ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.
15 މެއި 2020 - 09:39
އައްޑު އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 151 ގެއަކަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށެވެ. ފޭދޫގެ 98، މަރަދޫން 11، މަރަދޫފޭދޫން 19 އަދި ހިތަދޫން 28 ގެއަކަށް ގެއްލުން ލިބުނެވެ.
މި ގެތަކުގެ ފަރުނީޗާރަރާއި ކަރަންޓާ ސާމާނުތަކާއި އެ ނޫން ވެސް ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. ހާލުގައި ޖެހުނު ގޭބިސީތަކެއްގެ 400 މީހަކަށް އިއްޔެ ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދިން ކަމަށް ކައުންސިލުން ބުންޏެވެ.
މިހާތަނަށް ފެންބޮޑުވެގެން ރެކޯޑު ކުރެވިފައިވަނީ ، ފޭދޫ ، 93 ގެ، މަރަދޫފޭދޫ 19 ގެ، މަރަދޫ 11 ގެ، ހިތަދޫ 28 ގެ pic.twitter.com/FOtlsVxQkx
— Addu City Council (@AdduCityCouncil) May 14, 2020
ބުދަ ދުވަހުގެ ދަންވަރުން ފެށިގެން އިއްޔެ މެންދުރާ ހަމައަށް އައްޑު އަށް ކުރި ވިއްސާރައިފައި 156 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ވާރޭ ވެހި ފެންބޮޑުވެ، ގެތަކަށް ގެއްލުންވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ ފެން ބޮޑުވި ސަރަހައްދުފައި ފެން ހިއްކުމާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްކޮށްފަ އެވެ. އަދި މި މަސައްކަތް އަވަށްތަކުގެ މީހުން އަމިއްލަ އަށް ވެސް ކޮށްފައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމް) އާ ހިއްސާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
15 May 2020
އައްޑު މަޖްލިސް މެންބަރުންތައް ކޮބާ؟ އަވަހަށް ބިލެެއްވައްދާގެން މަޖްލިސްމެޖޯރިޓީން މިކަން ދިގުމުއްދަތަކަށް ހައްލުކޮށްދީ،ނޫނީ ތިޔަބޭފުޅުންގެ ފަހު ދައުރުމީ
2024
15 May 2020
7 މެންބަރުން ހޮވާގެން ރަށްޔިތުން އުފަލުން ފޮޅިފަ.އެޖެންޑާ19 ތަފާތުވާނެ. ނުފެންނާނެ، ނުދާނެ، ފޯނެއްވެސްނުނަގާނެ.
4677))5677
15 May 2020
ރޮޒޭ އެބަދޭ ސާމާނު ހިފާގެން ބުނި ހުރިހާ ބާވަތެއްވެސް އެބަހުއްޓޭ.
ާއުނިމާ
15 May 2020
ރޮޒޭ ތީ ބޮޑުއަނގައެއް، އިތުރު އެއްވެސް މީހެއްނޫން! ރޮޒޭ ބުނީ އެއިރެއްގެ ގައުމުގަވާ ހުރިހާ ކަމެއްގެ ޒިއްމާ އެއިރެއްގެ އޮންނަ ސަރުކާރަކުން ނަގަންޖެހޭނެ ކަމަށް! އަދި ކަތިވަޅިޔާ މަރިޔަބާ، ދަނޑުތައްވެސް ހިތަކަށްދީފަ ތިޔަ އޮތީ، ދެން އައްޑު ރައްޔިތުންގެ އުއްމީދުތައް ފުއްދާދީބަލަ ފޮނި އަގަނުތަޅުވައި
65421578
15 May 2020
ކޮބާ އައްޑޫއިން ސުޕަ މެޖޯރިޓީދިން ކުދިންކޮޅު. ޚެޔޮގަނޑު ކެނޑުމުން ގަހުގެ ބޭނުން ކެނޑިފަ. ގުނބޯ ހެއްދިފަ.
ާއުނިމާ
15 May 2020
އައްޑުމެންބަރުންކޮޅު ނޫޅޭތޯ މާސްކާއި ސެނިޓައިޒަރ އަދޮ ޕީޕީއީ އަދި ޓެސްޓު މެޝިނާއި ޓެސްޓުކިޓުތައް ހަދިޔާކުރަނީ ކޮންއިރަކުތޯ؟ ގައިމު ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެންބަރުން ހުސްތިބީ، އަދި ފައިސާ ވަރަށް ގިނަ މެންބަރުން އެބަތިބި
ބޮޑުމީހާ
15 May 2020
ގެއްލުން ލިބުނު ގެތަކަށް ސަރުކާރުން އެހީތެރިކަމެއް ލިބޭނެބާ! ރިސޯޓުތަކުގައި ކަރަންޓީނުކޮށް، އަމިއްލަ ހޮސްޕިޓަލްތަކުގައި އައިސީޔޫ އެދު ބަހައްޓާ ސަރުކާރަށް ތީ މާބޮޑުކަމެއް ނޫން.
މިހާދު
15 May 2020
އައްޑޫއަކީ މީހުން ދިރިއުޅެން ކަމުދާ ހިސާބެއް ނޫން. ތި ރަށު މީހުން ލ.ގަމަށް ބަދަލުކޮށްލަން ފެނޭ.
ނަސީމާ
15 May 2020
އެމްއެންޑީއެފުން ބުނީ ވައިގަދަވެ މާލޭގެ ހަ ސަރަހައްދަކުން ގަސްތައް ވެއްޓުނު ކަމަށެވެ. މި ގަސްތައް ވެއްޓި ގެއްލުން ލިބުނީ ގ. ސައްލިގޭގެ ފުރާޅާއި އެސްޓީއޯގެ ފުށް ގުދަނަކަށެވެ. މީގެއިތުރުން ބައެއް ގޭގެ ފުރާޅު ވަޔާ ގޮސްފައިވާތީ ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކި ސަރަހައްދުތަކުން ވެއްޓުނު ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. https://mihaaru.com/news/74183
ނަސީމާ
15 May 2020
މާލޭ މީހުންނަކީ ފާޑެއްގެ ބައެއް. ވިއްސާރަވެ ގަސްތަށް ގޭގޭގެ ފުރާލުނައްޗަށް ވެއްޓެންދެން ބަލަހައްޓައިގެން އެތިބީ ސަރުކާރުން ލާރިހޯދަންވެގެން. ބަދަލުދީގެންނުވާނެ. އެމްއެންޑީއެފުން ބުނީ ވައިގަދަވެ މާލޭގެ ހަ ސަރަހައްދަކުން ގަސްތައް ވެއްޓުނު ކަމަށެވެ. މި ގަސްތައް ވެއްޓި ގެއްލުން ލިބުނީ ގ. ސައްލިގޭގެ ފުރާޅާއި އެސްޓީއޯގެ ފުށް ގުދަނަކަށެވެ. މީގެއިތުރުން ބައެއް ގޭގެ ފުރާޅު ވަޔާ ގޮސްފައިވާތީ ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިވަރެއްނެތް
15 May 2020
އެމީހެއްގެ އައުރު އެމީހަކު ނިވާކުރަންޖެހޭ އުސޫލުން އެމީހެއްގެ ގެއަށް ފެން ނުވަންނަ ގޮތްވެސް ހަދަންޖެހޭނީ އެމީހަކު. ގޭގެވެރިންނަށް ތިފަދަ ކަންކަމަށް އިންޝޯރެންސްވެސް ނެގޭނެ. ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް މިފަދަ ކަންކަމަށް ދީފައިވަނީ ހިތްވަރު. ކިރިޔާ ކަމެއްވާއިރަށް ވެރިކަންކުރާ ޕާޓީގެ ކުދިންކޮޅު ލިސްޓުހަދާއިގެން ގޭގެއަށްގޮސް މެންބަރޝިޕް ފޯމުފުރުވާ ބަދަލުހޯދާދިނުމުގެ މަސައްކަތް ފަށާނެ. ކުރާނެކަމެއްނެތި ތިބި ވަޒީރުންކޮޅު ކޮޅުކޮޅަށް ދުއްވާއިގަންނާނެ.
އައްޑޫ
15 May 2020
ކޮބާތޯ ފަރުދީ ޒިންމާ. ވާރޭ ވެހެންޏާ ފެންވަދޭތޯ ފެންވައްދަން ބަލަން ތިބެނީ ސަރުކާރުން ފައިސާ ހޯދަން. ރާއްޖޭގެ އެހެން ހިސާބުތަކުގަވެސް ތިކަން ހިނގާ އެކަމަކު ފެންވަންނާނީ އެއްފަހަރު ދެން އެމީހުންގެ މަސައްކަތުން އެކަން ހައްލުކޮށް ފެންނުވަންނަހެން ހަދާ, ކީއްވެތޯ އައްޑޫ ރައްޔިތުންނަށް އެކަން ނުކުރެވެނީ, ދައުލަތަކުން ނުޖެހޭ ތިޔަކަމަށް ފައިސާ ދޭކަށް, ކޮންމެ ވިއްސާރަ މޫސުމެއްގަ އައްޑޫ ގެތަކަށް ފައިސާ އެމީހުނަށް އަންނަ އީދެއްދޯ މީ. ފައިސާ މޫސުން. ނުދޭތި ދައުލަތުން ފައިސާ.