ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ބައެއް ތަކެތި--- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް
26 ޖޫން 2020 - 23:05
ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނު ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.
އޭގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެ އެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ގެންގޮސްފައި ވެ އެވެ.
ގަމު ހޮސްޕިޓަލުގައި މިހާރު ވެސް 11 ދާއިރާއެއްގެ ޚާއްސަ ޑޮކްޓަރުން ތިބެ އެވެ. އެއީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކާއި ކަށީގެ ބަލިތަކާއި ހަމާ ގުޅޭ ބަލިތަކާއި އެތެރެ ހައްޓާއި ކަރުންމަތީގެ ޑޮކްޓަރުންނާއި ލޮލުގެ ހާއްސަ ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރާއި ސްކޭން ޑޮކްޓަރު އަދި ދަތުގެ ޑޮކްޓަރެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށާއި މި ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް މިއަދުވަނީ ހޮސްޕިޓަލަށް ގެނެވިފައި@MoHmv @ameenex @mohamedwisaam pic.twitter.com/uTIRgCujDy
— L.Gan Regional Hospital (@LaamuGRH) June 25, 2020
"ގިނައީ ޑޮކްޓަރުން ތިބެފައި ވަސީލަތްތައް ނެތީމަ ހިދުމަތް ނުފެށި ކަންކަން. އެ މެޝިންތައް ބަހައްޓައި ވީހާ ވެސް އަވަހަކަށް ހިދުމަތް ދޭން ފަށަންވީ،" ނަޝީދު ވިދާޅުވި އެވެ.
ޓާޝަރީ ފެންވަރަށް ޚިދުމަތް ބަދަލުކުރަން ބޭނުންވާ ތަކެއްޗާއެކު، ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އަދި އިކުއިޕްމަންޓް ވެސް ފޮނުވާފައި ވެ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ތަނަށް ބޭނުންވާ އެހެން މެޝިންތައް ހިމެނެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެކި ސަރަހައްދުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ރ. އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެސް ފޮނުވާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
28 June 2020
ޚަބަރުދާރު. ގދ. ތިނަދޫގައި ހުރި ހޮސްޕިޓަލަށް ދެތިން މެޝިން ވައްދައިގެން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަނީ ކަމަށް ހަދައިގެން ނުވާނެ. ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ މި ސަރުކާރުގެ ވަޢުދުފުޅެއް. އެ ހޮސްޕިޓަލް ނާޅައިފި ނަމަ 2023 ގައި ވޯޓުން ބަލިކޮށްލާނަން.
ހަވަރު
28 June 2020
ކޮބާތޯ؟ ގދ. ތިނަދޫގަ އަޅަން ބުނި ޓާރޝަރީ ހޮސްޕިޓަލް
ދޮން މަނިކު
27 June 2020
ލ. ޢަތޮޅު އެއްފަސް ކުރުން ރަގަޅު ލ.އިސްދޫ ދަނބިދޫ އެއްފަސް ....... ލ. މާބައިދޫ ، މުންޑޫ ގަ މައް ބަދިލުކުރުން........ ....ލ.ހިތަދޫ ކުނަހަންދޫ 200 ހެކްޓަރުގެ ބިން ހިއްކު މައްފަހު މާވަށު މީހުން ލ.ހިތަދުއައް ބަދަލުކުރުން....... އެއްފަސް ކުރުން ތަރައްޤީވެ ކުރިއަރާދޭ.
ފަރުދު
28 June 2020
ވަރަށް ބިނާކުރަނިވި ދެމެހެއްޓެނިވި ޚިޔާލެއް ދޮންމަނިކުގެ ޚިޔާލަށް ތާއީދު ކުރަން !
ބޮޑުމީހާ
27 June 2020
ރަގަޅު އެބަވޭ! ގައުމން ދިވެހިންނަށް ގޯތި ދީ
ފާތުމަތު
27 June 2020
ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.
އެޑްމުންޑޯ
27 June 2020
މަތީ ފެންވަރަށް ތިހެން ކިތަންމެ ހޮސްޕިޓަލެއްވެސް ބަދަލުކޮއްފި ، އެކަމަކު ބޮޑުކަމެއް ޖެހިއްޖެއްޔާ ދާންޖެހެނީ މާލެއަށް ،
އަލީ!
27 June 2020
މީހުންގެ ހިތްމޮޅީ. ދެވެންޏާ އެމެރިކާއަށްވެސް ދާނެ.
ހައްޤުވާ މިންވަރު
27 June 2020
ލ އިސްދޫ ކަޅައިދޫ( އެއްފަސް) އަދި ދަބިދޫ ޙުޅިޔަންދޫ( ފަޅު ރަށެއް) މި ތިންރަށަކީ ތަރައްޤީ އިން މަހުރޫމު ވެފައިވާ ބިޔަ ތިން ރަށެވެ. އަދި ހިތަދޫ މެންދޫ ކުނަހަންދޫ އަކީ ވެސް ތިލަ ފަޅުގައި ޖެހިޖެހިގެން ހުރި ބިޔަ ރަށް ރަށެވެ. އެކަމަކު މި ރަށްތަކަށް ލިބެން އޮންނަ ތަރައްޤީ ދިރުވާލަނީ ގަން ފޮނަދޫ އިންނެވެ. ކުޑަމިނު ފާޚާނާ އާއި ސާފު ބޯފެން ވެސް ނުދީ ބަހައްޓާ ގަން/ފޮނަދޫގައި އެދަނީ "މަގުތާރަ" އަޅާދީ ޕާކްތަށް ހަދާ ދެމުން ނެވެ.އަސަޜު ކުރާނެ ތާއެވެ
ލ.އެކޮޅު މިކޮޅު ދާއިރާ
27 June 2020
ގަން / ފޮނަދޫ ބޮޑަ މަގަށް ކިޔަނޫ ހައްދުންމަތީ ބޮޑަމަގަ..ގަމު ރީޖަނަލް ހޮސްޕިޓަލް އަކޫ ގަމު ހޮސްޕިޓަލަ. ކައްދޫ އެއަރުޕޯޓަކޫ ގަން/ ފޮނަދޫ މީހުންގެ ތަނެއް. އެ ދެރަށަ މީހުންގެ ފޮނިކަމުން އަފެން ނަށް އޮޅެވެން ވަރަ ނުވޭ.ނަސްލީ އިމްތިޔާޒް އޮންނަ ބައެއް..
ކަރުނަ އަޅާ
27 June 2020
ލ. އަތޮޅުގައި އޮނަނޫ ދެ ދާއިރާ އެވެ.އެޔޯ ގަން ދާއިރާ އާއި ފޮނަދޫ ދާއިރާ އެވެ.ދެން އޮނާނޫ ލ.އަތޮޅޮ "ތުރާކުނު ދާއިރާ" އާއި ލ.އަތޮޅޮ "އަލިފުށީ ދާއިރާ" އެވެ. އެހެންވެޔޭ ޕޮރޮފެޝަރު އުޤައިލް ވިދާޅުވީ އަތޮޅު މީހުނަށް އަތޮޅު ކަންތަށް ހަވާލު ކުރާށެ. ހޮވާށޭ.
ތެދުމަގު
27 June 2020
ވޯޓް ވިއްކުމަކީ ( ގޮޑި ވިއްކުމަކީ) ހާދަހާ ވާ ނުބައި އަސަރު ކުރާ ކަމެކެވެ
މައުޝޫގާ
26 June 2020
ސާބަހޭ ހެލްތު މިނިސްޓަރު އަމީން. ކޮވިޑް ކަންތަކުގައި އެހާ އަވަދިނެތި އުޅޭއިރުވެސް އެހެން ކަންތަށް ހާސިލުކުރުމުގައި އެއްވެސް ލަސް ކަމެއް ނާދޭ. ތިޔައީ ހަގީގީ ހިންގުންތެރިންނަކީ. ޝުކުރިއްޔާ!