ޚަބަރު / މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

ޕްރިމިއާ ޗެމްބާސް އިން ހުށަހެޅީ ނާޒިމް އެއްބަސް ނުވާ އަގެއް ހޯދަން: ވަކީލު

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ---ފޮޓޯ: މަޖިލިސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި މައްސަލައިގައި އޭނާ ދިފާއު ކޮށްދިނުމަށް ޕްރިމިއާ ޗެމްބާސް އިން ކޮށްދިން މަސައްކަތްތަކަށް އަގު ނުދައްކާ ކަމަށް ބުނެ ނާޒިމް ގޮވައިގެން ކޯޓަށް ދިޔަ ނަމަވެސް އެ ލޯ ފާމުން ހޯދަން އުޅެނީ އެއްބަސްވެފައި ނެތް އަގެއް ކަމަށް ނާޒިމްގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ފެބްރުއަރީ 10، 2015 ގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރި ހިސާބުން ފެށިގެން، އެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާގެ ގާނޫނީ މަސައްކަތްތައް ކުރަމުން ދިޔައީ ވަކީލް މައުމޫން ހަމީދުގެ ހިއްސާ އޮންނަ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވި ފަހުން ނާޒިމް ވަނީ، ޕްރިމިއާ ޗެމްބާސް އިން ހުށަހެޅި އަގަށް ދެ ފަރާތުން އެއްބަސްނުވުމުން އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.

އޭގެ ފަހުން ނާޒިމްގެ ވަކީލަކަށް މަސައްކަތް ކުރެއްވީ، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ދަނގެތި ދާއިރާގެ މިހާރުގެ މެމްބަރު ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ފޯރުކޮށްދިން ގާނޫނީ ކަންކަމަށް ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ބުނެ އެ ފައިސާ ހޯދަން ޕްރިމިއާ ޗެމްބާސް އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ޑިސްޕިއުޓު މަރުހަލާގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިއަދު ބާއްވާފައި ވެ އެވެ.

ޕްރިމިއާ ޗެމްބާސްގެ ތުހުމަތުތައް ދޮގުކުރައްވައި، ނާޒިމްގެ ވަކީލް އަލީ އަބްދުއްލަތީފް "މިހާރު" އަށް ވިދާޅުވީ، ނާޒިމް ހައްޔަރުކުރި ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ނިމުމާ ހިސާބަށް ދޭންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި އިރު، ޕްރިމިއާ ޗެމްބާސް އިން އޭރު ހުށަހެޅި އަގަށް ނާޒިމް އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

"ދަށު ކޯޓުގައި ނާޒިމްގެ މައްސަލައިިގައި ހުރިހާ ކަމެއް ތައްޔާރުކޮށް، ހުރިހާ ކަމެއް ކުރެއްވީ ޕްރިމިއާ ޗެމްބާސް އިން. އެ އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ހުންނާނީ ދައްކައި ނިންމައި ހަލާސް ކޮށްފައި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރިމިއާ ޗެމްބާސް އިން ދައުވާ ކޮށްގެން އުޅެނީ އެއްބަސްނުވާ އަގެއްގެ މައްޗަށް ކަމަށް ވިޔަސް ކޯޓުން ފައިސާ ދައްކަން ހުކުމް ކޮށްފި ނަމަ ނާޒިމް ހުންނެވީ އެ ފައިސާއެއް ދައްކަވަން ތައްޔާރަށެވެ.

"އެއްވެސް އެގްރިމެންޓެއް، އެއްވެސް އެއްޗެއް ނޯންނާނެ ފެންނާކަށް އެ ބޭފުޅުންނަށް ދެއްކޭކަށް. އެއްބަސްނުވާ އަގެއްގެ މައްޗަށް އެމީހުން ދައުވާކޮށްގެން އެ އުޅެނީ. އެކަމަކު އެ ފޯމު ހުށަހެޅުމުން އެކަމަށް ފައިސާ ދައްކާނެ ކަމަށާއި އެކަމަކު ވަކި އަގަކަށް އެއްބަސްވެވަޑައިނުގަންނަވާ،" ވަކީލް ވިދާޅުވި އެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ނިންމައި ޕްރިމިއާ ޗެމްބާސް އަށް ނާޒިމްގެ ފަރާތުން "އޮފާއެއް" ހުށަހަޅާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު އަޑު އެހުމެއް ޑިސްޕިއުޓު މަރުހަލާގައި އަންނަ ބުރާސްފަތި ދުވަހު ވެސް އޮންނާނެ އެވެ.

ޕްރިމިއާ ޗެމްބާސްގެ ފަރާތުން މި މައްސަލަ ކޯޓުގައި ތަމްސީލު ކުރައްވާ ވަކީލް މުހައްމަދު ޝާކިރު ވިދާޅުވީ، އެ ލޯ ފާމު ދޫކޮށްލިއިރު ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ނާޒިމްގެ މައްސަލައިގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެ މައްސަލައާ ގުޅޭ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ ހިދުމަތްތަކަށް 977،353ރ. ދެއްކުމަށް އެދި އެތައް ފަހަރެއްގެ މަތިން ނާޒިމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ 1.3 މިލިއަން ރުފިޔާ ހޯދަން އެދުނީ ޖޫރިމަނާ އާ ވެސް އެކުގަ އެވެ.

2 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 5%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިލެ

19 June 2020

ޢެހެންވީމަ ނާޒިމް އެއްބަސްވާ އަގަކަށް ދޯ އެހެން މީހުން ކުރާ މަސައްކަތް ހުންނަން ޖެހޭނީ

The name is already taken The name is available. Register?

ނެކްސްޓް

19 June 2020

ކްލަޔަންޓް އެއްބަސްނުވާ ހިނދު އަގު އަމިއްލަޔަށް ކަޑައަޅައި މަސައްކަތެއް ނުކުރެވޭނެ. އެގްރީމަންޓެއް އޮންނާނެ އެއްބަސްވިނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454