ޚަބަރު / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ކުލި ނުދެއްކިގެން 220 މީހަކު ހުށަހެޅި: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ މިރޭގެ މީޑިއާ ބްރީފިން ގައި ވާހަަކަ ދައްކަވަނީ.

ކޮވިޑް-19 ފެތުރޭތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މަސައްކަތް ހުއްޓި އާމްދަނީ ނުލިބޭތީ ގޭގެ ކުލި ނުދެއްކިގެންނާއި އާއިލާތަކަށް ހަރަދު ކުރެވޭނެ ގޮތެއް ނެތިގެން މިއަދާ ހަމައަށް 220 މީހަކު އެ މައްސަލަަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވިދާޅުވީ، އާމްދަނީ ދަށްވެގެން އާއިލާތައް ބަަލަަހައްޓަން އުނދަގޫވުމުގެ މައްސަލަ ވަރަށް ބޮޑުވަމުންދާ ކަމަށެެވެ. އެގޮތަށް ހާލުގައި ޖެހޭ މީހުންގެ ތެރެއިން އެތައް ބަޔަކު ރަށަށް އެނބުރި ދާން ވެސް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަަމައަށް މި ފަރާތްތަައް މި އަންނަނީ މިހާރު މާލޭގައި ކުއްޔަށޭ ތިމަންނަމެން މިއުޅެނީ އެކަމަކު މި ހާލަތު އައިމާ ތިމަންނަމެންނަކަށް ނެތޭ އިތުރަށް އެފޯޑް ކުރެވޭކަށް. އެހެންވީމާ ތިމަންނަމެން ރަށަށް ފޮނުވަން [އެދެމޭ ބުނެ]،" ޔުމްނާ ވިދާޅުވި އެވެ.

ހާލުގައި ޖެހިގެން ޖެންޑާ މިނިސްޓްރީ އަށް ދިޔަ މީހުންގެ ތެރޭގައި ޔުމްނާ ވިދާޅުވިގޮޮތުގަައި، މާލޭގެ ރަށްވެހިން ވެސް ހިމެނެ އެވެ. އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓުމުން، ވަޒީފާ ގެއްލިގެން ހާލުގައި ޖެހިގެން އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުންގެ ތަފާސްހިސާބުތައް ހިމެނޭ ސްލައިޑެއް ޔުމްނާ ދައްކަވައިލެއްވި އެވެ.

އެ ޗާޓުން ފެންނަ ގޮތުގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެގެން މާލެ ލޮކްޑައުންކުރި ފުރަތަމަ ހަފުތާގައި ޖެންޑާ މިނިސްޓްރީގެ އެހީއަށް އެދުނީ ތިން ފަރާތަކުންނެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި 19 ފަރާތެއް ހާލުގައި ޖެހިގެން ހުށަހެޅި އެވެ. މިދިޔަ މޭ ފުރަތަމަ ހަފުތާގައި 11 ފަރާތެއް އެހީއަށް އެދުނު އިރު އެންމެ ގިނަ މީހުން ހާލުގައި ޖެހިގެން ހުށަހެޅީ މޭ މަހުގެ ފަހުކޮޅު އެވެ. އެގޮތުން، އެ މަހުގެ ދެވަނަ ހަފުތާގައި 71، ތިން ވަނަ ހަފްތާފައި 75 މީހުން ދިޔަ ކަމަށާއި ފަހު ހަފުތާގައި 41 މީހަކު ހާލުގައި ޖެހިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކަން ތަފާސްހިސާބުން އެނގެ އެވެ.

"ކުލި ނުދެއްކިގެން ނޫނިއްޔާ އެ ފަރާތުގެ ވަޒީފާ ގެއްލިގެން އާއިލާ ބެލެހެއްޓޭނެ ގޮތެއް ނެތި މާލީ ދަތިކަމެއް އައިސްގެން ނިކުންނަން ޖެހޭ ފަރާތްތައް ވަރަށް ގިނަ. މިހާރު އަޅުގަނޑުމެން ޔޫތު ފެސިލިޓީގައި ހަތަރު އާއިލާއެއްގެ 26 މީހުން މިހާރު އަޅުގަނޑުމެން މި ބަލަމުން މި ގެންދަނީ މި ދެދުވަސް ތެރޭގައި،" ޔުމްނާ

"މި އަދަދުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ އިތުރުވަމުން އެބަދާކަން،" ތަފާސްހިސާބުތައް ހިއްސާކުރެއްވުމަށް ފަހު ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، އެގޮތަށް ރަށަށް ބަދަލުވާން އެދޭ މީހުން ފޮނުވެން ނެތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދޭތީ ކަަމަށެވެ. ކުލި ނުދެއްކިގެން ސަރުކާރުގެ އެހީތެރިކަމަށް އެދުނު މީހުންގެ ތެރޭގައި ގެއިން ނުކުންނަން ޖެހުނު މީހުން ވަރަށް ގިނަ ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދޭން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޔުމްނާ ވިދާޅުވިގޮތުގައި، އެހާ ގިނަ މީހުންނަށް އެހެން ދިމާވާނެ ކަމަށް މިނިސްޓްރީން އަންދާޒާއެއް ވެސް ނުކުރެ އެވެ.

"ކުލި ނުދެއްކިގެން ނޫނިއްޔާ އެ ފަރާތުގެ ވަޒީފާ ގެއްލިގެން އާއިލާ ބެލެހެއްޓޭނެ ގޮތެއް ނެތި މާލީ ދަތިކަމެއް އައިސްގެން ނިކުންނަން ޖެހޭ ފަރާތްތައް ވަރަށް ގިނަ. މިހާރު އަޅުގަނޑުމެން ޔޫތު ފެސިލިޓީގައި ހަތަރު އާއިލާއެއްގެ 26 މީހުން މިހާރު އަޅުގަނޑުމެން މި ބަލަމުން މި ގެންދަނީ މި ދެދުވަސް ތެރޭގައި،" ޔުމްނާ ވިދާޅުވި އެވެ.

ހާލުގައި ޖެހިފަިއވާ އާއިލާތަކަށް އެހީތެރިވެވޭނެ ގޮތްތައް ހޯދަން މަސަައްކަތް ކުރަމުން އަންނަ ކަމަށާއި ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހިގެން ހުށަހެޅި މީހުންނަކީ ކައުންސިލްތައް މެދުވެރިކޮށް، ކަށަވަރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެލްޖީއޭއަށް ވާނީ 97 ނަމެއް، 12 އާއިލާއެއްގެ ހިިއްސާ ކުރެވިފައި،" ޔުމްނާ ވިދާޅުވި އެވެ.

34 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 77%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދރސ

02 June 2020

ޢެގޭ މީހަކު ބުނެބަލަ މި ޔުމްނާ މިނިސްޓަރ ނަހުލާއާ ހާދަވައްތަރޭ. މިއީ ނަހުލާ ފެމެލީ މީހެއްތަ

The name is already taken The name is available. Register?

ޣޯސް

02 June 2020

ބޭރުގައި އުޅޭމީހުންނަށް އާސަންދަ ވެސް ދީގެންނުވާނެ ތިޔައީ ޓެކްސް ދައްކާ ބައެއްނޫން.

The name is already taken The name is available. Register?

ބައިތު

02 June 2020

އަޅުގަނޑު ބަލަހައްޓާ 2 އެޕާޓްމަންޓެއްގެ ކުލިނުދޭތާ 3 ވަނަ މަސް މިއީ. 14 ހާހަށް ދީފައި ހުރި 2 ކޮޓަރީގެ މިތަންތާގެ ކުލި 10 ހާހަށް މިދުވަސްވަރު ބަދަލުކޮށްފައި ވާނީވެސް. ކަރަންޓާޢި ފެންބިލްވެސް ނުދައްކާ. މިކަންތައްގަނޑު ނިމޭތަނުން ހީވަނީ މިމީހުން އެހެންތަންތަނަށް ބަދަލުވާނެހެން. ﷲ އަށް ވަކީލުކޮށްގެން މިހުންނަނީ.

The name is already taken The name is available. Register?

ބައިތު އަށް

02 June 2020

ނެތް އެއްޗެއް ނުދެވޭނެ ދޯ ބައިތު؟ މިއޮއްހާ ދުވަހު 28000 ރިފުޔާ އެއްވެސް ކަމެއްނުކޮށް ލިބުނިއޮރު ވަރަށް އުފަލުން ދޯ އުޅުނީ. ތިތާ ކުއްޔައްއުޅޭ ކޮންމެ އާއިލާއަކުން 14000ރ ދީފަ އަދި ބާކީ މިލިއަނެއްހާ ރުފިޔާ އޮންނާނެ ކަމަށްދޯ ހީކުރީ. ދެން އެމީހުން ސޭވް ކުރިހާ ފައިސާތައް ހުންނާނެތާ ދޯ ތިޔަ ކުޑަކޮއްދިން 10000ރ ދޭން. އެމީހުންގެ މުސާރަތައް ވީ ބޮޑު ދޯ މި ކާރިސާގަ.

The name is already taken The name is available. Register?

ޚުރުބ

02 June 2020

އަލުގަޑަކީ ގޭގެ ވެރިފަރާތް.. ކުލިނުދެއްކިގެން އަބަދު މައްސަލަ ޖެހި ލަސްވެގެން އުޅެނީ ދެއެޕާރޓްމަންޓަކުން. އެކުދިންގެ ފޯނު އަޅުގަޑަށްވުރެ އެޑްވާންސް، ސައިކަލު އެންމެފަހުގެ، ސެންޓުވަސް މުޅިގޭގަ.. މައްޗަށް އަރާ ކޮންމެފަހަރަކު ބްރޭންޑްތަކުގެ ބޫޓުތަކާއި ފައިވާންތައްވެސް ފެނޭ.. ހަމަ ބުނެލީ

The name is already taken The name is available. Register?

ތިގޭގަ ކުއްޔައް އުޅޭ މީހާ

02 June 2020

ތިއީ މަދު ބައެއްގެ ވާހަކަ. ބުނެދީބަ ތިގެއަށް ލިބޭ ކުލީގެ ޖުމްލަ. ގޭގެ ލޯނު އޮތިއްޔާ އޭގެ އަދަަދު. ތިޔަ ނަގާ ބޮޑު ފައިދާއަކީ އަލިފާން. ބައެއްމީހުންނަކީ ދެއްކުނެތެރި މީހުން. ނުލިބޭ ވަރުން އުޅޭ މީހުން. އެކަމު ގިނަ މީހުންނަކީ ކުލި ދައްކާފަ ދެން އިންނަ ބައިރުފިޔާ މުޅި މަހަށް ބަހާލައިގެނެ އެއްދުވަހު ކައިގެން އަނެއްދުވަހު ނުކާތިބޭ މީހުން. މުސާރަތައް ކެނޑީމަ ސޭވިންގ އެއް ނެތިއްޔާ ކިހިނެއް އުޅޭނީ. ލިބޭ މުސާރައެއްކޮށް ކަލެއައްދިނީމަ އެނިމުނީތަ.

The name is already taken The name is available. Register?

އުއްމީދު

02 June 2020

ތިތަނަށް ހުށަހެޅިން މަވެސް ތިކަމާ އަދި ރަށަށްދާން އެދިވެސް. ހަމަ ޚަބަރެއްވެސް ނުވޭ. ދެވަނަ ފަހަރަށް ގުޅީމަ ބުނީ ބަލާލާފަ ގުޅާނަމޭ. އަދި އަދައްދާންދެންވެސް ޚަބަރެއްނުވޭ. މިހާރު މިކަމާ ގޭގަ ހުރެ ބޯގޮވާފި. ބޯ ހަމަޖެހޭތޯ، ކުރާނެ ކަމެއްލިބެތޯ ބޭރަށް ނިުކުމެލަން ފުލުހުންގެ ޕޯޓަލްގަ އެދުނީމަ ރިޖެކްޓް ކުރަނީ. ކިހާ އުފާވެރި ދިރިއޫލުމެއް ތިބޭފުޅުން އެންމެން ވެގެން އަޅުގަނޑުމެނަށް ތިޔަ ދެއްވަނީ.

The name is already taken The name is available. Register?

ސަވާދުބޭ

02 June 2020

ރާއްޖެއިން ބޭރުގަ ކުލި ނުދެއްކިފަ ތިބި ދިވެހިންނަށްވެސް ސަރުކާރުން އެެއްޗެއް ދިނުން ރަގަޅެއްނޫންތަ؟ ރަށް ރަށުން މާލެ އައިސް ބޮޑެތި އިމާރާތް ތަށް ނަގައިގެން ތިބެ ކުލި ނެދެއްކެވޭތީ، ދެން އެމީހުން އަމިއްލަ ރަށަށް ފުނުވާނުލާ ގޮތެއް ހާދާދޭނަމަ، ދެންވެސް ބޭރުގަވެސް ތިބީ ހަމަ ދިވެހިން. ދެކޮޅުނުޖެހޭ ސިޔާސަތެއް.

The name is already taken The name is available. Register?

ޑހދހ

02 June 2020

ބޭރަށް ދަނީ މިޤައުމު ކަޑަ ވެގެން ނޫޅެން ނޫނީ ހިދަމަތް ނުހީދަން ވެގެން. ޢެހެންވީމަ އެމީހުނއ ޤއުމަށް ޓެކްސް ވެސް ނުދައކާ .އެމީހުނއ އާއި އަޅާލަން ޖެހޭނއ ކަމަކަށަ ނުދެކެން...

The name is already taken The name is available. Register?

ޑހދެ

02 June 2020

ބޭރަށް ދަނީ ރާއްޖެ ކަޑަވެގެނެއްނޫން.. މާލެ އަންނަނީ އުފަންރަށް ކަޑަވެގެނެއްނޫން.. ފިތުނަ އުފައްދަން ނޫޅޭ.

The name is already taken The name is available. Register?

ނަސްރު45

02 June 2020

ޢެހެންވީމަ ކުލި ނުދެއްކޭމިހުން އަމިއްލަ ރަށުގަ އޭނާ އަށްލިބިފައިވާ ގޯއްޗަށް ދިއުމުގެ ހަރަދު ދީފާ ފޮނުވާލުން މުހިންމު.

The name is already taken The name is available. Register?

ސުރާސް

02 June 2020

ހިތުން ކުއްޔަށް އުޅޭ މީހުންނަށް ބުނި މޮޅު އެއްޗެއްތަ ތީ. އަހަރެމެން ރަށަށްދާން ބޭނުންވެގެން އެދުނީމަ ހުއްދަނުދޭތީ އޭ ނުދެވިފަ މިތިބީ. އެހެންނަމަ މިހާރު ތިބޭނީ ރަށުގަ.

The name is already taken The name is available. Register?

ބާދަގަނޑަށް

02 June 2020

ފުރަތަމަ ހަފްތާގަ 3 މީހުން ހުށައެޅި ކަމަށް ދެއްކިއަސް އެންމެ ތިންމީހުނެއްނޫނޭ ދުވަހުގެ އާއްމުދަނީއަށް ބަރޯސަވާނީ .ސަރުކާރެއްގެ ނާގާބިލް ކަމުން ރައްޔިތުންނަށް ޖެހުނު ގިލަން .އަދިވެސް އަރާބައިސާކަޑާއަދިވެސް ތިބިހާލަތުންވެސް އަރައި ނުގެނިވި އުޅެނީ ރައްޔިތުންނަށް އެހީނުވެވޭތީ ރާއްޖޭންބޭރުގަ ތިބިހާމުއްސަދިން ރާއްޖެގެނެސް އެބަޔަކު ކަރަންޓީނު ކޮއްގެން ތިބޭތަނަކަށް 700 ރުފިޔާ ދައްކާބަޑުފުރާކާންދެނީ.ނިކަމެތި ވީމީހާއެހާލަތުގަ .އިންސާފުކޮބާ؟

The name is already taken The name is available. Register?

ނޫސްކިޔާ މީހާ

02 June 2020

2008 ގައި އެމްޑީޕީ ވެރިކަމަށް އައިސްފާ ވެސް، އޯވަރސީޒް ސްކޯލަރޝިޕްތައް ހުއްޓުވާލި! އޯޓީ، އެލަވަންސްތައް ކަނޑާލުމުގެ އިތުރުން މުސާރަތައް ކުޑަކޮށްލި! ކޮންސްޓަޝަން އިންޑަސްޓްރީ ވަރަށް ހީނަރުވި! ވިޔަފާރިތަށް ހީނަރުވި! ދިވެހި ރުފިޔާގެ އަގު ދަށްވީ ވީނުން 18 ރުފިޔާއަށް ޑޮލަރުގެ އަގުއެރި! އެހާ ހިސާބުން ސަރުކާރު 'ބަދަލުވީގޮތަކަށް' ބަދަލު ވެއްޖެ! އޮޑިޓް ރިޕޯޓްތަކުން ދެއްކި ގޮތުގައި 430،000،000،000ރ ޚިޔާނާތުގެ ގޮތުގައި ވަނީ ގޮސްފައި! ދިވެހި ނަޔާ ދިރިއުޅުމުގައި އުޅެނިކޮށް، ހަމަ އެ އެމްޑީޕީއާ ގުޅިގެން އަމިއްލަ ފައިދާ އަށް ޒަޢީމު، ސޭޓް އަދި ޝޭޚް ހެއްދެވިހާ ދޮގުހަދާ ވޯޓްހޯދައިގެން އެތިބީ ވެރިކަމަށް އަރާ! ތަކުރާރު މިވަނީ އެއް މަންޒަރެއް! ދެން 'އޯގާވެރި' ސަރުކާރުގެ ރަހަ ރަގަޅަށް ދެކެން ތިބޭ!

The name is already taken The name is available. Register?

މައްޔާ

02 June 2020

އަޅުގަނޑުމެންގޭ އޭސީ ހަލާކު ވެގެން ދިވެހި މެކޭނިކަކަށް ގުޅީމާ ބުނީ 'ހުއްދަ' ނުލިބިގެން ކަމަށް. ދެން ލަސްވާތީ އިންޑިޔާ މެކޭނިކަށް ގުޅާ އިރަށް 3 ގަޑި އިރު ތެރޭ އައިސް ހަދައިފި. ދިވެހި އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހުންނަށް ހުއްދަ ނުދިނަސް، އިންޑިޔާ، ބަންގލަދޭޝް ބޭފުޅުންނަށް ފަސޭހަ މިގައުމުގަ ހުރިހާ ކަމެއް.

The name is already taken The name is available. Register?

އަލީ!

02 June 2020

ދިވެހިމީހާ ހުއްދައޭކިޔާއިގެން އުޒުރެއްދައްކަނީ. ގިނައިން ކަންތަށް ވެފަހުންނަނީ އެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454