ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި-- ފޮޓޯ: އެމްޓީސީސީ
14 ޖޫން 2020 - 16:11
މާލެ އަތޮޅު ހުރާގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
މި މަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ މި އަހަރުގެ މާޗް 25 ވަނަ ދުވަހު އެވެ. އެއަށް ފަހު މިމަހުގެ 7 ވަނަ ދުވަހު ވަނީ އެ މަސައްކަތް ކުރުމަށް އެ ރަށަށް ގެންދިޔަ އިކުއިޕްމެންޓްތައް ރަށުން ބާލައިފަ އެވެ.
މިރަށުގެ ބިން ހިއްކުމާ އެކު ރަށުގެ ރައްޔިތުންނަށް ވިޔަފާރިކުރުމަށާއި އެކި ބޭނުންތަކަށް ބިން ލިބޭނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ފަޅުން 23 ހެކްޓަރު ހިއްކާފައިވާ އިރު 1،626 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކޮށްފައިވެ އެވެ. އަދި 152 މީޓަރުގެ ބްރޭކްވޯޓާ އަޅާފައިވެ އެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުލައި 25، 2016 ވަނަ އަހަރު އެވެ. މި ޕްރޮޖެކްޓްގެ ފޭސް ވަން އަށް 33.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ފޭސް ދޭއް ގެ މަސައްކަތަށް 71 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޖުމްލަ މުޅި ޕްރޮޖެކްޓަށް 105 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓުޖޯ
14 June 2020
އަހަންނަކީ ގޮޅިއެއްގަ އުޅޭ މާލެ ރަށްވެއްސެއް. ތިތަނުން އަހަންނަށް ގޯތި ލިބޭނެތޯ؟ ހުޅުމާލެއިން ހޯދަން އުޅުނީމަވެސް މާލެ މީހަކަށް ވީމަ އަހަންނަށް ވުރެ ނުބައި މީހެއް ނެތް. ރައްޔިތުން ފައިސާއިން ތިތަން ވެސް ހިއްކާނީ، އެހެންވީމަ ތިތަން ދެނީ ލިޭތޯ ނޫނީ ވިއްކަނީތޯ
ސާފުވެއްޖެ
15 June 2020
ތިއުޅޭ ގޮޅި ދޫކޮށްލާފަ ހަމަ ދާންވީ މަރުހަބާ
އެއްކަލަ ސޮރު
14 June 2020
ކިތަށް މިލިޔަނަށް ތޯ ގޯތި ވިއްކަނީ؟ ރައްޔިތުން ގެ ފައިސާ އިން ހިއްކީމަ އަޅުގަނޑަށް ވެސް ގޯތި ލިބޭނެތޯ؟
މުރާސިލް
14 June 2020
ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްވެސް ނިމިގެންމިދަނީ ރައީސް ޔާމިންގެ ހިންގުންތެރި ސަރުކާރުން އެޅުއްވި ބިނގާތަކުގެ މަތީގައެވެ. އަދިވެސް އެދެނީ ހަމަ ރައީސް ޔާމިނުގެ އިތުރު ޒަޢާމަތެއް ދުށުމަށެވެ. އަނގައިން ހުރީހާ ކަމެއް ކުރާ ސަރުކާރެއް ޤަުމު ހިންގަން އައުމުން ލިބޭނެ ހުރިާ ގެއްލުމިެއް މިދަނީ އަހަރެމެން ދިވެހިންނަށް މިއަދު ލިބެމުންނެވެ.
ނިރު
14 June 2020
މިސަރުކާރަށް މިޖެހެނީ ރައީސް ޔާމިން ފައްޓަވާދެއްވާފަ ހުރި މަސައްކަތްތަށް ނިންމީމަން...
ބުއްޅަބެ
14 June 2020
މިސަރުކާރަށް މިޖެހެނީ ރައްޔިތުންނަށް ކަމުނުގޮސްގެން ހޫރާލި ސަރުކާރުން ހޭވި ހުރިހާ ހަޑިޔަކަށް ފައިސާ ދައްކާށެވެ. ނިރޭމެން ކާކަށް ކޯޗެއް އޮޅުވާލަން ކަމަށްތަ ތިއުޅެނީ. ބޭކާރު އަނގަނުތަޅާ މާރަނގަޅުވާނެ ކިއްލި ވަނެއް ތަޅާލިޔަސް.
ޑާރލިންގް
14 June 2020
އާދެ ތެދެއް ތިޔަ ދެންނެވީ. ހާވާފަ ހުރި ހަޑި ސާފުކުރަން ބިލިޔަނެއް އެކުވެރިންނަށް ބަހާލީ. އެވަރު ނުވެގެން ދައުލަތުގެ ތިޖޫރީ ހުސްވެގެން އިތުރަށް ޗާޕުކޮއްގެންވެސް ނުވެގެން އެއުޅެނީ. ރ.ޔ. އެޅި ފްލެޓްތަކުގެ ހަޑި ސާފުކުރަން އެކުވެރިންނަށް ބަހާލަން އެ ތައްޔާރުވަނީ. ކޯޗެއްތަ އޮޅިގެން މިއުޅެނީ؟
ހުހޮތަ
14 June 2020
ރައީސް ޔާމީނަށް ހިތުގެ ފުންމިނުން އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. ތިޔަޗފަދަ ހިންގުންތެރި ލީޑަރެއް އަދި ފެނިފައެއްނެތް. މަނިކުފާނަށް މި 5 އަހަރު ލިބުނުނަމަ ޤައުމަށް ހާދަ ބޮޑު ކުރިއެރުމެއް ލިބުނީހޭ އަބަދު ހިތަށްއަރާ މަނިކުފާނަކީ ޤައުމުދެކެ ލޯބިވާ ބޭފުޅެއްކަން ބަހާ އަމަލުން ދައްކުވައި ދެއްވި. އަދިވެސް ބޭނުންވަނީ ރައީސް ޔާމީން