ހައި ކޯޓް: އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައި -- ފޮޓޯ/މިހާރު
09 ޖުލައި 2020 - 13:19
ލޯކަލް ކައުންސިލްތަކުގެ 33 ޕަަސެންޓު އަންހެނުންނަށް ޚާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރަންޖެހޭތީ ކައުންސިލް އިންތިޚާބުގައި މަދުވެގެން 380 އަންހެނުން އިންތިޚާބު ކުރަންޖެހެ އެވެ. އެފަދަ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ. އެހެންވެ، އެ އިސްލާހުު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރަައީސް މޫސާ އަންވަރެވެ.
އޭނާ އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ. އެހެންވެ، ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ މަހު އެވެ.
މޫސާ އަންވަރު ހުށަހެޅި މައްސަލައިގައި ވަނީ، ގާނޫނުއަސަސީ އިސްލާހު ނުކޮށް އާންމު ގާނޫނަކުން، އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މީގެ ކުރިން ދުސްތޫރީ ބައެއް މައްސަލަތައް މޫސާ އަންވަރު ކޯޓަށް ހުށަހަޅައި، އެފަދަ ބައެއް މައްސަލަތައް ކާމިޔާބު ވެސް ކުރި އެވެ. އެގޮތުން އެންމެ ފުރަތަމަ 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައިއިރު، ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވޯޓުލާ ނަމަ، އެ ވޯޓެއް ބާތިލްވާ ގޮތަށް ގާނޫނުގައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލްކުރީ އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކައުންސިލްތަކުގެ އިންތިޚާބު މިދިޔަ އޭޕްރީލް މަހު ބާއްވަން ނިންމުމަށް ފަހުން ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ވަނީ އެއް އަހަރަށް ފަސްކޮށްފަ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކަފިރޯށި
09 July 2020
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވަސް ގޮނޑިތަކެއް ހާއްސަކުރުމައް ގޮވާލަން އަދި މިކަމުގަ އަޑުއުފުލުމަށް އެބޭފުޅުން ނިކުންނަވަންވީ
ޕޫބެއަރ
09 July 2020
އަހަރެންގެ ދާއިރާއަށް ކުރިމަތި ލަންޏާ އަހަރެން އެބަޖެހޭ އަންހެނަކަށްވާން
އިޔެސ1
09 July 2020
ގާނޫނީގޮތުން ދިމާވާކޮންމެ ކަމެއްގައި ކެރިގެން ނިކުމެ އިންސާފު ހޯދަން މޫސާ އަންވަރު ކުރައްވާ މަސައްކަތް ބަލައިގަންނަން. ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެ ތޯ ސުވާލު އުފެދުނު އިރުވެސް ކޯޓުން ހައްލު ހޯއްދަވައިދެއްވި. އަދި ވަރަށް ކުޑައިރުން ފެށިގެން އިސްލާހީ މަސައްކަތުގައި އުޅުނުތަަން ދެކުނިން. ކުރިޔަށް ވަޑައިގަންނަވާ.
ފަރީދުއ
09 July 2020
ވަރަށް ރަނގަޅު ދައުވާއެއް. ގާނޫނު އަސާސީ އިސްލާހު ނުކޮށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ގޮތަށް ނުހެދޭނެ.
އަންހެނަކަށް ގޮޑި
09 July 2020
ފިރި ހެނުން ނަށް ވެސް ކޮންމެ ދާއިރާ އަކަށް ޗެސް ވާދަ ކުރެވެން ވާ ވާނެއެވެ. އެކަމަކު ޕާޓީގެ ފަރާތުން އަންހެނުން ނަށް ޓިކެޓް ދޭންވީ ފަރާތް ތަށް ޕާޓީ ތަކަށް ނިންމި ދާނެއެވެ
ފަތްމިނިސްޓު
09 July 2020
އަންހެނެއްވީމާ ޚާއްސަ ތަފާތުކުރުން އޮންނަނަމަ އެއީ ހަމަހަމަކަންތޯ؟ ޤާބިލްކަމާއި ވަނަވަރަށް ބެލުން މުހިއްމީ. ރާއްޖެއަކީ ޒަމާނުއްސުރެވެސް އަންހެން ފިރިހެން ތަފާތުކުރުން މަދުތަނެއް. މާރިޔާ، އީވާ، ރޮޒެއިނާފަދަ މެމްބަރުންނަކީ ފިރިހެނުންނާއި ވާދަކޮށް ވާދަވެރި ދާއިރާތަކުން ހޮވެވިވަޑައިގެންނެވި ބޭކަނބަލުން.
ސީރިއަސްކޮށް
09 July 2020
ބޯހަލާކު!
ޗަކޮއި ކައިޒީން
09 July 2020
ބޯހަލާކުވީ ކީއްވެގެނޯ؟ ގާނޫނު އަސާސީގަ އެބައޮވޭ ށަރުތުހަމަވާކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ވާހަކަ. އެހެންއޮއްވަ އާންމު ގާނޫނަކުން އެކަން ނުހުފޭއްޓޭނެ. އަންހެނުންނަށް މިހާރުވެސް ހުރިހާގޮނޑިތަކަކަށް ކުރިމަތިލުމުގެ ފުރުސަތުއޮވޭ. ނުހޮވެނީ ކާމުޗޯރުކަމުން ނޫނީ ކުފޫ ހަމަނުވާތީނުން....