އިސްކަންދަރު ސުކޫލުގެ ދަރިވަަރުންތަކެއް، އެ ސްކޫލުން ބޭއްވި ހަރަކާތެއްގައި ބައިވެރިވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖޫން 2020 - 15:58
ދަރިވަރުން ސްކޫލަށް ދާއިރު ލޯގޯ ޖަހާފައިވާ މާސްކް އެޅުން ބައެއް ސްކޫލްތަކުން މަނާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގައި ކިޔެވުން މެދުކަނޑާލިތާ ގާތްގަނޑަކަށް ހަތަރު މަހަށްފަހު އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނިއު ނޯމަލްގައި ސްކޫލަށް ދާއިރު މާސްކް އަޅަން ޖެހެ އެވެ.
އެ ބަލިން ރައްކާތެރިވުމަށް މާސްކަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންވެ މި ދުވަސްވަރު އެންމެ ޑިމާންޑު ބޮޑު އެކައްޗަށް ވެފައިވަނީ ވެސް މާސްކެވެ. އޭގެ ވިޔަފާރި ފުޅާވެ ދަރިވަރުންނަށް އަމާޒުކޮށްގެން މިހާރު އަންނަނީ ސްކޫލުގެ ލޯގޯ ބޭނުންކޮށްގެން ވެސް މާސްކް ތައްޔާރުކުރަމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ ހުއްދަ ނެތި ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް، މިނިސްޓްރީގެ ހުއްދަ ނެތި ވިޔަފާރީގެ ބޭނުމާއި އެ ނޫން ވެސް ކަންކަމުގައި ބެޖު ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
އިސްކަންދަރު ސްކޫލުން، ބެލެނިވެރިންނަށް އެންގި އެންގުމުގައި ވަނީ ދަރިވަރުން ބޭނުންކުރަނީ ސްކޫލުގެ ލޯގޯ ޖަހާފައިނުވާ މާސްކު ކަން ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ. އަދި އިމާދުއްދީން ސްކޫލުން ވެސް އެކަހަލަ މާސްކް ވަނީ މަނާކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުރިއަށް އޮތް މަހު ޔުނީފޯމްގެ ބައެއްގެ ގޮތުގައި މާސްކް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް އެ ބޭނުންކުރުމަށް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޕީރައިޓްސް
17 June 2020
ދިވެހިރާއްޖޭގައި ކޮޕީ ރައިޓްސްގެ ގާނޫނެއް އޮންނާނެ. ހޯދަންޖެހޭ ހުއްދަތައް ނުހޯދައި ލޯގޯ ޖެހުމަކީ ކޮޕީ ރައިޓްސްގެ ގާނޫނާ ޚިލާފު ކަމެއް. ހުއްދަ ނުހޯދައި ލޯޖަހައިފިއްޔާ ލިބޭ ގެއްލުމެއްގެ ޒިންމާ ނެގުމުގެ އިތުރަށް ހުއްދަ ނުހޯދައި ޖަހާފައިވާތީ ލިބެންޖެހޭ އަދަބުވެސް ލިބެންޖެހޭނެ. ގާނޫނުތައް ހަދާފައި ހުންނަނީ އެއަށް އަމަލުކުރުމަށް. އެއާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅައި އަދަބު ދިނުމަށް. މިފަހަރު އެޑިޔުކޭޝަން މިކަން ކުރާނެ ކަމަށް އުންމީދުކުރަން.
އާދަމުގެދަރި
17 June 2020
ފާޑުފާޑުގެ ކުރެހުމާއި ލޯގޯ ޖަހަން ހުއްދަ ދީފިއްޔާ ވާނެ ގޮތަކީ އެމީހަކު އަތުޖެހުނު އެއްޗެއް ޖަހައި ހަދަން ފަށާނެ. ކޮންމެވެސް ނުބައި އެއްޗެއް ޖަހާފައި ހުރެގެން އެކަން ބޮޑު ސިޔާސީ މައްސަލައަކަށް ނުވަތަ ދީނީ މައްސަލައަކަށް ވުމުގެ ކުރިން ތިޔަ ފިޔަވަޅު އެޅުއްވިކަން އެއީ ވަރަށް ރަނގަޅަށް ނިންމި ނިންމުމެއް. މިފަހަރު ތިޔަ އެޅުއްވީ ހަރުދަނާ ބަލައިގަނެވޭނެ ރަނގަޅު ފިޔަވަޅެއް.
ދަންނަ ނުދަންނަ
17 June 2020
ވަރަށް ބަރާބަރު ކަމެއް. ފާޑުފާޑުގެ އެއްޗެހި ޖަހަން ހުއްދަ ދީފިއްޔާ ވާނުވާ ނޭނގޭ ވައްތަރުގެ އެއްޗެހިތަކެއް ޖަހާފާނެ. ފަޅާއަރާއިރު ވާނީ އެހެން ދީނެއްގެ އަޅުކަންކުރާ އެއްޗަކަށް ނުވަތަ އެހެން ބަޔެއްގެ މިލްކުވެރިކަމެއް އޮތް އެއްޗަކަށް. އެންމެ ރަނގަޅުގޮތަކީ އެއްވެސް އެއްޗެއް ނުޖަހާ އެއްޗެއް ބޭނުންކުރުން. ތިޔައީ ހަމަ ތާއީދުކުރެވޭ ބަރާބަރު ރަނގަޅު ނިންމުމެއް.
ކޮރަލް
17 June 2020
ސްކޫލް ކުދީންނަށް ހިލޭ މާސްކް ދޭން ވީ އެވެ. ކުރިން 5 ރުފިޔާ އަށް މާސްކް އެއް ލިބެއެވެ. މިހާރު ވިހި ފަންސަވީހުގަ އެވެ.
ހިލޭކާންބޭނުންވާމީހާ
17 June 2020
ހުރިހާއެއްޗެއް ހިލޭ ހޯދުމުގެ ވިސްނުން ދޫކޮށްލަންވެއްޖެއެވެ.
އަޙްމަދު އަލި ދީދީ
17 June 2020
ހެޔޮދޯ އިއްޒަތްތެރި ބަންގުލަދޭޝް ބޭފުޅުން އަހަރެމެންގެ ދަރިންގެ ޔުނީފޯމު ލިޔަސް ... އެކަމަކާ އެޑިޔުކޭޝަނަށް ބުނެވުނު އެއްޗެއް ނެތް
ފައިސަލް ފުވައްމުލައް
17 June 2020
މިދަތި ވަގުތު އަހަރެމެންގެ ދަރިންނަށް އަގުބޮޑުކޮށް މާސްކު ގަތީމަ ތިބުނަނީ ބޭނުމެއް ނުކުރެވޭނެޔޭ... އެޑިޔުކޭޝަން މިނިސްތަރ އިސްތިއުފާ ދީ... އަހަރެމެންނަކީ ތިޔަބުނާހާ މުއްސަނދިންނެއް ނޫން... އަދި މި ކޮވިޑާ ގުޅިގެން މިއުޅެނީ އނަގަޔާ އަތާ ދިމާނުވެގެން ... ކިހާ ބޮޑު ކަމެއް މީ
ދިވެހިމީހާގެ ދަރި
17 June 2020
މާސްކު ގަންނަން އެޑިޔުކޭޝަނަކުން އަދި އެއްވެސް ބަޔަކަށް އަންގާފައެއް ނެތް. އަދި ކިރިޔާ މާސްކު ހުންނަންވީ ގޮތް ހާމަކުރީ.
މާއެނގޭ
16 June 2020
ވާގޮތަކީ މިދަނޑިވަޅުގައި މާސްކުގަންނާނެ ފެންވަރުވެސް ނެއް ނިކަ މެތިން އެބަތިބި އެހެންވީމ މަ މާސްކެއް އަ މިއްލައަށް ފެހު މުގެ ފުރުސަތު ގެއްލެ
ހުމާ
17 June 2020
އަމިއްލައަށް ބެޖު ނުލާ ފަހަން މާ ފަސޭހައެންނު. ކަލޭމެނަކަށް ރަނގަޅު އެއްގޮތް ވެސް ނޯންނާނެ
ރަދީފްް
16 June 2020
ކޯއްޗެއް އެއްވެސް މައްސަލައެއްނޫން އެއީކީ! އެޑިއުކޭޝަންގެ އެޑިއުކޭޝަން ނެތްކަން ތިކަމުން މަށަށް ދޭހަވަނީ!!! ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޑިޒްނީ ލޯގޯޖެހި މާސްކެއް މަގޭ ދަރިފުޅުގެ އަޅުވާނީ އެނގިދާނެތާ!!! ސުކޫލް ލޯގޯ އިނދެގެން މާސްކުގައި އެސުކޫލަށް ކޮން އުނިކަމެއްއޮތީ؟؟؟؟ އާސްތުގެ ފެންވަރު ވަރަށް ރަނގަޅަށްވެސް ކިރާލެވިއްޖެ
ރަދީފު ކޮއްކޮ ރެވީނާ
16 June 2020
ސުކޫލު ލޯގޯ ހުއްދަ ނެތި ބޭނުންކުރުން އެއީ މައްސަލައެއް. ވިޔަފާރި ކުރަން ތަންތަނުގެ ލޯގޯ ބޭނުމެއްނުކުރެވޭނެ މިހިރަ ގަމާރާ..
ޑާޑާ
16 June 2020
ކަމެއް ނުކުރާން އަންގާފިއްޔާ ކޮންމެހެންވެސް ވާނެ އެކަމެއް ކުރަން، އެހެންނޫނީ އޮރިޖިނަލް ދިވެއްސަކަށް ނުވާނެ، އަހަރުމެން ދިވެހިންގެ ގޮތްދޫނުކުރުމާ ހުންނަ ބޮޑާކަން މިފަދަ ކަންކަމުންވެސް މިހާމަވަނީ.......
ފައިދިގުބޯވަ
16 June 2020
ކޮންމެ ކަމަކުންވެސް ބައެއް ދިވެހިން ބަލަނީ އެކަމަކުން ރައްޔިތުންގެ ފަރާތުން ނަފާއެއް ލިބޭތޯއެވެ. މިދާވަރުން ދަންޏާމު ޤައުމުގައި ހިސާބަށްވުރެ ގިނައިން ރައްޔިތުން މަރުވާން ފަށައިފިނަމަ ޖަމާއަތް ތެރިންގެ ތެރެއަށް ވެސް ވަނުމަށް ބައެއް ދިވެހިން އަރުވާ ޖަހާ ފޫގަލައިގަންނާނެދޮތަ! ސަބަބަކީ އެކަމުންވެސް ފައިސާ ފޮއްޗެއް ލިބިދާނެތީވެ ކަމަށް ދެކެން.
ޗަކޮއި ކައިޒީން
17 June 2020
ރައްޔިތުން އަތުގަ ފައިސާފޮއްޗެއްވެސް ނެތް. ދެން ގިނައިން މީހުން މަރުވަންޔާމުން މައްޔިތުކަމަށް ނުކުމެގެންވެސް ފައިސާފޮއްޗެއް ހަލާލުގޮތުގަ ހޯދުމަކީ ގޯސްކަމެއްތަ. ވާގޮތަކީ ސުކޫލުގެ ބެޖު ޖަހައިގެން ވަކިބަޔަކަށް މާސްކު އަވަހަށް ނުނެރެވުނީމަ ސަރުކާރުގެ ވަކިބަޔެއްގެ ޖީބައް ވަންނަންވީ ފައިސާފޮތި ނުވަދެގެން އެ އުޅެނީ. މިބުނާ ކޮރަޕްޝަން އެބަފެނޭދޯ....
މުހަައްމަދު އިބުރާހިމް
16 June 2020
ރަގަލހުކަމެއް ކުރަންޖެހޭކަމެއް. ބެޖު ޖެހިގެންނުވާނެ ހިތަންއެރިހާތަނެއްގަ....