ރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
07 ޖޫން 2020 - 00:39
މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.
މާލެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އޭޕްރީލް 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ހަމައަށް، މާލޭގައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ފޮނުވަމުން އައީ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހު ބޭތިއްބުމަށް ފަހު އެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ސީދާ ރަށަށް ގޮސް ޝަރުތުތަކަކާ އެކު ހޯމް ކަރަންޓީން ވެވޭނެ އިންތިޒާމު އެޗްޕީއޭ އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، އެ މީހުންގެ ކަރަންޓީންގެ މުއްދަތަކީ އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން 14 ދުވަހުގެ ބަދަލުގައި 24 ދުވަހެވެ.
ރޭގެ މީޑިއާ ބްރީފިންގައި "މިހާރު" ން ކުރި ސުވާލަކާ ގުޅިގެން ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، އެއްވެސް "ޓްރެވަލް ރިލޭޓެޑް ކަރަންޓީން" އެއް ނަމަ 24 ދުވަހުގެ މުއްދަތަކަށް ގޭގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރަންޖެހޭ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުން އަންނަ މީހުންނާއި މާލެ އިން ރަށްރަށަށް ދާ މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ ދަތުރުކުރާ މީހުން މީގެ ފަހުން ހަދާނީ އެންޓި ބޮޑީ ޓެސްޓު ކަމަށެވެ. މީގެ ކުރިން އެ މީހުންގެ ހަދަމުން އައީ ކޮވިޑް-19 ގައިގައި ހުރިތޯ ބެލުމަށް ކުރާ ޕީސީއާރު ޓެސްޓެވެ. އެކަމަކު، މި ބަދަލާ އެކު 24 ދުވަހުގެ ކަރަންޓީން މުއްދަތެއް ދެނީ އެންޓި ބޮޑީ ހަށިގަނޑުގައި އުފެދޭ މުއްދަތަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންޓިބޮޑީ އަށް ފުރަތަމަ ވެސް ޕޮޒިޓިވްވާން ފަށާނީ ގާތްގަނޑަކަށް 9-11 ދުވަސް ތެރޭގައި. އެހެންވެ، ޓްރެވަލް ރިލޭޓެޑް ކަރަންޓީންތަކުގައި އެންޓިބޮޑީ ޓެސްޓު ހަދާތީވެ 24 ދުވަސް މި ދެނީ" ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެންޓި ބޮޑީ ޓެސްޓުގައި ބަލަނީ 10 ވަރަކަށް ދުވަސް ކުރިން ކޮވިޑް-19 ޖެހިފައިވޭތޯ އާއި އެ ބަލި ޖެހިފައި ރަނގަޅުވެފައިވޭތޯ އެވެ.
މީގެ ކުރިން ރާއްޖެ އިން ބޭރުން އަންނަ މީހުން ވެސް ކަރަންޓީން ކުރަމުން އައީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. ރަށްރަށަށް ދާ މީހުން ވެސް ފެސިލިޓީތަކުގައި ކަރަންޓީންކޮށް ދޫކޮށްލަނީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު އެވެ.
ނަމަވެސް މި ބަދަލާ އެކު، ސީދާ ރަށަށް ދިއުމުގެ ހުއްދަ ލިބިފައިވާއިރު، އެކަން ކުރަން ޖެހެނީ އެ ރަށެއްގެ ކައުންސިލާއި އެލްޖީއޭ ގުޅިހެން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލެއްގެ ދަށުންނެވެ. މީހަކު ގޭގައި ކަރަންޓީން ވުމަށް ފަހު، އެ ގޭގައި ދެން ތިބި އެއްވެސް ބަޔަކަށް ބޭރަށް ދިއުމާއި ބޭރުން މީހަކު ގެއަށް ވަނުމުގެ ހުއްދައެއް ނޯންނާނެ އެވެ. މި ނޫން ވެސް ހަރުކަށި އުސޫލުތަކެއް އެޗްޕީއޭ އިން ވަނީ ހޯމް ކަރަންޓީން ވުމުގައި ކަނޑައަޅައިފަ އެވެ.
ހޯމް ކަރަންޓީން އަށް ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވައިލުމުން ގިނަ ބަޔަކު މިހާރު ވަނީ އޭގެ ބޭނުން ހިފަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
07 June 2020
ތިޔައީ އާދައިގެ ރޯގާއެއް. މިހާރު މާލެސިޓީގެ %95 މީހުން އެސިމްޕްޓޯމެޓިކް ވާނެކަމަށް ބަލަންޖެހޭ. ރާއްޖޭގެ މާހައުލު އޮތްގޮތުން ރޯގާއެއް ފެތުރިއްޖެނަމަ އެންމެނަށްހެންމެ އެފަދަ ބައްޔެއް ޖެހޭ. އެއުސޫލުން އެއްވެސް ތަފާތެއްނެތް. މާކަންތައްގަޑު ބޮޑުވެގެން މިދަނީ. އެތައްސަތޭކަ މިލިއަން ރުފިޔާ ހަރަދު ކުރިއިރު ރާއްޖޭގެ 3 މީހުން މަރުވީ. މިކަމާ ސުވާލުނޫފެދޭތޯ. ބައްޔެއް ނުރައްކާ ކަމަށް ބާލާ މިންގަޑަކީ މީހުން މަރުވާ ނިސްބަތް ނޫންތޯ. މީހުން އުޅޭގޮތުން ހައިރާންވެ
އަދުރޭޓިނު
07 June 2020
ލާރިކޮޅުކާލެވޭނީ މުއްދަތު ދިގުވިވަރަކަށް. މިނަޒްލާގެ ވަނަވަރު މިތާގައި ލިޔެފައި އޮތްއިރު ދަރިދައްކަންގޮސްފަ ކިހާވަރެއްގެ އެކްސްޕާޓެއްކަން އެނގުނު.
ޑޮކްޓަރ ނާން
08 June 2020
އެއީ ޑޮކްޓަރ ނަޒްލާ. ހާދަ ރެސްޕެކްޓެއްވެސް ބައެއް ދިވެހިންގެ ނެތޭ. ދަރިން ޑޮކްޓަރަށް ގެންގޮސް ބެލެނިވެރިޔާ ހިތް ހަ މަ ނުޖެހޭ އެއްޗެއް ބުނެފިއްޔާ،ޑޮކްޓަރު ގޯސްވެ ޑޮކްޓަރާ ޒާތީ ވޭ
ާއަލިމޯޑު
07 June 2020
އައްޑޫއަށް މާލެއިން ދާމީހުންވެސް ތިޔަބުނާ ކަރަންޓީ 24 ދުވަސް ހަމަކޮށްފަ އެންޓިބޮޑީ ޓެސްޓު ހަދާނެ ނޫންތަ.އައްޑޫ އެއިމްސްއަށް ހުއްދަ ނުދިނީ ތިޔަ ޓެސްޓު ހަދަން ހުއްދައަށް އެދިފަ އޮތީމަކަމަށް ޑަކުޓަރު ބުނި ރޭގަ.އެވެސް އެމްޑީޕީ މަޖިލިސް މެންބަރެއްގެ ތަނެއްނަމަ ހުއްދަ ދިނީސް ކަންނޭނގެ.
އައިންތު
08 June 2020
އަބަދު އައްޑޫ އައްޑޫ ކިހާ ބޮޑުވެއްޖެ ކަ މެއް އޭ؟
ކައްކާ
07 June 2020
"އެހެން ރަށްރަށުގައި ކަރަންޓީނަށް 24 ދުވަސް"، ރާއްޖޭގައި އެހެންރަށްރަށާ މިރަށާ އެރަށާ ތަފާތުނުކުރަން ވެރިކަން ބަދަލުކުރީ، މިހާރު ރާއްޖެތެރެ ނުކިޔާ މިކިޔަނީ އެހެންރަށްރަށޭ.
lovely
07 June 2020
ތިޔަ ޓެގް ގްރޫޕްގައި ހަގިގީ ތަޖުރިބާހުރި ބަޔަކުނެތް. ތިޔަ ގްރޫޕްގެ ގިނަ އެޑްވައިސްތައް ހަމނުޖެހޭކަން ފާހަގަ ކުރެވޭ.
100 100
08 June 2020
ކަލޭ ހަވާލުވޭ ދެން
ސާލިހު
07 June 2020
ސިއްހީމަރުކަޒު ތަކުގެ މުސާރަވީކުޑަ މާލޭގެ ހޮސްޕިޓާތަކުގެ މުސާރަވީބޮޑު ކިހާމަޖާ
ޒަމީރު
07 June 2020
މި ކޮން ދުވަހަކު އިއުލާން ކުރި ކަމެއްގެ ވާހަކަ؟ މަށަކަށް ހިޔެއް ނުވޭ ސަރުކާރު ކީއްކުރަން މި ރާއްޖޭގެ އެއްވެސް މީހަކަށްވެސް މިކަން އެނގޭ ކަމެއް. މީހުން އޮޅުވާލަން ދޮގު ހެދިޔަސް މިދެން އެކަމަކު ފުކެއް ބޮޑުވަރު.
ސާލިހު
07 June 2020
ރަށައްދާމީހުންނަށް ބޮޑު އުނދަގުލެއް
މޫސާގެފާނު ގައުމު މީހުން
07 June 2020
ކުރީގައި ރަށަށް ނުދެވިގެން. މިހާރު ރަށަށް ދެވޭ ގޮތް ހަދައިދިނީމަވެސް.. ކަލޭމެންނަށް ރަނގަޅު ގޮތެއް އެބައޮތްތަ؟
ސަލީމު އިދުރީސް
07 June 2020
ތިކަންތިހެން ކުރިން ނުކުރީކީއްވެ؟ ކޮންގައުމަކުތޯ ފައިސްޓާ ހޮޓާތަކައް ސަރުކާރުން ފައިސާދައްކައިގެން މީހުން އެކަހަރި ކުރަނީ! ތިކަމައް ރައްތުންގެ ފައިސާއިން އެއްބިލިޔަން ރުފިޔާހަރަދު ކުރިއިރު ރާއްޖެތެރޭގަ ޓެސްޓުހެދޭނެ ވަރު ނުވިތާ މާލޭގަވެސް ފުރިހަމަ ގޮތުގަ ތިކަން ކުރެވިފަނެއް ކަން މިއަދު އެގިއްޖެ
މިވަރެއްނެތް
07 June 2020
ކަނބުލޯމެންނަށް އެނގިލައްވާތޯ 10 ދުވަހު ހުންނަންޖެހޭ މީހަކު އިތުރު 14 ދުވަސް އައިސޮލޭޝަނުގައި ހުރުމުން ރަޢްޔިތުންގެ ފައިސާއިން އެހާދަވާ މިންވަރު؟ އެއީ މިހާރު އެކަހެރިކޮށް ތިބި މީހުންގެ ނިސްބަތުން ބަލާނަމަ 15.5 މިލިޔަން ރުފިޔާ! ތިހެންވާތީ އަހަރެމެން ފެށުނީއްސުރެން މިކިޔަނީ މި ސަރުކާރުން އެޅި އެންމެ ޅައެއްޗަކީ ހުރިހާ ކަމެއް ނިންމުން ޑޮކްޓަރުންނާ ހަވާލުކުރުމޭ! އެކަމުގެ ހިތި ރައްޔިތުން މިއުފުލަންޖެހެނީ. ޑޮކްޓަރުންގެ ރިސްކު އެލަވަންސް ވީ ބޮޑު!
ކަރީމް
07 June 2020
އަޅެ ކޮމެންޓުތަށް ކުރަނީ ހަމަ އެކަނި ސުރުހީ ބަލާފައިތަ؟ އެންޓިބޮޑީ ޓެސްޓު ހަދައޭ ކިޔާ ކޮވިޑް ޕީސީއާރު ޓެސްޓު ކުރުން ހުއްޓާ ނުލާނެ. އަދިވެސް ކޮވިޑްގެ މައި ޓެސްޓަކީ ޕީސީއާރު ޓެސްޓު. އެންޓިބޮޑީ ޓެސްޓު ހަދަނީ ހަމައެކަނި ޓްރެވެލް ރިލޭޓެޑް ކަރަންޓީނުތަކަށް. މިވަރުވެސް ނޭނގުނީތަ އާޓިކަލް ކިޔާ ނިންމާލިއިރު؟ ދެން ރާއްޖެތެރޭގައި ނުވެއޭ ގޮވާއިރު، މިހާރު ރާއްޖޭގައި ފަސް ސަރަހައްދެއްގައި ކްރިޓިކަލް ފަރުވާ ދެވޭ ގޮތަށް ކޮވިޑް ސެންޓަރުތައް ހަދާ ނިމިފައިވަނީ.
ޑރ. ޙަސަން ފުޅު
07 June 2020
24 ދުވަސް ވައިރު ގޭ ގަ ހުއްޓަސް އެބައޮތް ގޭގަ ތިބި އެހެން މީހުނައް ދިޔުމުގެ ފުރުސަތު. މިތަނުން ދިޔަ ބޭރު މީހުން ވެސް ދިޔައީ ޓެސްޓް ހަދައިގެން ގައުމައް. ޜަށައް ދާ ދިވެހި މީހާ ކީއްވެ ޓެސްޓު ނުކުރެވެން ވީ؟
މޫސާގެފާނު ގައުމު މީހުން
07 June 2020
ކިހާ ދެރަކަމެއް މި ދެން. އުސޫލުގައި އެބައޮތްތަ ބޭރުމީހަކު އިސްތިސްނާވާ ވާހަަކަ؟ ؟މިހާރު ހެދިފައި އޮތް އުސޫލެއްވިއްޔާ ހަމަހަމަ ކަމާއެކީ އެންމެންނަށް އެޕްލައިވާނެ.
ޙިއްވަރުގަދަ އަލީ
07 June 2020
ޙަ މަ ބޭކާރު ގޮތުގަ ރައްރަށުގެ މީހުން މާލޭގަބަންދު ކޮއްތަ މާބޮޑުކަ މަކައް ހަދައިގެން ، މުޅި ބޯޑަރުބަންދުކޮއްގެން ، މުޅިގައު މު އިނަދަޖައްސާލަފި ،