ވިޔަފާރި

ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވުން އޮކްޓޯބަރަށް ފަސްކޮށްފި

ޔުނިވާސަލުން ހިންގާ ބަރޮސް މޯލްޑިވްސްގެ ލައިމް ރެސްޓޯރެންޓު: އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ވެސް ހުޅުވުން ވަނީ ފަސްކޮށްފައި-- ފޮޓޯ: ބަރޮސް މޯލްޑިވްސް

ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގާ ރިސޯޓުތައް ހުޅުވުން އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ކުންފުނި ޔުނިވާސަލް އިން ކުރިން ނިންމާފައިވަނީ ކޮވިޑް-19 ގެ ދަތި ހާލަތަށް ފަހު، ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވުމާ އެކު ހުރިހާ ރިސޯޓެއް ވެސް ހުޅުވުމަށެވެ. ނަމަވެސް އެކި ގައުމުތަކުގެ ބޯޑަރު ހުޅުވުން ލަސްވާނެ ކަމަށް މިހާރު ލަފާ ކުރެވޭތީ ރިސޯޓުތައް ހުޅުވުން ފަސްކުރީ ކަމަށް ޔުނިވާސަލުން ބުންޏެވެ.

އެކަމަކު، މިހާރުގެ ހާލަތު ބަދަލުވެ، ގިނަ ގައުމުތަކުން ބޯޑަރު ހުޅުވައިފި ނަމަ، މަދު ކޮޓަރިތައް ހުންނަ ރިސޯޓުތައް ހުޅުވާނެ ކަމަށް ޔުނިވާސަލުން ބުންޏެވެ.

ނަމަވެސް ޔުނިވާސަލުން ލަފާކުރާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ކުރިން ގިނަ ގައުމުތަކުގެ ބޯޑަރުތައް ނުހުޅުވާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެއް މޭސްތިރި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ކުންފުނީގެ ދަށުން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ. މީގެ ތެރޭގައި ކުރުނބާ މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އާއި ފާރުފުށި މޯލްޑިވްސްގެ އިތުރުން ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް ހިމެނެ އެވެ. މި ހުރިހާ ރިސޯޓެއް ވެސް ބަންދު ކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ކުންފުނި ޔުނިވާސަލް އިން ކުރިން ނިންމާފައިވަނީ ކޮވިޑް-19 ގެ ދަތި ހާލަތަށް ފަހު، ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވުމާ އެކު ހުރިހާ ރިސޯޓެއް ވެސް ހުޅުވުމަށެވެ. ނަމަވެސް އެކި ގައުމުތަކުގެ ބޯޑަރު ހުޅުވުން ލަސްވާނެ ކަމަށް މިހާރު ލަފާ ކުރެވޭތީ ރިސޯޓުތައް ހުޅުވުން ފަސްކުރީ ކަމަށް ޔުނިވާސަލުން ބުންޏެވެ.

ޔުނިވާސަލްގެ ރިސޯޓުތައް ވަގުތީ ގޮތުން ބަންދުކުރީ، މުވައްޒަފުންނަށް ހާއްސަ ޕެކޭޖަކާއެކު ޗުއްޓީ ދީފަ އެވެ. މި ޕެކޭޖު ކުރިއަށް އޮތް ތިން މަސް ދުވަހު ވެސް ދިވެހި މުވައްޒަފުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޔުނިވާސަލްގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަށް އެކި ގައުމުތަކުގެ މީހުން އަދިވެސް ޝައުގުވެރިކަން ފާޅު ކުރާތީ އެ މީހުންނަށް އިތުރު އެއްވެސް ފީއަކާ ނުލައި ތާރީޚު ބަދަލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަންނަ އޮކްޓޯބަރު މަހު ރިސޯޓުތައް ހުޅުވުމުން ހުރިހާ ޓޫރިސްޓުންނަށް ވެސް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

4 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 33%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަވޭ އިންގޭ

18 June 2020

ތިންމަސް ބަންދުކުރުމުން ދެން ނޯ ޕޭ ދެއްތޯ؟؟ މިހާރު ކަރަންޓް ސަބްސިޑީ އެއްވެސް ނުލިބޭ. ސަރުކާރުންދޭ ފަސްހާސްވެސް ނުލިބޭ.. ކުރަންޖެހޭ ހަރަދު މަދެށް ނުވޭ.. ގިނަ ރިސޯޓް އިތުރު ތިންމަހަށް ބަންދުކޮށް މުވައްޒަފުން ނޯ ޕޭ ފޮނުވާލަނީ

The name is already taken The name is available. Register?

ރޯނު

18 June 2020

ކަލޯ ރަގަޅަށް ލޯ ހުޅުވައިގެން ކިޔާބަލަ. ޔުނިވާސަލްގެ ރިސޯޓުތައް ވަގުތީ ގޮތުން ބަންދުކުރީ، މުވައްޒަފުންނަށް ހާއްސަ ޕެކޭޖަކާއެކު ޗުއްޓީ ދީފަ އެވެ. މި ޕެކޭޖު ކުރިއަށް އޮތް ތިން މަސް ދުވަހު ވެސް ދިވެހި މުވައްޒަފުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

The name is already taken The name is available. Register?

ޔުނިވާސަލް މުވައްޒަފެއް

19 June 2020

ދެރަވޭ އިންގޭ އެބުނީ ރަނގަޅަށް. ކުރިއަށް އޮތް 3 މަސްދުވަހު ދޭން ނިންމީ ހަފްތާއަކު 02 ދުވަހުގެ މުސާރަ އެކަނި. އަދި އެކުޑަ ފައިސާކޮޅުން ޕެންޝަން ފަންޑަށް ފުލްމުސާރައިގެ 07 ޕަސެންޓް އުނިކުރާނެ. އާދައިގެ މުވައްޒަފަކަށް ޖެހެނީ 20 ވަރަކަށް ޑޮލަރު. މިއީ ހަޤީޤަތް. ވަރަށް ނިކަމެތިހާލެއް.

The name is already taken The name is available. Register?

ކޮރަލް

18 June 2020

ސަރުކާރުން ލުއި ތަކެއް ދީފަ ވާތީ އޭގެ ނާޖާއިޒު ފައިދާ ނަގަނީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454