ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ބޯޑަރުތައް ބަންދުކޮށްފައިވާތީ އޯ ލެވެލް/އޭ ލެވެލް ސެޓްފިކެޓެއް ނުލިބޭ: އެޑިއުކޭޝން މިނިސްޓްރީ

އޯ ލެވެލް/އޭ ލެވެލް ސެޓްފިކެޓުތައް ގައުމުތަކަށް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައި ހުރުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) އާއި ޑެޕިއުޓީ މިނިސްޓަރު އިހުސާން (ވ) އަދި ސީނިއާ ޕޮޮލިސީ ޑިރެކްޓަރު މޫސަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޯ ލެވެލް އާއި އޭ ލެވެލް ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި ލަސްވާ ކަމުގެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ދެ އިމްތިހާނުގެ ސެޓްފިކެޓްތަކަކީ ޔުނިވާސިޓީތަކުން ޕްރިންޓުކޮށް، ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށެވެ. ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މަރުހަލާ ނިންމައި، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައި ހުރުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސެޓްފިކެޓުތައް އެކި ގައުމުތަކަށް ފޮނުވަނީ ވަރަށް ހައި ސެކިއުރިޓީގަ އެވެ.

"ސެޓްފިކެޓުތައް ނުލިބި ލަސްވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓުތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމުގައި ދަންނަވަމެވެ. އަދި ސެޓްފިކެޓުތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ވާހަކަ ވެސް ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

އާއްމު އުސޫލެއްގެ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅު ހިސާބުގައި ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ލިބެ އެވެ. ނަމަވެސް މިިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހެދި އެޑެކްސެލް އިމްތިހާނުގެ ސެޓްފިކެޓް ސްރީ ލަންކާ އަށް ވެސް ލިބުނީ މިދިޔަ ހަފުތާގައި ކަމަށް ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ އެވެ. އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް [email protected] އަށް މެއިލަކުން އެދެވޭނެ އެވެ.

8 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 33%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޫސީ

22 May 2020

ހުސް ފޮނިވާހަކަދައްކާފަ ހެޑްލައިން އެޅުނީމަ ނިމުނީ މީނަޔަޢް.

The name is already taken The name is available. Register?

ާއުނިމާ

22 May 2020

ލޮކްޑައުން ކުރިން ސެޓްފިކެޓްތައް އަސްލު ލިބެންޖެހޭ، އެވަގުތުވެސް ލިބުނު! ވާގޮތަކީ ހަމަ ސުލޯއީ! ތެދު ތެދަށް ދަންނަވަނީނަމަ، ތާރީޚު ދުއް އެެންމެ ސުލޯ ނާޤާބިލު އެޑިޔުކޭޝަން މިނިސްޓްރީ ތިޔައީ، ކަރިކިޔުލަމް ތަންފީޒުނުކުރެވުނީމާ ކަރިކިޔުލަމް ރިވައިސް ކުރަންވީ، ވޭތުވެިޔަ 15 މަހުގައި ޓީޗަރުންނަށް ދެވުނު ތަމްރީނެއް ހަރަކާތެއްނެތް، ފޮތް ދަބަހަށް އައި ލުއިކަމެއްނެތް، ލޮކްޑައުންގައި 2 މަސްވީ ކޮންކަމެއްތޯ މިއޮށްފަދަ ޒަމާނުގައި ދަރިވަރުންނަށް އަސްލު ކޮށްދެވުނީ؟

The name is already taken The name is available. Register?

ޢަލިބެއްޔާ123

22 May 2020

ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ޞައްޙަ މަޢުލޫމާތެއް ނޫން!!!!

The name is already taken The name is available. Register?

ބޮޑުމީހާ

21 May 2020

ތި އެޑިއުކޭޝަން މިނިސްޓްރީ ފެއިލްވެފަ އޮތީ

The name is already taken The name is available. Register?

އިޔެ1

21 May 2020

ކަނޑައެޅިގެން ބުހުތާނު ދޮގެއް. ލަންޑަނުގެ ހީތްރޯ އަދި ގެޓްވިކް ބަރާބަރަށް އެބަ ހިނގާ. މޯލްޑިވިޔަން ބޭރަށް ދަތުރު ކުރޭ. ކަލޭމެނަށް ދަރިވަރުންގެ ކަންތަކަށްވުރެ އެހެންކަންތައް މުހިންމީ.

The name is already taken The name is available. Register?

Rescue Mode

22 May 2020

އަމިއްލަޔަށް ހީތްރޯ އަށް ގޮއްސް ތިއައީ ދޯ؟

The name is already taken The name is available. Register?

ާއުނިމާ

22 May 2020

އަސްލު ކަމެއްކުރެވޭ ދަމެއް އެގޭ ސިޔާސީ މަޤާމުގަ ހުރި މީހަކު ތިޔަތާކުނެތޭ، އެބައެއްގެ ހުންނަ ހިންގުންތެރި ކަމަކުންތާ ކަންކަން ކުރެވޭ! ތިބީ ހުސްބޮލޭ!

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

21 May 2020

ޔޫކޭ ލޮކްޑައުންކުރީ 23 މާރޗުގާ. ތީ ފެބުރުއަރީ ނނިމޭކޮޮޅު ނޫނީ ލަސްވެގެން މާޗު ފެށޭކޮޅު އަންނަންޖެހޭ އެއްޗެހިތަކެއް - ބަލާބަލަ ކަސްޓަމް. އެތަނުގާ ތީއްޗިހި ތާށިވެފާވެސް ހުރެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454