ރަށެއްގައި ހައްދާފައިވާ މެލަން ވެޔޮތަކެއްގައި މެލަން އަޅާފައި. މެލަން އަކީ އާބަން ގާޑެނިން ގައި ވެސް ހައްދާ ބާވަތެއް.
14 ޖޫން 2020 - 17:57
ބައިބޯ ސަރަހައްދުތަކުގައި ހުންނަ ކުދި ކުދި ތަންކޮޅޮކޮޅުގައި ގަސް ހެއްދުމުގެ އުސޫލު "އާބަން ގާޑެނިން" މާލޭގައި ކުރިއަށް ގެންދިއުމަށްޓަކައި އެކަމުގެ ނަމޫނާ ތައްޔާރުކުރަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ބިމެއްގައި ނުވަތަ ޓެރެސްއެއް ފަދަ ތަނެއްގައި ވިޔަސް އާބަން ގާޑެނިންގެ މޮޑެލްއެއް ތައްޔާރުކުރަން ހުށަަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ ފަރާތްތަކަށް، މަސައްކަތަށް ބޭނުންވާ ތަކެތި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
އާބަން ގާޑެނިން މޮޑެލްގައި ގަސްް ހައްދާ އިރު ބާރުގަދަ ވިހަ ކެމިކަލް އެކުލެވޭ (ގަސްކާނާގެ) ބާވަތްތައްް ބޭނުން ނުކުރުމަށާއި ގަސްކާނާގެ ގޮތުގައި ބޭނުންުކުރާނީ އޯގަނިކް ކަމަށް ވެސް ފިޝަރީޒް އެންޑް އެގްްރިކަލްޗާ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ގޭބިސީތަކުން އުކާލާތަކެތި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމަކީ ވެސް ގާޑެނިން ޕްރޮގްރާމްގެ ބައެއް ކަމަށް ވަަނީ ކަނޑައަޅައިފަ އެވެ.
އެކަމަށް ބިމެއް ނުވަތަ ޓެރެސްއެއް ތައްޔާރު ކުރުމުގައި ބަލާނެ ކަންތައްތަކެއް އިއުލާނުގައިވެ އެވެ.
- ބިމަށް ނުވަތަ ޓެރެސްއަށް ވަދެނުކުމެ އުޅުމަށް ފަސޭހަ މިންވަރު
- ސަލާމަތީ ކަންތައްތައް ބަލަަހައްޓާ މިންވަރު
- މޮޑެލް އާއްމުންނަށް ދައްކައި ޕްރޮމޯޓްކުރުމުގެ މަސައްކަތަށް ޖާގަ އޮތް މިންވަރު
- މޮޑެލް ގާއިމްކުރަން ވެރިފަރާތުން ބައިވެރިވާނެ މިންވަރު
- މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިމާ ހޯދަން އަވަށްޓެރިންނަށް ފުރުސަތު ދޭނެ މިންވަރު
- ލޮނުގެ އަސަަރުކުރާ މިންވަރާއި އަވި ލިބޭ މިންވަރު
އާބަން ގާޑެނިންގެ މަސައްކަތް ކުރަން ނަމޫނާއެއް ތައްޔާރުކުރަން ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ ކޮވިޑް-19 އާ ހެދި އެޅި ފިޔަވަޅުތަކާ ގުޅިގެން ފުޑްސެކިއުރިޓީއާ މެދު މުޅި ދުނިޔޭގައި ވެސްް ބަހުސްކުރަމުން އަންނަ ވަގުތެެއްގަ އެވެ. ދިރިއުޅޭ ތަނުގައި ގަސް ހައްދައިގެން ކާނާ ހޯދުމަށް ކުރާ މަސައްކަތް މިހާރު ވަނީ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މަސައްކަތް ކުރިއަަރުވަން ބައެއް ވިޔަފާރިތަކުން ވެސް އަންނަނީ ޕްރޮމޯޝަންތައް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލް
15 June 2020
އިންޑޯރ ފާރމިންގ އެންމެ ކާމިޔާބުކަމާއެކު މިހާރު ކުރާ ގައުމެއް ޗައިނާއަކީ. އެމީހުން އެކަން ކުރާ ގޮތް އެހުރީ އިންޓަނެޓުން ފެންނަން. މާލޭގެ ކުދި ގޭގޭގަ ތިކަން ވާނީ މަދުބަޔަކަށް. އުޅޭނެ ތަންކޮޅު ކުޑަވެފަ އޮންނައިރު ތިޔަ ކަހަލަ ސަކަރާތެއް ޖަހަން އުނދަގޫވާނެ. ރަށްރަށުގެ މީހުންނަށް ބޮޑު ފައިދާއެއް ލިބޭނެ ރަށްތަކުގަ ދަނޑުވެރިކަން ކުރިއަރުވާނަމަ. މާލޭގަ ހުރިހާކަމެއް ކުރުމުގެ ވިސްނުން ދޫކޮށްލަންޖެހޭ. މާލެ ތޮއްޖެހުމަށް ހައްލެއް ބޭނުންވާއިރު މާލެނޫން ގޮތެއް
ރުބެލް މިއާ
15 June 2020
މަލީހު ބޭބެ އަށް ތިކަން ކުރަން އެގެނީނު ދޯ. ދެން ކީއްކުރަން މޮޑެލް ހަދާ ބަޔަކު ޙޯދަނީ؟
މޭވާފުޅު
15 June 2020
ގޯތިބަހައިގެން ކުއްޖަކަށް ލިބުނު ސަތޭކަ ފަންސާހަކަށް އަކަފޫޓަށް ވަދެ ނުކުންނަށް 100 ވަރަކަށް ފޫޓުގެ ހަނި މަގެއް ހަދާފައި އޮންނާނެ. އެތަނުގައި ހުންނާނީ ގަސް އިންދާފައި. ގެޔަށް ވަދެ ނުކުންނަ ކޮންމެ ފަހަރަކު ދެފައިދެގޯޅީގައި މޭވާ ކޭއްތި ނުލާ ފަހަރެއް ނުދޭ. ހުރިހާ ގޯޅިތަކެއްގައި މޭވާ ހައްދާލަމާބަހީ.
ޚަންދު
15 June 2020
މިއީ އަނެއްކާވެސް ހަމަ ރޭވިގެން ގާތް ބަޔަކަށް ބޮޑު ލާރިގަޑެއް ދައުލަތުގެ ޚަޒާނާއިން ދިނުމަށް ހައްލާ ހެއްލުން ގަޑެއް. ރުފިޔާގަނޑު އެބަޔަކަށް ދެވުމުން ތިކަންވެސްވާނީ ހަމަ ވެންޓިލޭޓަރަށް.
ޙަލީމު
15 June 2020
ރާއްޖެތެރޭގައި ބަނބުކެޔޮ ހައްދާފައި މާލޭގައި ދަނޑުވެރިކަން ކުރަންދޯ ތިއުޅެނީ. ގްޑްލަކް.
ބޮޑުމީހާ
15 June 2020
ބިންއޮތް ރަށްތައް އެބަހުރި ތިކަންކުރަން،! ފުރުސަތު ދޭން ކެރޭނެތަ
ސުވަދީބިއަން
15 June 2020
މައުމޫނު ޒަމާނުގެ ނިޒާމަށް އަދިވެސް ކަންކަން މިހިނގަނީ، މާލޭ ރައްޔިތުން އަވީގަ ނިކުމެ ސިޓީކައުންސިލެއް ހޮވައިގެންތިއްބާ ކުއްލިއަކަށް އެގުރިކަލްޗާއިން އެފެށީ ރަށުތެރޭ ގޭގޭގަ ގޮވާންކުރަން.
ބައިސްކަލްު
15 June 2020
މާލޭގައި ސިޓީކައުންސިލެއް އޮތުމުގެ ބޭނުމަކީ ކޮބާތަ، ތިކަހަލަ ތާކުންތާކުނުޖެހޭ ކޫސަނިކަންތައް ދައުލަތުގެ 1200 ރަށުގެ ކަންކަމާ ހަވާލުވެއިތް މިނިސްޓްރީތަކުން ކުރަންޏާ ކައުންސިލްތައް އުވާލާ ފައިސާ އިސްރާފުނުކޮށް.
ސަންޕަދަރި
15 June 2020
ހާދަ ހީވޭ ސަރުކާރު ތެރޭގަ ގަސްއިންދާހިއްވާ މީހަކު އުޅޭހެން, މޮޅު އައިޑިއާއެއް ދީފަ ލާރިގަނޑެއް ކައްވާލަނީދޯ.
މަބުނޫ
15 June 2020
ތިހެންވެޔޭ މިކުޔަނީ ގޯތިދޭށޭ އޭރުންތާ ގަހެއްވެސް ހެއްދޭނީ