ހިޔާ މަޝްރޫއުގައި ހިމެނޭ ފްލެޓެއް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
06 ޖުލައި 2020 - 19:40
ހިޔާ މަޝްރޫއުގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް އިމާރަތްކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވި ނަމަވެސް، އެ މަސައްކަތްތައް ކުރިއަށްދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހިޔާ މަޝްރޫއުގެ 7،000 ފްލެޓާ އެކު ސޯޝަލް ހައުސިންގައި ދޫކުރަން އޭރު ނިންމި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާ ނޫނެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެންނެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ޔާމީންގެ ސަރުކާރުން ނިންމާފައިވިޔަސް ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ވަނީ ހަމައެކަނި ދެ ކޮޓަރީގެ ފްލެޓުތައް ކަމަށެވެ.
"އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ނެތް ކަން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން،" އަސްލަމް ވިދާޅުވި އެވެ.
ހުޅުމާލޭގައި 10،000 މީހުންގެ އާބާދީަކަށް އަމާޒުކޮށްގެން ޔާމީންގެ ސަރުކާރުގައި ފެށި ބިޔަ މަޝްރޫއުގައި، ދެ ކޮޓަރީގެ ފްލެޓުތައް ހިމެނޭ ގޮތަށް އެއް ކޮޓަރީގެ ބައެއް ތަންތަން އަޅަން ފެށީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކާ ގުޅިގެން 2017 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޕީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް ވެސް ހިމެނެ އެވެ.
އެއް ކޮޓަރީގެ ފްލެޓުތައް އިމާރަތްކުރަން އިއުލާނުކުރީ އުމުރުން 18-40 އަހަރުގެ މީހުންނާއި ދަފުތަރާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަލަތު ކައިވެންޏަށް ހާއްސަ ކޮށްގެންނެވެ.
ހިޔާ މަޝްރޫއުގައި އެއް ކޮޓަރީގެ ފްލެޓްތައް ނާޅާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ބައެއް ފްލެޓުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސްޓެލްކޯ އަދި އެމްޕީއެލްގެ ތަންތަން ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އެމްޕީއެލް އިން އިމާރާތްކުރާ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތްތައް، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ހަމައަށް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ވެސް ރިވިއުކޮށްފައިވާ ކަން އެނގިފައިވެ އެވެ.
ޔާމީންގެ ސަރުކާރުން ނިންމީ، ކުންފުނިތަކާއި އެކި އިދާރާތައް ބައިވެރިވެގެން އިމާރާތްކުރާ އެއް ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ވަކި މިންވަރެއް ސޯޝަލް ހައުސިންނަށް ނެގުމަށެވެ. އެ އުސޫލުގެ ތެރެއިން އެމްޕީއެލް އިން ވެސް ކުރިން ނިންމާފައިވަނީ، އެއް ކޮޓަރީގެ 204 ފްލެޓު ތެރެއިން ވަކި އަދަދެއް ސަރުކާރަށް ދޭށެވެ.
ސްޓެލްކޯ އިން ވެސް ހަދާ ފްލެޓުތަކުގެ ތެރޭގައި އެއް ކޮޓަރީގެ 144 ތަން ހިމެނެ އެވެ. އެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
އޭގެ ތެރެއިން 72 ފްލެޓު ކުރިން އޮތީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ދިނުމަށް ނިންމައިފަ އެވެ. ނަމަވެސް ޖާގަ ކުޑަކަމުން އެ ތަންތަން ބޭނުން ނުވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ މިދިޔަ އަހަރު ސްޓެލްކޯއަށް އަންގައިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ފްލެޓުތައް ބަހާލާފައިވަނީ 11 ބަޔަކަށެވެ. އެއީ؛
- ސިވިލް ސާވިސް: 1000
- ކައިވެނިކޮށްގެން އުޅޭ 18-40 އަހަރާ ދެމެދުގެ މީހުންނަށް: 1000
- މާލޭގެ ރަށްވެހިންނަށް: 1000
- ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1044
- ޑޮކްޓަރުންނާއި ނަރުހުންނަށް: 475
- ޓީޗަރުންނަށް: 625
- ފުލުހުންނާއި ސިފައިންނަށް: 600
- އެކަނިވެރިންނާއި މައިންނާއި ބަފައިންނަށް: 400
- ނުކުޅެދޭ އާއިލާތަކަށް: 200
- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300 - މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256
އެ ކެޓަގަރީތަކުން ޝަރުތު ހަމަވި މީހުންގެ ލިސްޓު އާއްމުކޮށް ޔާމީންގެ ސަރުކާރުން ވަނީ ފްލެޓު ލިބޭނެ ކަށަވަރު ކަމުގެ ލިޔުމެއް ވެސް ބައެއް މީހުންނަށް ދީފަ އެވެ. އެކަމަކު، ފްލެޓުތައް ދޫކުރީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު، މައްސަލަތައް މި ސަރުކާރުގެ ކޮމިޓީއަކުން ބަލަމުން އަންނަ އިރު އެ ލިޔުން ގަބޫލުނުކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެނގޭ
08 July 2020
ޢެއާޕޯޓުން ޗައިނާމީހުން ލައްވާ އަޅާ ފްލެޓުގަވެސް ހުރޭ 1 ޜޫމް އެޕާޓަމަންޓްތައަ. ޢަދި ތިރީ ފަންގިފިލާތައްވަނީ ސަރުކާރަށް ސޯޝިއަލް ހައުސިންގް އަށްދީފަ.
ފްލެޓް
07 July 2020
މިހާރު އޮޅިއްޖެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައެޗްޑީސީ އަށް ހަވާލުކުރީ އެކަމަކު ޖަވާބުދާއިރީވަނީ ހަސިންގް
އަބްދޫ
07 July 2020
ގެޒެޓް ކުރި ލިސްޓް ބާތިލް ކުރުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވޭ.އެލިސްޓްގަ ނުހިމެނޭ ވަޔަކަށްދީފިނަމަ އެބަޔަކު ނެރުމުގެ ބާރު ދެން އަންނަ ސަރުކާރަކަށްލިބޭނެ.އެމްޑީޕީން މީގެ ކުރިން ދޫކުރި ގޯތިތަކުގެ މައްސަލަ ބަލާފިޔަވަ އެޅުމުގެ ބާރުވެސް ދެން އަންނަ ސަރުކާރަކަށް ލިބިގެންވޭ.
މުބާ
07 July 2020
ކަލެޔާނާކަށް ވިސްނާލަ.. އަސްލަމު ފުރަތަމަވެސް އެއުޅުނި.، އެޔޮއްހާ ފުލެޓު ފެނާނުލާ ދިރުވާލާކަށްނު.. އަދި މިނިސްޓްރީ ހަވާލުވިފަހުން ދެހަފްތާނުވެ..
އަޑުއެހިން
07 July 2020
ހިޔާ މަޝްރޫއު އިފްތިތާހު ކުރިރޭ ދައުލަތުގެ ޓީވީ ބަލަން އިނިން ރައީސް ޔާ މިން ވިދާޅުވި ކުންފުނި. ެެިެެިެެިެެެެިެެިެެިެެެިެެިެެިެެެެިެެިެތަކުން އަޅާފްލެޓް ތަކުން ބައެއް ސޯޝަލް ހައުސިން ނަށް ހުންނާނެ ވާހަކަ.
ވަހީދުއްދީން
07 July 2020
ރައީސް ޔާމީންގެ 32 ހާސް ފްލެޓް މަޝްރޫޢު އަކީ 2 ލައްކަ މީހުންގެ ބޯ ހިޔާކުރާނެ މަޝްރޫޢެއް ފްލެޓަކަށް 6 މީހުން ލިޔަސް. މާލޭގައި ގެ ކުއްޔަށްދީގެން ދެފައިދަމައިގެން ޓީވީ ބަލަން ތިބެފާ މަސްނިމުނީމަ އެޖަމާވާ ފައިސާ ޖަމާވުން ހުއްޓުމަކަށް އަތުވެދާނެތީ، އެމަޝްރޫޢު ފަނި ކޮށްލެވޭތޯ އެބައި މީހުން ފައިވިއްދާނެ ކަމާއި މެދު ޝައްކެތް ނެތް. އެހެންވީމަ ބައެއް މިނިސްޓަރުންނަށް ހުޅުމާލޭ ދެވަނަ ފޭސް ވެސް ނުފެންނާނެ ކަން ޔަޤީން.
ވަތުބަތާނަ
07 July 2020
އަޅެ މިވެރިންނަށް ހަމަ ނޭންގެނީބާއެވެ؟ ނުވަތަ ހޭވެރިކަން ބޮނޑުކަމުން ޔައުނީ ސިޔާސީކަމުން ވާހަކަ ދައްކާގޮތަކީ ބާވައެވެ؟
އައް
07 July 2020
ހިޔާ ފުލެޓުގެ ހައްގުވެރިންނަށް ހަވާލުކުރަމަށް ގޮވާލާ. ވަކި ސަރުކާރެއް އަޅާފައިވާ ތަނަކަށް ވާތީ ތީގެ އުދަނގޫ ސަރުކާރަށް ނުކުރުމަށް ގޮވާލަން.
ކޮރޯނާ
07 July 2020
ބަލަ މިނިސްޓަރު ވީނު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލު ކުރެވިގެން ގެންދާ ހައުސިންގް ޔުނިޓްތަކުގެ އަޕްޑޭޓްސް ވެސް ދޭން. މިހާރު ހުއްޓިފައިވާ ފްލެޓްތަކުގެ ކަންކަން ބަލައި ސަރުކާރުން ކޮށްދެވޭނެ ކަންކަން ބަލައި ރައްޔޮތުންނަށް އެމައުލޫމާތު ދޭނ. އެކުންފުނި ތަކުގެ މުވައްޒަފުންނަށްވެސް އުޅެނީ ވާނުވާ ނޭގިގެން .
ހަސަންބެ.
07 July 2020
ޓާޓާ ފުލެޓްތަކުގައި ވެސް ތިޔަހެން 40 ހަަކަށް ފުލެޓް އެބަހުރި ވިއްކާނުލާ. މިފުލެޓްތަށް ވިއްކަން ހުޅުވާލަން ސަރުކާރަށް ގޮވާލަން.