30 ޖޫން 2020 - 10:11
ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ކުރާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދި، މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ އަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ތަހުގީގުކުރާ އިދާރާއަކަށް މިއަދު ބަދަލު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވި އެވެ.
FAM ah fiyavalhu alhan Azim Majlis ah qaraareh hushahalhaifi!
The most trusted news source in the Maldives
Mihaaru
އެފްއޭއެމްއަށް ފިޔަވަޅު ނާޅާތީ ގަރާރެއް ހުށަހެޅުން
ޝަރީފް އެހެން ވިދާޅުވުމުން އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގެ ރައީސް ވިދާޅުވީ "މި މަސް ކައްކާ ތަނެއް ވެސް ނޫން. މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން. މިއީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާތަން،" ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިގޭގައި ކުރާ ކަންތައްތައް ބަޔާން ކޮށްފައިވާނެ. މިތަނަށް ހުށަހެޅޭ މައްސަލަތަކާއި މިތަނަށް ހުށަހެޅޭ ގަރާރުތަކަކީ މިތަނުގެ ގަވައިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން،" ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
"މި މަސް ކައްކާ ތަނެއް ވެސް ނޫން. މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން. މިއީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާތަން،"
މަޖިލީހާ ގުޅުން ނެތް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލާގައި، އަނިޔާ ލިބުނު މީހާ ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް އޭނާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން އިއްޔެ ނިންމުމުން ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ އަމަލުތައް މިހާރު ހުރީ ތަހުގީގު އިދާރާއެއް ގޮތަށް ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ވިކްޓިމް ކޮމެޓީ އަށް ހާޒިރު ކުރުމާ ނަޝީދު ވެސް ދެކޮޅެވެ. އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އެ މަނިކުފާނު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންްޓްރޯލްކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަންނަ މަހުގެ 15 ގައި އަލުން ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެެކަމަށް ތައްޔާރުވެފައި އޮތް ވަރެއް ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން އެއާޕޯޓަށް ވަޑައިގަތުމުން އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ފާޑު ކިޔާ މީހުން ބުނަނީ ސަރުކާރު ހިންގުމުގެ ތެރެއަށް ވެސް މަޖިލީހުން ވަންނަން ފަށައިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނުގެ ދަރި
01 July 2020
ޟަސް ކައްކާ ތަނެއްވެސް ތިޔަށްވުރެ ރަގަޅުވޏެ އެތަނުގަ ނުބައި ވަސް ދުވިޔަސް ހަޑިހުތުރު ބަސްތަކެއް ނުގޮވާނެ އެކަކު އަނެކަކުގެ އަބުރަކާ ނުބެހޭނެ ދޮއްތަ
އެހެން
30 June 2020
މަސްކައްކާ ތަނެއްނޫން. މީހުންގެ މުޅމަސް ކާ ތަނެއް އަސްލު. އިދިކޮޅު މީހުންގެ މަސްކާތަން އާއްމުކޮށް ފެނޭ. އެކަން ކުރުމުން ބަޔަކަށް އެލިބޭ ހިތްހަމަޖެހުންވެސް މޫނުމަތިން ފެނޭ.
ފާމުލަދޭރި ކިލެގެފާނު
30 June 2020
ހަލާލު ބުރަ މަސައްކަތްތެއް ކުރާ މަސްވެރިންނާ މަސް ކައްކާ މީހުންނާ މަޖިލިސް މެމްބަރުން އަޅާ ކިޔާއިރު ވިސްނާލުން ޖެހޭ. ފަސްއަހަރު މަސްކެއްކިއަސް ވެސް މަހުޖަނުންނަކަށް ނުވޭ. މަސްކައްކާ މީހާއަށް ފައިސާ ލިބެނީ މަސްކެއްކުނު އަދި ކެއްކި މަސްކޮޅު ވިކުނު މިންވަރަކުން. ނަޒާހަތްތެރި މަސައްކަތް ތެރިންގެ އަގު ވައްޓާލަން މަސައްކަތް ކުރުން ހުއްޓާލުމަށް ގޮވާލަން.
ހުތާ
30 June 2020
މަސްކައްކާ މީހުންނާއި މަސްހިއްކާ މީހުންނާއި މަސްވެރިންނަކީ މާދެރަ ބަޔެއްކަމަށް ދެކި އެމީހުންނަށް ޖޯކު ޖަހަން އެންމެ ރަނގަޅީ މިރާއްޖޭގެ މަޖިލިސް ތެރޭގައެވެ. ވޯޓަކާ އަރާ ހަމަވުމުން މަސްވެރިންނަކީ އެންމެން ފަހުރުވެރިވާ މިރާއްޖޭގެ ލޭނާރެވެ. ވޯޓުން ހޮވިހުވާކުރެވުމުން މަސްވެރިންނަކީ އެންމެ ނުދަންނަ މީހުންނެވެ. އަހަރެމެން ފަހުރުވެރިވޭ މަސްވެރިންނަށް ވީތީ، މަސްވެރިންގެ ދަރިންނަށް ވީތީ.
މަޖިލިސް އެދުރު
30 June 2020
އެއީ ވަރަށް ބޮޑު ތެދުފުޅެއް. މަޖިލީހަކީ މަސްކައްކާ ތަނެއްނޫން. އެއީ ބަތްކައްކާ ކުޅޭ ތަނެއް.
ޢަނީކުޑޭތަކުރު5
30 June 2020
ދެން ނުވެ އޮތް ކަމަކީ ތީ. މަސްކައްކަންވެސް އިނގޭ ތިޔަ އިއްޒަތްތެރި މެންބަރުން ނޫން ބައައް އުޅޭނެ ކަމަކަށް ނުފެނޭ.
މުރާސިލް
30 June 2020
ނަޝީދަށް ހީވަނީ ލައްކައެކެވެ. އެކަމް ހާސްވެސް ހަމަނުވެއެވެ.
އިބުރާ
30 June 2020
އަ މިއްލަޔަށް ޢިއްޒަތްތެރި ވެގެންއުޅޭ ރޯނު އެދުރުން ތަކެއް
ފަހުދު
30 June 2020
މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން. މަޖިލީހަކީ ބަތްކައްކާ ކުޅޭ ތަނެއް.
ހޮޅިސަރުކާރު
30 June 2020
މަ ހިތައް އަރަނީ މިސަރުކާރު ގެންނަން މަސައްކަތް ކުރީ ސިކުނޑި ހަމަޖެހޭ ބައެއް ބާއޭ