ވިޔަފާރި / ޕްރައިވެޓް ޖެޓް

ފުރަތަމަ ޕްރައިވެޓް ޖެޓްތައް: ހިޔާލު ތަފާތު މައްސަލައެއް

ޭވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޕްރައިވެޓް ޖެޓެއް ޖައްސަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަލުން ފަށައި ގަތުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވައިލާނީ ޕްރައިވެޓް ޖެޓްތަކުން އަންނަ ބޮޑެތި މަހުޖަނުންނަށް ކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓްރީން މީގެ ދެ މަހެއްހާ ދުވަސް ކުރިން ދިނެވެ. އޭގެ ބޭނުމަކީ، ޓޫރިޒަމް މުޅިން ހުއްޓާލާފައި ބޭއްވުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެކަމަކު މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހިޔާލު ތަފާތު މައްސަލައެކެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކަށް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންނާއި ބައެއް މަހުޖަނުން އަންނަނީ އަމިއްލަ ޖެޓްތަކުގަ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ވަރަށް ހާއްސަ ބައެކެވެ. އެމީހުންގެ ޗުއްޓީއަށް އެތައް ލައްކަ ޑޮލަރެއް، ބައެއް ފަހަރަށް މިލިއަނުން ވެސް ހޭދަކުރެ އެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިފައި އޮތުމުން ރާއްޖެ ކަހަލަ ތަނެއްގައި މަހެއް، ދެ މަހެއް ހޭދަކޮށްލަން ބޭނުން މީހުން އެބަ އުޅެ އެވެ. އެކަން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކެއް ހިންގަވާ އަދި ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވަކީ ކުރިން ވެސް ވިދާޅުވެފަ އެވެ. އޭނާ ލިއުއްވި މަޒުމޫނެއްގައި ވިދާޅުވީ ޕްރައިވެޓް ޖެޓްތަކަށް ހުޅުވައިލައިގެން ރާއްޖެއަށް ޓޫރިސްޓުން ގެނެވޭނެ ގޮތްތައް ހޯދާ، ދާއިރާ ކުރިއަށް ގެންދޭވޭނެ ކަމަށެވެ. ކޯޕަރޭޓް މޯލްޑިވްސް ވެބްސައިޓުގައި ޖެހި އެ އާޓިކަލްގައި އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު އަލުން ހުޅުވައިލުމުގެ ފައިދާ އެންމެ ރަނގަޅަށް ހިފޭނީ އަމިއްލަ ޖެޓްތަކުގައި އަންނަ ބޮޑެތި މަހުޖަނުންނަށް އެންމެ ފުރަތަމަ ފުރުސަތު ދީގެންނެވެ.

"އަމިއްލަ ޖެޓްތަކުގައި އަންނަ މަހަޖަނުންނާ އެކު މާ ގިނަ ފަސިންޖަރުންނެއް ނާންނާނެ. އެހެންވެ އެއާޕޯޓް ވީއައިޕީއާ ހިސާބުން ފަސޭހަމާ އެކު އެ މީހުން އައިސޮލޭޓް ކުރެވޭނެ. ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ހޯދައި އެ ތަނުން ވަގުތުން ޓެސްޓް ވެސް ކުރެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން އެ ހިޔާލަށް ތާއީދުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުލައި ނުވަތަ އޮގަސްޓްގައި ބޯޑަރު ހުޅުވައިލި ނަމަވެސް ކުއްލިއަކަށް ގިނަ ބަޔަކު ރާއްޖެ އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫނަސް، ޖެޓްތައް ޖެއްސޭ ފެންވަރަށް ހުރި ރީޖަނަލް އެއާޕޯޓުތައް އެ ޖެޓްތަކަށް ހުޅުވާލުން ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މާމިގިލި އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތް ވެއްޖެ ނަމަ އދ. އާއި އއ.ގެ ރިސޯޓުތަކަށް ޓޫރިސްޓުން އައުމަށް ފުރުސަތު އޮންނާނެ. މީގައި ބަލަންވީ އެއް ޓޫރިސްޓަކަށް ވެސް އާދެވެން އޮތިއްޔާ އެ ފުރުސަތު ދިނުން،" އަފީފް ވިދާޅުވި އެވެ.

ލަކްސް ނޯތު މާލެ އެޓޯލްސްގެ ވިލާއެއް: ވީހާވެސް އަވަހަކަށް ޓޫރިޒަމް ހުޅުވާލަން ޖެހޭ

މިހާރު ވެސް ރަޝިޔާގެ ގިނަ މަހުޖަނުންގެ ކުދިކުދި ގްރޫޕްތައް ޕްރައިވެޓް ޖެޓްތަކުގައި ކެރީބިއަން އައިލެންޑްސް ފަދަ މަންޒިލްތަކަށް ދަތުރު ކުރެ އެވެ. އެހެންކަމުން މިއީ ރާއްޖެއަށް ވެސް އޮތް ފުރުސަތެއް ކަމުގައި އޭނާ ގަބޫލުކުރައްވަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް އަރަބި ގައުމުތަކުގެ 2،000 މީހުން ރާއްޖެ އަންނަން ބޭނުންވެ އެވެ. މިކަމުން ވެސް އެނގެނީ ޕްރައިވެޓް ޖެޓްތަކަށް ބޯޑަރު ހުޅުވާލައިފި ނަމަ ރާއްޖޭގެ ޓޫރިޒަމް ކޮންމެވެސް ވަރަކަށް މިހާރު ވެސް ހިނގައިގަންނާނެ ކަމެވެ.

އެކަމަކު އެއީ ހައްލެއް ނޫން!

ރާއްޖޭގެ ޓޫރިޒަމްގެ މައި އެއް ކުންފުނި ކަމަށް ވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޝާހީން ވިދާޅުވީ ޕްރައިވެޓް ޖެޓުތަކުން އަންނަ މަހުޖަނުންނަށް ހުޅުވާލުމުން އޭގެ ފައިދާވާނީ މަދު ބަޔަކަށް ކަމަށެވެ. ގިނަ ކޮޓަރިތައް ހުންނަ ރިސޯޓުތަކަށް ޖެޓަކުން އަންނަ އާއިލާއަކަށް އެކަނި ހިދުމަތް ދީގެން ވާނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވަން އެންޑް އޮންލީ ކަހަލަ ރިސޯޓުތަކަށް ވެސް ފައިދާއެއް ނުވާނެ. ކުދިކުދި ތަންތަނަށް ފައިދާވާނީ. އަޅުގަނޑުމެން ހިންގާ ތަންތަނުގެ ތެރެއިން ކުޑަދުއަށް އެކަނި ފައިދާވާނީ،" ޝާހީން ވިދާޅުވި އެވެ.

ޓޫރިސްޓުން ފްލައިޓުން ފައިބައިގެން އަންނަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކުޑަދުއަކީ އެންމެ މަތީ ފަންތީގެ މަހުޖަނުންނަށް ހާއްސަކޮށް އޮންނަ ޕްރައިވެޓް އައިލެންޑެކެވެ. އެ ތަނުގައި ހުންނަނީ އެންމެ 15 ވިލާ އެވެ. އެހެންކަމުން ވަކި ބަޔަކަށް ފުރަތަމަ ފުރުސަތު ދިނުމުގެ ބަދަލުގައި އެންމެންނަށް ވެސް ބޯޑަރު ހުޅުވާލައި ޓޫރިސްޓުން އަންނާނެ ގައުމުތައް ދެނެގަތުން މާ މުހިއްމު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޝާހީން ވިދާޅުވި ގޮތުގައި ޖުލައިގައި ބޯޑަރު ހުޅުވައިލާނެ ވާހަކަ ދައްކާ އިރު، ޓޫރިޒަމް ދާއިރާގެ މީހުންނަށް އެކަންކަމުގެ ތަފްސީލު އަދި ނުލިބެ އެވެ. ބޯޑަރު ހުޅުވާލި ނަމަވެސް، ޔޫރަޕުންނާއި ޗައިނާ އިން ޓޫރިސްޓުން އަންނާނެ މިންވަރު އަންދާޒާކުރަން ވެސް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މޭޖާ މާކެޓަކީ ޔޫރަފް. އެކަމަކު މިހާރު ހާލަތު އޮތް ގޮތުން އެހެން ގައުމުތަކަށް ޔޫރަޕުން މީހުން ދަތުރު ކުރާނެ ކަމަށް ބެލެވެނީ އޮގަސްޓް ހިސާބުގައި. ދެން އޮތީ ޗައިނާ. އެއީ ވަރަށް ސެންސިޓިވް މާކެޓެއް. އެމީހުން ސަރުކާރުން ދަތުރު ނުކުރާށޭ ބުނެފިއްޔާ ދަތުރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވައިލާ އިރު ހަމައެކަނި މަހުޖަހުންނަށް ފުރަތަމަ އިސްކަން ދިނުމުގެ ވިސްނުމާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވެސް ދެކޮޅެވެ.

"މިހާރު މުޅި އިންޑަސްޓްރީ މިއޮތީ ކްރޭޝްވެފައި. ވީހާވެސް އަވަހަކަށް ހުޅުވައިލުން މުހިއްމު،"

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަ މި ހާލަތުގައި މި ފެންނަނީ ފޯކާސްޓް ކުރަން ވެސް އުނދަގޫ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ބޯޑަރުތައް ހުޅުވާލުމަށް ފަހުގައި، އެންމެ ފުރަތަމަ ޖެހޭނީ ރާއްޖެ އަންނަނީ ކޮން ކަހަލަ، ކޮން ފަންތިއެއްގެ ބައެއްތޯ ބަލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ: މިހާރު

"އަސްލު މިހާރު މުޅި ދާއިރާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ވަރަށް ބޮޑަށް ކްލިއާ ވާން ޖެހޭ. މިހާރު މިއޮތީ ކޮންފިއުޝަނެއްގައި. ބޭރުގެ އެކިއެކި މީޑިއާތަކުގައި ތަފާތު އާޓިކަލްތައް ލިޔެވޭ އިރު ދާއިރާގެ ސްޓޭންޑް އަދި ހުޅުވާލުމުގައި އަމަލުކުރާނެ އުސޫލު ވަރަށް ބޮޑަށް ސާފުވުން ވަރަށް މުހިއްމު،" ފިރާގު ވިދާޅުވި އެވެ.

ޖުލައި މަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވައިލާ އިރު އަމަލު ކުރާނެ ހާއްސަ ގައިޑްލައިންގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އާ ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓާއި ފައިނަލް ޑްރާފްޓް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި އޮތް އިރު އަލުން ހުޅުވާލާ އިރު ހުރިހާ ލެވެލެއްގެ ޓޫރިސްޓުންނަށް ވެސް އާދެވޭނެ ފުރުސަތު އޮތުން މުހިއްމު ކަމަށް ފިރާގު ވިދާޅުވި އެވެ.

"މިހާރު މުޅި އިންޑަސްޓްރީ މިއޮތީ ކްރޭޝްވެފައި. ވީހާވެސް އަވަހަކަށް ހުޅުވައިލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓް ޖެޓްތަކުގެ މޫވްމެންޓް އުޅޭނީ ގާތްގަނޑަކަށް 700 އާއި 800 އާ ދެމެދުގައި ކަމަށް ލަފާކުރައްވާ އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މުޅި ޓޫރިޒަމްއަށް ބަލާ ނަމަ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އަދި މިފަދަ ބަލި މަޑުކަމެއްގެ ހާލަތުގައި އެއަދަދު އިތުރަށް ދަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ ހިޔާލަކީ ޖެޓްތަކުން އަންނަ ދެތިން މީހަކަށް ވުރެ، މުޅި ދާއިރާ ހުޅުވައިލުން މުހިންމުވާނެ ކަމެވެ.

ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް 150 ރިސޯޓްގެ ތެރެއިން މި ވަގުތު ހިންގަމުން އަންނަނީ 10 ރިސޯޓެކެވެ.

މަހުޖަނުންނަށް އަމާޒުކޮށް ރިސޯޓްތައް ހިންގާ އިންވެސްޓަރުންގެ ނަޒަރުގައި، ކިތައްމެ މަދުން އައި ނަމަވެސް އެ ފުރުސަތު އޮތުމުން ޓޫރިޒަމްގެ ހަރަކާތްތައް ދާނީ ކުރިއަށެވެ. އަދި އެއީ ސަރުކާރަށް ވެސް، އެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް ލިބޭނެ އާމްދަނީއެއް ކަމަށް އެ މީހުން ބުނެ އެވެ.

މިހާރު ކުރިމަތިވެފައި މި އޮތީ މުޅިން އާ ހާލަތެކެވެ. އެހެންކަމުން މީގައި ސަރުކާރަށް އަމަލްކުރެވޭނެ ގޮތްތައް ވެސް ތަފާތުކުރެވިދާނެ އެވެ. މަގުސަދަކަށް ވާން ޖެހޭނީ، މި ގޮތަށް ހުރިހާ ކަމެއް ހުއްޓާލައިގެން ގިނަ ދުވަހު ނުތިބެވޭނެ ކަމެވެ. ކޮންމެވެސް ގޮތަކުން ބޯޑަރުތައް ވެސް އަދި ރިސޯޓްތައް ވެސް ހުޅުވާލަން ޖެހޭނެ ކަމެވެ. ދެތިން މީހަކުން ފަށައިގެން ނަމަވެސް، އެ ފުރުސަތު ވެސް އޮންނަން ޖެހޭނެ ކަމެވެ.

22 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 4%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލާ

05 June 2020

މުއްސަނދިންގެ އުފާ

The name is already taken The name is available. Register?

ޗޮޕްސް

05 June 2020

އިޓަލީ ފަދަ މީހުން އެންމެ ގިނައިން މަރުވި ގައުމުތައް ތަހައްމަލްކުރި ވޭނާ ނަފްސާނީ ބަލިމަޑުކަން އެހެން ބަޔަކަށް ނޭނގޭނެ އެފަދަ ކަމެއް ތަޖުރިބާކުރެވުމުން ނޫނީ. މާކެޓްތަކުގެ ވާހަކަ ދައްކާއިރު ދުނިޔޭގެ ހުރިހާ އެންމެންގެ ހަޔާތަށް އައި ސުނާމީއެއް މިއީ. ކުރިން ކަންކަން ހިނގި ގޮތަށް ހިނގާނެކަމަށް އެއްގޮތަކަށްވެސް ދެކެވިގެންނުވާނެ. ޗުއްޓީ ހަދަން ބޮޑު ހަރަދުކުރުން އެއީ މާޒީގެ ކަމަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

ޙަބީބު

04 June 2020

ތިއަންނަ ފަތުރުވެރިން ދައުލަތުން ބަލަންޖެހުނީ މަކާ ރީއްޗެއްނުވާނެ

The name is already taken The name is available. Register?

މުރާދަށް

04 June 2020

މުރާދުއަށް އެނގުނީ އެއްބައި. އެގެންޖެހޭ އެއްޗަކީ ޓޫރިޒަމްގެ ބާނިންނޭ ކިޔާގެން ތިބި މީހުން މިޤައުމު ޓޫރިޒަމް މޮނޮޕޮލައިޒް ކޮއްފަވާކަން. އެއަލިަން އަކަސް، އެއަރޕޯޓަކަސް އެމީހުން ހައިޖެކްކޮއްފަވާކަން. އެއްވެސް ރައްޔިތަކަށްވެސް، ދައުލަތަކަށްވެސް އެކަމުން ލިބޭ ފައިދާއެއްނެތްކަން. އެމީހުން ހަމަ ބޭނުން ވެލީމަ މުވައްޒަފުންތައް އުކާލާ ޤައުމުގެ އެކޮނޮމީ ވައްޓާލީކަން. މިވަގުތު ޚިދުމަތެއްދޭންވެސް އޮތީ ރައްޔިތުންގެ ކުންފުނިތައްކަން. ޓޫރިޒަމްގަ ރައްޔިތުންގެ ހިއްސާބޮޑުކުރަންޖެހޭކަން.

The name is already taken The name is available. Register?

ހުޢްޓުވާ

04 June 2020

ހާލުގަ ޖެހުނު ދުވަހު ޓޫރިޒަމްއިން ކުރި ފައިދާއެއް ފެންނާކަށްނެތް. މަދު ބަޔަކު މިލއަނަރުންނަށް ވިއަސް އޭގެން ގައުމަށް ފައިދާއެއް ނުވާކަން އެގިއްޖެ ކޮވިޑް19 ގަ. ޓްއަރިސްމް ގަ އާދަިއގެ ރައްޔިތުންނަށް ހިއްސާވެވޭނެ ގޮތް ހަދާދީ. މޯލްޑިވިއަން ފަދަ ރައްޔތިުންގެ ކުންފުނިތަކަށް ޓީއެމްއޭ، މަންތާ ކަހަލަ ކުންފުނިތަކުން ފައިން އެރިޔަ ނުދީ. ދާލު، މާމިނގިލި، މަޑިވަރު ފަދަ ކުނފުނިތަކުން އެމްއޭސީއެލް އަށް ފައިން އެރިޔަނުދީ.

The name is already taken The name is available. Register?

މުރާދު

04 June 2020

ފައިދާ ނުވާ ކަމޭ؟ ކޮވިޑުން މަށައް އެނގުނު ކަމަކީ ޓޫރިޒަމް ނޫން ކަމެއް ނެތް ކަން، އެކަން ހުއްޓުނު އިރަށް ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ ކަން، މިއޮތްހާ ދުވަހު މިއުޅުނީ ހަމަ އެކަމުގެ ނަފާގަ ކަން. މިކަމުން އެނގުނީ މީހެއްގެ އަމިއްލަ ޖީބުގަ ހުރި ހުރިހާ ލާރިޔެށް ހިލޭ ސާބަހަށް ހަރަދު ނުކުރާނެކަން. މީގެން އެނގުނީ ދިވެހިންނަކީ މާލީ ކަންކަމުގަ ޒިންމާދާރު ކުޑަ ބައެއްކަން، ސޭވް ކުރުން އެއްވެސް ވަރަކަށް ނުގެން ގުޅޭ ކަން.

The name is already taken The name is available. Register?

އުއްމީދު

04 June 2020

ކުރަންވީ ކަންތައް ވަރަށް ސާފު. މަދު އަގުބޮޑު ކޮޓަރި ގެންގުޅޭ މީހުންނާ، ގިނަ އެވްރެޖް އެކަމަކު ރާއްޖޭގެ ރައްޔިތަކަށް އަތްނުފޯރާފަށުގެ ކޮޓަރި ގެންގުޅޭ މީހުންނާ ދެބައިމީހުން ކޮންމެ މީހެއްގެ އަމިއްލަ އެޖެންޑާ ނަގާ ހުޅުވާއިރު، ސަރުކާރުން ކުރަން ވީ ކަމަކީ ގިނަ ރައްޔިތުންނަށް މި ޢިންޑަސްޓްރީގަ އިންވެސްޓް ކުރެވޭނެގޮތް ހަދާދީ، މި އިންޑަސްޓްރީއަކީ ދައުލަތުގެ ކޮންޓްރޯލް އޮންނަ އިންޑަސްޓްރީ އަކަށް ހެދުން.

The name is already taken The name is available. Register?

އަލީގ

04 June 2020

މިހާރުވެސް ޕްރައިވެޓް ޖެޓްތަކުގަ އަންނަ މީހުންނައް އުސޫލުތަކެއްގެ ތެރެއިން ރިސޯޓުތައް ހުޅުވާލަންވީ އަދި އެމީހުންނައް އާދެވޭނެގޮތަކައް އެއަރޕޯޓްތަކުން ހިދުމަތްދޭންވީ އަދި ޖުލައިމަހު މިކަންތައްދާގޮތެއް ބެލުމައްފަހު އިތުރައްފުޅާކުރެވޭނެކަމައް ވަންޏާ އެކަންކުރަންވީ.

The name is already taken The name is available. Register?

ގަޓް ބްރޯ

04 June 2020

ރާއްޖޭގެ ރިސޯޓްތައް މަތީފެންވަރުގެ ގެސްޓުންނަށާ މަހުޖަނުންނަށް ޚާއްސަކުރުމަކީ ރަނގަޅު ކަމެއް. މެދުފަންތި އާއި އާދައިގެ ފަތުރުވެރިން ގެންނަންވީ ގެސްޓް ހައުސްތަކާ ހޮޓާތަކަށް އެކަމަކު އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގަވެސް ފަތުރުވެރިންނަށް ޚިދުމަތްދޭން ހުންނަ ފިހާރަތަކުގެ ފެންވަރު ވަރަށް ދަށް. އަދި އެތަންތާ ތިބޭ ބައެއް މީހުންނަށް ކަސްޓަމަރ އަކީ ކޯންޗެއްކަންވެސް އެނގޭހެނެއް ހިޔެއްނުވޭ. މިކަންވެސް ބަދަލުވާން އެބަޖެހޭ.

The name is already taken The name is available. Register?

ގަޓް ބްރޯ

04 June 2020

އިސްލާހު: ކަސްޓަމަރ ކެއާ..

The name is already taken The name is available. Register?

ފެން1

04 June 2020

ހަމަ އެންމެ ރަގަޅު ގޮތަކީ ފުރަތަމަ ފިޔަވަހީގައި މާނައަކީ ޖުލައިގައި ޕްރައިވެޓް ޖެޓްތަކަށް އެކަނި ބޯޑަރު ހުޅުވާލުމެވެ. އެއަށް ފަހު އޮގަސްޓްގައި ކޮވިޑް ނުރައްކާ ކުޑަ ގައުމުތަކުން އަންނަ މީހުންނަށް ބޯޑަރު ހުޅުވާލުމެވެ. ހަމައެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އެއްވެސް ރިސޯޓަކުން އަދި ސަފާރީއަކުން އެހެން ރަށަކަށް ނުދެވޭގޮތަށެވެ. ދެން ގެސްޓް ހައުސްތަކަށް ސެޕްޓެމްބަރު އޮކްޓޫބަރުގައި ކޮވިޑަށް ޓެސްޓްކުރުމަށްފަހު ރަށަށް އެރޭގޮތަށެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

04 June 2020

އެހެންބަޔަކު ވެރިކަމުގަ ތިބޭނަމަ ރާއްޖެއަޑިޔަށް ދަނީއޭ ބުނެ ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެ އެފުށް މިފުށަށް ޖެހި މީހުން މިއަދު ޖަމަލު ގުދޯތަ މިގޮވަނީ . ލަދުގެ ކުޑަމިން ވަރެއްވެސް ނެތެއްނޫން ހެއްޔެވެ. ގައިމު ﷲ ގެ ރަޙްމަތުން އިންސާނާ ބޭރުވާ ކަމުގަ ވަނީ އެމީހެއްގެ ކިބައިން ލަދުވެތިކަން ފިލާދިއުމުން ކަމުގަ ވެއެވެ. ދެން އެއާއި ހަމަބުއްދިވެސް ފިލާދެއެވެ.

The name is already taken The name is available. Register?

ނިރު

04 June 2020

ޓުވަރިޒަމް ހުޅުވާލަން ޖެހޭނީ އަންނަން ބޭނުންވާ ހުރިހާއެންމެންނަށް އާދެވޭ ގޮތަށް ރައްރަށު ގެސްޓް ހައުސްތަކަށް އަންނަން ބޭނުންވާ އެތައްބައެއް އެބަތިބި އެތަންތަނުގަ މަސައްކަތްކުރާ މީހުންނަށް ކޮންމެ ދުވަހަކު އެތައް ގެއްލުމެއް ވަނުމްދަނީ ބަރާބަރަށް ގޯތީ ވެރިފަރާތަށް ކުލި ދައްކަންޖެހޭ މުވައްޒަފުންގެ މުސާރަ ދޭންޖެހޭ.. ވަރަށް ރޭވުންތެރިކަމާއެކު އަޑިނޭގޭ ކަންތައްތަކެއް އެބަހިންގާ.. ސަރުކާރުން ބޭނުންވާ ކޮންމެ ގޮތަކަށް މޫމިނާ ހުއްދަދެމުން ގެންދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454