21 ޖޫން 2020 - 07:34
ފަތިހުފަތިހާ ގޮވައި އަވަށްޓެރިންނަށް އުނދަގޫކުރި މައްސަލާގައި ކޯޓާ ހަމަ އަށް ގެންދިޔަ ފްރާންސްގެ މަޝްހޫރު ހާ "މައުރިސް" މަރުވެއްޖެ އެވެ.
ހަ އަހަރުވީ ހާ މަރުވިކަން އޭގެ ވެރިމީހާ ކޮރިން ފެޒޯ މި ހަފުތާގައި ހިއްސާކުރި ނަމަވެސް އޭނާ ބުނީ ހާ މަރުވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އެކަމަކު އެ ވާހަކަ ހާމަ ނުކޮށް މަޑުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވާތީ އެވެ.
ލޯބިން ގެންގުޅުނު ހާ މަރުވުމުން ފެޒޯ ވަނީ އަަލުން ހާލެއް ގަނެ، އޭގެ ނަމަކަށް ވެސް "މައުރިސް" ކިޔައިފަ އެވެ. ފްރާންސްގެ ރޭޑިއޯ ޗެނެލެއް ކަމަށްވާ ފްރާންސް ބްލޫގައި ފެޒޯ ބުނީ "މައުރިސް" ގެ ބަދަލުގައި އާ "މައުރިސް" އަށް ގެންގުޅުނު ނަމަވެސް ކުރީގެ ހާލަށް ދެވިފައި ލޯތްބާއި ހާއްސަކަން ދުވަހަކު ވެސް ނުގެއްލޭނެ ކަމަށެވެ.
"ހަމަ މައުރިސް ގޮވާ ގޮތަށް އާ މައުރިސް ވެސް ގޮވާ. އެކަމަކު ކުރީގެ މައުރިސް އަބަދު ވެސް ވަރަށް ހާއްސަވާނެ." އޭނާ ބުންޏެވެ.
"މައުރިސް" އުނދަގޫކުރ މައްސަލާގައި އަވަށްޓެރިން މައްސަލަ ކޯޓަށް ގެންދިޔައީ މީގެ ތިން އަހަރު ކުރިންނެވެ. އަދި އެ މައްސަލާގައި ފްރާންސްގެ ޓްރިބިއުނަލްއަކުން ވަނީ ހާލުގެ މައްސަލާގައި ޝަކުވާކުރި މީހުން ބަދަލުގެ ގޮތުގައި ފެޒޯ އަށް 1،000 ޔޫރޯ ދައްކަން އަމުރުކޮށްފަ އެވެ. ކޯޓްގެ އެ އަމުރުގައި ބުނެފައި ވަނީ ބުނީ ހާ ގޮވުމަކީ ގުދުރަތީ ކަމަކަށް ވާތީ އެކަން ނުހުއްޓުވޭނެ ކަމަށާއި ގޮވުމަކީ ހާލަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
21 June 2020
މިކަހަލަ ޚަބަރުތައް އިވުމުން ތަރައްޤީވެފަވާ މީހުންގެ ހާލު ވަރަށް ރަނަގަޅަށް ދޭހަވެއެވެ.