28 ޖޫން 2020 - 15:04
ވަގަށް ބިދޭސީން އެތެރެކުރި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އޭގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ރާއްޖެ އަށް ވަގަށް ބިދޭސީން އެތެރެކުރާ މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް ވުރެ ވެސް ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާތާ އަހަރެއް ވެފައިވާކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ އެހާ ދުވަސްވީ އިރު އަދިވެސް ކޮޅެއް ނުފެންނަ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން "މިހާރު" އަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ މަލްޓި ޑިޕާޓްމަންޓް ޓީމަކުން ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައަކީ ފުލުހުން މިހާތަނަށް ބެލި މިފަދަ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި. މި މައްސަލައިގެ ތަހުގީގުގައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގަށް އެކި އިދާރާތަކުން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކޮށް ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކެއްގެ މައުލޫމާތު އާއްމުކޮށް އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު 25، 2019 ގަ އެވެ.
ތަހުގީގުކުރަން ޕޮލިހަށް މައްސަލަ ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ނިއު ސަން އިންވެސްޓްމަންޓް ލިމިޓެޑް، ވެމްޒޯ ޕްރައިވެޓް ލިމިޓެޑް، ސަރަމީ ޕްރައިވެޓް ލިމިޓެޑް، ޒުބެއިރު އަބްދުﷲ (ރަން ހިރު ފެހުން)، ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)، ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް، އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)، މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)، ސިނޮފެކް ޕްރައިވެޓް ލިމިޓެޑް، ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީލާލާ
28 June 2020
އިމްގްރޭސަން ގަ އުޅުއްވާ އަސްރާ ޒިންމާ ނަންގަވަން ޖެހޭ ، މިކަމުގަ
ނިރު
28 June 2020
އަހަރަކާ މިއޮތް ގާތްވަނީ ތިތަހްގީގް ނިމެނެބާ؟
އަސްތާ
28 June 2020
ތުޔަކަން ބެލޭނެބާ މީންދުވަހަކު، ވަގުން އެތިބީ މިލިޔަނަރުންނަށްވެފަ، ހާދަ ހީނުވެޔޭ ބެލޭނެހެން މިގައުމަކީ ލާރިހުންނަ މީހުންނަށް ވަރަށްފަސޭހައިން ނުފޫޒުފޯރުވޭ ގައުމެއް. އިނގިދާނެތާ.
ޢިބޫ
28 June 2020
ތިތަނުން ދުވަހަކުވެސް ތަހުގީގެއް ނިމިއްޖެތޯ؟
ސަޅި
28 June 2020
ދެންހުށަހަޅާ އިރު ކޯޓުން ބޭރުކޮށޤލާނީ، ފުރިހަމަނުވެގެން ހެހެހެ މީ ވާ ގައުމެއް.
ރަދީފު ބިން ރަފައިދާ
28 June 2020
ތީ ނިމުމެއްއޮތްކަމެއް ނޫން. ކޮވިޑުކަންތައްގަނޑު ބޮޑުވެގެންދިޔައިރު މަހީކުރި ވަގުބިދޭސީންގެ ކަންތައް މިހާހިސާބުން މިނިމުނިއްޔޭ. އެކަމަކު މިހާރު ތަންކޮޅެއް ހަމަޖެހެލެވުނީމާ އެނގިއްޖެ މިކަން އަދި އޮތީ ކުރިޔަށްއޮތްތަނުގާ އަދި މާ ނުބައިފައްތަރެއްގައިކަން.