ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލެއް
25 މެއި 2020 - 10:03
ކޮރޯނާވައިރަސްގެ ސަބަބުން ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން، ޓެސްޓްތަކުން ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް އެ މީހެއްގެ ކިބައިން އެހެން މީހުންނަށް ވައިރަސް ނުފެތުރޭ ކަމަށް ސިންގަޕޫރުގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.
ސިންގަޕޫރުގެ ނެޝަނަލް ސެންޓަ ފޯ އިންފެކްޝަސް ޑިޒީޒަސް (އެންސީއައިޑީ) އާއި އެކަޑަމީ އޮފް މެޑިސިން އިން އެކުލަވައިލި ދިރާސާ ރިޕޯޓްގައި، ގައިންގަޔަށް އަރާ ބަލިތަކުގެ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން އައިސޮލޭޓް ނުކުރެވޭ ކަމަށާއި ކަލްޗާ ވެސް ނުކުރެވޭ ކަމަށެވެ.
ވައިރަސް އައިސޮލޭޓްކުރުމަކީ ބަލިތަކުގެ ޓެސްޓް ހެދުމަށް، އާޓިފިޝަލް ވަސީލަތެއް މެދުވެރިކޮށް، ވައިރަސް ދެނެގަނެވޭ މިންވަރަށް އެ އާލާކޮށް ގިނަކުރުމެވެ. ބައެއް ބަލިތަކުގެ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ވަކި މުއްދަތެއް ވުމުން ވައިރަސް އާލާވުން ހުއްޓި، އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވައިރަސް އެރުން ހުއްޓެ އެވެ. މި މުއްދަތުގެ ފަހުން ހަށިގަނޑުން ނަގާ ސާމްޕަލުން ވެސް ވައިރަސް ވަކިކޮށް، އާލާއެއް ނުކުރެވޭނެ އެވެ.
ދިރާސާ ޓީމުން ވަނީ ކޮވިޑް-19 ޖެހުނު 73 މީހެއްގެ ވައިރަލް ލޯޑް ނުވަތަ ހަށިގަނޑުގައި ވައިރަސް ހުރި މިންވަރު ވަޒަންކޮށް، އެ މީހުންގެ ގައިން އެހެން މީހުންނަށް ވައިރަސް އެރުމުގެ ގާބިލްކަން ހުރި މިންވަރެއް ބަލައިފަ އެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ހިސާބުން ފެށިގެން މިހާތަނާށް ހުރި ޖުމްލަ މައުލޫމާތުން އެނގެނީ ބަލީގެ އަލާމާތް ފެންނަ މީހުންގެ ހަށިގަނޑަށް ވައިރަސް ވަދެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ ގާތްގަނޑަކަށް ދެ ދުވަސް ކުރިން އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވައިރަސް އަރަން ފަށާކަމެވެ. އަދި މި ހާލަތު 7-10 ދުވަސް ވަންދެން ދެމި އޮވެ އެވެ." ދިރާސާ ކަރުދާހުގައިވެ އެވެ.
މި ދިރާސާގައި ބުނާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވާތާ ދެ ހަފުތާ ފަހުން ވެސް ޓެސްޓްތަކުން ޕޮޒިޓިވް ކަމަށް ދައްކަފާނެ އެވެ. ނަމަވެސް އެއީ އެހެން މީހުންގެ ހަށިގަނޑަށް ވަނުމުގެ ގާބިލްކަން ކެނޑި، ބާރު ދަށްވެފައިވާ ވައިރަހުގެ އެތިކޮޅުތައް ހަށިގަނޑުގައި ހުރުމުން ދިމާވާ ގޮތަކަށް ވެދާނެ ކަމަށް ވަނީ ބުނެފަ އެވެ.
"ވައިރަސް އާލާވުން ފުރަތަމަ ހަފުތާ ތެރޭ ވަރަށް ބޮޑަށް މަދުވެ އެވެ. އަދި އެހެން މީހުންގެ ހަށިގަނޑަށް ވަނުމުގެ ގާބިލްކަން ހުރި ވައިރަސް ދެ ވަނަ ހަފުތާގެ ފަހުން ނުފެނެ އެވެ." ރިސާޗަރުން ލިޔުއްވާފައިވެ އެވެ.
މި ދިރާސާކުރި ޓީމުން ބުނީ މިއީ ކޮވިޑް-19 ޖެހޭ މީހުން ހޮސްޕިޓަލުން ދޫކޮށްލުމާ މެދު ގޮތް ނިންމަން ބޭނުންކުރެވިދާނެ ހޯދުމެއް ކަމަށެވެ.
ވަރަށް ގިނަ ގައުމުތަކުގައި، ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ބަލަނީ ބައްޔަށް ދެ ފަހަރު ނެގެޓިވްވުމުންނެވެ.
އެންސީއައިޑީގެ އެގްޒެކަޓިވް ޑިރެކްޓަރު ލިއޯ ޔީ-ސިން ސިންގަޕޫރުގެ ސްޓްރެއިޓް ޓައިމްސް ނޫހަށް ވިދާޅުވި ގޮތުގައި މި ދިރާސާކުރުމަށް ބޭނުންކުރި ސާމްޕަލް ނިސްބަތުން ކުޑަ ނަމަވެސް މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މި ދިރާސާކުރި ނަމަވެސް ނުކުންނާތީ މި ނަތީޖާ ކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.
"ސައިންޓިފިކަލީ، އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް، ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ނުޖެހޭނެ ކަމުގެ،" އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީތެ ދު
26 May 2020
އެންމެ އާ ދައިގެ ބަހުން ބުނާނަމަ ސުންޕާ މީހަކީއެވެ.
ރީތި މޫސަ
26 May 2020
މިރާއްޖޭގަ އެއްވެސްކަމެއް ކީއްކުރަން ހެޔޮވެރިކަމެއްވެސް ނުކުރެވޭނެ ނަޝީދު ސިޔާސީ މައިދާނުގަހުރިހާދުވަހަކު ހުރިހާކަމެއްގޯސްވަނީ ނަޝީދުގެ ބަސްމަގު ހުންނަގޮތުން
އަހުމަދުބިންސުލައިމާން
26 May 2020
ހިތައް އަސަރުކުރަނީތަ އަބަދު ނަޝީދޭ ތިކިޔެނީ.
އަޙްމަދް
25 May 2020
މި ރާއްޖޭގައި މިދިރާސާ ހަދަން ޙަވާލުކުރާނީ މަރުކޮމިޝަނާއެވެ. ރިސާރޗް އިޢުލާން ކުރާނީ މަޖިލީހުގެ ރައީސް ނަޝީދު އެވެ.
އަހުމަދުބިންސުލައިމާން
26 May 2020
ކަލޭ ރިސާރޗް ހަދާބަލަ އަނގަގަދަ ނުކޮށް.
ފަޚްރު
25 May 2020
ހުރިހާ ޤައުމެއްގައި ވެސް ފާޑުފާޑުގެރިސާޗް ތަށް ހަދަނީއެވެ. ރާއްޖޭގައި ވެސް ރީސާޗް އެއް ހަދާލަން މަށަށް ފެނެއެވެ.
ޟިޒް
25 May 2020
14 ދުވަސް ވަން ދެން މުޅި ދުނިޔެ ލޮކް ކުރަން ވީ.
ގަޓް ބްރޯ
25 May 2020
މި ވައިރަގުގެ ތަފާތު ވައްތަރުތައް އުޅޭކަމަށް މިހާރުވެސް ބައެއް ސައިންސްވެރިން އެބަބުނޭ. ކޮވިޑް އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކޮށް ނެގެޓިވް ކަމަށް ދެއްކި 42 އަހަރުގެ މީހަކާ އޭނޭގެ 74 އަހަރުގެ ބައްޕަގެ އިިތުރުން 50 ގެ އަހަރުތަކުގައުޅޭ މީހަކު ކުއްލި ގޮތަކަށް އިންޑިއާގަ އިހަށްދުވަހުވެސް މަރުވެއްޖެ އެމީހުންގެ އޮޓޮޕްސީ ހަދައިގެން މިހާރު ޓެސްޓް ކުރަން އެބައުޅޭ!