ފޭދޫގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު.
16 މެއި 2020 - 17:02
ބުރާސްފަތި ދުވަހު އައްޑު އަށް ކުރި ވިއްސާރައިގައި ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާރު 636 އަށް އަރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ފޭދުއަށެވެ. އެގޮތުން ފޭދޫގެ 544 ގެއަކަށް ގެއްލުންވެފައިވެ އެވެ. މީގެ އިތުރުން މަރަދޫން 44 ގެއަކަށް، ހިތަދޫން 28 ގެއަކަށް އަދި މަރަދޫން 20 ގެއަކަށް ގެއްލުންވެފައިވެ އެވެ.
UPDATE: Mihaathanah Addu City gai fenboduvegen record kurevifai vanee
— Addu City Council (@AdduCityCouncil) May 16, 2020
1. Hithadhoo 28 ge
2. Maradhoo 20 ge
3. Maradhoofeydhoo 44 ge
4. Feydhoo 544 ge pic.twitter.com/ugWh1JcQVQ
މި މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ވެސް ހިއްސާކޮށްފަ އެވެ.
ވިއްސާރައިގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެ، ފަރުނީޗަރާއި ކަރަންޓް ސާމާނު ފަދަ ހަލާކުވެފައިވެ އެވެ. އަދި ބައެއް ގެތަކުގެ ފުރާޅު ވެސް ހަލާކުވެފައިވެ އެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަވަޔާ އެކު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ. މި ދުވަސްވަރު މުޅި ރާއްޖެ އަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި އިއްޔެ މާލެ އަށް ވެސް ވަރަށް ގަދަ އަށް ވައި ޖެހި، މާލެ ސަރަހައްދުގެ ކަނޑުތައް ވެސް ވަނި ގަދަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫޗީ/މީދޫ
16 May 2020
އައްޑޫއަށް ވިއްސާރަ ކޮއްފިޔާ ހަމަކޮއްމެފަހަރަކު މީހުން ދިރިއުޅޭ ގެތަކަށް ގެއްލުންވޭ. މިހެން މިކަން ވަނީ މަގުތައް ހެދިއިރު މަގަށް ވެލިއަޅާ ބަރާ އުސްކޮއްފައި ތާރައަޅާ ހެދުމުން މަގަށް އެޅޭ ފެން ވައްނަނީ ގޭގެ ތެރެއަށް.މިއީ ސިޓީކައުންސިލް އިން އަޅާނުލާތީ މަގުހަދަން ދާބޭރު ކުންފުނި ތަކުގެ މީހުންނަށް ދޫކޮއްލުމުން ދިމާ ކަންކަން. ކަންކަން ގާތުން ބަލަން ތިބޭ ބަޔަކީ ސިޓީ ކައުންސިލް އެކަމަކު ސިޓީކައުންސިލް އިން އަޅާނުލާތީ ވާކަންކަން.
ރާއްޖެ.
16 May 2020
މާލޭ ސަރުކާރުގަ ސަލާން ޖަހާ އެހީއެއް ވެދޭތޯ؟
މިސްކާ
16 May 2020
އައްޓޫކުދިންގެ ސަރޭ ސޯލިސޯލި ބުނީހާސްވުވާށޯ ހމަމަގަށް އަޅުވަ ލާނަމޯ