެފަ. މި ބޭފުޅުންގެ ހިތެއް ނެތީތަ. އަހަރަމެން މި ތިބެނި ދެންވާނި ގޮތަކާ ދޭތެރޭ ފިކުރު ބޮނޑްވެ ކަންބޮނޑްވެފަ. ތީގެން ބޭފުޅަކަށް މިފަދަ ބަލިމަޑްކަމެއް ޖެހުނީމަ އިގޭނި މިކަމުގަ ހުންނަ ވޭނާއި އެކަނިވެރި އިހުސާސްތައް. ވިސްނާ ފިކުރު ކޮށްބަލަ. ހެޔޮނުވާނެ. ބަލީގެ ސިކާރައަށް ވެފަތިބި މީހުންނަށް ހެޔޮދުއާކޮށްބަލަ. ޑޮކުޓަރުންނާއި މިކަމުގެ ސާމިލުވާ އެއްމެންގެ ބުރަމަސައްކަތަށް ތައުރީފްކޮށް އެބޭފުޅުންނަށް ސުކުރުވެރިވެބަލަ.

The name is already taken The name is available. Register?

ފޫހި

12 May 2020

ޔާ ﷲ އަޅަމެންނަށް ސަލާމަތްކަން ދެއްވާންދޭވެ. ޢަދި މި ބަލި ޖެހިފައިވާ އެންމެންނަށް އަވަސް ޝިފާއެއްދެއްވާންދޭވެ.

The name is already taken The name is available. Register?

އާރީ

12 May 2020

މިހާރު މިއޮތީ ފީކަށް އަރާފަ ހުރިހާ ރަށްއިތުންވެސް ސަމާލުވޭ. ގޭގަ ތިށްބަވާ. ނަމާދު ކޮށް ދުއާކުރޭ. ފަހުދިހާގެ ރޭތަށް ބަންދަލުވުމަކީ ހެޔޮފާލަކަށްވެ އީދު އަޅުގަނޑް މެންނާއި ބަންދަލުވާނީ ހިނިތުންވުމާއެކު ކަމަށްވެދާނެ. އިންސާ ﷲ.

The name is already taken The name is available. Register?

ވިސްނަވާ

12 May 2020

ނޫސްވެރިން އަހާލަދީފާނަންތޯ. ޕަރައިމަރީ އަދި ސެކަންޑަރީ ކޮންޓެކްޓްސް ޓެސްޓު ނުކުރެވި އުޅެނިކޮށް ޖަލުފަދަ ތަންތަނުގައި ރެންޑަމް ޓެސްޓް މިކުރަނީ ކީއްވެތޯ؟؟؟ އެންމެ ބޮޑަށް ޝައުކުރެވޭ މީހުން ހޯދާ، އަވަހަށް ކޮންޓްރޯލް ކުރަން ނުވިސްނަނީ ކީއްވެތޯ؟

The name is already taken The name is available. Register?

ސުންބުލި

12 May 2020

ނިއުނޯމަލް ރަނގަޅަށް އައްޑޫ ސިޓީ ކައުންސިލް ކުދިންނަށް ވެސް ކިޔާ ދެއްޗޭ. އެމީހުން ވަރަށް ކޮށިވާނެ.

The name is already taken The name is available. Register?

އައިމާ

11 May 2020

ފުރަތަމަ ނިޔާވި އަންހެން ބޭފުޅާގެ ތަހުޤީޤް ނިމިއްޖެތޯ މަބްރޫކްކިރެން އަހާލަދީބަލަ. މިހާރު އެވާހަކަ ނުދައްކާތީ ހަމަ އަހާލަންވެގެން

The name is already taken The name is available. Register?

ހާމަ333

11 May 2020

ސަރުކާރުގެ ބޮޑުފެއިލިއަރ އެއް

The name is already taken The name is available. Register?

ދަތި

11 May 2020

ކަންކަން ކުރާއިރު ދަތިކަމާއި ތުރާލާ ދިމާވާކަން ގަބޫލުކުރާނެ. މިފަހަރު މި ކަމުގައި ލަފާދީ ގޮތް ކިޔައިދިނީ ދިވެހިން ދަންނަ ބައެއް ނޫން. ދިވެހިރާއްޖެ ދަންނަ ބައެއް ނޫން. ފޮތާ ވަރަށް ރައްޓެހި، ފޮތް ރަނގަޅަށް އެނގޭ ބޭފުޅުން. ފޮތުގައި ހުރިހާ އެއްޗެއް ނުހުންނާނެ. ކަމެއް ކުރާއިރު ފޮތުގައި ނެތް ކިތަންމެ ކަމެއް ކުރަންޖެހޭނެ. ޑަބްލިޔޫއެޗްއޯގައި ތިބި މީހުން ގައިޑްލައިން ލިޔަނީ ދިވެހިންނަކަށް ނޫން. އެއީ މުޅި ދުނިޔެއަށް. ތަނާ ގުޅޭ ބަދަލު އޮތީ ނުގެނެވި.

The name is already taken The name is available. Register?

ހާމަ333

11 May 2020

ތީ އައްސިވެފަ ހުރި ޓެސްޓު ކިޓުތައް

The name is already taken The name is available. Register?

ބޮކިއަލީ

11 May 2020

އެއީތެދެއް. އަންނާނެ ބަޔަކު ތިބެދާނެ. އެކަމަކު ވިޔަފާރީގެ އުސޫލުން ރިސޯޓުތައް އޮޕަރޭޓު ކުރެވޭނީ ދަށްވެގެން އެރަށެއްގެ އޮކިއުޕަންސީ ކިތަކަށް ޕަސެންޓާއި ހިސާބުންތޯ ރިސޯޓުތަކުގެ އެފްސީން ކައިރީން އަހާލަބަލަ. ދެންބުނެބަލާ އެވަރަށް ޓުަރިސްޓުން ރާއްޖެއަށް މިހާރުން މިހާރަށް އަންނަން ރެޑީތޯ. ސަހާދަތް ފުނާއަޅަންނޫން ގޮތަކަށް ބޯބޭނުން ކުރާބައެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454