ޚަބަރު / ހައި ކޯޓް

ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ ގިނައިން ބަންދުގައި ނުބޭތިއްބޭނެ: ހައި ކޯޓު

ހައި ކޯޓް: ކުދި ކުށްތަކުގަައި 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބޭތިއްބޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު

ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. ބުނާގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެއްކެއް ނެތަސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި 15 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ބަންދު ކުރެވިދާނެ އެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ބަންދުގެ މުއްދަތުު އިތުރު ކުރެވޭނީ ޖިިނާއީ ބޮޑު ކުށްތަކުގަ އެވެ. އެކަމަކު ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ކުރުމާ މެދު އެ މާއްދާގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ.

ލޯބިވެރިޔާއާ މެދު މާރާމާރީ ހިންގުމުގެ ތުހުމަތެއްގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރު 15 ދުވަހަށް އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމުގައިވަނީ ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި 15 ދުވަސް ހަމަވުމުން އިތުރަށް ބަންދު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ޖިނާއީ ބޮޑެތި ކުށްތަކުގައި 15 ދުވަސް ހަމަވުމުން އެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރުމަށް ފަހު އެ ނޫން ކުށްތަކާ މެދު ވަކި އެއްޗެއް ގާނޫނުގައި ބުނެފައި ނެތީ ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރުމުގެ މަގްސަދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

"އެ ނޫން ބާވަތުގެ މައްސަލަތަކާ މެދު އެ ގާނޫނު އެއްޗެއް ނުބުނެ ހުރުމުގެ މަފްހޫމެއް ކަމަށް ބެލެވެނީ ބުނެވުނު ބާވަތުގެ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ތަހުގީގު މަރުހަލާގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދުވެފައި ނެތުން ކަމާއި، އަދި އެކަން ގާނޫނުގައި ނުލިޔެ ދޫކޮށްލެވިފައިވަނީ ހަނދާން ނެތިގެން ނުވަތަ އޮޅިގެން ކަމުގައި ވެސް ނުބެލެވޭ." ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލާގައި ބަންދަށް ފުރަތަމަ 10 ދުވަސް އިތުރު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށް، ޖުމްލަ 25 ދުވަހަށް އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި ދެވަނަ ފަހަރު އޭނާގެ ބަންދު މުއްދަތު އިތުރު ކުރެވުނަސް، އެންމެ ގިނަވެގެން ދެން ދެވޭނީ ބާކީ އޮތް ފަސް ދުވަސް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ރޫހަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ތުހުމަތެއްގައި ވާނުވާ ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ނުބެހެއްޓުމެވެ. ވަކި މުއްދަތުތަކެއް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކަނޑައެޅިފައިވަނީ އެ މަގްސަދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރުމާ އެކު ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮވެއްޖެ ނަމަ، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. އިން ފަނޑިޔާރުންނަށް ލާޒިމް ކަމެއް ކަމަށް ވިޔަސް، އެ މިންވަރަށް ހެކި ނެތި އެކަމަކު އެ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮޮންނަ ހާލަތްތަކުގައި ބަންދު ކުރުމާއި ނުކުރުމަކީ އެ މާއްދާގެ ބ. ގެ ދަށުން ފަނޑިޔާރުގެ އިހްތިޔާރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

10 June 2020

ކުށެއްކުރާމީހާ އެމީހާއެކުށައް އެއްބަސްނުވެ 15 ދުވަހުހިފާއްޓާލީމަ ސަލާމަތްވާނެކަމުގެގެރެންޓީއޮތީމަ ކާކުތޯއެއްބަސްވާނީ 15ދުވަސްވަންދެންކާންދޭންޖެހެނީބަޓަރާ ޖޭމާ މާމުޔާ ދޮންކޭލާ,ނިދަންބާއްވަންޖެހެނީދޫނިފަތްލީބާލީހުގަ,ފުއްކަފަގޮދަޑީގަ,ޓީވީއާލެޕުޓޮޕްދޭންޖެހޭ,ތަޙުޤީގުކުރާއިރު,ޕޮލިހުންބާރައްއެއްޗެއްބުނެގެންނުވާނެއެއީއޭނަހިތުގަޖެހިދާނެތީ!!މިވަރުންކުށައްއިޢުތިރާފުކުރުވޭވަރައް ތަހުޤީގުކުރެވޭފުލުހުން ނުވަތަ ޕުރޮސެކިއުޓަރުން ދުނިޔޭގެ އެއްވެސްޤައުމެއްގައެބަތިބިހެއްޔެވެ,ރާއްޖޭގަ ހުރިހާނިޒާމެއްވެސްމިވަނީދުނިޔޭގެ ހުރިހާޤައުމެއްގެ މިކަހަލަނިޒާމުތަކާޚިލާފަށް ލޫޕުހޯލްގިނަކޮއްފަ ކުއްކުރާމީހަޔައްމަގުފަހިވާގޮތަށެވެ!!

The name is already taken The name is available. Register?

1828

10 June 2020

މިއީ 'ބަރު' ހެކިދިން ޒަމާނެއް ނޫން. މިއީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފް ބަޔާނަށް ހުކުމް ކުރާ ޒަމާނެއްވެސް ނޫން. މިއީ ފޮރެންސިކް ހެކަށް ބުރަވެ، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހެކި ހޯދާ ޒަމާން. މިއީ ފުލުހުންގެ ބަންދުގައި ތުހުމަތު ކުރެވޭ މީހާ ގިނަ ދުވަހު ބަންދުކޮށްފައި ބެހައްޓަންވީ ޒަމާނެއް ނޫން. މިއީ ފޮރެންސިކް ހެކި ހޯދުމަށް ފަހު، ތަހުޤީޤް އަވަހަށް ނިންމާ އަވަހަށް ޕީޖީކޮށް، ޝަރުއީ ހުކުމަކާ ހަމައަށް ދާން މަސައްކަތް ކުރާ /ކުރަންވީ ޒަމާން.

The name is already taken The name is available. Register?

ގަޓް ބްރޯ

10 June 2020

އެއްވެސް ކުށަކާނުލާވެސް ސަރުކާރުން އެތައް ބަޔަކު ބަންދުގަ ބައިތިއްބައިގެން އުޅޭތާ މިހާރު ދެމަހާ ގާތްވަނީ! ދެން ކީއްވެ ކުއްޖަސް ބޮޑެއްޗަސް ކުށްވެރިން 15 ދުވަހަށްވުރެ އިތުރަށް ނުބޭތިއްބެންވީ. ތިޔަހެން ހަދަންޏާ ރައީސް ނަޝީދު އަށް ދަންނަވައިގެން ބަންދުގެ މުއްދަތުޖަހަން މަޖިލިސް އަށް ހާޒިރުކުރާގޮތް ހަދަން ގާނޫނު އިސްލާހު ކުރަން ޖެހިދާނެ.

The name is already taken The name is available. Register?

ރަަގަނޅު

10 June 2020

ތުހުމަތުކުރެވޭ މީހުން އަވަހަށް ދޫކޮށްލީމާ ރައްޔިތުން ރުޅިއަންނަނީ ފުލުހުންދެކެ... އެކަމު ކޯޓުތަކުން މިކަހަލަ އަމުރުކުރީމަ ދޫކޮށްނުލާ ކީއްކުރާނީ... ޤާނޫނު ހަދާމީހުންގެ ސަބަބުން އާހިރުގައި ތަކުލީފު މިލިބެނީ ނިކަމެތި ރައްޔިތު މީހާއަށް.

The name is already taken The name is available. Register?

1828

10 June 2020

ރައްޔިތުން ބުނަނީ މަސްތުވާތަކެތި، ވައްކަން، ފޭރުން، ގޭންގް މާރާމާރި، އެއްވެސް ބާއްވަތެއްގެ ހަތިޔާރެއް ބޭނުންކޮށްގެން ހިންގާ މާރާމާރި، މީހުން މެރުން، ބިރުދެއްކުން ފަދަ ކުށްތަކުގައި ކޯޓުން ދޫކުރާތީ ރައްޔިތުން ޝަކުވާ ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454