ޚަބަރު / ރައްޔިތުންގެ މަޖިލިސް

ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކޮމަންވެލްތުން ވަކިވާން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވާން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ކޮމަންވެލްތުން ވަކިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ޖަމިއްޔާއިން ވަކިވާން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު އިންނެވި އެވެ.

ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މިދިޔަ އަހަރު މަޖިލީހުގެ މަޝްވަރާ އަށް ރައީސް ޔާމީން އެދިވަޑައިގެން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމަށް ފޯރަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ލޮޅުން އެރުމަށް މެދުވެރިވާ ކަމެއް ކަމަށް ވެސް ކޮމެޓީން ފާހަގަ ކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮމަންވެލްތުން ވަކިވިކަން އިއުލާން ކުރަމުން ސަރުކާރުން ބުނި ގޮތުގައި ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަންޖެހުނީ ރާއްޖޭގެ މަސައްކަތްތައް ކޮމަންވެލްތުން ބަލައިނުގަތުމުން ކަމަށެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން އިއްޔެ ވަނީ މަޖިލީހުގެ ބަހެއް ނެތި ކޮމަންވެލްތުން ވަކިވުމާ ގުޅިގެން އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އަދި މިފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު، ލިބިދާނެ ގެއްލުންތައް ދިރާސާކޮށް މަޝްވަރާކުރަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ކޮމަންވެލްތުން ވަކިވުމަކީ ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ތާއީދު ކުރި ކަމެއް ކަމަށެވެ. އަދި ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް އެއްވެސް ބަޔަކަށް ވަނުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ނުގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ. ދެ އިސްލާހަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 21 މެމްބަރުން ވޯޓު ދެއްވީ އިސްލާހަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި އިސްލާހަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނުގައި ބިދޭސީންގެ ބޭންކް އެކައުންޓެއް ހަ މަސް ދުވަސް ތެރޭގައި ހުޅުވަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، ބިދޭސީން އެކައުންޓެއް ހުޅުވަން ޖެހޭނީ ހަ މަސް ތެރޭގަ އެވެ.

ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އިސްލާހުގައި ބުނެފައި ވަނީ ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށެވެ.

28 ކޮމެންޓް, 93 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހޭ

20 October 2016

ތިމަޖިލީ ތީ އުވާލަށް ވެފައޮތް ތަނެއް.

The name is already taken The name is available. Register?

ގުރާ

19 October 2016

މިއަށް ކިޔަނީ ޖަހާހާ ބެރަކަށް ނެށުން. ރުހުމުގެ ލޮލަށް އައިބު ނުފެނުން. ހަކުރު ދެންޏާ ބޮޑުބޭބެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ

The name is already taken The name is available. Register?

ހަމީ

19 October 2016

ޔާމިނު އޮތީ ވަކިވިކަން މާކުރިން ބުނެފަ އިއުލާނުކޮއްފަ، މިއަދު މަޖިލީހުން ރަބަރު ސޤޓޭންޕު ޖަހައިދިނީ

The name is already taken The name is available. Register?

ފާތުމާ

19 October 2016

އިސްލާހުގައި ބުނެފައި ވަނީ ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށެވެ.! 5 އަރަުތެރޭގަޔޯ!

The name is already taken The name is available. Register?

ފވފ

19 October 2016

މަ ބުނާނެ ވާހަކައެއް ނެތް. 500 ރުފިޔާއަށް ވޯޓު ވިއްކާފަައި މަހުޖަނު ލާރި ދީފައި ފޮނުވާ މީހާ ހޮވާ. ޕާޓީ ބުނާ މީހާ ހުވާ. ނަމަނަމަ އިސްލާމް ދީނުގައި އެބުނާ އަބުރުވެރި، މުރުވަތްތެރި ތަގުވާވެރި ހެޔޮލަފާ އަދުލުވެރި މީހުން ނުހޮވާތި. އެއަށްވުރެ ރަގަޅު ވާނެ ފިލްމު ސްޓާރުންވެސް. ވައްސަލާމް ނޯޓު. އެމީހަކަށް ލިބޭނީ އެމީހަކު ހޯދިއެއްޗެއް.

The name is already taken The name is available. Register?

އަންނަމާ

19 October 2016

އަޅުގަނޑަށް ފެންނަނީ ޔޫރަޕުން ވެސް ދޮން މީހުން މިގައުމަށް އެތެރެވުން މަނާކުރުމަށެވެ. ސަބަބަކީ ރާ ބުއިމަށާއި އޮރިޔާ ނިވާކުޑަ ހެދުން އެޅުމަށާއި ދީނަށް ފުރަށްސާރަކުރުމާއި އަދި މި މީހުން އައުމުގެ ސަބަބުން ގައުމުގެ މިނިވަންކަން ގެއްލެނީއެވެ. ދީނަށްޓަކައި ގައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ކާފަރުން ބާއްވާ ޓޫރިޒަމް ފެއަރތަށް ބޯއިކަޓް ކުރަށް ގޮވާލަމެވެ.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

19 October 2016

ތިކަންވެސް ތި ނުމުނީއެއްނު.

The name is already taken The name is available. Register?

މަޒް

19 October 2016

ވޯޓުގައި ބައިވެރިވި މީހުންގެ އަދަދުން އިނގޭ ދެން މާގިނަ ދުވަހަކު މިކަމެއް ނުކުރެވޭނެކަން... ކެތް ކޮއްލާ އެ ނިމެނީ

The name is already taken The name is available. Register?

އަހަންމައިދީ

19 October 2016

ހަމަކައިމުވެސް ރާއްޖޭގެ ދާހިލީ ކަންކަމާ ބޭރުގެ ފަރާތްތަކަށް ފާޑެއް ނުކިޔޭނެ.. ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިން... އެގޮތުގައި އަބަދުވެސް މިގައުމު އޮންނާނީ... މިއަދަކީ ރާއްޖެއަށް ހަގީގީ މިނިވަންކަން ލިބުނު ދުވަސް... ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްގީ އަންނާނެ...

The name is already taken The name is available. Register?

އާދަނު

19 October 2016

އަހަރެމެން ކަހަލަ ނިކަމެތިން ކިޔަވަނީ ކޮމަންވެލްތު ސުކޮލާޝިޕޮގަ. އެވެސް ފޭރިގަތީ. އޮޒެ އެއިޑުވެސް ގެއްލުނީ. ހުރިހާ ނިކަމެތިންނަށް ގެއްލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454