ކުރީގެ ރައީސުން ކަމަށްވާ ޔާމީނާއި މައުމޫންގެ އިތުރުން ވަހީދު: ކުރީގެ ރައީސުންގެ އިނާޔަތް މުރާޖާ ކުރަން ސަރުކާރުން ވަނީ މަޖިލީހުގައި އެދިފައި
17 މެއި 2020 - 19:58
ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ މަހަކު ޚާއްސަ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ޚިދުމަތްތައް ދައުލަތުގެ ޚަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރުމަށާއި ދައުލަތުން ޚަރަދުކުރާ ގޮތަށް އެއް އިދާރާ އަށް ވުރެ ގިނަ އިދާރާ އިން ޕެންޝަން އިނާޔަތް ހޯދާ މީހުން ކޮންމެވެސް އެއް ސްކީމެއް އިހްތިިޔާރު ކުރަން ޖެހޭ ގޮތް ހެދުމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދޭން އެދިވަޑައިގަންނަވާ ކަމަށް އެ ސިޓީގައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެނީ 75،000ރ. އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ޚަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން އެދުނުއިރު، ކޮވިޑް-19 އާ ގުޅިގެން ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. ދައުލަތުން މުސާރަ ދޭ މަގާމުތަކުގެ ތެރެއިން ވަކި މިިންވަރަކަށް ވުރެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ ވެސް އޮތީ ކުޑަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގީމު ސަރައްކާލި
18 May 2020
މިހާރު ހުރި ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަވެސް ކުޑަކުރަންވީ. ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ހަމަޖެހޭ އެއްވެސް ކަމެއް ނުކުރޭ. ހަމަޖެހޭ ވާހަކައެއްވެެސް ދައްކަން އެނގެނީއަކީނޫން. ދެން މިހެން ބުނީމަ އަހަންނާ ދެކޮޅަށް ދައުވާކަންނޭނގެ ކުރާނީ...
އިބުރޭ.
18 May 2020
ރައީސްކަން ކުރަނީ ހިލޭސާބަހައްތަ؟ ދައުރު ނިމުނީމަ ކޭވަރުމަދުވެގެން އަދިވެސް ފާޑުފާޑު ނަމުގަ ރައްޔިތުންގެ ލާރި ކަނީ؟؟ ރައްޔިތުން މިރާއްޖޭގަ އުޅޭތީވެ ކޮންމެ ރައްޔިތަކަށް ތި އިނާތަތެއް ދީބަލަ ކޮސްނުގޮވާ.
މުރާސިލް
18 May 2020
5 އަހަރުގެ ދައުރެއްގައި 2 ރައީސް އަކަށް އިނާޔްތް ލިބޭޮތައް އޮތް ޤާނޫނަކީ ވަރަށް ބޭއިންސާފު ޤާނޫނެއް، މިކަން ބަދަލް ވާން ޖެހޭ އެއްގޮތަކީ ދައުރު ހަމަނުވާ އެކަކަށްވެސް ފައިސާ ނުދިނުން، އަނެއް ގޮަތަކީ ރަތްޔިތުން ވޯޓް ލީ ރައީސް އަށް އެކަނި އިނާޔަތް ލިބުން ، މިކަން އިސްލާހުކުރުމަކީ މިއަދު މަޖީލަށް ކުރެވިދާނެކަމެއް އިޚްލާސްތެރިކަމެއް ހުރިއްޔާ އަވަސްކުރޭ ؟
އަސާސީ
18 May 2020
ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދޭ ފައިސާ ކަނޑާލަންޖެހޭ. ކުރީގެ ރައީސަކަށް ފަންސާން ހާސް ރުފިޔާއަށްވުރެ އިތުރަށް އެެންމެ ލޯ ލާރިއެއްވެސް ދޭނެކަމެއްނެތް، ދިވެހިރާއްޖެ ފަގީރުވެއްޖެ އެމީހުންނަށް ދީ ދީ
ނިއުމަލާ
18 May 2020
ކިރިއާ ކަމެއްވާއިރަށް ޕެންޝަން ފައިސާ، ނަގަންޖެހޭ އަދި ކުރީގެ ރައީސުން ގެފައިސާ އާއިކަޑާލަންޖެހޭ.ދުނިޔޭގެ ގައުމު ތަކުގައިމިފަދަ އިނާޔަތްލިބޭ ވެރިންތިއްބެވީ ދިވެހިރާއްޖޭގަބާ!ސިޔާސީ ފައިދާ ހޯދުމަށް ޓަކައި ފަދަ ނާތަހުޒީބު އަޑު އުފުލުންހުއްޓާލަމާ!ގައުމަށް ގިނަގުނަ ޚިދުމަށް ކުރައްވާ ފައިވާ ވެރިން އެބޭފުޅުންގެ ދައުރުނިންމާފަ މުޖުތަމަޢުގައި އުޅުއްވަންވީސަލާން ޖަހައިގެންތޯ/ އިނާޔާތް ކަޑަންވީ މަޖިލިސް މެމްބަރުންނަށް ލިބިވަޑައިގަންނަވއިނާޔަތް/
ޓެދު
18 May 2020
ޙަޑިގިއްލާ އެގޮތްވެސް މިހާރަށްވުރެ މާރަނގަޅު. މިހާރު މީ ދިވެހިންގެ ތަނެއްނޫން. އަމިއްލަ ގައުމުގައި ދެވަނަދަރަޖަ. ތަރައްގީއޭ ކިޔާއިރު މާލޭގެ ކުލީގެއަޅުން. ޢެއްބަޔަކު މަސައްކަތްބުކޮށް 40 އަހަރުވަނީ ކުލިން އުދުހޭތާ. ނިކަމެތިން ހާސްކަމުގައި 18 ގަޑިއިރު މަސައްކަތުގައި. 60 އަހަރު އުމުންވާއިރު ދަރިންނާ މައިންބަފައިން ދެރަށެއްގައި. ޢެކަނިވެރިކަންނޫނީ ލިބުނުއެއްޗެއްނެތް.
ވާލް
18 May 2020
މަޖިލިސް މެންބަތިނަގެ މުސާރަ ހަމަ ކުޑަ ދޯ؟
9999
18 May 2020
މާލޭގެ ގެދޮރުހުރި ރައީސުންނަށް ގެދޮރު އެލަވަންސް ދޭންޖެހޭ ސަބަބެއް އެއްގިތަކަށްވެސް ނޭގޭ. ހަމަޖެހޭ އުސޫލެއް ގެންގުޅެބަލަ
ދަތްނެތްކުއްޖާ
18 May 2020
ރައްޔިތުން އަބަދުވެސް ބުނަމުން ގޮވަމުން މި ގެންދަނީ ރައީސްކަން ކުރައްވާފައިވާ ބޭފުލަކު ވެރިކަމުން ފައިބާއިރު ހުންނާނީ އެވެރިންއާއިލާތައް ގޮވައިގެން އުމުރުދުވަހު އުލެވޭނެވަރަށް ފައިސާ ޖަމާޢުކޮއްފައޭ. ދެން އިތުރަކަށް ރައްޔިތުން ބަރަކަށި ބިންދައި، ދާއޮހޮރައިގެން ހޯދާ ފައިސާ އިން އެވެރިންނަށް ބައި އަލާކަށް އެއްވެސް ރައްޔިތަކު ޤަބޫލެއްނޫނޭ. މިވެރިން ބަލަހައްޓަން ރައްޔިތުންނަކަށް ނުޖެހޭ. މިއަކީ އިގިރޭސި ވިލާތެއްނޫނޭ! އެއްވެސް އިނާޔަތެއް ދޭކަށް ނުޖެހޭ.
ގޯސް
18 May 2020
ރާއްޖެ 2004ން ފެށިގެންވަނީ ހައްދުންނެއްޓިފަ. ޙެދިބޮޑުވާ ބިޔަމަޖިލީހަކާ. 5000 މީހުންތެރއިން ފައްސަތޭކައެއްހާ ވޯޓް ހޯދައިގެން މަޖިލީހަށް ވަދެ އަންބޮޑި ބޮޑުކުރުމަށް އަމިއްލައަށް ހޯދި އިނާޔަތާއި އިމްތިޔާޒާއި ބިޔަ ބޮޑު މުސާރައަކީ މަޖިލީހަށް ހޮވުނު މެމްބަރުން ހަޒާނާއިން އަތުލައިގަތް ތަކެތި. ދެން ޕާޓީ ހަދައިގެން އެކްޓިވިސްޓުންނަށް މަގާމުތައްދޭންވެގެން ހަދާ ކޮމިޝަންތަކާއި ބޯޑުތަކާއި ކައުންސިލްތަކަކީ މިގައުމަށް ނުކަތާވަރުގެ ތަންތަން. މުސާރަ ކަނޑައަޅަނީވެސް އާސޯހުވާވަރުގެ މުސާރަ. ކުރީގެ ރައީސުންނަށް ދޭންޖެހޭނީ ޕެންޝަން. ދެން ސެކިއުރިޓީ.
ހަޑިގިއްލާ
18 May 2020
ހައްދެއް އިމެއް އޮތްކަންވެސް އެނގެން ފެށީ 2004ން ފެށިގެން. ރަސްކަމެއްހެން ހިނގި ވެރިކަމެއްގަ ބޭނުންބަޔަކު މަޖިލިހަށް ވައްދައިގެން ނަމެއްގައި ވޯޓެއްލީކަމަށް ހަދައިގެން ހިތުހިރިގޮތަކަށް ހިތު ހުރިބަޔަކަށް ތީމުގެން ކުޑަކެކުރި ބޮޑުކެކުރި ފެކޭޖްތައް ބެހިގޮތް ހަނދާން ނެތުނީތޯ؟ ހިތުހުރިބަޔަކަށް ހިތުހުރި ވަޒީފާއެއް ބަހަމުންދިޔަ ދުވަސް ކޮބާތޯ؟ މިއަދުވާ ސިޔާސީ މަގާމުތަކަށް ރޯނުއެދުރުން ލާވާހަކަ ދައްކާއިރު 2004ގެ ކުރިން ސިޔާސީނޫން މަގާމެއް އޮވޭތޯ؟