މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި (ވ) ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް.-- ފޮޓޯ: ނިޝާން އަލީ/ މިހާރުެޗމް
26 މެއި 2020 - 11:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިވެ، އެންމެ ފަހުން އެ ސަރުކާރުގެ ތެރޭގައި ބައިބައިވުން ވެސް އުފެދުމުން ދެން އޮތް ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ދާން ފެނޭތޯ ބެލުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މިއަދު ޖަލްސާތައް ފަށަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުއްލި ގޮތަކަށް މަސައްކަތްޕުޅު ފެއްޓެވުމުން އެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ބައިބައިވުމާ ގުޅިގެންނެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފައްޗަށް ހަމަވާއިރު، ނަޝީދު ވިދާޅުވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުފައްޓަވައި، އެ ހިސާބަށް މަޑުކުރައްވައިގެން ހުންނަވަން ދަތި ކަމަށެވެ. މަޖިލީހުގައި މިހާރު އޮތް އެންމެ މުހިންމު ކަމަކީ މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމެވެ. އެކަން ކުރެވޭނީ ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވައިގެންނެވެ. އަންނަ ޖޫން 3 ގެ ކުރިން ގާނޫނުއަސާސީ އަށް އެ ބަދަލު ގެންނަން މަޖުބޫރެވެ.
ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ނަޝީދު ފާޅުކުރައްވާ ހިޔާލުތަކާއި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އެކި ޕްލެޓްފޯމުތަކުގައި ތާއީދު ކުރަމުންނެވެ. އާދަމް ޝަރީފްގެ މި ހިޔާލު ވެސް އައީ އޭގެ ތެރެއިން ކަމަށް ބެލެވެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ކޯޅުމާއި ދެބަސްވުން ބޮޑުވެފައިވާ މި ދަނޑިވަޅު ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރެއް މި ސަރުކާރަށް މިހާރު ނެތް ކަމަށެވެ. އެހެންވެ ދެން އޮތީ އޭނާ ވިދާޅުވި ގޮތުގައި ދެ ގޮތެވެ.
އެއީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް، ގާނޫނު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ނަޝީދު ފާޅުކުރައްވާ ހިޔާލުތަކާއި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އެކި ޕްލެޓްފޯމުތަކުގައި ތާއީދު ކުރަމުންނެވެ. އާދަމް ޝަރީފްގެ މި ހިޔާލު ވެސް އައީ އޭގެ ތެރެއިން ކަމަށް ބެލެވެ އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރަކު ޕާލަމެންޓްރީ ނިޒާމުގެ ވިސްނުން ކުރިއަށް ނެރުއްވިއިރު، މަޖިލީހުގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދު ކުރައްވަނީ ރައީސަކާއި ބޮޑުވަޒީރަކު ހުންނަވައިގެން ވެރިކަން ކުރާ ނިޒާމު ނުވަތަ ބަރުލަމާނީ ނިޒާމަކަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ވަކި ހިސާބަކުން، ނަޝީދު އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ބަދަލު ގެންނަވާނެ ކަމުގެ ތުހުމަތު އަބދުވެސް އަންނަނީ ކުރަމުންނެވެ.
ނަޝީދު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ މަނިކުފާނު އުޅުއްވާނީ މުޅި އެމްޑީޕީ އެކަމަށް ނުކުތުމުންނެވެ. މީގެ އިތުރުން އެ މަސައްކަތަށް ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ކަމަށް ބޭނުންފުޅުވުމުން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެ ދުވަސްވަރު ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ހިންގާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝާތަ
26 May 2020
ސިޔާސީ ކަންކަމުގަ އަންނި ވަރުގެ ސިކުޑިއެއް ނެތެއްނު. މި ހަގީގަތް ޤަބޫލް ކުރޭ
ބަޑީ
26 May 2020
އިރެއްގަ އަންނި ބަލައިގަތް އެކަމު މިހާރު ވަރަށް ބޮޑަށް ސައިޒް އޮޅިފަ އެހެރީ!! ދެން ތާއީދެއް ނުހޯދޭނެ، ވަރަށްގިނަމީހުން އޭނަ އުޅޭ ވައްތަރުން މިހާރު ފޫހިވޭ.
ށ.އަތޮޅު މީހާ
26 May 2020
ޢާދަ މް ޝަރީފަށް ތިޔަ ފެންނަނީ ހުވަފެނެއް!
އައްޑޫ ދޫ
26 May 2020
ސަރުކާރު ބައިބައިވެއްޖެ، އެއް ހައްލަކީ ބަރުލަމާނީ ނިޒާމުގެ ވޯޓު: އާދަމް ޝަރީފް އާދަމް ޝަރީފް މެންހައްދާލަގެން އަންނީ ބޭނުންވާގޮތަކައް ތިކަންކުރާނެ އިބޫގެ ފަސްއަހަރުގެ ޓާމްނުނިންމާ އެހެންމީހަކައް ވެރިކަމެއް ނުލިބޭނެ އަދިނުވެސް އާދެވޭނެ ހަނދާން ނައްތާލާ ވަޗަސް
ސިމްޕަލް
26 May 2020
އަތުގެ އިގލިކުރިން ގުނާލެވޭހާ މަދުބައެއްގެ ބޭނުމުގައި ރައްޔިތުން ލައްވާ ބައްކައްކާ ކުޅެ، އޮއްވަޅު ގޮޑި ކުޅެން ނުހައްދަވާ! ހައްލަކީ އެވެރިން 5 އަހަރު ދުވަހަށް އިންތިޚާބު ކުރި ރައީސާއި، ނައިބު ރައީސްގެ ދައުރު ހަމަވަންދެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދިނުން. ވީ ވައުދުތައް ފުއްދުމަށް މަޖިލިހުގެ އަޣްލަބިއްޔަތު އޮތް ޕާޓީން އެއްބާރުލުން ދިނުން ހައްލަކީ.
އާންމުން
26 May 2020
ޔާމީން ޖަލުން ނެރެން ނަސީދާއެކު ޑީލް ހެދީތަ
ބަނާނާ
26 May 2020
500ރުފިޔާ އަށް ވޯޓި ވިއްކާ ރައްޔިތުން ތިބި ތަނެއްގަ އެން މެރަނގަޅުވާނީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް މަޖިލިހުން ބޮޑުވަޒީރަކު ހޮވުން. ރައީސް ހުންނަންވީ ސެލްފީ ނަގަން.
falcon_autho
26 May 2020
ޕާލަމެންޓަރީ ނިޒާމު ހިންގަން ތިބެނީ މަލާއިކަތުންތަ؟ ތިކުރަން އުޅޭ ކަމަކީ ނަޝީދަށް ވެރިކަމަށް އާދެވޭނެގޮތަކަށް ކަންކަން ރޭވުންތާ؟ ރައީސް މީހާއަށް ކަންނުވާނަމަ އިސްތިއުފާ ދީފައި ގޭގައި އިންނެވިދާނެ. ދެން މަޖިލީހުގެ ރައީސަކަށްވިޔަސް ގާނޫނުތަކާ ޚިލާފު ވާނަމަ ހައްޔަރުކޮށް ގާނޫނީ އަދަބުވެސް ދެވިދާނެ. މިހުންނަނީ ނުކުރެވޭނެ ކަންތަކެއްނޫން. 2013 އިން ފެށިގެން ރިޔާސީ ނިޒާމެއްގައި ރައީސަށް އޮތް ބާރުވެސް ފެނުނު. އެބާރުގެ ބޭނުން ހިފަން މިހާރު ނޭގެނީ.
މަހުރަމިއްޔާ
26 May 2020
ޝަރީފު ކލޭމެން ދެން ތިހީކުރަނީ ރައްޔިތުން މިއުޅެނީ ގަްުމުގަ ހުރި ފައިސާކޮޅު ވަކިބަޔެއްގެ ޖީބަށްލާނުދެވިވެން ކަމަށްތަ؟ އިރުއިރުކޮޅާ ވެރިކަން ބަދަލުކޮށް ފާޅުގަ ރައްޔިތުންގެ ފައިސާ ކޭބަޔަކާ ވެރިކަންހަވާލުކުރަން. ވެރިކަމާހެދި ދަންޖެހެނީ އެއީ ފައިސާގެ ދަހިވެތިކަމުގަ. މިހާރު ކެވިފަ ތިހިރީ ދެން މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލަންވީ އެހެންނުވާތީ މާ ފުއްޕަނީތި..
ލޯބިވާ ޕީޕީއެމް
26 May 2020
މިހެންވީމަ ދެންކުރަންވީ ކަމަކީ ޕީޕީއެމް ރައީސް މައުމޫންއާއި ހަވާލުކޮށް އެމަނިކުފާންގެ ލަފާފުޅުގެމަތިން ރައީސް ޔާމީނު ސަލާމަތްކުރުމާއި އަދި ޕީޕީއެމް ސަލާމަތްކުރުން.
ތުންމަތިން
26 May 2020
މިގައުމަކީ ތިމާމެންގެ އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި ބޭނުން ގޮތަކަށް މޮޑެން އޮތް ފުށްގަނޑެއްކަމަށް ހީކުރުމަކީ މޮޔަކަމެއް. ދެވެހިން ބަލައިގަނެފައިވާ ނިޒާމު ، މާތްﷲ ގެ ވާގިފުޅާއިއެކު ދިވެހިން ދިފާއު ކުރާނެ!
ގޯސް
26 May 2020
މީނާއަކީވެސް މަގާމާ ޖާހަށްޓަކައި މޮޔަވެފައިވާމީހެއް. ޕީޕީއަށް ކުރި ތާއީދު ގެނެސްފިން. ޑީލްހަދައިގެން ކޮރޮޕްޓް މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މަޖިލިސްގެ މެމްބަރުން ހުވާކުރީ ރައްޔިތުންނަށް އިހްލާސްތެރިވާކަށްނޫން. ނަޝީދާ ޔާމީނަށް އިހްލާސްތެރިވާން. ބލއއް