ފާރިސް: އާތިފާ އިސްތިއުފާ ދެއްވުމުން ހައުސިން މިނިސްޓަރަކަށް ފާރިސްގެ ނަން ފޮނުވަން ނިންމާފައިވާ ކަމަށް ދައްކާ ވާހަކަ އެމްއާރުއެމް އިން ވަނީ ދޮގުކޮށްފައި. --ފޮޓޯ/މިހާރު
11 ޖޫން 2020 - 00:30
ހައުސިން މިނިސްޓަރުގެ މަގާމަށް ހަމަޖައްސަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިރޭ ދޮގުކޮށްފި އެވެ.
ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ވެރިކަމުގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ވަނީ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު، ދެން އެ މަގާމަށް ވަޑައިގަންނަވާނީ މައުމޫންގެ ދަރިކަލުން ފާރިސް ކަމަށް ސޯޝަލްމީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
އެކަމަކު އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މި ވާހަކަ ދޮގު ކުރައްވަ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި ވަޒީރެއްގެ އިސްތިއުފާއާ ގުޅިގެން އެ މަގާމަށް ޕާޓީން ހުށަހަޅާނެ ނަމަކާ މެދު މިހާތަނަށް މަޝްވަރާ ނުކުރާ ކަމަށެވެ. ފާރިސް ހައުސިން މިނިސްޓަރަކަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ފެތުރި ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީން އެކަމާ [ނަމެއް ހުށަހެޅުމާ] މެދު ނިންމުމެއް މިހާތަނަށް ނިންމައިފައެއް ނެތް،" އަލީމް ވިދާޅުވި އެވެ.
މި ވެރިކަން ގެނައުމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު އިސްކޮށް މަސައްކަތް ކުރެއްވި ފާރިސް މިހާރު ހުންނެވީ ސަރުކާރުގެ އެއްވެސް މަގާމެއްގައެއް ނޫނެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރެއްވި އެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަ ކުރެއްވި މުހައްމަދު ރަޝީދެވެ.
ހައުސިން މިނިސްޓަރުގެ މަގާމު ހުސްވެފައި އޮތް އިރު ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތުން ކެބިނެޓް ބަހާލިއިރު، އެ ސްލޮޓް ލިބުނީ އެމްއާރުއެމް އަށެވެ. ސަރުކާރުގައި އެމްއާރުއެމް ހިއްސާވާ ގޮތަށް އޮތީ 20 ޕަސެންޓެވެ. އާތިފާ ހިމެނިވަޑައިގަންނަވާ ގޮތުން މައުމޫންގެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު ވަޒީރަކު ކެބިނެޓުގައި ތިއްބަވަ އެވެ.
އެހެންކަމުން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ މަގާމަށް ދެން ވަޑައިގަންނަވާނީ، ކުރިއެކާ ވެސް އެއްގޮތަށް އެމްއާރުއެމް އިން ރައީސަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ބޭފުޅެއް ކަމަށް ވުން އެކަށީގެންވެ އެވެ.
އެކަމަކު، މި ފަހުން، އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ހަމަޖެއްސެވީ އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއް ނޫނެވެ.
ޖެންޑަ މިނިސްޓަރަކަށް ހަމަޖެއްސެވި އައިޝަތު މުހައްމަދު ދީދީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައެއް ނުގަންނަވަ އެވެ.
ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި އިރު މަގާމުން ވަކިކޮށްދޭން އެދި އެމްޑީޕީގެ އިސް މެމްބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅައިފަ އެވެ.
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ގިނަ މަޝްރޫއުތަކެއް ހިންގި ޒިންމާ ބޮޑު ތަނެކެވެ. އެކަމަކު މި ވެރިކަން ފެށުމާ އެކު ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ބަހާލައި ގިނަ މަސައްކަތްތައް ހަވާލުކުރީ ޕްލޭނިން މިނިސްޓްރީއާ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ޕްލޭނިން މިނިސްޓްރީ ހަވާލުކުރިއިރު، ހައުސިންގެ މަސައްކަތްތައް ބަހާލި ގޮތުން ދެ މިނިސްޓްރީ ހިންގުމުގައި ފުށުއެރުންތަކެއް ވެސް ހުއްޓެވެ. ހައުސިން މިނިސްޓްރީގެ ޒިންމާގެ ގޮތުގައި ބޭއްވީ ކުރިއެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މަސައްކަތެވެ. އޭގެތެރޭގައި އަތޮޅުތަކުގެ ތެރެއިން ވެސް ސަރަހައްދީ ތަރައްގީގައި ހިމެނޭ ތަނެއް ނަމަ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައި އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
އެކަމަކު ފަހުން އަނެއްކާވެސް ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން އާ ކުންފުންޏެއް އުފައްދައިފަ އެވެ. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފައްދައި އެތަނުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަސައްކަތްތައް އެ ކުންފުނީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނަސޮނިކް އަހަންމަދު
11 June 2020
ފާރިށްގެ ނަންފޮނުވި ހަޖާމުބޭ ބުނީ މަޖިލިސްތެރެއިން އޭނަޔަކައް ތާއީދެއްނުލިބޭނެޔޯ ކަޓުވާލާނަމޭ ހަޖާމުބޭބެގެ ބާރު ގައުމުގަ ސަރުކާރު ހިންގަނީ މަޖިލީހުން އިބުރާހީމް މީކީތްކުރާ މީހެއް ވެރިކަމާހެދީ ތަޅާފޮޅަނީ ނަންވާނީ މައުމޫން ޔާމީން
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
11 June 2020
ޑިގްރީ ތައް މަތިމައްޗަށް ނަގައިގެން ތިބި ރާއްޖެތެރޭގެ ހެޔޮ ލަފާ، މުރާލި ކުދިން ރާއްޖޭ ގައި ބައިވަރު ތިއްބާ ވަކި މީހެއްގެ ދަރިއަކަށް ދިނުމަކީ އިންސާފު ތޯ ؟ ނޫން ނަމަ ވަކި މީހެއްގެ ބައްޕަ އަށް މުނިކާފަ ކިޔާތީ ދިނުމަކީ އިންސާފު ތޯ ؟ މިހާރު ދެން މައުމޫނު ބުނެގެން މައުމޫނުގެ ދަރިންނަށާއި (ޔުމްނާ)، މައުމޫނުގެ ބައްޕަ އަބްދުލް ޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހުންނަށް (ޒަހާ) ދެވިއްޖެ އެއްނު ؟މިމީސް-މީހުންނަށް ދީފެން ޤައުމަށްވީ ގެއްލުން !
ހޭކެނޑޭ
11 June 2020
ފާރިސްއެވެ. ވަޒީރަކަށް މަނިކުފާނު ވަޑައިގަންނަވާނެ ކަމެއްނެތެވެ. 2023 ގައި ބާއްވާ ރިޔާސީ އިންތިޙާބަށް ތައްޔާރު ވާށެވެ. ރައްޔިތުންގެ ވޯޓު ލިބޭނޭކަން ޔަޤީނެވެ. އެމް އާރ އެމް. ކުރަންވީ ފާރިސް މިހާރުންސުރެން ވެރިކަމަށް ގެންނަން ދޮންކުރަންވީއެވެ.
BOUJEEX
11 June 2020
ރައްޔިތުންޔަގީންކަމާއެކުދިންވޯޓުން މަޖިލީހަށް ނުހޮވުނީވެސް. ހޭކެނޑޭ ތިހުރީ ހަމަރަނޣަޅަށްވެސް ހޭކެނޑިފާ.
ކޮތަރު3
11 June 2020
މި ސަރުކާރުގައި ފާރިސް އާއި ނާދިރާއާއި ސިދާތާގެ ހިއްސާ އޮތުން ވަރަށް މުހިއްމުމެވެ. ނަޝީދުގެ މޭކަރާނެއެވެ. އެކަމަކުވެސް މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ބޭފުޅުންނަކީ އެއީއެވެ. ޔާމީނުގެ ސަރުކާރަށް ނާކާމިޔާބު ވުމުގައި މި ބޭފުޅުންގެ ހިއްސާ ބޮޑެވެ. މި ސަރުކާރު ދެމި އޮތުމަށްވެސް ބޭފުޅުން މުހިއްމެވެ. އިބޫ ސޯލިހު ވިސްނަވާނެކަން ޔަގީނެވެ. ޕާޓީ ތެރެއިން ހަދަމުންދާ ހައިޖާނުން އަރަގަތުމަށްވެސް މެއެވެ.
ހިޔަޅު ބޯ
11 June 2020
އިބޫ ސޯލިހަކީ މާ ސޯލިހި ބޭފުޅެ ކެވެ. ނަޝީދަކީ ޑާޓީ ޕޮލިޓެއިޝަން އެކެވެ.ނުވަތަ ޓްރަމްޕް ސްޓައިލް އެވެ އެމްޑީޕީ ވެރިކަން ހިންގަނީ މިގޮތަށް "ދެބޯގެރި" ދުއްވާގެން ނެވެ. ކޯލިޝަން ފަނިކުރަނީ މިޑްރާމާ ޖައްސާގެނެވެ.
ސުޒޭނާ ނާދިރާ
11 June 2020
ކޮން މަޝްވަރާއެއް ކުރާކަށް..ތިއީ އެހެންނޫނިއްޔާވެސް މަޝްވަރާކޮއްގެން ވަޒީރުކަ މަށް ނަންފޮނުވާބައެއްތަ...ޕާޓީގެ މަޝްވަރާކުރަންތިބީވެސް ކޮންބައެއް..ގޭތެރޭގަތިބި އެއް މެން ކާ މޭޒުން ނިން މާލީ މަ ނި މުނީ... މައު މޫނާ ނަސްރީނާ ޔު މްނާ ދުންޔާ ފާރިސް ނާދިރާ ނަދީ މު އަލީ މު...މިއީ ކާ މޭޒުގަ އަބަދު ކޮއް މެއިރަކު ބައްދަލުވާނެ މީހުން....އަހަރެ މެންނަހެޔޮ ކޮއް މެ މީހަކަަށް ވަޒީރުކަންދިނަސް އަހަރެ މެންގެ ބޯހިޔާވަހިކަން ނިގުޅައިގެންފި މިސަރުކާރުން...ޕާޓީކުދިންނަދެންވެސްތިފުޅާވެސްދޭނީ.
ބާދަގަނޑަށް
11 June 2020
ކުންފުނި، ކުނި ފުނި ތަކާއި ދެބަޔަކަށްބަހައި މިނިސްޓްރީތައް ގިނަވެގެންވީކަ މެއްނެތް. ކަ މެއްވާކަށްވެސް ވެސްނެތް ޖެންޓަރ މިނިސްޓަރ ކަށް ޕާޓީއަކަށް ނިސްބަތްނުވާ އައިޝާއައްޔަން ކުރިއަސް މިފަހަރު މީފާރިސްއަށްދޭން ޖެހޭނެ ގޮޑިއެއް .ބޯނު މަކީ އެ މަނިކުފާނުގެއިޚްލާސްތެރިކަ މާ ތެދުވެރިކަން ސާބިތު ކޮއްދޭނެ ފުރުސަތު ލިބުން .ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މައްސަލައެއް . އިންސާފުވެރިނަ މަ ލިސްޓުން ކަޓުވާނީ އިބޫއަށް ބޮޑުބޭބެ ކިޔާކުދިން .
ހައްގުބަސް
11 June 2020
ކޮން އެމްއާރުއެމްމެއްތަ ފޭކު ޕާޓީއެއް
ހަސަދު
11 June 2020
މިގައުމު މިއީ ބަޔެއްގެ އަމިއްލަ އެއްޗެއްބާ!!.
ކުށް ހީ
11 June 2020
އާއެކެވެ. އަންނިގެ އަމިއްލަ އެއްޗެއް ކަމަށް ބަޔަކު ހީކުރެތެވެ.
ދިއްދޫމީހާ
11 June 2020
މިދޯ ގައުމާ ދިނޭ ކިޔާގެން ކުރާކަމަކީ،މިމީހުންގެ ދަރިންނަ މަގާމު ދޭން، ކީތަ ވާނީ ކިޔާވާގެން ހުރި ނިކަމެތި މީހާގެ ދަރިންނަ ދިނިއްތާ، 30އަހަރު ވަންދެން ވެރިކަން ކުރި މީހާގެ ދަރިފުޅު، އަދި އުމުރު ދުވަހަ އިނާޔަ ލިބޭ މީހާގެ ދަރިއަ ހުރިހާ މޮޅެ...
ކީއްތަކުރާނީ
11 June 2020
މަހުޖަނުގެ އަނބިންނަށްވެސް އެންމެ ބޮޑެތި މަގާމު ދިނީ.