މުނިފޫހިފިލުވުން / މިއުޒިކް

މިއުޒިކް އިންޑަސްޓަރީ ވެސް ކޮންޓްރޯލްކުރަނީ ދެތިން މާފިއާއަކުން: ސޯނޫ ނިގަން

ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީ ކޮންޓްރޯލްކުރަނީ ދެތިން "މާފިއާ" އަކުން ކަމަށް ބުނެ، މަޝްހޫރު ލަވަކިޔުންތެރިޔާ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން ބޮލީވުޑަކީ "ނެޕޮޓިޒަމްގެ ހާއްޔެއް" ކަމަށް ގިނަ ބަޔަކު ސިފަކުރަމުންދާ މި ދަނޑިވަޅުގައި ސޯނޫ ބުނީ މިއުޒިކް އިންޑަސްޓްރީ ވެސް އެ އޮތީ ހާލަތުގައި ކަމަށެވެ. އަދި މީގެ ސަބަބުން ބޮޑު މަންޒަރު ފެންނަނީ ވަރަށް ބަނަކޮށް ކަމަށް ބުންޏެވެ.

މިއުޒިކް އިންޑަސްޓްރީ ކޮންޓްރޯލްކުރަނީ ދެތިން "މާފިއާ" އަކުން ކަމަށް ބުނި ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް އޭނާގެ ވީޑިއޯ ބްލޮގްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ އެ ކުންފުނިތަކަކީ ފިލްމު އުފެއްދުމުގައި ވެސް ނަގާ ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް (ވައިއާރްއެފް) އާއި ޒީ މިއުޒިކް ކަމަށް ބުނެފަ އެވެ.

ސޯނޫ ވަނީ އެ ކުންފުނިތަކާ އެކު ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ވައިއާރްއެފަކީ ކުރިން ވެސް ފަންނާނުންގެ ހައްގުތަކަށް އަރައިގެންފައިވާކަމުގެ ތުހުމަތު އެޅިފައިވާ ކުންފުންޏެކެވެ.

ސޯނޫގެ ވީޑިއޯގައި ވަނީ ސުޝާންތަށް ދިމާވި ކަހަލަ ހާދިސާތަކެއް މިއުޒިކް އިންޑަސްޓްރީން ވެސް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި މިއުޒިކް ފަންނާނަކު އަމިއްލަ ފުރާނަ ދުއްވައިލި ވާހަކަ އަކީ އިވުން ވަރަށް ގާތް ކަމަށް ބުނެފަ އެވެ.

"މިއަދު މި އަޑު އިވުނީ އެކްޓަރަކު މަރުވި ވާހަކަ. މާދަމާ އިވޭނީ ލަކިޔުންތެރިއެއް ކޮމްޕޯޒަރެއް، ނުވަތަ ޅެންވެރިއެއްގެ މަރުގެ ވާހަކަކަންނޭނގޭ،" ރީތި އެތައް ލަވައެއް މިހާތަނަށް ކިޔާފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ. "އެކަމަކު މިއީ އަހަރެމެން އެކަކު ވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން."

ސޯނޫ ބުނިގޮތުގައި ނަސީބު ދިމާކުރި ގޮތުން އޭނާ އަށް މިއުޒިކް އިންޑަސްޓްރީގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ އެވެ. އަދި އެކަމަށް މަގުފަހިވީ ވަރަށް ޅަ އުމުރުގައި އެ ދާއިރާ އަށް ނުކުމެވުނީތީ ކަމަށް ވެދާނެ އެވެ. އެކަމަކު މިއުޒިކް އިންޑަސްޓްރީގެ ކަންކަން މިހާރު އޮތް ގޮތަށް ބަލާ އިރު، ކިތަންމެ ހުނަރުވެރި މީހަކަށް ވިޔަސް ކޮންމެ ކޮންމެ މީހަކީ މިހާރު ފުރުސަތެއް ފަސޭހަ އިން ލިބޭނެ މީހެއް ނޫނެވެ. ސަބަބަކީ މިއުޒިކް އިންޑަސްޓްރީ ތެރޭގައި ވަކި ބަޔަކު ވަކިހިއްޕާލާފައި އޮތުމެވެ.

"އެފަދަ މީހުންގެ އަތްމަތީގައި އޮތް ކަމެއް މިހާރު ފަންނާނުންގެ ހުނަރުތައް ދައްކައިލަން ފުރުސަތެއް ދިނުމަކީ،" ސޯނޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއުޒިކް އިންޑަސްޓްރީ ބޮޑު ވިޔަފާރިއަކަށް ހަދައިގެން މަދު ބަޔަކު އޭގެ ނާޖާއީޒު ފައިދާ ނަގަމުންދާ އިރު، އެކަމާ ދެކޮޅަށް މަސައްކަތްކުރެވެން ޖެހޭނެ އެވެ. އަދިި އެކަންކަމާ ބެހޭ ގޮތުން އެ މީހުންނާ ސުވާލު ވެސް ކުރެވެން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

"އަހަރެންގެ ސުވާލަކީ މިސާލަކަށް އަހަރެން ކަހަލަ ލަވަކިޔުންތެރިއަކާ ދޭތެރޭ މިފަދަ ގޮތަކަށް ކަންކުރާ ނަމަ ކޮބައިހޭ ދެން އަލަށް މި ދާއިރާ އަށް ނުކުންނަ ފަންނާނުންދާ ދޭތެރޭ ކަންތައްތައް ކުރާނެ ގޮތަކީ؟"

"އެހެން އެކަން ނުވާ ކަމަށް ވަންޏާ މި އިންޑަސްޓްރީ އަބަދު ވެސް އޮންނާނީ ނުފޫޒު ގަދަ ދެތިން ބައެއްގެ މުށުތެރޭގައި. އަދި މިކަމަކާ ހުރެ ހުނަރުވެރި އެތައް ބަޔަކަށް ފުރުސަތު ނުލިބި، އެ މީހުންގެ ދިރިއުޅުން ބޮޑު ހަލާކެއްގެ ތެރެއަށް ހިނގައިދާނެ،" ސޯނޫ ބުންޏެވެ. "ހުނަރުވެރި ކޮންމެ މީހަކަށް ފުރުސަތު ދޭން ޖެހޭ. އެއީ ވަކި ބަޔަކަށް ލިބެންވާ ހައްގެއް ނޫން."

ސޯނޫ ބުނިގޮތުގައި ބައެއް ފިލްމީ ތަރިން ވެސް މިއުޒިކް ފަންނާނުންގެ ކެރިއަރު ހަލާކުކޮށްލުމުގައި ހިއްސާވެފައިވެ އެވެ. އެގޮތުން ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިން ތެރޭގައި ހިމެނޭ އަރިޖިތު ސިންގްއާ ދެކޮޅަށް ސަލްމާން ޚާން ވަރަށް ގޯސް ފިޔަވަޅުތަކެއް އަޅާފައި ހުރި ކަމަށް ބުންޏެވެ. ސަލްމާން ވަނީ އޭނާގެ 2015 ގެ ފިލްމު "ސުލްތާން" އަށް އަރިޖިތު ކިޔައިދިން ލަވަތަކެއް އުނިކޮށް، ފަހުން އޭނާގެ ފިލްމުތަކަށް ލަވަކިޔަން އަރިޖިތަށް ފުރުސަތު ނުދޭން ވެސް ބާރު އަޅައިފަ އެވެ.

"އަހަރެންގެ ސުވާލަކީ މިސާލަކަށް އަހަރެން ކަހަލަ ލަވަކިޔުންތެރިއަކާ ދޭތެރޭ މިފަދަ ގޮތަކަށް ކަންކުރާ ނަމަ ކޮބައިހޭ ދެން އަލަށް މި ދާއިރާ އަށް ނުކުންނަ ފަންނާނުންދާ ދޭތެރޭ ކަންތައްތައް ކުރާނެ ގޮތަކީ؟" ސޯނޫ ބުންޏެވެ. "މިއީ އަހަރެމެން ވަރަށް ކަންބޮޑުވާ ކަމެއް."

5 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅި

22 June 2020

އެއްމެ މީހެއްގެ މަރާއެކު މުޅި ބޮލީވުޑް އޮރިޔާން ވަނީ.

The name is already taken The name is available. Register?

އަދީބު

21 June 2020

ކުރިން ދެންނެވި ފަންނާނުން، އާ ފަންނާނުން ހަދާފައި ހުންނަ މެލޮޑީތަކާއި ލަވަތައް އާދޭސްކޮށްގެން އަތުލައިގެން ބައެއް ފަހަރު ގަނެގެން، އެ ސްޓޫޑިޔޯގެ މިޔުޒިކުގައި، އަމިއްލަ އަޑުން އެބަ ރެކޯޑް ކުރޭ. ބޭނުމަކީ ތިމާ މަޝްހޫރުވުން. މި އިންޑަސްޓްރީގައި އުޅޭ މީހުންނަށް މިކަން އެނގޭނީ. އެހުންތެރިންނަކަށް މިކަން ނޭނގިދާނެ. އަންހެން ފަންނާނުންނަށް ނޫނީ އާ ފުރުޞަތު ނުދެވޭ. ޗެނަލްތަކުގެ ލަވަ މުބާރާތްތައް ވިން ކުރި ފަންނާނުން ކޮބާތަ؟ އެކަކު ވެސް ނެތް.

The name is already taken The name is available. Register?

އަދީބު

21 June 2020

ރާއްޖޭގައި ވެސް ތިކަން އޮތީ ތިހެންނެވެ. ރެކޯޑިންގ ސްޓޫޑިއޯތަކާއި ޕީއެސްއެމުގެ ސީނިއަރ ޕްރޮޑިއުސަރުންނާއި ގުޅިގެން ވަކި ބަޔެއްގެ ލަވަތައް ކޮންމެހެން ވެސް ދައްކައެވެ. ހަފްތާއެއް ވަންދެން ޕީއެސްމްގެ މުނިފޫހިފިލުވާ ޕްރޮގްރާމްތައް ބަލާލީމާ އެކަން އެނގޭނެ އެވެ. އެ ސްޓޫޑިޔޯތަކުން ބައެއް ފަންނާނުންގެ ސޯލޯ އަލްބަމްތައް ފަށްޓާފައި ވީނުވީއެއް ނޭނގި އެބަ ހުއްޓެވެ. އަދި މުނާސަބަތުތަކާ ދިމާކޮށް ހަދާ ލަވަތައް އެ ސްޓޫޑިޔޯއިން ނޫނީ ނުނިކުމެ އެވެ.

The name is already taken The name is available. Register?

ައަފުރާސިޔާބު

21 June 2020

ބަލަ ކަލޯ ތިއީ މިދުނިޔޭގައި އެންމެންނާވެސް ކުރިމަތިވާނޭ ކަމެއް. ލަވައަކީވެސް ފިލްމެއް ހިނގުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް. ކިތަންމެ މޮޅުމީހަކަށްވިޔަސް ކިޔައިދޭ ލަވައިން އެހެންމީހަކަށް އަސަރެއް ނުފޯރުވޭނަމަ ފިލްމެއްގައި ނުހިމަނާނެ. ރައީފުއަކީ ކޮންމެ ފިލްމަކަށްވެސް ކިޔާލަވައިން ޖާދޫގެ އަސަރުކުރުވާ މީހަކަށްވާތީ އޭނާއަށްވެސް ފުރުޞަތު ލިބެނީ. އެހެން ނޫންނަމަ މުސްލިމަކަށް ހިންދޫން ފުރުޞަތެއް ނުދޭނެ.

The name is already taken The name is available. Register?

ގެދާނޯމޮސް

21 June 2020

ކޮންމެ ކަމެއްވެސް ކުރަނީ ވިޔަފާރިން މަންފާހޯދާށެވެ. އިންޑަސް ޓްރީގައި ޑިމާންޑް ނުލިބޭ ގޮތަކަށް މީހުން ރުއްސައިގެން އުޅުމީ ބޮޑުގެއްލުމެކެވެ. މީހަކު މަރުވުމާއި އެމީހާގެ ކެރިއަރާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އާއިލާ އަކަށް ނިސްބަތް ނުވާ ސުޝާންތަށް އެހާހިސާބަށް އާދެވުނީ ބަޔަކުގެ ދިންފުރުސަތަކުންނޫން ހެއްޔެވެ. ކީޢްވެ އެންމެ ފުރަތަ ފިލްމުން އެންމެ މޮޅުއެކްޓަރުގެ މަގާމު އޭނާއަށް ނުހޯދީ އެވަރަށް އެކްޓް ކުރެވުނު ހެއްޔެވެ.ހަމަސިހުރު މިހުން މަރާލަނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454