14 ޖުލައި 2020 - 18:18
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 ޖެހުނު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ހަވީރު 5:05 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 79 އަހަރުގެ އަންހެނެއް ކަމަށެވެ. މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި 14 ވަނަ މީހާ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އައިޖީއެމްއެޗް ކްލަސްޓާ އިން މިމަހުގެ 4 ވަނަ ދުވަހު އެވެ.
އައިޖީއެމްއެޗްގެ ކްލަސްޓާ އިން ޕޮޒިޓިވްވި އިތުރު މީހަކު މި މަހުގެ 6 ވަނަ ދުވަހު ވެސް ވަނީ މަރުވެފަ އެވެ. އުމުރުން 80 އަހަރުގެ އެ މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގަައި ފަރުވާދެމުން އަންނަނިކޮށެވެ. އެއީ، އައިޖީއެމްއެޗުގެ އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފައި ވަނިކޮށް، ޕޮޒިޓިވްވިކަން އެނގުނު މީހުންގެ ތެރެއިން މީހެކެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ އަށް ދިވެހިންނާއި ހަ ބިދޭސީން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.
އައިޖީއެމްއެޗުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 11 މީހުންނެވެ. އެއީ ހަތަރު މުވައްޒަފުންނާއި ފަސް، ބަލި މީހުންގެ އިތުރަށް، ބަލި މީހުންގެ ދެ އެހީތެރިންނެވެ.
އައިޖީމްއެޗްއެޗުގެ އައިސީޔޫގައި ބަލި ފެތުރިފައިވާކަން އެނގުނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނީޝިއާ މީހަކު ދެވަނަ ސާޖަރީއަކަށް ތައްޔާރު ކުރުމަށް ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ މަރުވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 2،762 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 2،290 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފަރުވާދެމުން މިހާރު ދަނީ 382 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒީމް
14 July 2020
ކުޑަހުސައިނު ހަޅެލައިގަތީމަ އެސް އޯޕީތަށް ބަދަލު ކުރީމަ ވީގޮތް. ދެރަ.
ބަޖުރަންގީ ބާއިޖާން
14 July 2020
70 އިން މަތީގެ މީހުން، މިބައްޔަށް ތަންކޮޅެއް ބޮޑަށް ސަމާލުވެ ތިބެންޖެހޭ
ރޯޔަލް ފެމިލީ ނަޝީދު
14 July 2020
ކުޑަ ހުސައިން، ބަންދު ސަލީމް، އަލީ ޝިޔާމްއަށް ވަރަށް ސަލާމް. މިއީ ޕާޓީ ކުދިންވީމަ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިގެން މިކަން ނުވެސް ބެލޭނެ. މި ގައިމުގައި އޮތީ ޕާޓީ މީހާ ވީމަ ރޯޔަލް ގޮތް. ކުރާނެ ކަމެއް ނެތް.
ޝުކޫރު
14 July 2020
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ހަސަބު
14 July 2020
ވަރަށް ހިތާމަވެރި ޚަބަރެއް. اللهم أن وارحمها وادخلها في الجنة آمين
ނަންނުގަތިިި
14 July 2020
އަދިވެސް މީހަކު ސޯޝަލް މީޑިޔާގައި ފޮނު އަރުވާލާ އިރަށް ޕްރޮޓޮކޯލް ބަދަލުކުރާތި. ކޮންމެވެސް ކަމެއްވީމައެއް ނޫންތަ އެޗްޕީއޭއިން ވަކި ގޮތަކަށް އެސްއޯޕީތަށް ލިޔެފައި ތައްޔާރުކޮށް އެއަށް އަމަލު ކުރަން އަންގަނީ. އެ އެސްއޯޕީތަށް ހަދާފައިވަނީ ސިއްހީ މާހިރުންގެ ލަފައާއެކީ. ކުޑަހުސައިންއަކީ ސިއްހީ މާހިރެއްތަ އޭނާ ފޮނުއަރުވައި ގަންނަ އިރަށް ޕްރޮޓޮކޯލް ބަދަލުކުރަން؟ ކިހާ ދެރަ ކަމެއް މި ދެން! ހިތާމަހުރި!
drez
14 July 2020
އެހެންވީ އައި ޖީ އެމް އެޗް ގައި ތިބި ޑޮކްޓަރުން ސަރުކާރާ ޖެއްސުމަށް ޕްރޮޓޮކޯލް އަށް އަމަލްކުރުން ދޫކޮށްލުމުން.
ޣަދަ
14 July 2020
ކުޑަހުސެން ނުބުނޭ ޕްރޮޓޮކޯލް ބަދަލުކުރާކަށް. ބުނީ ފަރުވާނުދީ ނުބާއްވާށޭ ކޮވިޑް ނަތީޖާ ނުލިބެޔޭކިޔާފަ. ޓެސްޓް ހަދަން ސާންޕަލު ނަގާފަ ރަައްކާތެރި ކަމާއެކު ފަރުވާދޭން ފަށާށޭ