ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތާ ގުޅިގެން އާންމުން މުޒާހަރާއެއް ކުރަނީ -- ފައިލް ފޮޓޯ/ މިހާރު
02 ޖުލައި 2020 - 16:22
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބަނޑުބޮޑުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފެންމަތިވި މި މައްސަލައިގައި ފުލުހުން ބުނީ ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލަ ޖެންޑާ މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ. ބަލަމުން އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާރު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެއްނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އުމުރުން ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އަދި ދާދިފަހުން މާލޭ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނި ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
03 July 2020
މަބުނީ ދޫކޮށް ލަނީ ކޮން އިރަކުން ހޭ.
02 July 2020
ހުރިހާ ރޭޕިސްޓުންތަށް ހައްޔަރުކޮށް ޖަލަށް ލާންވީ... ގަދަ އަދަބް ދޭންވީ.... ބަލާނެ ކަމެއް ނެތް ނިކަމެއްޗެއް، ފަގީރެއް، މުއްސަންޖެއް، ސިޔާސީ މީހެއް ޖިންސީ ގޯނާ ކުރާ ހުރިހާ ނުލަފާ ފިރިހެނުންތަކަށް ގަދަޔަށް އަދަބް ދޭންވީ.... ނުފޫޒް ގަދަ މީހަކަސް އަދި ނުފީޒެއް ނެތް މީހަކަސް ޖިންސީ ގޯނާ ކުރާ އެންމެންނަށް އަދަބް ދޭންވީ...
ރަދީފްް
02 July 2020
ޖެންޑާމިނިސްޓްރީއިން ބަލާ މައްސަލަތކުގައި އަންހެނަކު ކަމެއްގައި ޝާމިލުވިޔަސް އެކަން ސިއްރުކުރާކަމުގެ ދަލީލު ސާބިތުހެކި އެބަހުރި މަގޭއަތުގައި.
މަހީރާގެ ސަކީނާ
02 July 2020
ބަނޑުބޮޑޭ؟ އޭނައަށް މާގިނައިން ކާންދިނުމަކީ ކުށެއްތޯ؟ ނުވަތަ އެކުއްޖާ މާބަނޑުވީތޯ؟
ޖު މުހޫރީ މައިދާނުން
02 July 2020
އިންޓަރނެޓާއި ޓީވީޗެނަލްތައް އެއްވެސް ކޮންޓްރޯލެއްނެތި ދޫކުރާނަމަ ، ބަދުއަޚްލާޤީ މައްސަލަތައް ގިނަވާނެ.
ސީރިއަސްކޮށް
02 July 2020
ޙައްލަކީ ސެލްފް ކޮންޓްރޯލް. ފެންނަހާ ގޮތަކަށް އުޅެންޖެހޭތަ؟
ސދފދސފ
02 July 2020
ކީއްކުރަން ހައްޔަރުކުރީ؟ ހައްޔަރުނުކޮށް ތަހުގީގު ނުކުރެވޭބާ؟ ކޮބާ ސަފާރީ ރޭޕް؟ ކީއްވެ ހައްޔަރު ނުކުރީ؟
ބައިރޯ
02 July 2020
ރާއްޖޭގައި މިވަގުތު ކުޑަދިންނާއި ބެހިގެން ޖަލުގަ ތިބީ ކިތައްމީހުން