12 ޖޫން 2020 - 11:32
މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބަލަހައްޓަމުން އައި މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކުރުމުން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ހުޅަނގު، ދެކުނު ފަރާތް ހިއްކައިގެން ހަދައިފައިވާ އިންޑަސްޓްރިއަލް ޒޯން ސާފު ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ވަނީ ކުނި ޖަމާވެފަ އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބުނީ އެ ސަރަހައްދުގެ މަގުތައް ބެލެހެއްޓުން ޕްލޭނިން މިނިސްޓްރީން އެ ކައުންސިލާ ބުދަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު ވެމްކޯއާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
Male’ ge industrial zone ga kuni thah ginave, varah gina rayyithunge shakuvaa thah libemun dhanikoh, iyye planning ministry in industrial zone maguthah belehettun council aai havaalukurumaai eku, Council in vanee mi maguthah saafukurun Wamco aai eku kuriya gendhiyumah nimaafa. pic.twitter.com/K5le3qAlep
— Male' City Council (@MaleCitymv) June 11, 2020
އިންޑަސްޓްރިއަލް ޒޯން ސާފު ކުރަން ނިންމިކަން އިއުލާންކޮށް ކައުންސިލިން ކުރި ޓްވީޓް
ސިޓީ ކައުންސިލްގެ ވެރިއަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭ ފަޅުން ބައެއް ހިއްކީ، މާލެ ތެރޭގައި ކުރަމުން އަންނަ އިންޑަސްޓްރިއަލް މަސައްކަތްތައް އެ ތަނަށް ބަދަލު ކުރުމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެ ޕްރޮޖެކްޓް މާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ. އެތަން މިހާރު ވެފައި ވަނީ ވެހިކަލް ޕާކް ކުރާ ތަނަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯކާބ
13 June 2020
ސަރުކާރުތަކަށް ބަދަލު ނުކުރެވޭ ދުރުރާސްތާ ޕްލޭނަކުން: ޝިފާ މިހާރުވެސް ސަރުކާރުތަކުން ބަދަލްނުކުރާ ދުރުރާސްތާ ޕުލޭނެއްގެ ދަށުންނޫންތޯ މިމާލޭގެ ރައްޔިތަކައް ގޯއްޗެއް ނުދެވިގެން ތިޔައުޅުއްވަނީ ރައްޔިތުން އަޅުވެރތުކުރަން އެދިގުރާސްތާ 30 އަހަރު ފެއްޓި ދުރުރާސްތާ ނަސްލީ އިމްތިޔާޒެއްގެދަށުން ހަމައެކަނި މާލޭގެ ރައްޔިތުމީހާޔައް ގޯތި ނުދިނުމުގެ ސިޔާސަތް ޙުދު ތިމާމީހާޔާތިމާގެ މާމަދަރިންނައް ގާުނޫނު އަސަސީ ލިބިފައޮއް ކުލަޔަކައް ނަސްލަކަް ތަފާތް ނުކުރުން ދެ
ބޮޑުމީހާ
13 June 2020
ތިއުޅޭ އަސްލަމް ޕްލޭނިންގ އަށް ލައިގެން ކޮންކަމެއް އޭނަ ކުރަނީ. މުޅި މާލެ ގޮޑުވެއްޖެ. ނަސީބެއް ރައީސް ޔާމީނު ކުނީގެ ނިޒާމު ހަމަޖަްްސާފައޮތްކަން. އެހެން ނޫންމަމަ މިމީހުންގެ ވާހަކައެއް ނުދައްކާނެ. އިންޑަސްޓްރިއަލް ޒޯނެއް ހަދާފަ ދިނީމްވެސް ބޭނުމެއް ނުކުރެވި
މުދިމު ކަތީބު
12 June 2020
މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބަލެހެއްތީތޯ ނުވަތަ ގޮނޑުކުރީތޯ
ހަސަންބެ.
12 June 2020
ތަރައްގީގެ ބާނީ ނުހައްގުން ޖަލައްލާފައި ބަހައިޓައިގެން ދިވެހިން ނަށާއި ދިވެހި ރާއްޖެއަށް ލިބޭނެ އެއްވެސް ކުރިއެރުމެންނޮއޮްނާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރައިޔަތުންގެ ފައިދާއަށް ކޮށްފައި ހުރި ހުރިހައިކަމެއް ވީރާނަ ކޮށްލައިފި. ރަސްރަނިބަގީޗާ ޖުމްހޫރީމައިދާނުގެ ފެންއަރުވާވަޑާން ރަސްފަންުނު އިންޑަސްޓްރިއަލް ޒޯން ފަދަ ތަންތަނަކީ ކޮންމެ ވެރިކަމެއްގައި ހެދިތަންތަނަކަސް ހަމަ ބައިތުލްމާލުން ހަރަދުކޮށްގެންހެދި ތަންތަން. އެހެންވީމާ ހަމަ ދިވެހިންނަށް ގެއްލުންވަނީ
ހަސަބު
12 June 2020
ތިއީ ޒަމާނުއްސުރެ ސަރުކާތުގައި އޮތް އެންމެ ކަރަޕްޝަން ބޮޑު އެއް މުއައްސަސާ.
ވަތަން އިސްކުރަންޖެހޭ
12 June 2020
އަބަދާ އަބަދު ކުރީގެ ސަރުކާރު ކުއްވެރިކުރުމުގެ ބޭނުމަކީ ކޮބާ.؟ މިހާރު މިސަރުކާރުގެ ބާކީ އޮތީ3އަހަރު. ވީކަމެއް ހަރާން.
ސަންޕާޅޯ
12 June 2020
މާލޭ ސިޓީ ކައުންސިލަކީ ވަރަށް ކޮރަޕްޝަން ބޮޑުތަނެއް. އެތަނުގައި މަސައްކަތް ކުރާ މީހުން މާރުކޭޓުން ގޮޅި ދައިގަތް ގޮތް ވަރަށް ކައިރިން ފެނިފައި މިހުރީ.
ފަހުދު
12 June 2020
ކިހާވަރަކުމް ދާނެބޭ
ވަހީދުއްދީން
12 June 2020
ދައުރު ދެބައިވިއިރު ތިތަން އޮތްގޮތް ތިއޮތީ، ތިތަނަކީ ވެސް ވަރަށް މާތް މަޤުޞަދެއްގައި ދައުލަތުން ހިއްކިތަނެއް. ޒިނޭ ކުރުމާއި ހަކުރުބުއިން ފަދަ ފާހިޝް ޢަމަލު ހިންގަން މިހާރު ތިތަން ބޭނުން ކުރާ ކަމަށް ވާހަކަ ދެކެވޭ.
ހައްގުބަސް
12 June 2020
މީގެން މިއެގެނީ 2އަހަރު ވީއިރުގަވެސް ސަރުކާރަ ތަނެއް ސާފުކޮއްނުލެވުނުކަން؟