ރާއްޖޭގެ ރީތި މޫދަކާއި ގޮނޑުދޮށް: "ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓުން ރާއްޖޭގެ މަންޒަރުތައް ދުނިޔެއަށް ދައްކާލަދިން
09 ޖޫން 2020 - 06:53
ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މިވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަލުން ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމުގެ ހަރަކާތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ރޭ ކުރިއަށްގެންދިޔަ "ދަ ސަން ވިލް ޝައިން އެގެއިން"ގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެތައް ބައެއްގެ މެސެޖްތައް، ފޭސްބުކް މެދުވެރިކޮށް ދުނިޔެއަށް ފޯރުކޮށްދީފ އެވެ.
މި އިވެންޓުގައި އެމްއެމްޕީއާރުސީން ބޭންކުރީ ރާއްޖޭގެ ރީތި މަންޒަރުތަކާއި އެކި ޓޫރިސްޓުންގެ ތަޖުރިބާ ވީޑިއޯ އާއި ފޮޓޯތަކެވެ. މި މަންޒަރުތައް ފޭސްބުކް ލައިވް މެދުވެރިކޮށް ބެލި ކޮންމެ މީހަކު ވެސް ބުނަނީ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމާ އެކު ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި މި އަހަރު ނާދެވޭ ނަމަ އަންނަ އަހަރު ވެސް ރާއްޖެއަށް އަންނަން ތައްޔާރުވާނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.
ގިނަ ބަޔަކު ރާއްޖެ ސިފަކުރީ "ޖަދުވީ ދުނިޔެއެއް"ގެ ގޮތުގަ އެވެ. އެމްއެމްޕީއާރުސީގެ މި ވީޑިއޯތަކުން ބެލުންތެރިން އެންމެ ބޮޑަށް ޝައުގުވެރިކުރުވީ ރާއްޖޭގެ ރީތި ކަނޑުތަކާއި ތަފާތު ބާވަތްތަކުގެ މަސްތަކެވެ. ގިނަ މީހުން ބުނާ ގޮތުގައި އެ މީހުން ބޭނުންވަނީ ރާއްޖެ އައިސް އެ މަންޒަރުތައް އަމިއްލައަށް ދެކިލައި، ތަޖުރިބާކޮށްލާށެވެ.
ރާއްޖެއަކީ ހަނީމޫނަށް ދަތުކުރާ މީހުންގެ މެދުގައި އެއްމެ މަގުބޫލު މަންޒިލެވެ. އެކަން އެމްއެމްޕީއާރުސީގެ އިވެންޓުން ވެސް އެނގުނެވެ. ބައެއް މީހުން ބޭނުންވަނީ ރާއްޖޭގައި ކައިވެނިކުރާށެވެ. އަދި ކައިވެނިކޮށްގެން ތިބި މީހުން ބޭނުންވަނީ ދުވަސްވި ނަމަވެސް އެމީހުންގެ ފުރިހަމަނުވެ އޮތް "ހަނީމޫން" ރާއްޖޭގައި ހޭދަކުރާށެވެ. މީގެ ސަބަބެއް ކަމަށް ބުނީ ރާއްޖޭގެ ރިސޯޓުތަކަކީ ބޭނުންވާ ޕްރައިވެސީ ލިބޭ ހިތްގައިމު ތަންތަނަށް ވުމެވެ.
ޓޫރިސްޓެއްގެ ކައިވެނީގެ ހަފްލާގައި ރިސޯޓެއްގެ ބައެއް މުވައްޒަފުން ދިވެހި ސަގާފީ ހެދުމުގައި: ބައެއް ޓޫރިސްޓުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ ކައިވެނި ބާއްވަން ފޮޓޯ: ނިޝާން އަލީ/ މިހާރު
ދުނިޔޭގެ ހަޔާތުގައި ކޮށްލަން ބޭނުންވާ ކަންކަމުގެ "ބަކެޓު ލިސްޓް"ގައި ގިނަ ބަޔަކު ވަނީ ރާއްޖެ ޒިޔާރަތްކުރުން ހިމަނައިފަ އެވެ. އާންމު ގޮތެއްގައި ބައެއް މީހުން އެއް ފަހަރު ދާ ތަންތަނަށް އަލުން ޒިޔާރަތްކުރާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް ރާއްޖެ އައި ގިނަ ބްލޮގަރުންނާއި ޝޯޝަލް މީޑިއާ އިންފްލުއެންސަރުން ބުނާ ގޮތުގައި ކިތަންމެ ފަހަރަކު ރާއްޖެ އައި ނަމަވެސް ފޫއްސެއް ނުވާނެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި އިންޑިއާގެ ޓޫރިސްޓަކު ބުނީ އޭނާއަށް އެންމެ ހިތްގައިމު ކަމަކީ ސީޕްލޭން ދަތުރުތަކެވެ. ސީޕްލޭންގައި އިންނަ އިރު ފެންނަ މަންޒަރުތައް ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށާއި އެ މަންޒަރުތައް ހަމައެކަނި ބަލާލަން ވެސް ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ދެ ޓޫރިސްޓަކު ކެނޯ ދުއްވަނީ: އެތައް ފަހަރަކު ރާއްޖެ އަންނަން ފޫހިނުވާނެ ކަމަށް ބައެއް މީހުން ބުނޭ - ފޮޓޯ: ނިޝާން އަލީ /މިހާރު
ރާއްޖެ އައި އެހެން ޓޫރިސްޓަކު ސިފަކުރި ގޮތުގައި "ދުނިޔެ މަތީގެ ސުވަރު"ގެ ލަގަބު ރާއްޖެއަށް ލިބިފައިވަނީ ދިވެހިންގެ ސަބަބުންނެވެ. އެގޮތުން އޭނާ ރާއްޖެއަށް ކުރި ދަތުރުގައި އެންމެ ހިތްހަމަޖެހުނީ ދިވެހިންނާ ބައްދަލުވެ ދިވެހި ކެއުމުގެ ރަހަ ބަލާލެވުމުން ކަމަށް އޭނާ ބުންޏެވެ.
"ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް ޕެރެޑައިޒެއް. އަޅުގަނޑުގެ ދަތުރުގައި ދިވެހިންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު. އެއީ ވަރަށް ހިތްހެޔޮ ބައެއް. އަޅުގަނޑު ބޭނުން އަދިވެސް ދިވެހިންނާ އެކު ވަގުތު ހޭދަކުރަން ރާއްޖެ ދާން،" އޭނާ ބުންޏެވެ.
ޓޫރިސްޓުންތަކެއް މަޑިތަކެއް ބަލަނީ: އަލުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަނީ އަންނަ މަހު -- ފޮޓޯ/މިހާރު
މި އިވެންޓުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވަން ރިސޯޓުތަކުންނާއި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވެސް ދައްކުވައިދީފަ އެވެ. ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި ތަނެއް ކަން ރިސޯޓުތަކުންނާއި ސަރުކާރުން އެ ވީޑިއޯތަކުގެ ޒަރީއާއިން ކަށަވަރު ވެސް ކޮށްދިނެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑާއި އޭނާ ފެންނަ ވީޑިއޯއަކުން ވެސް، ދުނިޔެއަށް ރާއްޖޭގެ ޓޫރިޒަމާ ބެހޭ މެސެޖް ފޯރުކޮށްދިނެވެ. އޭގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއި އެކި ގައުމުތަކުގެ ސަފީރުން ވެސް ވަނީ ރާއްޖެ ޒިޔާރަތްކުރުމުގެ ދައުވަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދީފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި އިވެންޓްގައި ސުވާލުތަކަށް ޖަވާބު ދިން މީހުންގެ ތެރެއިން 30 މީހަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
09 June 2020
މިރާއްޖޭގެ ޓުއަރިޒަމަކީ އަލީ ވަހީދުތަ...ބަލަ ދިވެހި މިގައުގެ ރީތިކަމެއް 1 މިނަޓެއްގެ ވީޑިއޯއަކުން ނުދެއްކޭނެ.
ހުސެން...1234
09 June 2020
މި އިޝްތިހާރު ވަރަށް ފައްކާ.... ތިހާ ގިނަ މީހުން މި އިޝްތިހާރަށް ކޮމެންޓް ކުރުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބެއް.... މިހާރު ރާއްޖޭގެ މީހުންގެ ވިސްނުން ހުންނަގޮތުން ކޮންމެފަދަ ގޮތަކަށް މިކަންތައް ކުރިނަމަވެސް ހަމަ އެހާ ފާޑު ކިޔާނެ.... އެންމެންނަށް މިހާރަކު އެއްވެސް ކަމެއް ރަގަޅެއްނުވާނެ......އަދި މިހާރު މިއޮތީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައެއްނު.....
ހަސަންފުޅު
09 June 2020
ތި ވީޑިއޯ އަކީ ވަރަށް ބޮޑަށް މިދިވެހި ރާއްޖެގެ ހަގީގަތާ ހިލާފް ވީޑިއޯ އެއް . ދިވެހި ރައްޔިތުން ދިރި އުޅޭ ހާލު ބޭރު ދުނިޔޭގެ މީހުނަށް އޮޅުވާލުން . މަކަރުހެދުމާ ، ހަގީގަތް އޮޅުވާލުމާ، ދޮގުހެދުމާ ، މަކަރާހީލަތުން ފައިސާ ހޯދުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގަ ވެސް ބޮޑު ކުށެއް ، މި ރާއްޖޭގަ ނޫނީ..
ހަސަން ސަނީ
09 June 2020
ޗާލެއް ނޫނެއްނު، އެހެރަ ގިރާ ހުސްވަނީ
ބޭރު މީހާ
09 June 2020
އަސްލު ތި ވީޑިއޯ ވަރައް ފުރިހަމަ ވެފަ މާބޮޑައް ވެސް ރީތި ވެފަ މީހުން މާބަލާލާ ހިތުން ބެލިސް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ލައްވާ ކުޅުވި ނަމަ .....ތިކަހަލަ ކަންކަމައް އަޅުގަނޑަށް ޖާބިރު ވަރެއް ނެތް...ޖާބިރު ގެ އެކްޓިން މާ ހަބޭސް ވާނެ...
ބޮޑު މުހައްމަދު
09 June 2020
އެތާ އޮތް މީދާކޭ އުނބުން ދައްކައިދެނީ މި ނާގާބިލް ސަރުކާރުގެ ސިކުނޑި.
ވިސްނާލުމަށް އެދެމޭ
09 June 2020
ހައްހައްހާ ????ހަބޭސްއިގޭ
55559
09 June 2020
ކާއްޓަކީ ކޮންމެ ވެސް ބޭފުޅެއްގެ ސިކުނޑި...އެހާ ވެސް...
ވިސްނާލުމަށް އެދެމޭ
09 June 2020
އާއެކޭ ކަލޯނޭ މަގޭވެސް ހިތަންއެރި ކީއްކުރާ ކާއްޓެއްތޯ އޮޔާ ކަނޑު މަތީގަ އެތައް ދުވަހެއް ވަންދެންއޮތްކަން ކާށީގެ ބޮނބިގަޑު ބުނަނީ...މިސަރުކާރެކޭ އެއްގޮތަށް ކަނޑުވެފަ މަގު މަތިވެފަ އޮއްވާ ލެއްގީކަ މަށް...
މިވަރެއްނެތް
09 June 2020
އިވުނު އަޑަކުންނާއި އަދި ފެނުނު މީހެއްގެ ފަތިފުށުގެ ސަބަބުން ތިވީޑިޔޯއިން ފެނުނު ސުވަރުގެއެއް ފަދަ ރީތި މަންޒަރުތައް ތަޣައްޔަރުވެއްޖެ!
ފަރުދު
09 June 2020
ރާއްޖޭގައި ޓޫރިޒަމް ނެތް ސަރަޙައްދުތަކަށް ޓޫރިޒަމް ތަޢާރަފް ކުރެއްވުމަށް ނެންގެވި ރަށްތައް ހުޅުވެން ވާއިރަށް ބިޑްކޮށް މަސައްކަތް ފަށައިގަނެވޭތޯ ބައްލަވައި ދެއްވަންވީނޫންތޯ ! މިހާރު ތިޔަ ފެންނަ މަންޒަރުތަކަށް ވުރެވެސް މާހިތްގައިމު މަންޒަރުތައް ފެނިގެންދާނެ އޭރުން !
ފަހުދު
09 June 2020
ވީޑިއޯ އިންފެންނަނީ ލައްގާފަ އޮތް ކާއްޓެއް ފެނުނަސް އިންޓަނެޓައް ވަދެ ވިކޭތޯ ބަލަން އުޅޭތަން. ބޯހަލާކު