19 މެއި 2020 - 17:07
ތަހުގީގަށް ރ. އަތޮޅުގެ ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ކުރި މީހަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އެ ކޮމެޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިދިިޔަ މަހުގެ 20 ވަނަ ދުވަހު ރ. މީދޫ، ހުސްނުހީނާގޭ އަހުމަދު އަނީސް، ކިޔާ މީހަކު އެއަތޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ފުލުހަކު އޭނާއަށް އަނިޔާ ކުރި މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ސާފު ކުރަން ޖެހޭ ކަންކަން ސާފުކޮށް އެއީ ވަކި މައްސަލައެއްގެ ގޮތުގައި އެ ކޮމެޓީން ބަލަމުން އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އޭގެ އިތުރުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އޭގެ އިތުރުން މިދިޔަ މަހުގެ 18 ވަނަ ދުވަހު، ކ. މާފުށީ ޖަލުގެ ޔުނިޓް 9 ގައި ތިބި ގައިދީންނަށް ކާން ދިނުމަށް އެ ޔުނިޓް ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުމެ ހަމަނުޖެހުން ހިންގި މައްސަލައެއް ވެސް ކޮމެޓީން ބަލަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ހަމަނުޖެހުމުގައި ގައިދީންނަށާއި ޖަލު އޮފިސަރުންނަށް ވެސް އެކިވަރުގެ އަނިޔާވި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އެހެންކަމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީ މަޖިލީހުގެ އެހެން ކޮމެޓީއަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭވިއޭޝަން ސެކިއުރީޓީގެ މުވައްޒަފުންނާ ގުޅުންހުރި ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއް ވެސް ކޮމެޓީން އަންނަނީ ބަލަމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މުއައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ 24 ގަޑިއިރު ޑިއުޓީގައި މަސައްކަތް ކުރާ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެގިއުލޭޓް ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ހިދުމަތަށް ބުރޫއަރާ ހާލަތަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓް ސެކިއުރިޓީ ޔަގީން ކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަ ކުރެވޭ." އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް-19އާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި 84 ކަމެއް ފާހަގަކޮށް 9 ކަމެއް ހުށަހަޅަން މިއަދު ވަނީ ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mohamed
19 May 2020
ޕޮލިސް އިންޓަރގްރެޓީ ކޮމިޝަން ކޮބާ. ދެން ތިވަރުން ދަނީ ނަމަ ކާވެނިވެސް ކޮށްދޭނީ މަޖިލީހުން ދޯ
ދޭސީ
19 May 2020
މަޖިލިހުން މިހާރު ގެއެއްގެ ޖަންކްޝަން ފުރުނަސް އެމައްސަލަވެސް ބަލާ ހިސާބުގަ. ހުރިހާ ދިމާލަކައް އަތްބޭނުމުގަ. މަޖިލިސް ޒިންމާދާރު ކުރުވާނީ ކާކު؟ އަމިއްލައައް މުސާރަ ކަނޑައަޅައިން ފާޓުފުޅާ އިމްތިޔާޒް ތަކެއް ނަގައިން އެއްވެސް ކަމެއްގަ ޒިންމާ ނަގާކަށް ނުޖެހޭ ޒިންމާދާރު ކުރުވޭނެ ގޮތެއް ވެސް ނެތް.
ގުޑުގުޑާ
19 May 2020
މިހާރު ރައްޔެތުއްމަޖިލީހަކީ މިގައުމައްޖެހުނު މުސީބާތެއް
ކަރީމްބ
19 May 2020
މަ ހީކުރަނީ ނެޝަނަލް އިންޓަގްރިޓީއިން ކުރާ ކަމެއް ކަމަށް ތިއީ! މަޖިލީހިން ތިހުރިހާ ކަމެއް ކުރަންޏާ މިނިވަން މުއައްސަސާތައް އުވާލަންވީ ނޫންތޯ؟ ގައިމު ހަރަދު ކުޑަވާނެ ނޫންތޯ
1828
19 May 2020
ނޭޝަނަލް 'އިންޓިގްރިޓީ' ކޮމިޝަން ނަމަކަށް ކިޔަނީ. އެތަނުން އިންސާފެއް ނުލިބޭ، ނުލިބޭނެ.
އެނދި މަރިޔަނބު
20 May 2020
1828، މަޖިލީހުން ލިބޭތޯ؟ ތީ ވަރަށް ބޮޑު ޖޯކެއް.
ނިރު
19 May 2020
ކޮބާ އިމްރާން އަދިވެސް މިއުޅެނީ މައުމޫން ވެރިކަމުގަ އަށުގަންނަވާފަވާ ލާއިންސާނީ އަނިޔާ ކުރުމުގެ ސަގާފަތް ނުހުއްޓުވިގެން ދެން އެވަރުގެ ބަޔަކު އަތަށް އެއުޅެނީ ސްޓަންޓް ގަން ދޭން. ދުނިޔޭގަ ފުލުހުންނަކީ ސިޓީ ކައުންސިލް ތަކުގަ ދަށުން މަސައްކަތް ކުރާބައެއް .. ތިމީހުން ސީޓީ ކައުންސިލް ތަކާ ރަށު ކައުންސިލްތަކުގެ ދަށައް ބަދަލް ނުކޮއް މައިތިރި އެއް ނުކުރެވޭނެ
1828
19 May 2020
ތިޔައީ މިހާރުވެސް 'އެމްޑީޕީ މެޖޯރިޓީ އޮތް' ކައުންސިލް ތަކުން ކަން ކުރަން ބޭނުންވާ ގޮތް. ސިދާ އެމްޑީޕީގެ ފިކުރު ހުރީ ފުލުހުން އަޅުވެތިކުރަން. އެކަން ކުރަން ފުރުސަތުދީގެން ނުވާނެ. އިންސާފ އެއީ އެމްޑީޕީ ދަންނައެއްޗެއް ނޫން. ދަންނަނީ ބޭއިންސާފު.
ބޭބެބެ
19 May 2020
މިގައުމުގެ ސަރުކާރަކީ މަޖިލިސްތަ؟ ޓީޗަރަކު ކުލާހު ކުއްޖަކަށް އަދަބެއް ދިނަސް އެކަމެއްވެސް މިބަލަނީ މަޖުލީހުން.
1828
19 May 2020
އަދަބަކީ 'ތަޅައި އަނިޔާ' ކުރުމެއް ނޫން. އެއީ ލާއިންސާނީ އަނިޔާ.
ތަކުރުބެއްޔާ
19 May 2020
އަސްލަމް ކަލެއަށް އައްޑޫމީހުންނަށްޓަކައި ކުރެވުނީ ތި މަޖިލީހުގަ އިނދެގެން ކޮން މަސައްކަތެއް? ލަދުކޮބާ ރައްޔިތުންގެ ލާރިން މުސާރަ ނަގަން?
ކުޑޭ
19 May 2020
މީސްތަކުންނޭވެ! މަޖިލީހުން ދައުލަތުގެ ހިންގުން އޮޅުންބޮޅުން ކޮއްފި! މަޖިލީހަށް ނޭނގެނީބާ ތިޔަފަދަ މައްސަލަތައްބަލަން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނެއް ހަދާފަ އޮންނަކަމެއް! މަޖިލީހުން ތިހުރިހާ ކަމެއްކުރަންޏާ ކީއްކުކުރާ ބޮޑު ހަރަދުކޮއްފަ ހިންގާ ކޮމިޝަންތަކެއް! މިކަމުން ދޭހަވަނީ އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ހެޔޮވަވަރުގެ ކަމެއްނޫންކަން
ސުލްޙަ
19 May 2020
ތިނޫން ވާހަކައެއް އަޑުއިވޭތަ؟ މިވަރު ބަޔަކަށް އަދި ފާޑުފާޑުގެ އިލެކްޓްރިކް ހަތިޔާރު ދިނީމަ ހުންނާނީ އިންސާފުގެ ހަތަރެސްކަން ހަމަވެފަ.
1828
19 May 2020
ބާރޫ ދޭންވީ. ކުރަންވީ ކަމަކީ ޒިންމާދުކުރުވާ ޖަވާބުދާރީ ކުރުވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރަންވީ. އިންޓްގްރިޓީ ކޮމިޝަން ގަދަ ނިދިން ހޭލަންވީ. އެކްޓިވް ވާންވީ. މައްސަލަތައް އަވަހަށް އިންސާފްވެރިކަމާއެކު ނިންމޭނެ ގޮތެއް ހަމަޖައިދޭންވީ. ޝަރިއަތުގައި މައްސަލަތައް ވަނީ 02 ނުވަތަ 03 އަހަރުވަރު. އިންޓިގްރިޓީގައި މައްސަލައެއް ބަލަން އެބަނަަގާ މިބުނި މުއްދަތު. ބޮޑު ވަރެއް ނޫން ތޯ މިއީ؟
1828
19 May 2020
އެމްޑީޕީއަށް ހަމަ އެކަނި އިނގޭ ކަމަކީ މިއީ. އަދި އެކަމަށް ވަކާލާތުކޮށް، އެކަމަށް ހަމަ އެކަނި މަސައްކަތް ކުރާކަމަކީވެސް މިއީ. ދެން ހުރިކަންކަން އެމްޑީޕީ އިން ނުދަނޭ. އިންސާފްގެ ވާހަކަވެސް ވަރަށް އަޑު ހަރުކޮށް އަބަދުވެސް ގޮވާ. އެކަމަކު އިންސާފް އެއީ ކޯޗެއްކަންވެސް އެމްޑީޕީއަކަށް ނޭނގޭ. އެމްޑީޕީގެ 'ތިލަފް' ލޯގޯ އެކަމަަށް ހެކި ދޭ. އިންސާފް ލިބޭކަމަށް ވަނީ ނަމަ ތިލަފަތް ކޮންމެވެސް އެއްކޮޅަކަށް ބުރަވާން ޖެހޭނެ.އެއީ ބޭސިކް ލޮޖިކް. އެމްޑީޕީ ފެއިލްވެއްޖެ