ޕާކިސްތާނަށް އެމްބަސީ އެޅުމަށް ބިން ދިނުމަށް މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ގައުމަށް ވަނީ ހުޅުމާލެއިން 12000 އަކަފޫޓުގެ ބިމެއް ދީފައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
15 ޖޫން 2020 - 20:45
ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޕާކިސްތާނަށް މިއަދު 12،000 އަކަފޫޓުގެ ބިމެއް ދީފި އެވެ.
ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކުރީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާތަރް މުހްތާރު އެވެ.
ކުރީ ސަރުކާރުން ޕާކިސްތާނަށް އެމްބަސީ ހެދުމަށް 3،000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައި ވީ ނަމަވެސް، މި ސަރުކާރުން ވަނީ 12،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
ޕާކިސްތާނަށް އެމްބަސީ އެޅުމަށް ބިން ދިނުމަށް މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ގައުމަށް ވަނީ ހުޅުމާލެއިން 12000 އަކަފޫޓުގެ ބިމެއް ދީފައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޕާކިސްތާން ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން 24،000 އަކަފޫޓުގެ ބިމެއް ރާއްޖެއަށް ދޭނެ ކަމަށެވެ.
ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އެގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ. އޭގެ ފަހުން ޗައިނާ އާއި ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ވެސް އެމްބަސީ އަޅަން ސަރުކާރުން ވަނީ ބިން ދޫކޮށްފަ އެވެ.
ބޭރު ގައުމުތަކުގެ އެމްބަސީ އަޅަން ސަރަހައްދެއް ކަނޑައެޅީ އެއް ތަނެއްގައި އެމްބަސީތައް ހުރުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފަސޭހަވާނެތީ އާއި މާލޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޅިބޯ2
16 June 2020
ރާއްޖެ ކަހަލަ ކުޑަ ތަނެއްގައި 3000 އަކަ ފޫޓް ކުޑައެއްނޫން. އިންޑިޔާއަށް މާ ބޮޑު ބިމެއް ދީގެން އެއުޅެނީ! އެހެންވެ ޕާކިސްތާނަށްވެސް ނޮޑުބިމެއްދޭން ޖެހުނީ!
ޚިޔާލު
16 June 2020
އެހެންވީމާ ރާއްޖެއިން 24،000 އަކަފޫޓުގެ ބިމެއް ދީފިއްޔާ ޕާކިސްތާނުން 48،000 އަކަފޫޓުގެ ބިމެއް ދޭނެތާ. އެމްބަސީ އަޅަން ޕާކިސްތާނަށް ރާއްޖެއިން ރަށެއް ދިނުމަށް ފެނޭ. އޭރުން ޕާކިސްތާނުން ރާއްޖެއަށް ކުޑަވަރެއްގެ ވިލެޖެއް ނުވަތަ ޓައުނެއް ދީފާނެ.
އެކަނި ވެރިޔާ
15 June 2020
ގައުމެއްގެ ސިފާއިގައި ދުނިޔެއަށް ފެންނާނި ވީހާވެސްގިނަ ގައުމްތަކާސިޔާސީގުޅުން ގާއިމްކޮއްގެން އަޅުގަނޑު މެންނަކީ އުފެއްދުންތެރި ކަން މަދު ވަސީލަތްތައް އުފައްދައިގެން ކުރިޔަން ދާންްޖެހިފައިވާ ބައެއް ވީމާ ގިނަގައުމް ތަކަކާ ގުޅުން ގާއިމް ކުރުން މުހިއްމު
ޗިޕޭ
16 June 2020
އެހެންވީމަ އުފެއްދުންތެރިކަން އިތުރު ކުރަން އަތުންފައިން މަސަތްކަތެއް ކުރާކަށް ނުވޭތަ؟
ދެރަ
15 June 2020
ރާއްޖެކަހަލަ ގައުމަކަށް 3000 އަކަފޫޓް ރަނގަޅު. އެކަމަކު މިހާރު ތިޔަދިނީ އެމީހުން ބިމުން ވިޔަފާރިކުރެވޭހާބޮޑެތި ބިން. ތިޔައީ ހަމަ ޖަރީމާ
ގޯސް
15 June 2020
ބިންނެތްގައުމެއްގައި ހާދަބޮޑެތި ބިންތަކޭ ތިޔަދެނީ. ދިވެހިން އުޅޭނެތަނެއް ނެތް. އެކަމަކު އިންޑިޔާ އެމްބަސީ އަޅަން 30000 ހާސް އަކަފޫޓޭ ދިނީ ކިޔާ އަޑު އިވޭ. މިއީ ދިވެހިންނަށްވުރެ ބިދޭސީން ދެކެ ލޯބިވާބައެއް.
އަންޑާޕޫލްމާ
15 June 2020
ސަޅި. އިންޑިޔާ ދުރުވެ ޕާކިސްތާނާ ގާތްވާންވީ.
މޯލްދިވިޔަން
16 June 2020
އެޔޯ.ޕާކިސްތާނަކީ ޓެރަރިސްޓުން އެން މެ ގިނަ ގައު މު
ކަބޫތަރު ޕާރކު
15 June 2020
ކުރީ ސަރުކާރުން ދޫކުރަން އުޅުނީ ކޮތަރު ކޮއްޓެއް ކަމަށާއި ބަދަލުގައި މި ސަރުކާރުން މި އަދު ހަވާލު ކުރީ ބޮޑު ހަވޭއްޔެއް