ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޖުލައި 1 ގައި އެންއީއޯސީ އުވާލައި އާ މަރުހަލާއެއް ފަށާނެ: ރައީސް

އެންއީއޯސީއަށް ޒިޔާރަތްކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ޖުލައި 1 ގައި އުވާލައި އެ ތަނުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އާ މަރުހަލާއެއް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އުފެއްދި އެންއީއޯސީ ހިންގާ ދަރުބާރުގެ އަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އަންނަ ބުދަ ދުވަހުން ފެށިގެން އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެއާއެކު އެންއީއޯސީގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރަން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެންއީއޯސީން މީޑިއާ ބްރީފިން ބާއްވަ އެވެ. ބައްޔާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި މުހިއްމު މައުލޫމާތުތައް އޭގައި ހިއްސާކުރެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެހެން ބައެއް ގައުމުތައް ދިޔަ ފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު އޮތް ހާލަތަށް އާދެވުނީ ސިއްހީ މާހިރުން، ރައްޔިތުންނަށް ދިން އިރުޝާދާއި މައުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އާ މަރުހަލާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ބަދަލަކީ އާއްމު ދިރިއުޅުމަށް ރުޖޫއަވާން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ވެސް އެކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރި މިފަދަ އެންމެ ބޮޑު މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެންއީއޯސީގެ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި ކަމާގުޅޭ އިސްވެރިން ކުރެއްވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 2،324 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

އެ ބަލީގެ މީހަކު މާލެއިން ފެނުނު ފުރަތަމަ ދުވަސް، އޭޕްރީލް 15 އިން ފެށިގެން މުޅި މާލެ ސަރަހައްދު ވަނީ ލޮޮކްޑައުންކޮށްފަ އެވެ. ނަމަވެސް އެ ހަރުކަށި ފިޔަވަޅުތަކަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދޭން ފަށައިފަ އެވެ. ބަލީގެ ހާލަތު ގޯސް ނުވާ ނަމަ ޖުލައި 1 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައި ރާއްޖޭގެ ޓޫރިޒަމް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.

21 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 7%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރަކި

01 July 2020

ތިޔަތަން އުވާލި އިރުވެސް ރައްރަށައްދާން ޖެންޑަރ މިނިސްޓްރީގަ ނަންނޯޓް ކުރި މީހުން މިތިބީ މާލޭގަ ތާށި ވެފަ ، ރިސޯޓް ތަކައް ކަރަންޓީން އައް ގެންދިޔައީ ހޮލިޑޭހަދަން މީހުން

The name is already taken The name is available. Register?

ދަވާލި19

01 July 2020

އެހެން ވިދާޅުވެވުނީ އޮޅުމަކުން ނޫން ބާަ

The name is already taken The name is available. Register?

މޫސާ މިނިކް

30 June 2020

ބޯގޯސް ފޭލްވެފާހުރި އެއްޗެއް ޔާމިންއައްވެރިކަންހަވަލްކުރޭ

The name is already taken The name is available. Register?

ތެދުވެރިޔާ

30 June 2020

މިކަމުންވެސް ހާދަހާ ލާރިއެކޭ ކަޓުވަލީ. މި މަސްސަލަ ދެންއަންނަ ސަރުކަރަކުން ބަލަންޖެހޭނެ.

The name is already taken The name is available. Register?

ވިލޫ

30 June 2020

100%ބަލާނަން

The name is already taken The name is available. Register?

ގަޓް ބްރޯ

30 June 2020

ރާއްޖޭގަ ގާނޫނާ ގަވައިދު މުގުރުމުގެ ސަގާފަތެއް އާންމުވެފަ މިވަނީ ސަރުކާރުގެ އަމަލުތައްވެސް ހުންނަގޮތުން އެކަމަށް ހިއްވަރުލިބޭތީ! ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަވާ ވަގުތު ކުރުން މަނާ ކަންކަން ގާނޫނު އަސާސީ އާ ގާނޫނުގަ ސާފުކޮށް ބަޔާން ކޮށްފަވަނިކޮށް 1 ޖުލައި 2020 ގަ ސްކޫލް ތައް ހުޅުވީމަ މާދަމާގެ ޖީލަށް އެދެވެނީ ވަރަށް ނުބައި މެސެޖެއް. އެއީ 14 ޖުލައި އާ ހަމަޔަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނައިރު ސްކޫލްތައްވެސް ހުޅުވުން މަނާވީމަ.

The name is already taken The name is available. Register?

މުއާޝާ

30 June 2020

އަނެއްކާ މަނިކުފާނަށް އޮޅިވަޑައިގެން ހެލްތް މިނިސްޓްރީ އުވާނުލެއްވިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ފަހުދު

29 June 2020

ބޯޑަރު ހުޅުވާލީމަ މަންޒަރު ބަދަލުވާނެ.

The name is already taken The name is available. Register?

ޖިނާ

29 June 2020

ހެލްތުގެ މަސައްކަތް ފުރިހަމަ. ތިޔައީ ނަތީޖާ ނެރެމުންދާ އަދި ކުރިއަށް އޮތް ތަނުގައިވެސް ނަތީޖާ ނެރެދޭނެ ވުޒާރާއެއް. ކޯލިޝަން މެދުވެރިކޮށް ނަަމަވެސް ރައީސް ސޯލިހަށް ލިބުނު ޖަވާހިރެއް ހެލްތު މިނިސްޓަރު އަމީންއަކީ. ތި ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި.

The name is already taken The name is available. Register?

ސޮސެޖް

30 June 2020

ކޮން މަސައްކަތެއްތަ އަމީން ކުރީ، ކިހާ ދެރަކަމެއް.

The name is already taken The name is available. Register?

ބޮޑުމީހާ

29 June 2020

މުޅި ދުނިޔޭގަ ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅު ނަގަމުން ދަނީ.

The name is already taken The name is available. Register?

ހަޒްމަތުސޫޓު

29 June 2020

އެމެރިކާގައި އަދިވެސް ހަމަ ރެކޯޑް އަދަދަށް މީހުން ޕޮޒިޓިވްވަނީ، ސިސްޓަން ފުރި ބާރުވެގެން ނެތިގެން ދަނީ. ރާއްޖެއަށް އެފަދަ ގޮތެއް މެދުވެރި ނުވީތީ ﷲއަށް ހަމްދުކުރަން. އަދި މި ބުރަ ބޮޑު މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އެ ބައެއްގެ ވަގުތާއި ހަކަތަ ހުސްކުރެއްވި އެންމެ ބޭފުޅުންނަށް ޝުކުރިއްޔާ. ގަބޫލުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހެލްތު މިނިސްޓްރީ މަސައްކަތް މިހާ ފުރިހަމަވާނެ ކަމަށް.

The name is already taken The name is available. Register?

ޏަމްމަމޭ

29 June 2020

އެމެރިކާޔާއި ރާއްޖޭގެ ހާލަތު ވަރަށް ތަފާތު. ރާއްޖޭގައި މިވައިރަސް އެހާވަރުގަދަ ނޫންކަމަށް ބުނެވޭ. އަދި ހޫނުގެ ސަބަބުން ފެތުރިދިޔުމަށްވެސް ހުރަސްތަކެއް ހުންނަކަމަށްވޭ. ރާއްޖޭގެ އާބާދީއާ އަޅައިބަލާއިރު ގިނަބަޔަކަށް މިބަލިވަނީ ޖެހިފައި. އެއީ ލަންކާ ނޭޕާލްފަދަ ތަންތަނާ އަޅައިބަލާއިރު. މިއިން އެއްވެސްތަނަކީ ފަސޭހަކަމާއެކު ވަކިވަކިން ލޮކްކުރެވެން ހުންނަތަންޔަނެއްނޫން. އެކަމަކު ރާއްޖޭގެ ކޮންމެ ރަށެއް ވަކިން ލޮކްކޮށްލެވޭ. އެހެންވީމާ މާބޮޑުކާމިޔާބެއްނޫން

The name is already taken The name is available. Register?

ފަޅޮލޭ ރުއްގަލޭ

29 June 2020

98،000 މީހުން ޕޮޒިޓިވްވެ އެތަށް ހާސް ބަޔަކު މަރުވާނެ ކަމަށް އޮތް މަންޒަރެއް ބަދަލު ކޮށްލެވުނީ ބަޔަކު ވަރަށް ބުރަ މަސައްކަތް ކޮށްގެން. މީގެ ނަތީޖަ އެންމެ 2000 މީހުން ޕޮޒިޓިވްވެ އެތަށް ބައެއްގެ ފުރާނަ ސަލާމަތްވެގެން ދިޔުން. ހެލްތު މިނިސްޓަރާއި ޓީމުގެ މަސައްކަތަށް ހަމަ ސަތޭކަ.

The name is already taken The name is available. Register?

މަކީޓާ

30 June 2020

މިނިސްޓަރު ދެން ތި ކޮމެންޓްކުރުން ހުއްޓާލާފަ އޮފީހުގެ މަސައްކަތްކުރަންވީނު. ނަމެއްގަ ހެލްތް މިނިސްޓަރެއް ހުއްޓަސް، މި ބަލި ކޮންޓްރޯލް މިކުރެވުނީ އެޗްޕީއޭގެ މުޅި ޓީމުގެ ބުރަ މަސައްކަތާ، ރައްޔިތުން ވީ ގުރުބާނީގެ ނަތީޖާ. މީ މިނިސްޓަރ ނާޖާއިޒު ފައިދާ ނަގަންވީ ކަމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454