ވިޔަފާރި / ކޮވިޑް-19

އަފީފް: ޓޫރިޒަމް މަޑުމަޑުން ހަމަޔަކަށް އެޅޭނެ

ރާއްޖޭގެ ރިސޯޓެއްގެ ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ.---ފައިލް ފޮޓޯ: މިހާރު

ބައްޔަކާ ހެދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ މުޅިން ހުއްޓި، ރިސޯޓްތައް ބަންދުކުރަން ޖެހިދާނެ ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު، ޗަމްޕާ ހުސެއިން އަފީފުގެ ހިތްޕުޅަށް ވެސް ދުވަހަކު އަރާފައެއް ނުވެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިއަދު މި އޮތީ އެ ހިތްދަތި ދުވަސް ކުރިމަތިވެފަ އެވެ.

މިއީ މުޅި އިންޑަސްޓްރީއަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ވެއްޓުމެކެވެ. ނަމަވެސް މިދިއަ 50 އަހަރު ރާއްޖޭ ޓޫރިޒަމްގެ ހުރިހާ ތަރައްގީއެއް އެންމެ ކައިރިން ދެކެވަޑައިގެންނެވި އަދި ދާއިރާގެ އެންމެ ބޮޑު އެއް ތަޖުރިބާކާރު ހުންނެވީ މާޔޫސްވެވަޑައެއްފައެއް ނޫނެވެ. އޭނާ ވިދާޅުވަނީ ޖުލައި މަހު ބޯޑަރުތައް ހުޅުވާލާ ނަމަ، ރިސޯޓުތައް ވެސް އެކަމަށް ތައްޔާރުވާނެ ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް ދާއިރާ ކޮޅަށް ޖަހަން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާގެ ބޮޑު ހިއްސާއެއް އޮންނަ އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ މުވައްޒަފުންގެ އަދަދު 3،000 އަށް އަރަ އެވެ. ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާ ފަދަ ރިސޯޓްތައް ހިންގަނީ އެ ކުންފުނިންނެވެ.

"ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ އެކައުންޓް ކޮށްފައެއް ނޫން. ބޮޑު ރިސްކެއް ނަގައިގެން އެ ފައިސާ ގިނަ ފަހަރަށް މި އިންވެސްޓް ކުރަނީ،" އަފީފް

އަފީފް ވިދާޅުވީ މި ދަތި، އުނދަގޫ ހާލަތުގައި ވެސް ކުންފުނިން މަސައްކަތްކުރަނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ގޮވައިގެން އުޅުމަށް ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވާނީ ޖޫން މަހުގެ ނިޔަލަށް ހުރިހާ މުވައްޒަފުން ވެސް ގެންގުޅެން. އެންމެ ދަށް މުސާރަ ލިބޭ މީހުންނަށް ވެސް 5،000ރ. އަންނަނީ ދެމުން. ޖޫން މަހަށް ފަހު އަނެއްކާވެސް ހާލަތު ރިވިއު ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި މިވަގުތަށް އޮތް އެންމެ ރަނގަޅު "ސިނޭރިއޯ" ގައި ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެނީ ޖުލައި ހިސާބުގަ އެވެ. މީގެ އިތުރުން ދެވަނަ އަށް ލަފާކުރާ "ސިނޭރިއޯ" ގައި ރާއްޖެ ޓޫރިޒަމަށް ހުޅުވައިލާނެ ކަމަށް ބެލެވެނީ، އޮކްޓޫބަރު މަހު އެވެ. އެހެންކަމުން އަމާޒަކީ ޖުލައި އާއި އޮކްޓޫބަރާ ދެމެދު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ޓޫރިސްޓުން ގެނައުމެވެ.

އަފީފު ވިދާޅުވީ މި ހާލަތުގައި ރާއްޖެ އަންނަން ޓޫރިސްޓުންގެ ފަރާތުން ވަކި ހާއްސަ ރިކުއެސްޓްތަކެއް ނުލިބޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން ހައްދާފައި ހުރި ބައެއް ބުކިންތައް ޖުލައި މަހު ވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

ބޯޑަރުތައް ހުޅުވާލުމާ އެކު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ރިސޯޓްތަކުގައި ކަރަންޓީނު ވާން ބޭނުން ވެގެން ބޭރުގެ ބައެއް މަހުޖަނުން ރާއްޖެ އަންނަން އެދެ އެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހިއްސާދާރުން ކަމަށް ވާ ހުސައިން އަފީފް އާއި އޭނާގެ ބޭބެ މުހައްމަދު މޫސާ --ފޮޓޯތައް: ހުސައިން ވަހީދު/މިހާރު

ޔޫރަޕްގެ ބޯޑަރުތައް ހުޅުވާލުމަކީ ރަނގަޅު ފާލެއް

އަފީފު ވިދާޅުވީ މިހާރު ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ބޯޑަރުތައް ހުޅުވާލަމުން ދިއުމަކީ، މީހުން ދަތުރު ކުރަން ފަށާނެ ސަބަބެއް ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އިޓަލީ އާއި ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކުން ވަނީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ގެނެސް، އެތެރޭގެ ދަތުރު ފަތުރަށް ހުޅުވާލައިފަ އެވެ.

"އެތެރޭގެ ދަތުރުތައް އެގޮތަށް ކުރާ ނަމަ ފިނި މޫސުމުގައި ގައުމުން ބޭރަށް ވެސް ދަތުރު ކުރާނެ ކަމަށް މި ބެލެވެނީ،" އަފީފް ވިދާޅުވި އެވެ.

ޓޫރިސްޓުން ރާއްޖެ އަންނާނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާ އިރު، އެހެން ގައުމުތަކުގެ ވެސް ބޯޑަރުތައް ހުޅުވިފައި އޮތުމުންނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިގްތިސާދު ވެސް ދަށަށް ގޮސްފައިވާ މި ހާލަތުގައި އަލުން އިގްތިސާދު ދިރުވަން އެ ގައުމުތަކުން ވެސް ވަނީ ތަފާތު ހަރަކާތްތައް ފަށައިފަ އެވެ.

އަފީފު އަންދާޒާކުރައްވާ ގޮތުގައި މި އަޑިގަނޑުން އަރައިގަންނަން ވަގުތު ބޭނުންވެ އެވެ. ސަބަބަކީ ދަތުރު ކުރުމުގައި އޮންނަ ރައްކާތެރިކަން ކަށަވަރުވާން ވެސް ދުވަސް ނަގާނެތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް އެތައް ބައިވަރު ބަޔަކު އެއް ފަހަރާ އައުމުގެ ބަދަލުގައި، ބެލެވެނީ މީހުން އިތުރުވަމުން އިތުރުވަމުން ގޮސް ޓޫރިޒަމް ދާއިރާ ހަމަޔަކަށް އެޅުމެވެ. މިކަމަށްޓަކައި ކޮވިޑް-19 ބަލި ކޮންޓްރޯލު ކުރުމާ އެކު، އަންނަ ޓޫރިސްޓުންނަކީ ވެސް ބަލިން ރައްކާތެރިވެފައިވާ ބައެއް ކަން ކަށަވަރު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު އޯނަރުންގެ ބޮޑެތި ލޯނުތައް އެބަހުރި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޓޫރިޒަމް ވިޔަފާރިކުރާ ބައެއް ފަރާތްތަކުން މުވައްޒަފުން ނޯ ޕޭ އަށް ދޮނުވާލައި އަދި ބައެއް ކުންފުނިތަކުން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އަފީފު ވިދާޅުވީ މި ހާލަތުގައި ޓޫރިޒަމް ދާއިރާގެ ގިނަ ވިޔަފާރިތައް ސަލާމަތްކުރަން އުނދަގޫވާނެ ކަމަށެވެ. ރިސޯޓުތައް ތަރައްގީކުރަނީ، ބޭންކްތަކުން ބޮޑެތި ލޯނު ނަގައިގެން ކަމަށްވާ އިރު، ކޮންމެ ރިސޯޓަކީ ވެސް ބޮޑު ރިސްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި، އާމްދަނީ ނުލިބޭ ހާލަތަކަށް ދިއުމުން ބޮޑެތި ވިޔަފާރިތަކަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ އެވެ.

"ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ އެކައުންޓް ކޮށްފައެއް ނޫން. ބޮޑު ރިސްކެއް ނަގައިގެން އެ ފައިސާ ގިނަ ފަހަރަށް މި އިންވެސްޓް ކުރަނީ،" އަފީފް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކްރައުން ކޮމްޕެނީގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް މުސާރަ ދީގެން ގެންގުޅެން ވިސްނާފައި އޮތަސް ރިސޯޓުތައް ހިންގާ ހުރިހާ ކުންފުނިތަކަށް އެހެން ކުރިއަށް ދާން ދަތިތައް ހުންނާނެ އެވެ.

މިހާރު މި އޮތީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ އިރަކަށް ތައްޔާރުވުމުގެ ވަގުތެވެ. ޓޫރިޒަމް ވިޔަފާރިވެރިން ތިބީ އެކަމަށް ބަލަބަލަ އެވެ. ބަލި ކޮންޓްރޯލްކޮށް، ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް، ރިސޯޓްތައް ހުޅުވައިގެން ނޫނީ ގައުމުގެ އިގުތިސާދީ އިންޖީނު ވެސް ހިނގައެއް ނުގަންނާނެ އެވެ.

24 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެސްކޮބާރ

17 May 2020

ވީމާ ކަނުލާ އަޑުއަހާ. މިއަހަރުތެރޭ ރާއްޖޭގެ ޓޫރިޒަމް ރަގަޅުވެ ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހޭނެކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެއް. ސަރުކާރުން ބަލަންވީ ރަށްރަށުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރުމަށް މީހުންނަށް އެހީވެދިނުމަށް. ރިސޯޓުތަކުގެ ވަޒީފާއިން ކަޑާލި މުވައްޒަފުންވެސް ބަލަންވީ ރަށުގައި އާމަސައްކަތެއް ފެށޭތޯ. އާއިލާ މާލެއިން ރަށަށް ބަދަލުކުރޭ. ކުރިޔަށް އޮތީ ވަރަށް ދަތި ދުވަސްތަކެއް. 2/2

The name is already taken The name is available. Register?

އެސްކޮބާރ

17 May 2020

ތައުލީމީ ވަޒީރު މަދަރުސާތައް ބަންދުނުކުރާން ގަދަހައްދަވަނިކޮށް ބެލެނިވެރިން ދަރިން މަދަރުސާއަށް ނުފޮނުވުމަށް ބުނެ ކޮމެންޓްކުރިން. މާލޭގައި ތޮއްޖެހިގެންއުޅޭ ބަންގާޅީންގެ މެދުގައި ހިތާމަވެރި ކާރިސާއެއްގެގޮތުގައި ކޮވިޑް ފެތުރިގެންދާނެތީ އެކަމަށް ހައްލެއް ގެންނަން ގޮވާލައި މާޗްމަސްތެރޭ ކޮމެންޓްކުރިން. ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުނުކުރެވޭނަމަ މިހާރު މިފެންނަ މައްސަލަތައް ފެންނާނެތީ ޓެސްޓްކުރުން އިތުރުކުރަންވެސް ދޮޅުމަސްކުރިން ކޮމެންޓްކުރިން. 1/2

The name is already taken The name is available. Register?

ސަފީރު

17 May 2020

ތިފަރާތުން އަންގާގޮތަށް ކަންކަން ނުކުރާތީ ހިތާ މަކުރަން؟ފެންނަނީ އަދި ދެންހުރި ކަންކަ މަށް ގޮވާލަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 May 2020

ދުނިޔޭގެ ބޮޑެތިއިންވެސްޓަރުންނަށް ރާއްޖެނާދެވޭނީ ރާއްޖޭގެރަށްތަށް ދޫކުރަންހަމަޖައްސާފައިއޮންނަ ބޯދާއުސޫލާއި "ސިއްރުން ކުރާންޖެހޭ އެތައްކަމެއް" ބިޑް ޕްރޮސެސްގެތެރޭގައި ހިމެނޭތީ. # މިހެންމިކަންއޮތުމުން ދޫކުރާރަށްތައްނަގަނީ މިހާރުވެސްތިބި މަހުޖަނުން ނުވަތަ ވަޒީރު ބޭފުޅާއާއިގާތްގުޅުމެއްއޮންނަ ފަރާތަކުން ނުވަތަ ރައީސްގެ ރުހުންލިބޭމީހެއް. # މިކަންބަދަލުކޮށް އެއްފަހަރާ 80 ރަށް ހުވަދޫއަތޮޅުން ތަރައްޤީކުރަން ބައިނަލްއަޤުވާމީ ބިޑަށް ހުޅުވާލަބަލަ. ތަފާތު ފެނިގެންދާނެ.

The name is already taken The name is available. Register?

ޙިލާލް ރިޒުޤު

16 May 2020

މިއޮތީ އޫރުމަހާ ބަނގުރަލާ ނުވިއްކާއަދި ކައިވެނިނުކޮށްއުޅޭޖޯޑުތަކަށް ކޮޓަރިކުއްޔަށްނުދީ ޓޫރިޒަމް އަލުންފަށަންފުރުސަތުލިބިފަ. ޤަބޫލްކުރަށްވާ ރިޒުޤުލިބޭނެ ޙަލާލުމަގުން މަސަތްކަތްކުރިޔަސް.

The name is already taken The name is available. Register?

ކެޔޮޅުބޭ

16 May 2020

މުޅި ދިވެހިރާއްޖެ އަކީ ބޮޑު ރިސޯޓެއްފަދަ ގޮތަކަށް ހުރިހާ ފަޅުރަށް ރަށާ ފަޅުތަކާ ގިރިތަށް އިންވެސްޓަރުންނަށް ޑެވެލޮޕް ކުރަން ސަރުކާރު ތަކުން ދެނީ ކުރު މުއްދަތެއްތެރޭ ބައިވަރު ފައިސާ ޚަރަދުކުރަން ހޯދާނަމޭ ހިތާ. އެއީ ބޮޑު ގޯހެއް. ތަރައްގީއަކީ 5 އަހަރުން ނިންމާލެވޭ އެއްޗެއްނޫން. މަސްވެރިކަމުގެ އަތޮޅުތަކާ ދަނޑުވެރިކަމުގެ ރަށްތަކާ މިއަދު މިދޫކޮށްލަނީ ރިސޯޓު ހަދަން. މަސްވެރިކަމާ ދަނޑުވެރިކަން ނުލާ ޓުއަރިޒަމެއް ވެސް ނޯންނާނެ. އެމީހުންވެސް ކާންޖެހޭނެ.

The name is already taken The name is available. Register?

އަލިތަކުރު

16 May 2020

ހިތުގެ އެންމެ ފުންމިނުން ތާއަބަދުމެ ކުރެވޭ، ދުއާއަކީ، ރާވިއްކާ އޫރުމަސްވިއްކާ، މާސާޖު ޕާލާތައް ހިންގާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެރިޒޯޓުތަކުގެ އޯނަރުންގެ މުއްސަނދިކަން އަބަދަށްޓަކައި ނެތިގެން ދިޔުމެވެ. އަދި ޤައުމުގެ އެންމެނަށް ފައިދާ ކުރާނެ މަސްވެރިކަމާއި ދަނޑުވެރިކަމާއި އައިޓީފަދަ ސިނާއަތްތައް ކުރި އެރުމެވެ. ހަރާން ފަތުރުވެރިކަމާއި ދަހި ސައުދާގަރުންގެ ޒަމާން އެއީދެން މާޒީކަމުގައި ލައްވާށިއެވެ.

The name is already taken The name is available. Register?

ހަސަން ކަލޯ

16 May 2020

ތަކުރާ ދިވެހި ރާއްޖޭގެ ރިސޯޓުތަކުގަ ތިކަންކަން ކުރަނީ ގާނޫނީ ގޮތުން ހުއްދަ ލިބިގެން. އެރިސޯޓުތަކުން ލިބޭ ޓެކްސްއިން ގައުމުގެ ޚަރަދުތަކުގެ ބޮޑުބައި ހަމަ ޖައްސަނީ. ތައުލީމު، ބޭސްފަރުވާ އަދި ދައުލަތުގެ މުސާރައާ އެހެނިހެން މަޝްރޫއުތަކަށް ވެސް ފައިސާ ލިބެނީ މިގޮތަށް. އެކަން ދާނެ ހަމަ ބާރަށް ކުރިއަށް. ދިވެހިން ޑްރަގް ނެގުމާ މީހުން މެރުމާ އަދި ހިންގާ އެހެނިހެން ދީނާ ޚިލާފް ކަންކަން ހުއްޓުވަން އަޑު އުފުލިއްޔާ މާ ރީތި ވާނެ. ރާއްޖެއަކީ އަފްގާނިސްތާނެއް ނޫން

The name is already taken The name is available. Register?

ފަލަ

16 May 2020

ކަލޭގެ ބޮލަށް ބޭސް ކުރަން ފެނޭ.

The name is already taken The name is available. Register?

ކެޔޮޅުބޭ

16 May 2020

މިބޭފުޅުން އަކީ މިހާރު މާޒީ. ކުރިމަގަށް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ރާވާ ތަރައްގީ ކުރަން ބޭނުންވަނީ މިއަދުގެ ޒުވާނުންގެ ވިސްނުން. ރާއްޖޭގެ ތަރައްގީ ހަމަ އެކަނި ޓުއަރިޒަމަށް ބަރޯސާ ކޮށްގެން ކުރިއަކަށް ނުގެންދެވޭނެ. މަސްވެރިކަމާ ދަނޑުވެރިކަމާ، އައިޓީއާއި އެހެނިހެން ސަރވިސަސް އިންޑަސްޓްރީތަށް ޓުއަރިޒަމާ އެއްވަރަށް ތަރައްގީ ކުރަންޖެހޭ. ހުރިހާ އިންޑަސްޓރީ ސަސްޓެއިނަބްލް ގޮތަކަށް އޭގެ ފައިދާ އެންމެ ފުޅާކޮށް ރައްޔިތުންނަށް ލިބޭނެ ގޮތަށް ގެންދަވާ.

The name is already taken The name is available. Register?

އިޔެ1

16 May 2020

ރާއްޖޭ ޤައުމީ އެއާލައިން، ސީދާ ޔޫރަޕް އަދި އޭސިޔާގެ ޤައުމު ތަކަށް ދަތުރުނުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ނުދާނެ. އަދި މިދަނޑިވަޅުގައި އެއާޕޯޓުން ބޮޑެތި ފައިދާ ނެގުން މަޑުޖައްސާ ޒަމާނުއްސުރެ ރާއްޖެއަށް ދަތުރުކުރާ އެއަރލައިން ތަކަށް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭ.

The name is already taken The name is available. Register?

ބޮޑުމީހާ

16 May 2020

ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާ ފަދަ ރިސޯޓްތައް ހިންގަނީ އެ ކުންފުނިންނެވެ. ބޮޑު ރިސްކެއް ނަގައިގެން 6 ރިސޯޓު ހިންގޭ. އެވެސް 100 އަހަރަށް. ޕެނަމާކެނަލް ހެދި މީހުންނަށްވެސް ދިނީ 100 އަހަރަށް. އެއީ އެތައް ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 May 2020

ތިޔަ ބާނީން ތައް ދޫކޮށްލާ. ތިއީ ހަމަ ހައްޕުޑު ކަން މިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ބިދޭސީ އިންވެސްޓަރުން މިފަހަރު ދިވެހިންނަށް ދައްކައިދީފި. # ހުވަދޫ އަތޮޅުގައި 80 ރިސޯޓް ތަރަށްޤީ ކުރަން ބައިނަލް އަޤުވާމީ ބިޑަށް ހުޅުވާލަންޖެހޭ ވަގުތަކީ މިއީ. ފުރަތަމަ 15 އަހަރު ދުވަހަށް ޓެކްސް ފުރީ ޒޯނެއްގެ ގޮތުގައި ކޮޅުމަޑުލުން އައްޑުއަށް ސްޕެޝަލް އިކޮނޮމިކް ޒޯން އިއުލާންކޮށް މިދެންނެވި 80 ރިސޯޓްގެ %90 ޕަސެންޓް މުވައްޒަފުންނަށް ދިވެހިން ހެދުމަށް ޝަރުތުކޮށް ރަށްތައްދޫކުރޭ.

The name is already taken The name is available. Register?

ބޯގޯސް އަފީފު ދީދީ

16 May 2020

އެއްކަލަ ރޯނު އެދުރު. މިއުޅެނީ މިހާރުވެސް ދޫކޮށްފައި އޮތް 100 ރިސޯޓްވެސް ނެހެދިގެން. ނެގި ލޯނުތަކަށް ފައިސާ ނުދެއްކިގެން. ބޭރު ބޭންކުތަކުންވެސް އެހާލަުގައި ލޯނުދޭން ބޭނުންނުވެގެން. ކާކު 80 ރިސޯޓްހަދަން ލޯނު ދެނީ. ކޮންތާކުން 80 ރިސޯޓު ފުރަން ދިިވެހިން ހޯދަނީ. ތި ހަތަރު އަތޮޅުގެ މުޅި ވޯކްފޯސް ނެރުނަސް ނުވާނެ. ދެން ކާކު މަހައްދަނީ؟ ދަނޑު ހައްދަނީ؟ ދަތުރުފަތުރު ކުރަނީ؟ ދެންވެސް ޓޫރިޒަމަށް ބަރޯސާ ނުވާކަމެއް ހޯދަންވީ.

The name is already taken The name is available. Register?

ފަލަ

16 May 2020

އަފީފު ދީދީ ހިތުން އޮނަރަބަލް ވިޔަސް ކަލޭ ވާނުވާގައި ނޭނގޭ ކަންތައްތަކަށް އަނގަ ބާނާކަމަށް ފާހަގަ ކުރެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454