ހިޝާން.--
24 ޖޫން 2020 - 09:59
ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ނިންމައިފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ނުރުހުމުގައި ހިޝާން، އެކި ފަހަރުމަތިން ހަތް ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަކަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އޭގެ ތެރެއިން ބައެއް ހާދިސާތައް ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން އެ ބައި ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ސާފުކުރަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ޕީޖީން ވަނީ ލަފާދޭން ނިންމި އެވެ. އެގޮތުން ވޭތުވެދިޔަ އަށް އަހަރު ހިޝާންގެ ފަރާތުން ޖިންސީ އަނިޔާއެއް ލިބިފައިވާ ކަމަށް ކިޔައިދޭ ވިކްޓިމެއް ތަހުގީގުގައި ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ތަހުގީގުކޮށް ހެއްކާއި ގަރީނާއާ އެކު ޕީޖީއަށް ހުށަހަޅަން ލަފާދޭން ވެސް ޕީޖީން ނިންމި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ވަކާލާތުކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހިޝާން ފޭސްބުކުގައި ބުނީ އޭނާގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ފުލުހުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ. ތުހުމަތެއް ކުރެވޭ ކަމަށް ވާ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި ފުލުހުން ވަނީ އެ މީހުންގެ ޒިންމާ އަދާކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާގެ މައްޗަށް ކުރެވުނު ތަހުމަތުތަކާ ގުޅިގެން ކުރިމަތިވި އާންމު ފާޑުކިޔުންތަކާ އެކު ގައުމީ އިނާމު އަނބުރާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ އިނާމު ލިބުނީ އޭނާގެ އިޖުތިމާއީ ހިދުމަތްތަކަށެވެ.
ސަރުކާރުގެ އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމަށް ހުރި ހިޝާންއާ ގުޅޭ ގޮތުން ކުރި ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. ޑިސެމްބަރު 3، 2019 ގައި އޭނާ ވަނީ ރަމްޒީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ބިން
24 June 2020
މިވަރު ހެކިނެތި ކީއްވެހޭ ފުރަން މަތިންދާބޯޓުގައިންދަ ޕާސްޕޯޓު ހިފަހައްޓާ ހައްޔަރުކުރީ! އަދި މުޅިޤަޢުމަށް ފަޞީހަތްކޮށްލީ! މިކިޔަނީ އެންމެމައްސަލަ ނުވަތަ ދެތިންމައްސާގެ ތުހުމަތުގެ ވާހަކައެއްނޫން! ކީއްވެހޭ ސާބިތުނުކުރެވޭ ވަރުގެ ޤާބިލްކަންނެތްއިރު މީހުންގެ އަބުރާ އިއްޒަތަށްއަރައިގަންނަނީ! ތިމާމެންގެ ޤާބިލްކަން ނެތުނީމަ ކަންކުރާ ރިވެތި ގޮތަކީ އިސްތިޢުފާދީފަ ގެއަށްދިއުން!
Ali Gasim
24 June 2020
މިފަދަ އަމަލުތައް ހިންގާ މީހުންގެ ހެއްކެއް ދުވަހަކު ވެސް ނުހުރޭ ތި މިގައުމުގެ ސަގާފަތެއް
މިވަރެއްނެތް
24 June 2020
ފުލުހުންނަށް ކުށް ސާބިތުކުރެވޭ ވަރަށް ތަހްގީގުކުރެވެނީ އިއުތިރާފުވުމުން ނުވަތަ ރެޑްހެންޑް ކޮށް ހިފުމުންދޯ؟ އެއީ ތުއްތު ކުދިން ކުރާކަހަލަ ތަހްގީގުދޯ؟ މޮޅެތި މީހުން ތަހްގީގުކުރަނީ ބޮލުން، ގަރީނާއިންނާއި، ސައިންޓިފިކް ހެއްކާއި، މީހާގެ ބިހޭވިޔަރ ފަދަ ކަންކަމުން. އެއީ ދިވެހި ފުލުހުންނަށް ވަރަށް ބީރަށްޓެހި ދާއިރާއެއް ފެންނަ ޚަބަރުތަކުން ލަފާކުރެވޭ!
އިބިރިހިންބެއްޔާ
24 June 2020
މިކަމުގައި ނޯކޮމެންޓް. މޮޅަށް ދެނެ ވޮޑިގަންނަވާނީ މާތް ﷲ. ނަމަވެސް ރައްޔިތުން ވިސްނަންޖެހޭ ސީރިޔަސް އެހެން މައްސަލައެއް އެބައޮތް. "މިނިވަން މުވައްސަސާ" ތައް. ޕާޓީކުދިން ލައްވައިގެން ސަރުކާރު ބަދަލުވާ ކޮންމެފަހަރަކު ބަދަލުވާގޮތަށް ހިނގަމުންދާ މިފަދަ މުވައްސަސާތައް، ޚާއްސަކޮއް ސިފައިންނާއި ފުލުހުން އަދި ޖޫޑިޝަރީ މިއީ ރައްޔިތުން ސީރިޔަސްކޮއް ވިސްނަންޖެހޭ މައްސަލަތަކެއް.
ޙިނި
24 June 2020
އަޑެއް ކިޔައިފިއްޔާ ރެންދެއްލާނެ.
ރަޝް
24 June 2020
ތިއީ ސިދާތާ ވަކިކުރަން ކުރި ފުރޭ މެއް.
ފަޅޯ ދަނޑު އައިޝާ
24 June 2020
ތިމީހާއަށް ކުރެވެނީ ވ.ސީރިއަސް ތުހުމަތުތަކެއް! "ނުކުޅޭ ކުދިންގެ ހައްޤު ހޯދައިދޭ މީހެއްގެ ނަމުގަ ހުރެ ޖިންސީގޯނާ ކުރުން" ރަށުތެރެއިން ހަބަރު ލިބޭގޮތުގަ މީނައަށް މިފަދަ އެތައް ތުހުމަތު ތަކެއް ކުރިންވެސް ކުރެވިފަ އެބައޮތް! އަދި އެއްފަހަރަކު މިކަހަލަ މައްސަލައެއްގެ ތުހުމަތުގަ މީނަޔާ މާރާމާރީވެސް ހިނގާފަވޭ! ކީއްވެބާ އިތުރަށް ތަޙްޤީޤް ނުކުރަނީ! ފުލުހުން ކީއްވެބާ މީނަގެ ފަރާތުން ގޯނާއެއްވެފަވާ މީހަކު ނުވަތަ ބަޔަކު ތިބިތޯ ނޫޅޭނީ!
ގަޓް ބްރޯ
24 June 2020
ދެން ތީނަ ލައްވާ އަބުރުގެ ދައުވާކުރުވާ ބޮޑު ބަދަލެއް ދީފަ ސްޓޭޓް މިނިސްޓަރ ކަމެއް ދިނީމަ އެވީ.
ބަދޫރާ
24 June 2020
ގަބޫލުކުރަން މިފަދަ ކުށަކަށް ދޭންޖެހޭނީ އެންމެ ހަރުކަށި އަދަބުކަން، އެކަމަކު އެއަދަބަކީ އެކަމުގެ ހައްޤުވެރީންނަށް ލިބެންޖެހޭ އަދަބަކަށް ވާންޖެހޭ. ކޯޓުތަކުން، ފުހުންގެ ތަހުޤީގުން، ނޫސްވެރިކަމުން އަދި ކަމާގުޅުންހުރި ވުޒާރާތަކުން ކުރާ ތަހުގީގާއި އަޅާ ފިޔަވަޅުތަކަށް މިހާރު އިތުބާރެއް ނުކުރެވޭ. އަދު ރާއްޖޭގައި ކަންކަން ވާންހުރި ގޮތުން ގަދަމީހާ ގަދަވެ، އެކަކު އަނެކަކުގެވެސް އަބުރު ބޭނުންވެއްޖެ ހާލަތުގައި ކަތިލެވޭ، އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ.
ހަސަން 01
24 June 2020
ޕީ.ޖީ ޝަމީމް އަކީ ތި މައްސަލަ ފުރަތަމަ ތަހުޤީޤުކުރަން ފެށިއިރު ހިޝާންގެ ވަކީލެވެ. ހިޝާންގެ ފަރާތުން ކުޑަކުދިންނާ ގުޅުން ހުރި އެކި އެކި މައްސަލަތަކުގައި ކޯޓުތަކުގައިވެސް ޕީ.ޖީ ޝަމީމް ވަކާލާތު ކޮށްފައިވާކަން އެހެރީ ރެކޯޑްތަކުން ފެންނާށެވެ. މިއީ ހިޝާންގެ ވަކީލް ހިޝާންގެ މައްޗަށް ދަޢުވާ ނުކުރަން ނިންމި ނިންމުމެކެވެ. ވ.ސަލާން