ޖޭއެސްސީގެ މެމްބަރުން ފަނޑިޔާރެއްގެ މައްސަލަ ބެލުމުގެ އަޑު އެހުމެއްގައި ބައިވެރިވެރިވެވަޑައިގަންނަވަނީ. ކޯޓުތަކުން ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ކަމަށް އެކިމިޝަނުން މިއަދު ބުނި.
01 ޖުލައި 2020 - 10:16
ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެ ސިޓީގައި ބުނެފައި އޮތީ މައްސަލަތައް ދިގުލައިގެންް ދަނީ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަން ކޮމިޝަނަަށް އެނގުނީ މައްސަލަތައް ލަސްވަނީ ކީއްވެތޯ ބަލަން ކުރި މަސައްކަތުންނެވެ. ހެކިބަސް ދޭން މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮތް ނަމަވެސް، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާ ކަަމަށް ސިޓީގައި ވެ އެވެ. ކްރިިމިނަލް ކޯޓުން އެގޮތަަށް ކަންތައް ކުރަން ފެށުމުން އެހެން ކޯޓުތަކުން ވެސް ފަހުން ހަމަ އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައި ވެ އެވެ.
"...ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާއިރު ހެކިބަސްދޭން ކޯޓަށް ހާރިޒުވާން އެންގުމުން ހެކިވެރިޔާ ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައި ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެ ހެކިބަސްދޭން އުޒުރުވެރިވާކަމަށް ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވެއެވެ،" ޖޭއެސްސީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސަައިން ސޮއިކުރައްވައި ފޮނުވި ސިޓީގައި ވެއެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި ކްރިިމިނަލް ކޯޓުން އެގޮތަަށް ކަންތައް ކުރަން ފެށުމުން އެހެން ކޯޓުތަކުން ވަނީ އެެކަމަށް ތަބާވެފަ އެވެ. އަދި ހެކިން ހާރިޒު ކުރަން ކޯޓު އަމުރު ނެރުމުގައި ވެސް އެކި ކޯޓުތަކުން އެކިގޮތަށް އަމަލުކުރަމުން އަންނަ ކަމަށާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ އެ ފަރާތްތަކުން އަމިއްލަ އަށް ކުރަން ޖެހޭ ކަމަކަށް ހަަދާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.
ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާއިރު ހެކިބަސްދޭން ކޯޓަށް ހާރިޒުވާން އެންގުމުން ހެކިވެރިޔާ ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައި ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެ ހެކިބަސްދޭން އުޒުރުވެރިވާކަމަށް ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވޭ
އެގޮތަށް ކަންތައް ކުރަމުން އަންނަ އިރު ހެކިބަސް ދޭން ކޯޓުން އަމުރެއް ކުރުމުން ހެކި ނުދިނުމަކީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.
ކޯޓުތަކުގައި ނިންމާ ޝަރީއަތްތަކުން އިންސާފު ލިބުނުކަމަށް ގަބޫލުކުރެވުމާއި އިންސާފު ލިބޭތަން ފެނުން ބިނާ ވަނީ ހުކުމެއް ކުރުމުގެ ކުރިން ހިނގާ އިޖުރާއަތްތައް ރަނގަޅަށް ހިނގުމުން ކަމަށާއި ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތް އިސްލާހުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.
މަޖިލީހުގެ އަމީން އާއްމު ސިޓީ އިއްވަވައި ނިންމެވުުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެކިބަސް ނުލިބިގެން ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުގޮސް އެބަހުރި ކަަމަށެވެ.
ސިޓީގައި ބުނެފައިވާ ގޮތުގައި ޖޭއެސްސީން ވަނީ ކޯޓުތަކާ ގުޅޭ އެ މައްސަލަތައް ސުޕްރީމްކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
01 July 2020
ޖޭއެސްސީން ވަކި ކޮޅެއްގަ ނުޖެހި އެލުވާފަ ތިބި މީހުންގެ ކަންކަން ލަސްވަނީ ކީއްވެ؟ އަވަސް އަރުވައިލައިގެން ނިންމަން ބޭނުންވި ކަންކަން ފަޓާސްބަރިއެއްހެން، އިންސާފޭ ކިޔަނީ ހަދަނީ ހިތުހުރިގޮތެއް.
ހެޔޮ ބަސް
01 July 2020
ޖޭއެސްސީގެ ކޮމްޕޯޝިޒަން މިގޮތަށް ބާއްވާގެން ކޯޓް ތަކުން އަދުލު އިންސާފު ޢާއިމު ވިޔަކަ ނުދޭނެ އެވެ. ފަނޑިޔާރުގެ "ނަގުލުގައި" ހިފާގެން ހުއްޓާ ނުވަތަ ޖޭއެސްސީ ޤަބޫލު ކުރާ ގޮތަކީ ކޮބާތޯ ހުކުމް ކުރުމުގައި ފަނޑިޔާރުން ވިސްނާން ޖެހޭ ހިސާބަށް ބިރު އުފެދިފައި އޮތް ނިޒާމެއްގައި އަދުލުވެރި ހުކުމެއް ނުކުރެވޭނެއެވެ.
މިގްދާ
01 July 2020
ސަރިއެއްކުރުން ހީވަނީ އަލަށް ކުރަން އުޅޭކަމެއްހެން ....ހެކިނުނަގާތީޔޯ މީކިހާ ބޮޑުކަމެއް ދެން ...ބޭނުންކަމެއް ވެއްޖެޔާ އޯކޭ.....ތިހިރީސަރުއީ އިދާރާތަށް މިނިވަން ކުރެވިފަ....މިހާރު ހީވަނީ ބޯވަޔަކަށް ވުރެވެސް ފައިގިނަހެން........
ވަތަން އިސްކުރަންޖެހޭ
01 July 2020
މުސްލިމުންގެ ނަމުގަ ހުރެ ދީނާ ދުރު ޤާނޫނު ހެދުމަކީ ވަރައް ބޮޑައް ޤައުމަ ނޭދެވޭ އަސަރުކުރަނެކަމެއް. ރައްއިތުންގެ މަޖުލިސް އޮވަންލަންޖެހޭ.
ވަތުބަތާނަ
01 July 2020
ގޭސް ގަނޑެއް ދޫކޮށްލީ ދޯ؟
ޝޮކްތެރަޕީ
01 July 2020
ކިހިނެއްތަ ސަރުއީނިޒާމް އިސްލާހުކުރެވޭނީ؟. ތިތާ ތިތިބީ އެމްޑީޕީގެ މުޒާހަރާ ކުރާ މީހުން. އެމްޑީޕީގެ ހަރުގެތެރޭން ނިކުންނަ މީހުން.
މިވަރެއްނެތް
01 July 2020
ތިޔައީ ޖޯކެއްދޯ؟ ތި ކޮމިޝަނަކީ އެމްޑީޕީ ޑޮމިނޭޓްކުރާ ތަނެއް. އެޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި. ސަރުކާރަކީވެސް އެ ޕާޓީ! އެހެންވީއިރު އެއްބަޔަކު އަނެއްބަޔަކަށް ލޯބީގެސިޓީ ލިޔުމުގެ ބަދަލުގައި ތި މައްސަލަ ޙައްލުކުރަންވެއްޖެ ނޫންތޯ؟ އެޖެންޑާ 19 ގެ ދަށުން ވައުދުވި އަދުލުއިންސާފާއި ކޮރަޕްޓް ފަނޑިޔާރުން ބޭރުކުން މިހާރު މުހިިންމު ނުވަނީ ކީއްވެތޯ؟ ވެރިކަމަށް ދޮޅުއަހަރުވާއިރުވެސް އިސްކޯޓުތަކުގައި ތިބި ކޮރަޕްޓް ފަނޑިޔާރުން ހަމަ ތިބިގޮތަށް އެތިބީ!
ޢަލިއަ
01 July 2020
ނޫން! ނޫން! އެއޮތީ ސްޕްރީމްކޯޓް ބަދަލުކޮށްފައެއްނު، މީނާގެ މައްސަލަ ބާޠިލުކުރަންދެން ހުރެފަ އެމައްސަލަ ބާޠިލުކުރަން ރައުޔު ނެރުނުމީހުންނަށް އިނާމެއްގެ ގޮތުން އެންމެން ވަކި ކުރީއެއްނު.